ފުރުގާން މިސްކިތުގެ ދޮރަށް ގެއްލުންދީފައި.
02 ނޮވެމްބަރ 2025 - 14:20
ބޮޑު ގާބުރިއެއް އެއްލައި، މާލެ ފުރުގާން މިސްކިތުގެ ދޮރެއްގެ ބިއްލޫރިގަނޑު ރޭ ތަޅާލައިފި އެވެ.
ފުލުހުން މިއަދު ބުނީ ފުރުގާން މިސްކިތުގެ ދޮރެއްގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ރޭ ދަންވަރު 2:00 ޖެހި ފަހުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، ގެއްލުން ދީފައި ވަނީ އެ މިސްކިތުގައި އަންހެނުން ނަމާދުކުރާ ބަޔަށެވެ. އެ ބަޔަށް ވަންނަ ބޭރު ދޮރު ތަޅާލީ ޕޭވްމަންޓް ގަލެއް އެއްލައިގެންނެވެ. ގާބުރިން ޖެހިގެން އެ މިސްކިތުގެ ބައެއް ތަށިމުށިތައް ވެސް ވަނީ ތަޅައިގެން ގޮސްފަ އެވެ.
އެ މިސްކިތުގެ ފާހާނާތަކުގެ ދޮރުތަކުގެ ތަޅުތައް ވެސް ހަލާކު ކޮށްލާފައިވެ އެވެ.
މާލޭގެ މިސްކިތްތަކަށް ގެއްލުން ދޭ މައްސަލަ އާއި މިސްކިތްތަކުން ވައްކަން ކުރާ މައްސަލަތައް ވަރަށް ގިނައިން މި އަހަރު ވަނީ ރިޕޯޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގަދސގޗަސގ
02 November 2025
މިދިޔަ ހަފްތާގައި ހުކުރު މިސްކިތު ވަގުތު ބަލާ ގަލުގައި ސޮލީބެއް ހަރުކުރީ... ވަށައިގެން ކެމެރާ ހަރުކޮށްފައި ހުންނަ ތަނެއްގައި ކުރި ކަމެއްގެ ތަހުޤީޤެއް ނުކުރޭ. ދެން މިހެން ދަމުންދަމުން ގޮސް ބޮއްސުންލާނީ. އެހެން މިހެން އުޅޭ މީހުންނަށްވުރެ ދީން ޤަބޫލުކުރާ މީހުން ނުކުތީމަ އަޑުގޮވާނެ.
ސައިބޯނި
02 November 2025
މީހަކު ހައްޔަރު ކުރިޔަސް ތިވާނީ ނަފްސާނީ މީހަކަށް ދެން ދޫކޮށްލާނީ،، ހައްގު އަދަބު ދެވެން އެބަޖެހޭ
ވަލި ކުދުރަހާ
02 November 2025
ބޭރުގައުމަކައް ގޮސް މިސްކިތައް ނޭރިޔަސް ފާހަނާ ބޭނުންކޮއްލަން ލިބޭނެ އޭފަރަންޖިއަކައް ވިޔަސްހެޔޮ، ބަލައެތާވެސް ޕާޓޭންނާ ވަގުންނާ އެކިކަހަލަ ޖަރީމާ ހިންގާމީހުން އުޅޭ އެކަމަކު ނަމާދައް ބަންގި ގޮވީމަކާނުން ފާހާނާ ތަށިގަނޑުގެ ތަޅުހުޅުވަނީ އަޅުގަނޑުމެން ދުވަހަކުވެސް ތަހުޒީބުނުވާނެ
ދޮންރަހާ
02 November 2025
މިހާރަކައް އައިސް މިސްކިތްތަކުގަ ފާހާނާ ހުންނަނީ ތަޅުލާފަ އެއީ ވަރައް ދެރަވަރުކަމެއް ބަންގި ގޮވުމުގެ ގަޑިއެއް ކުރިން މިސްކިތައް ދިޔައަސް ފާހާނާ ތަޅުލާފަ އުމުރުން ދޮށީ މީހުން ބަންގި ދިނުމުގެ ދެގަޑި ނޫނީ ތިންގަޑި ކުރިން މިސްކިތައް ދާނެ، އަޅުގަނޑު ކިތަންމެފަހަރަކު މިށަކުވާގެ އަޑުއަހާފިން ޒުވާނުން އުމުރުން ދޮށީ މީހުން ޑައިބެޓިކު ޕުރެސްޓޭޓު މައްސަލަ ހުންނަ މީހުންގެ ށަކުވާގެ އަޑުއިވޭ، މިކަމާ މެދުވިސްނަންފެނޭ
2025
02 November 2025
މިވެސް ސިޓީއެކޯ ޖަމާއަތް ކަޓާފިތަ ދެން މިސްކިތުގެ ފާޚާނާ އެ ކެޓީ...... ބޮއިހަލަކި
ޑރ ވާންޗޯ
02 November 2025
މިސްކިތު ކަންމަތީގަ ތިހިރަ ކެމެރާ ފުނިވަރަށްވެސް ތިޔަމީހަކުނާރަނީބާ؟. އަވަހަށް ތިޔަގާބުރިޔަށް ހުކުމްކޮށްފަ ކަނޑުފައްތާ!!!!!.
ސަސި
02 November 2025
ކޮން ކަހަލަ ބަލިމަޑުމަކެއްގެ އަލާމަތެއްބާ މި ފެންނަނީ
އުދުހޭ
02 November 2025
މިވަރުތަނެއްގައި ޖަނަރޭޝަން ބޭން ހެދޭނެކަމަށް ގަބޫލުކުރާ މީހުންނަށް ރަގަޅު ފެންވަރުގެ އިންސިއުރަންސް ޕެކެޖެއް ދޭންޖެހޭ.
ލޮލްޒ
02 November 2025
މިސްކިތްތަކަށް ގެއްލުންދޭ މައްސަލައިގެ އަސްލަށް ބަލައިލަމާ. މާލޭގަ އާންމު ފާހާނާއެއް ނެތުން. އުޅޭނެ ތަނެއްނެތި މަގުމައްޗައް ގިނަވެގެން އުޅޭ އެންމެން ބޭނުންކުރަނީ މިސްކިތްތަކުގެ ފާހާނާތައް. ނަމާދު ވަގުތައްފަހު ފާހާނާތައް ތަޅުލާތީ އެކަމުގެ ރުޅިބާލާނީ މިސްކިތަށާ މިސްކިތްތަކުގެ މަސައްކަތު މީހުންނަށް. މިކަން ހައްލުކުރެވޭނީ 2 ރުފިޔާ ދީގެންނަމަވެސް ބޭނުންކުރެވޭ ޕަބްލިކް ފާހާނާތަކެއް ހެދިގެން.
ޢެޑްމުންޑޯ
02 November 2025
ތިވާހަކަވެސް މުޅިއަކުން ގޯހެއްނޫން
ދިރާސާބޭ
02 November 2025
ހާދަ ދިރާސާއެއް ކޮށްފަ އޭ ދޯ ތިބުނީ. ހުންނަ ލަދުހަޔާތް ކުޑަ ކަމުން ކުރާ ކަންތައް. މި ބިންމަތީ ހުރި ﷲ ގެ ގެކޮޅަށޭ ގެއްލުން އެދެނީ. މިސްކިތް ތަކަކީ ޚުރުމަތްތެރި ވެގެންވާ ތަންތަން. ތިކަހަލަ މީހުންނަށް ވަރަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ، ޤާނޫނުގަ ލިޔެގެން ނަމަވެސް. ތީ އިސްލާމް ދީނުގެ ޢަދުއްވުން ކުރާ ކަހަލަ ކަންތައް.
އޭރުން
02 November 2025
ދެން ތިކަންވާނީ ދުއްޕާނަކަށް. އެއްގޮތަކަށްވެސް ޕޭތޓޮއިލެޓް ހަދާނެ ކަމެއް ނެތް.
ޏާއްކޮ
02 November 2025
މަގު މައްޗަށް ގިނަ ވެގެން އުޅޭ އެންމެން ގެޔަށް ދޭބަލަ ފާހަނާ ކުރަން. މިސްކިތާ ކޮން ބެހޭ ކަމެއް؟ އަދި ވެސް ޕަބްލިކް ޓޮއިލެޓް ނެތިގެން ގޯސްވަނީ މި. ދިވެހިން ތަންކޮޅެއް އަހުލާގު ރަނގަޅު ވާންވީ.