ފޭދޫ މިސްކިތެއްގެ އިމާމް ހުންނަ ތަނަށް މީހަކު ބޮޑުކަމުގޮސްފައި--
16 ޑިސެމްބަރ 2021 - 15:16
އައްޑޫ، ފޭދޫގެ މިސްކިތަކަށް ބޮޑުކަމުގޮސް ހުރުމަތް ކެނޑި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފޭދޫގެ މިސްކިތަކަށް ބޮޑުކަމުގޮސް އެ ރަށުގެ އެހެން ދެ މިސްކިތެއްގެ ތަކެއްޗަށް ގެއްލުން ދިން މައްސަލައެއް މިއަދު 5:45 ގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި 47 އަހަރުގެ ދިވެހި ފިރިހެނަކު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފޭދޫ މިސްކިތަށް ވަދެ އެ މީހާ ބޮޑުކަމުގޮސްފައި ވަނީ އިމާމް މީހާ ހުންނަ ތަނަށެވެ. އެތަނުގައި ނަޖިސް ހުރި ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވެ ގިނަ ބަޔަކު އަންނަނީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.
އޭގެ އިތުރުން އޭނާ ގެއްލުން ދިނީ ފޭދޫގެ އަލް އަމާނީ މިސްކިތާއި އަން ނަސްރު މިސްކިތުގައި ހުރި ބައެއް ތަކެއްޗަށެވެ.
މިސްކިތުގެ ހުރުމަތް ކަނޑާ މައްސަލަތައް މިފަހަކަށް އައިސް ވަރަށް ގިނައިން ފެންމަތިވެ އެވެ.
މާލޭގެ ހުކުރު މިސްކިތާއި އެހެން ބައެއް މިސްކިތަށް ވެސް މިފަދަ ގޮތަކަށް ހުރުމަތް ކެނޑޭ ފަދަ އަމަލު ހިންގި މައްސަލަތަކެއް ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭކާރު
18 December 2021
ތިޔަރަށުގައި މީހުންއުޅޭބޭ.
ޅިޔަންބެ
16 December 2021
ޢަސްލުވެސް
މުހައްމަދު އަހްމަދު
16 December 2021
ސީދާ ރާވައިގެން ހިންގާ ކަންތައްތައް.. މުޅިން ވެސް ޓެސްޓް
އައްބެ
16 December 2021
މުސްލިމުންގެ އެންމެ މުޤައްދަސްތަނަކީ މިސްކިތްތައް ކަމަށްވާއިރު އެފަދަ ތަންތަން ހިމާޔަތްކޮށް ބެލެހެއްޓުވަމީ އެންމެހާ މުސްލިމުންގެ ޒިންމާއެއް. މިކަމުގައި ވަލިއްޔުލް އަމްރުގެ ޒިންމާ އެންމެ ބޮޑީ. ޤައުމުގެ މަސްއޫލުވެރިންނާއި ސުވާލުވެވޭނެ ދުވަހާއިމެދު ބިރުވެތިވުމަށް ނަސޭހަތްތެރިވަން. މިސްކިތްތަކުގެ ސެކިއުރިޓީ ސަލާމަތީ ބާރުތަކުން ބެލެހެއްޓުމަށް ގޮވާލަން. އެބޭފުޅުންގެ ހުވާގައިވާނެ "އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތުމަށާއި ޤައުމުގެ އަމަން ބެލެހެއްޓުން".
ކުޗީ
16 December 2021
ބަލި ކުދިންނޭ ކިޔަގެން ދެން ތިބެވޭކަށް ނެތް. މަސްތުވާތަކެތި އެތެރެވުން ހުއްޓުވާކަށް ކަމެއް ނުކުރެ. އެތެރެވާ ކޮންމެ ޓަނަކުން އަތުވަނީ 100 ކިލޯ. ހަތްޔަރު ކުރާ މީހުންގެ އުންސުރު ހަމައެއް ނުވޭ. މިލިޔަނުން ހަރަދު ކުރާ ފުލުހުންގެ އިދާރާއެއް އޮވޭ.
ސީޒަން ޖެކުހަން
16 December 2021
ދިވެހިރާއްޖޭގާ އޮންނަނީ އެކަކު ކުރުން. ދެން އެންމެން އެކަމެއްކުރަންއުޅޭނެ.
ވަހީދު
16 December 2021
ވަކި ބަޔަކަށް ބާރު ލިބޭ ކޮންމެ ފަހަރަކު މިފަދަ ކަންކަން އެބަ ހިނގާ. އަޖައިބެއްނު.ހ
ައަސް
16 December 2021
ކިހިނެއް އިގެނީ އެއީ ވަކި ބަޔަކު ރާވައިގެން ސަރުކާރާ އިދި ކޮޅަށް ކުރާ ކަމެއް ނޫން ކަން. މާ ދީން ވެރި ސަރުކާރެއް ދޯ މީގެ ކުރިން އޮތީ. ސަހަލު ހަމަ އެކަކު ނެތޭ، ވަކި ބަޔެކޭ ކިޔާނެ ކަމެއް ނެތް.
ފޮނިފޮނިޓައްޕު ކުމާރު
16 December 2021
ހުރިހާ މިސްކިތްތައް ހިމާޔަތްކުރަން ސިފައިން ނެރެންވީ ހަތިޔާރާއެކު.
ރޭވިގެން ހިންގޭ ޖަރީމާ
16 December 2021
ވަކި ބަޔަކު ވެރިކަމަށް އައިމަ މިޒާތުގެ ކަންކަން ކުރާ މީހުންނަށް ހިތްވަރު ލިބި، މިގޮތަށް ރޭވިގެން ހިންގޭ ކަންްކަމުގެ އަސްލަށް ވާސިލެއް ނުވެވޭ 'ތަހުޤީޤީ' އިދާރާތަކަށް.