މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ޓީޖެޓީއާ ހަވާލުވާން ގޮސް. ފޮޓޯ: މާލެ ސިޓީ ކައުންސިލް
20 ޑިސެމްބަރ 2021 - 11:17
އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ މާލޭ ޓީޖެޓީ، މާލޭ ސިޓީ ކައުންސިލާ ހަވާލުކުރަން އެ ކުންފުންޏަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ، ސިޓީ ކައުންސިލުން އެތަނާ ހަވާލުވާން މިއަދު ހިނގައްޖެ އެވެ.
ޓީޖެޓީއާ އަމިއްލަ އަށް ހަވާލުވާން ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން މިހާރު ތިއްބެވީ އެތަނުގަ އެވެ.
ޓީޖެޓީ ބެލެހެއްޓުމަށް އެމްޕީއެލް އަށް ދީފައިވާ މުއްދަތު ހަމަވެފައި ކަމަށް ބުނެ، މާލޭ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 30 ވަނަ އާންމު ޖަލްސާގައި ވަނީ އެތަން ހުސްކުރަން އެންގުމަށް ފާސްކޮށްފަ އެވެ. އެ ނިންމުމުގައި ވަނީ ކައުންސިލުން އެމްޕީއެލް އަށް ދީފައިވާ 90 ދުވަހުގެ މުއްދަތު ހަމަވުމުން އަމިއްލަ އަށް އެތަނާ ހަވާލުވުމަށެވެ. އެ މުއްދަތު ހަމަވީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހަށެވެ.
ނަމަވެސް ސިޓީ ކައުންސިލުން މިއަދު ބުނީ ދިނީ 97 ދުވަހުގެ މުއްދަތެއް ކަމަށާއި އެ މުއްދަތު ހަމަވީ މިއަދު ކަމަށެވެ.
މާލޭ ޓީޖެޓީ ބަލަހައްޓަން އެމްޕީއެލް އަށް ދީފައިވާ މުއްދަތު ހަމަވެފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏަސް، ސަރުކާރާ އެކު އެމްޕީއެލް އިން އެކަމާ ބެހޭ ގޮތުން ސޮއިކޮށްފައިވާ އެމްއޯޔޫގައި ވަކި މުއްދަތެއް ކަނޑައަޅާފައި ނެތް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ޓީޖެޓީއާ ހަވާލުވާން ގޮސް. ފޮޓޯ: މާލެ ސިޓީ ކައުންސިލް
ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރުގެ މަގާމުގައި މުއިއްޒު ހުންނަވައިގެންނެވެ.
ޓީޓެޖީ، ސިޓީ ކައުންސިލާ ހަވާލުކުރަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަތަރު ފަހަރަކު ދެންނެވި ކަމަށާއި ސިޓީއަކުން ވެސް އެކަމަށް އެދުމުން ވެސް ނިންމެވީ ލާމަރުކަޒީ ގާނޫނާ ހިލާފަށް އަދި ރައްޔިތުންނާ ދެކޮޅަށް ކަމަށް ވެސް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯރި
20 December 2021
މިހާރު ހަވާލުވެފަ ހުރިތަން ރަގަޅަށް ބެލެހެއްޓޭތޯ ބަލާށެވެ. މަގުތަކުގެ ކާނުތައް ސާފު ކުރާށެވެ. މަގުމަތީގަ އުޅޭ ބުޅާތައް މަދުކުރާށެވެ. ވީރާނާ ވަމުންދާ ޕާކުތަކާއި މައިޒާންތައް މަރާމާތުކުރާށެވެ، މާލެ ފެހި ކުރެވޭތޯ އުޅޭށެވެ.
މެމޯރެންޑަމް
20 December 2021
އެމްއޯޔޫ އަކީ އެއްބަސްވުމެއް ނޫން. އެއަކު ޤާނޫނީ ބުރަދަނެއް ނުހުންނާނެ.
އޮނަރަބްލް އަފީފު ދީދީ
20 December 2021
ކީއްކުރާ ކުޑަކުޑަ ހާބަރު ގަނޑެއްތަ؟! ކައުންސަލުން ދޭބަލަ 3 ބިލިޔަނެއްހާ ޑޮލަރުގެ އެއަރޕޯޓެއްވއސް ކ.އަތޮޅު މާލެއާއި ޖެހިގެން އެބައޮތެއްނޫންތޯ. އެތަން އަމިއްލަކޮށްލާންވީނު.
ފެލިދޫސްކޫލް
20 December 2021
ޕްރިންސިޕަލްގެ މައްސަލަބޮޑުވެގެން ފެލިދޫ ސްކޫލް ނުހިންގިގެން އެބައުޅޭ. ދޭބަލަ ހަވާލުވާން
ވެނީލާ
20 December 2021
ވަކި މުއްދަތެއް ނެތިއްޔާ މިއަދުން މިއަދަށް ހަވާލު ކުރެވެންވާނެ ނޫންތަ؟
ހައްޕުނޑު
20 December 2021
ދަބަރައްވި ކާރު ޕާރކިންގ ސިސްޓަމްތަކާ ހަވާލު ވާން ދޭބަލަ. ކޮންމެވެސް ފައިދާ އެއް ކޮށްފާނެ.
ޓައްޕުހުސޭނު
20 December 2021
ކޮންމެސް އެއްޗެއް ދިއްކޮއްލާ. އަނގަޔާ އަތާ ދިމާނުވާ ވާހަކަ އަބަދު ދައްކަވަނީ. ހެޔޮ ނުވާނެ ބާ ޓަޔަރެއް ނަމަވެސް.
ލާމަސީލު
20 December 2021
ދައްކަވަން ހުރިތަނެއް ދައްކަވާފަ ގެންދަވާނީވެސް. މުއިއްޒު މިނިސްޓަރަކަށް ހުރެ އަމިއްލަޔަށް ފޭހުނު އިލޮށި ތިވަނީ އަމިއްލަ ލޮލަށް. ދިރިތިބީންނަށް މިވެސް ބޮޑުވެގެންވާ އިބްރަތަކަށް ފުދޭނެ.
ޗޮސްބެ
20 December 2021
ޓީ ޖެޓީ އަވަހަށް މުއިއްޒުއާ ހަވާލްކުރޭ، މުއިއްޒު ކޯފާވެއްޖެއްޔާ ވަރަށް މައްސަލަ ގޯސްވެދާނެ. އެއީ މާލޭ މީހުން ހޮވާފަހުރި މޭޔަރު. މުއިއްޒު ބުނީމަ ދެން އެހެންގޮތެއް ނޯންނާނެ.
ހަނުހުންނަ މީހާ1
20 December 2021
މުއީޒުގެ ވެރިކަމުގައި ކައުންސިލްއަތުން އެތަންނެގީ ކައުންސިލްގެ އިހްތިޞާޞް ތެރޭ ހިމެނޭ ތަނަކަށް ނުވާތީ. ކައުންސިލަކަށް ހޮވޭއިރަށް ކައުންސިލްގެ އިޙްތިޞާސް ތެރޭ ހިމެނޭ. މިވާގޮތެއް ނޭންގުނު. ދިވެހި މުހާވަރާއެއްގައި ވާ ދެފުއްކެހެރިންނަކީ ތިފަދަ ގޮތަށްއަމަލުކުރާ މީހުނެތްނޫންބާ.