އެމްޕީއެލްގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ މާލޭ ޓީޖެޓީ ސަރަހައްދު.-- ފައިލް ފޮޓޯ: ފަޔާޒް މޫސާ / މިހާރު
27 ޖެނުއަރީ 2022 - 10:56
މާލޭގެ ޓީޖެޓީން ލިބޭ އާމްދަނީގެ ބައެއް މާލޭ ސިޓީ ކައުންސިލަށް ދޭން ރައީސް އޮފީހުން އެމްޕީއެލަށް އިއްޔެ އަންގައިފި އެވެ.
އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ޓީޖެޓީން ލިބޭ އާމްދަނީގެ ބައެއް ސިޓީ ކައުންސިލަށް ދޭން އަންގައި ރައީސް އޮފީހުން ފޮނުވި ސިޓީއެއް ލިބިފައިވާ ކަމަށާއި އެއާ ގުޅިގެން ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށެވެ.
"މި ސިޓީއާ ގުޅިޅެން ކުރަން ޖެހޭ ކަންކަން ކުރުމަށް ސިޓީ ކައުންސިލާ ބައްދަލުކުރަން މިހާރު ވާނީ އެދިފައި،" އޮފިޝަލް ވިދާޅުވި އެވެ.
ރައީސް އޮފީހުން މިގޮތަށް ނިންމި ނަމަވެސް، އެ އޮފީހުން ކުރިން ވަނީ ޓީޖެޓީ ކައުންސިލާ ހަވާލުކުރަން ދެކޮޅު ހަދައިފަ އެވެ. އެ އޮފީހުން އެމްޕީއެލް އަށް އަންގާފައި ވަނީ ރެވެނިއު ޝެއަރިން މޮޑިއުލް އަކަށް ދިއުމަށް ކައުންސިލާ އެކު މަޝްވަރާ ކުރުމަށެވެ. އަދި އެ މަޝްވަރާތަކަށް ފަހު، އިކޮނޮމިކް ކައުންސިލަށް ފައިނަލް ޕްރޮޕޯސަލްއެއް ހުށަހެޅުމަށެވެ.
ޓީޖެޓީއާ އަމިއްލަ އަށް ހަވާލުވާން މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުން އެތަނަށް ގޮސް.-- ފައިލް ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ ޓީޖެޓީ އާއި ނޯތު ހާބަރު ސިޓީ ކައުންސިލާ ހަވާލުކުރަން އެ ކުންފުނިން ދެކޮޅު ހަދައިފައި ވާތީ، އެ ތަންތަން އަތުލަން ކޯޓަށް ދާނެ ކަމަށް ބުނެ، ސިޓީ ކައުންސިލުން މިދިޔަ މަހު ވަނީ އިންޒާރު ދީފަ އެވެ. އެ ކައުންސިލުން ބުނީ ޓީޖެޓީ ބެލެހެއްޓުމަށް ސަރުކާރުން އެމްޕީއެލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން މިހާރު ތިން އަހަރު ވެއްޖެ ކަމަށެވެ.
އެކަމަކު، އެމްޕީއެލުން ބުނީ އެ އެއްބަސްވުން ހެދީ މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.
ޓީޖެޓީ ހުސްކޮށް، އެ ތަން ސިޓީ ކައުންސިލާ ހަވާލުކުރަން 90 ދުވަހުގެ ނޯޓިހެއް ވެސް ދިނެވެ. އެ މުއްދަތު ހަމަވެ، އިތުރު ހަފުތާއެއް ވެސް ދިނުމަށް ފަހު، އެތަން ހަވާލުނުކުރުމުން ސިޓީ ކައުންސިލުން ޓީޖެޓީއާ އަމިއްލަ އަށް ހަވާލުމަށް ދިޔަ އެވެ. އެކަމަކު، އެމްޕީއެލްގެ އިސްވެރިން ކައުންސިލާ ބައްދަލުކުރަން އެ ފަހަރު ދެކޮޅު ހެދީ އެވެ.
"މާލޭ ރައްޔިތުންގެ ދެ ބިމެއް، މާލޭ ރައްޔިތުންނަށް އެންމެ ލޯ ލާރިއެއް ވެސް ނުލިބޭ ގޮތަށް ކުންފުންޏަކުން ހިންގާ ހިންގުމަކީ އަޅުގަނޑުމެން ބަލައި ގަންނާނެ ކަމަށް ނުވި،" ސިޓީ ކައުންސިލުން ކުރިން ބުނެފައިވެ އެވެ.
ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރު ކަމަށް މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނަވައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީހީހަލާކު
28 January 2022
“ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރު ކަމަށް މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނަވައިގެންނެވެ.“ ހީހީ ހަލާކު!
ޢަރުތަ
27 January 2022
"ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރު ކަށްހުރި، މިހާރު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހުންނަވައިގެންނެވެ". މިހިރީ މުއިއްޒުމެން ހިންގާފަ ހުރި ޖަރީމާ، ދެން މިހާރު ރައްޔިތުންނޭ ޙައްގޭ ފަޅޮލޭ ކިޔައިގެން ކޮން ހާސަރެއް މިދަމަނީ!
މާކުންބޭ
27 January 2022
ކިހާ ރަގަޅު މިސަރުކާރު އާމްދަނީވެސް ކައުންސިލަށް ލިބޭގޮތަށް އެ ހެއްދެވީ، ޔާމީންމެން ދުވަސްވަރުގައި މުއިޒް މެން ހުރިހާ ބާރެއް ވަގުތުން ކައުންސިލްތަކުން ނެގީ. ނުވިތާކަށް ކައުންސިލަރުންގެ މުސާރަ ކުޑަކުރުމާ ޖެއްސުން ވަރަށް ކޮށްލި، ކައުންސިލް ދެކެ ރުޅިއައިމަ ޕްރޮޖެކްތައް ވެސް އެހެން ދިމަދިމާލަށް ފޮނުވާލި. އެހަނދާން އަދި ވަރަށް އެބަހުރި.
ސަރުދާރުު
27 January 2022
ލާމަރުކަޒު ވަނީ މާލެ ނޫން ތަންތާ. ތި ނޯތުހާބަރަރާ ތަންތަން އެމްޕީއެލުން ދޭން ބޭނުންނުވަނީ އެމްޕީއެލްގެ ވެރިންގެ ޕްރައިވެޓް ކާރު ބާއްވާނެ ތަނެއްނޯންނާނެތީ. މިހާރުން މިހާރަށް ކައުންސިލްގެ ދަށަށް ބަދަލް ކުރުމަށް ރައީސް ސޯލިހްއަށް ގޮވާލަން
މުރާސިލް
27 January 2022
މާލޭ މޭޔަރާއި ސިޓީ ކައުންސިލް މެންބަރުންގެ މިންނަތް މަސައްކަތަށް ކާމިޔާބު ލިބެމުންދާ ތަން މިފެންނަނީއެވެ. މާލޭގެ ރައްޔިތުންގެ ހައްޤުގައި މާލޭ ސިޓީކައުންސިލުން ކުރައްވާ މަސައްކަތުގައި އިތުރުކާމިޔާބީ ލިބުން އެދެމެވެ. މިކަހަލަ ބޯހަރު ގޮތްދޫނުކުރާ އަދި ތިމާމެންގެ އަމިއްލަ މަންފާއަށް ވިސްނާ ސަރުކާރަކުން ރައްޔިތުންގެ ހައްޤުތައް އަދާކުރަނީ ސިޓީކައުންސިލުން ތިޔަކުރައްވާފަދަ ހިތްވަރުގަދަ މަސައްކަތް ތަކެއް ކުރައްވައިގެނެވެ.
އިބުރާ
27 January 2022
ބަލަގަ ބޯހަރު މީހާއޭ އެހެރީ މޭޔަރު ކަމުގައި. އެސޮރު ހައުސިންގ މިނިސްޓަރު ކަމުގައި ކުރިން ހީވީ އެތަނުން ލައްކަ ލާރި ކައުންސިލަށް ލިބެޔޭ އެހެންވިއްޔާ ޖެހޭނީ އަވަހަށް އެހެން އިންތިޒާމެއް ހަމަޖައްސަން ކަމަށް. މިހާރު މޭޔަރަކަށް ވީމާ، އަތުގައި ވިޔަސް ދަތުގައި ވިޔސް ލާރި ކޮޅެއް ނެހޭކޭތީވެ އައްސިވެގެން އެއުޅެނީ
ޢަލީ ބުޚާރީ
27 January 2022
އެންމެ އަވަހަކަށް ދެން އެބައި ބޭކަލުން ކޯޓަށްވައްދާނީ ހުރިހާ ތަންތަނުން އެތި ކޮޅު ހޯދަން
ފޮނިޓައްޕު ހަސަނު
27 January 2022
އެމްޕީއެލްއަކީ ޒަމާނުއް ސުރެ ވަރަށް ދޯދިޔާކޮށް ހިންގާ އަދި އެހާމެ ކޮރަޕްޓް ސަގާފަތެއް އޮންނަ ތަނެއް.
ސަންޕަ އިބުރާހިންފުޅު
27 January 2022
މުއިއްޒު ސަރުކާރަށް ފިއްތައިގެންނަމަވެސް އޭނާއަށް ބައެއްއަޅަންޖެހޭގޮތަށް އެބަހަދާތާ. ދެން ވެމްކޯއިންވެސް ޖީޒީލިބޭނެގޮތަށް އޭނާ ފިއްތާނެކަމަށް ގަބޫލުކުރެވޭ. ކުރިންވެސް ކައުންސިލުންއޮންނާނެ ވެމްކޯއަށް ބައިލޮޖިކަލް ހަތިޔާރުން ހަމަލާދީފާ.
ފޮނިޓައްޕު ހަސަނު
27 January 2022
މުއިޒު އާއްމު ގޮތެއްގައި ބޯހަމަ ނުޖެހޭ ކަންތައް ކުރިއަސް މިފަހަރު ތިކުރީ ރަނގަޅު ކަމެކޭ ބުނެވޭނީ. އޭނަގެ ވިސްނުން ހިރިގޮތުން ކުރިއަށް އޮތްތަނުގައި ހުޅުލޭ އެއަރޕޯޓުވެސް ސިޓީ ކައުންސިލްގެ ދަށަށް ގެންނާނެ.
ޠތދފ
27 January 2022
ޙަސަނު މޮޔަދޯ. އޭނަ ސަރުކާރު ހުރެ އެތަން އެމްޕީއެލަށް ދިނީ.
ދިޔަކަމަށް ދެލިތަޅާ ޙަސަނު
27 January 2022
ސަރުކާރު ހިންގައިގެން ލިބޭއެއްޗެއް ކޮއިލިޝަންގެ މެދުގައި ދަނީ ބަހަމުން ނެވެ. ފާޅުކަން ބޮދު ގޮތެއްގައި މަރުކަޒީ އިދާރާތައް ހުރީވެސް ބަހާފަ އެވެ. އަދި މިހަރުވެސް މަގާމެއް އުފެއްދިއްޖެއްޔާ ހުއްޓުމެއް ނެތި ކޮލިޝަންގެ މެދުގައި ދަނީ ބަހަމުންނެވެ. ފަޅުރަށްރަށް ދިނުމާ ނަގައިގަން އެއަރޕޯރޓް ދިނުންވެސް މެއެވެ. އެހެން އޮތް ތަނެއްގަ އުތުރު ފާލަމުން އެމްޕީއެލްއަށް ލިބޭ އެއްޗަކުން ޚަރަދު ކަނޑާ މާލޭ އަވަށު ފަށަލައަށް ބައިފަޅި ދިނުން ގޯހެއް ނޫނެވެ.