ޚަބަރު / ރާއްޖެ-އިންޑިއާ

"އިންޑިއާ އައުޓް" ކެމްޕެއިން ބަލައެެއްް ނުގަންނަން، އެއީ ބޮޑު ޖަރީމާއެއް: ނާޒިމް

"މިއީ ގައުމީ ކެމްޕެއިނެއް ނޫން. އެމްއެންޕީން އިލްތިމާސްކުރަން ރައްޔިތުން މީގައި ބައިވެރި ނުވާން"

އެމްއެންޕީގެ ލީޑަޝިޕުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ޕާޓީގެ ރައީސް ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އިދިކޮޅު ކޯލިޝަނުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ބަލައި ނުގަންނަ ކަމަށާއި އެއީ ވަކި ބޭފުޅަކު ފައިދާ ހޯދުމަށް ގެންދާ ބޮޑު ޖަރީމާއެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން މިއަދު ބުނެފި އެވެ.

އެ ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސެއްގައި، އެމްއެންޕީގެ ރައީސް، ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ، ރާއްޖޭގައި ބޭރު ގައުމުތަކުގެ ސިފައިން ތިބުމަށް ދިވެހިން ބޭނުން ނުވާތީ އެމްއެންޕީ ވެސް ތިބޭނީ އެ ގޮތުގައި ކަމަށެވެ.

ނަމަވެސް، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފަށާފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ގައުމަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި އެއީ ގައުމީ ކެމްޕެއިނެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ގައުމީ ކެމްޕެއިނެއް ނޫން. އެމްއެންޕީ ގަބޫލެއް ނުކުރަން އިންޑިއާ އައުޓު ކެމްޕެއިނަކީ ގައުމީ ކެމްޕެއިން ކަމަށް. އެމްއެންޕީން އިލްތިމާސްކުރަން ރައްޔިތުން މީގައި ބައިވެރި ނުވާން،" ޔާމީންގެ ވެރިކަމުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވި އެވެ.

"އެ ގޮތަށް ގައުމަކާ ދޭތެރޭގައި ކަންކަން ކުރެވިގެން ނުވާނެ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު، ގައުމެއްގެ ނަން ޖަހައިގެން ނުކުމެ އެ ގޮތަށް ހުންނެވުމަކީ ގަބޫލު ކުރެވިދާނެ ކަމެއް ކަމަށް. "ބޭރުގެ އެކިއެކި ޓޫރިސްޓުން އެ ހެދުން އަޅުވައިގެން ނުކުމެ އެ ހިންގާ ހިންގުމަކީ ހަގީގަތުގައި މި ގައުމަށް ދެވޭ ވަރަށް ބޮޑު ދެރައެއް، ނިކަމެތިކަމެއް. ވަރަށް ބޮޑު ޖަރީމާއެއް."

އެމްއެންޕީގެ ލީޑަޝިޕުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ޕާޓީގެ ނައިބު ރައީސް ރިޔާޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނާޒިމް އެ ވިދާޅުވަނީ، "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓް ތުރުކުރައްވައިގެން އިންޑިއާއާ ދެކޮޅު ކެމްޕެއިންގެ ހަރަކާތްތަކުގައި ޔާމީން ބައިވެރިވެވަޑައިގަންނަވާ މައްސަލައިގެ ވާހަކަ އެވެ. އިންޑިއާގެ ސިފައިން ރާއްޖެ އިން ފައިބައިގެން ދިއުމަށް ގޮވާލައި މިދިޔަ ހަފުތާ ބަންދުގައި ޕީޕީއެމް/ޕީއެންސީން ކ. ތުލުސްދު އާއި ކ. ގުރައިދު އަށް ކުރި ދަތުރުގައި "އިންޑިއާ އައުޓް" ޖަހާފައިވާ ޓީޝާޓް ބައެއް ޓޫރިސްޓުން ލައިގެން ތިބި ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެ ފޮޓޯތައް އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ޕްރޮމޯޓް ވެސް ކުރި އެވެ.

މިއަދުގެ ނިއުސް ބްރީފިންގައި ނާޒިމް ވިދާޅުވިގޮތުގައި "އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ އެވެ. ރާއްޖެ ފަދަ ކުޑަ ގައުމަކުން އުޅެން ޖެހޭނީ އެހެން ގައުމުތަކާ ގުޅިގެން ކަމަށާއި އެހެންވެ، އަމިއްލަ ފަރުދުންގެ ކަންކަން އިސްކުރުމުގެ ފުރުސަތު ދިވެހިން ދީގެން ނުވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީގެ ނައިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ އިންޑިއާ އަދި ޗައިނާއަކީ ވެސް ރާއްޖެ އަށް މުހިއްމު ދެ ގައުމު ކަމަށެވެ. ވަކި ގައުމަކަށް ބަރޯސާވަނީ ރައީސަކަށް ހުންނެވި ބޭފުޅާގެ ބަލިކަށިކަމުން ކަމަށާއި އެކަން ބަލައި ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ގައުމަކާ ވެސް ގާތް ގުޅުން ބާއްވައިގެން ރަނގަޅުވާނެ. ގައުމުތަކާ ދިމާކޮށްގެން ރަނގަޅެއް ނުވާނެ،" ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒު ވިދާޅުވި އެވެ.

އެމްއެންޕީގެ ލީޑަޝިޕުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ޕާޓީގެ ރައީސް ނާޒިމް (މ) އަދި ނައިބު ރައީސް ރިޔާޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވިދާޅުވީ އިންޑިއާ އައި ޗައިނާއަކީ ވެސް ރާއްޖެ އަށް މުހިއްމު ދެ ގައުމު ކަމަށެވެ. އެ ގައުމުތަކާ ބެހިގެން، މަގުމައްޗަށް ނުކުތުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށް ރިޔާޒް ވިާޅުވި އެވެ.

ޕީޕީއެމް ވެރިކަމުގައި ޗައިނާއާ ގާތްގުޅުމެއް ބާއްވައި އަދި އެމްޑީޕީގެ ވެރިކަމުގައި އިންޑިއާ ކޮޅަށް ބުރަވެގެން ހާރިޖީ ކަންކަން ކުރިއަކަށް ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހާރިޖީ ކަންކަން ދިޔައީ ވަރަށް ރަނގަޅަށް ކަން ފާހަގަކުރައްވައި، ރިޔާޒް ވިދާޅުވީ، ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލައާ ގުޅިގެން 1989 ގައި ރާއްޖޭގައި ހަތިޔާރު އެޅި ބޭރު ސިފައިން ތިއްބެވެ. ނަމަވެސް އެ މީހުން ގައުމު ދޫކޮށް ދިޔަ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އެމްއެންޕީން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ ޕާޓީގެ ނައިބު ރައީސް އަހުމަދު އުޝާމް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"[އިންޑިއާ ސިފައިން] ފޮނުވޭނެ، ދާނެ. އެއީ އެ ވަގުތަކު އޮންނަ ސަރުކާރަކުން ބޭނުންވާ މިންވަރަކަށް އެ ސަރުކާރަކުން ދޭންޖެހޭ އެހީތެރިކަމެއް،" އޭނާ ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ވެސް ވިދާޅުވީ، އިންޑިއާ ސިފައިން ބޭރުކުރުމަށް ޔާމީން ގޮވާލައްވަމުން ގެންދަވަނީ ހެޔޮ ނިޔަތުގައި ނޫން ކަމަށެވެ. އެކަން ކުރަން ބޭނުންވިނަމަ، އެ މަނިކުފާނުގެ ވެރިކަމުގައި އެކަން ކުރެވުނީސް ކަމަށް އުޝާމް ވިދާޅުވި އެވެ.

"އިދިކޮޅު ބޭފުޅުން ހައްޔަރުކޮށްގެން ވެރިކަން ކުރިއިރު، ހެޔޮ ނިޔަތުގައި އެކަން ކުރަން ބޭނުންވި ނަމަ ސިފައިން ފޮނުވާލެވުނީސް..އެއީ އަމިއްލަ ކަންތައްތަކާ ގުޅިގެން އެކަން ފޮރުވާލުމަށް ކުރާ ކަމެއް،" ޑެޕިއުޓީ އެޓާނީ ޖެނެރަލްކަން ވެސް ކުރެއްވި އުޝާމް ވިދާޅުވި އެވެ.

97 ކޮމެންޓް, 94 ރިއެކްޝަންސް

icon happy icon happy 31%
icon sad icon sad 0%
icon angry icon angry 66%
icon wow icon wow 1%
icon inlove icon inlove 2%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްބެ

21 December 2021

ސިޔާސީ މަންފާއަށް ވިޔަސް މާލީ މަންފާއަށް ވިޔަސް އަމިއްލަ މަންފާއަށް ވިޔަސް އިންޑިޔާ އައުޓް ކެމްޕޭނަށް މަ ތާއީދުކުރަން. އެއީކީ ޔާމީނަށް ތާއީދުކުރާތީއެއްނޫން. ޔާމީން ވެރިކަމުގައި ފާފު އަތޮޅު ވިއްކާލުމާއި ދެކޮޅު ފަރާތްތަކަށް އެއިރު ތާއީދުކުރިން. މަށަކީ ރަތްލާޖެހި ދީނީ އަދި ވަޠަނީ މީހެއް. މަގޭ ތާއީދެއް އިސްލާމްދީނާއި ދެކޮޅު ފަރާތްތަކަކަށް އަދި ޤައުމަށް ގެއްލުންދޭ ޚާއިނުންނަކަށް ނޯންނާނެ. އަދި ޑްރަގް ޑީލަރުންނާއި ވަގުންނަކަށް ފާސިދުންނަކަށް ނޯންނާނެ.

The name is already taken The name is available. Register?

ޏަމް

20 December 2021

މަނިކުފާނަށް އެއްގޮތަކަށްވެސް ކެރިވާޑައެއް ނުގަންނަވާނެ އިންޑިޔާ އައުޓެކޭ ބުނާކަށް. ސަބަބަކީ ތިޔަ ޕާރޓީ އުފައްދަން އިންޑިޔާއިން ވަނީ ވަރަށް ބޮޑަށް ފައިސާ ދީފަ. މިހާރު ތިޔަހުންނެވީ ނަގޫ ފިތިފަ. ވ. ވެދުން

The name is already taken The name is available. Register?

އަބްޑޫޅް

20 December 2021

އިންޑިޔާ ދަމާ ބޭރުކުރޭ.

The name is already taken The name is available. Register?

ތިދެން އާކަމެއްތަ

20 December 2021

ސިސާސީ މީހުން ޖަރީމާ ނޫން އެއްޗެއް ހިންގާތަ

The name is already taken The name is available. Register?

އިމަނާ

20 December 2021

އިދިކޮޅުން މިފަހަރު އެދައްކަނީ ވަރަށް އާރުލާ ވާހަކައެއް. އިންޑިއާ އެއްނޫން އައުޓް ވާންވީ. އިންޑިޔާގެ މިލިޓަރީބޭސް. އެހެންވެ އަހަރެންވެސް މިބުނަނީ އައުޓޭ. 241 ގެ މުގަގްރިރުގެ ވާހަކައިންވެސް އެނގޭ އެމީހުންގެ ބޭހެއް ދަހާފައިއޮތްކަން. އެހެންނޫންނަމަ ކޮންކަމެއްތޯ ސިއްރުކުރަންވީ. ރައީސް އިބޫ ވިދާޅުވާހެން ހާމަކުރަންވީނޫންތޯ. އަހަރެން ވަރަށް އިދިކޮޅު އަޅުވެތިކަމާ "އިންޑިޔާ އައުޓް". މިރޫހް ހުންނަންޖެހޭނެ ކޮންމެ ދިވެހިދަރިއެއްގައި. "އިންޑިއާއައުޓް".

The name is already taken The name is available. Register?

ނައިން

20 December 2021

އަންނިގެ ވެރިކަމުން ފެށިގެން އިންޑިއާއަށް މިގައުމު ހިތަކަށް ލިބުނުތަން އިހަށް ބަލާލާނަމަ. އެމީހުންގެ ކިތައް ކަންތައް ކިތައް ދިމާލުގަ ފުޅާކުރަމުން އެގެންދާ ގެންދިއުން ބަލާލާނަމަ. މިގައުމުގެ އެންމެ އުތުރާ ދެކުނުގަ އެމީހުންގެ މިލިޓަރީ ޕްރެޒެންސް ބާއްވައިގެން އެތިބެނީ ހަމަ މިގައުމު ހިމާޔަތްކުރަންތޯ އަމިއްލައަށް އަހާލާނަމަ. މިގައުމު ދަށުކުރުމުގެ އެންމެ ފަހު މަރުހަލާގެ ތެރެއިން މާލީގޮތުން އެމީހުންގެ ދަށުވާ ވަރަށް ލޯނު ނަގުވަމުން އެދާ ދިއުމަކީ ކަން

The name is already taken The name is available. Register?

އުދަގޫވެއްޖެ

20 December 2021

މަމެންނަށް އެނގޭ އިންޑިއާއައުޓް ކިޔަނީ ބަޔަކުގެ ސިޔާސީ ފާއިދާއަކަށް ކަން. އެބަޔަކަށް އެކަން އެންމެ ރަނގަޅަށް އެގެނީ ވެސް.

The name is already taken The name is available. Register?

ކަލްދޯބަޖޭ

20 December 2021

ބޯގޯސް ވާހަކަ ނުދައްކާ! ދުނިޔޭގެ އެންމެ ކުރިއަރާފަ ހުރި ގައުމުތަކުގައިވެސް އެހެން ގައުމުތަކުގެ ހަތިޔާރު އެޅި ސިފައިން ތިބޭ. ސިންގަޕޯރ، ޖަރމަނީ، ޖަޕާން، އެމެރިކާސަފައިން ތިބީ ކިއްވެގެންތޯ ނޭންގޭ މީހެއް މިވާހަކަ ޖެހީމާ އެނގެނީ މާބޮޑައް މީހަކައް ވިކިގެން ހަލާކްވެފައިވާމީހެއްކަން ކަލޯ ދުނިޔޭގެ ތާރީހު ކިޔާލާ އެހެންނޫނީ ގޫގުލްބޭ ކައިރީގަ އަހާލާ ޖަޕާނުގަ އެމެރިކާސިފައިންތިބީ ކީއްވެގެންތޯ ބާތްކަރޭންގާ

The name is already taken The name is available. Register?

ސަރޭ

20 December 2021

މީ ހަމަ ޒާތީ ހަސަދަ. މަމީ ޕީޕީ މީހެއްނޫން އެކަމަކު އިންޑިޔާ މިލިޓަރީ މިތާ އޮތުމަށް ދެކޮޅު

The name is already taken The name is available. Register?

އުދަމުދިމް

20 December 2021

ތިޔައްވުރެބޮޑުޖަރީމާއެއް ހިންގާނޫންތޯ ސަރުކާރުން ނަސްލީއިމްތިޔާޒް ކީއްވެގެންތޯ އަނގަބަނދުކޮއްގެން ތިޔަތިއްބެވީ ޙުދު ތިޔަބޭފުޅުންގެ އަނބިދަރިންނާއި ކާފަދަރިންގެވެސް ހައްގުތަކައް އަރައިގެން ހިންގަ ބޮޑު ޖަރީމާއެއް އެއީ މާލޭގެ ރައްޔިތުންނައް ގޯތިނުދީ ރައްރަށުގެމީހުންނައް ގޯތިއެދެނީ މާފިލާފުށީގައި ގެދޮރުއަޅައިގެންތިބި މާލޭގެ ކިތައް ރައްޔިތުންގެ ހައްގުތޯ ގެއްލުވާލީ ބަދަލެއް ނުލިބި ޕާޓީހަދައިގެން ރައްޔިތުން ކައިރިޔައް ވޯޓްހޯދަން ސަލާންޖަހަން އަންނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454