ޚަބަރު / މާލެ ސިޓީ ކައުންސިލް

ޓީޖެޓީ މާލެ ސިޓީ ކައުންސިލާ ހަވާލުނުކުރަން ސަރުކާރުން ނިންމައިފި

މާލޭ ހުޅަނގު ފަރާތު ބަނދަރު ކަމަށްވާ ޓީ-ޖެޓީ.-- ފައިލް ފޮޓޯ: މިހާރު

އެމްޕީއެލްގެ ބެލުމުގެ ދަށުގައި އޮންނަ މާލޭ ޓީޖެޓީ، މާލޭ ސިޓީ ކައުންސިލާ ހަވާލުނުކުރަން ސަރުކާރުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ކުރިން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް ޓީޖެޓީ އެ ތަނާ އަނެއްކާ ވެސް ހަވާލު ކޮށްދިނުމަށް ރައީސް އޮފީހާއި އެމްޕީއެލްގައި އެދިފައިވީ ނަމަވެސް އެކަން ކޮށް ނުދެވޭނެ ކަމަށް ރައީސް އޮފީހުން މިހާރު އަންގާފައިވާ ކަމަށެވެ.

ރައީސް އޮފީހުގެ އެ ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށާއި އަދި އެއީ މާލޭ މީހުންގެ ލާބަ އާއި މަންފާއާ ދެކޮޅު ނިންމުމެއް ކަމަށް ސިފަކުރައްވައި ސަރުކާރަށް ވަރަށް ބޮޑަށް މުއިއްޒު ފާޑުވިދާޅުވި އެވެ.

މޭޔަރު ވިދާޅުވިގޮތުގައި، ޓީޖެޓީ ބަލަހައްޓަން ސަރުކާރާއެކު އެމްޕީއެލުން ހަދައިފައިވާ އެއްބަސްވުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. އެހެންވެ، ގާނޫނީ ގޮތުން އެއީ މިހާރު ކައުންސިލްގެ ތަނެއް ކަމަށް ވިޔަސް، އެ ތަނުން އާމްދަނީ ހޯދުމުގެ ފުރުސަތު އެއްކޮށް ބަންދުވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ކޮންމެ މަހަކު ފުދޭވަރެއްގެ ބޮޑު އާމްދަނީއެއް ލިބޭ ތަނެއް އެއީ. އެމްޕީއެލް އަށް ހުރިހާ ފައިސާއެއް ލިބެނީ،" މުއިއްޒު ވިދާޅުވި އެވެ.

"ސިޓީ ކައުންސިލަށް އެ ފައިސާ ލިބުނީމާ މާލޭގެ ކުނި މެނޭޖުކުރުން ވިޔަސް، މަގުތައް ސާފުކޮށް ބޭއްވުންކަމުގައި ވިޔަސް އެތައް ކަމަކަށް އެ ފައިސާ ބޭނުން ހިފޭނެ."

ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރު ކަމަށް މުއިއްޒު ހުންނަވައިގެންނެވެ.

ޓީޓެޖީ ސިޓީ ކައުންސިލާ ހަވާލުކުރަން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހަތަރު ފަހަރަކު ދެންނެވި ކަމަށާއި ސިޓީއަކުން ވެސް އެކަމަށް އެދުނު ނަމަވެސް، ނިންމުން ނިންމެވީ ރައްޔިތުންނާ ދެކޮޅަށް ކަމަށް މުއިއްޒު މިއަދު ވިދާޅުވި އެވެ.

23 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 19%
icon angry icon angry 19%
icon wow icon wow 4%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މޭސްމަތިން

29 November 2021

މިހިރަމިހިރަ ކަންކަމުން ހޮޅި މުއީޒަށް އިބުރަތެއް ހާސިލުވާނެ ކަމަށް ހީކުރަން އަދި ބުނެފިއޭ އެތަން އެމްޕީއެލް އަށް ދީފައިވަނީ ގާނޫނާ ހިލާފަށޭ ތިމާ އަމިއްލައަށް އެމްޕީއެލް އަށް ދީފަ އަދި މިބުނަނީ ތިމަން އެކަން ކުރީ ގާނޫނާ ހިލާގަށޭ މީހަކު މޮޔަބެދާނެއްނު އަޅެ

The name is already taken The name is available. Register?

ޖުލައި

29 November 2021

މުއިއްޒުމެންގެ ސަރުކާރުން ވެސް އަދި މި ސަރުކާރުން ވެސް ނިންމި ގޯސް ނިންމުމެއް ތީ. ދެން ތިކަމުގަ އަހަރަމެން ބުނާނެ އެއްޗެއް ނެތް.

The name is already taken The name is available. Register?

2މުއިއްޒު

29 November 2021

މުއިއްޒު ކަހަލަ މީހުން މިހާރު ސަރުކާރުގައިވެސް އެތިބީ. އެހެންވީމަ ތަފާތެއް ނާންނާނެ. މުއިއްޒުމެން ދުރުކުރީ ދެން ވެރިކަމަށް އަންނަނީ ވަރަށް މާތް ރަގަޅު ބައެއްކަމަށް ހީކޮށްގެން. އެކަމު ދެން އައި މީހުންވެސް އެ ކަންކުރަނީ ހަމަ މުއިއްޒުމެން ކުރިހެން. ޕާޓީ ބާރުއޮތްގޮތް ތަފާތުނަމަ ސަރުކާރުން ސިޓީ ކައުންސިލަށް، ސިޓީ ކައުންސިލުން ސަރުކާރަށް ޖެއްސުންކުރުން ކޮންމެ ފަހަރަކުވެސް މިއޮންނަނީ. ކައުންސިލްތަކުގަ ސިޔާސީ މީހުން ތިބުމަކީ ރައްޔިތުންނަށް ވާ ގެއްލުމެއް.

The name is already taken The name is available. Register?

ފާތޭނިކެ

29 November 2021

މަނިކުފާނު އުނބަށް ޖައްސަވަނީތޯ

The name is already taken The name is available. Register?

ސަވާލޭ

29 November 2021

ހަކަންތަކާޖެހެނީ. ދެންތިތަނަށް ވަދެވޭނީ ފިސާރި ޙާލަކުން. ތިތަން މުޢިއްޒުވާނީ ކިހާއަވަހަކަށްބާ؟

The name is already taken The name is available. Register?

ކޮރަލް

29 November 2021

ޕްލޭން ގަ އޮތީ ތިލަފުށި، ގުޅިފަޅު ، ހުޅުމާލެ މޯގޭޖް ކޮށް ފަ ބްރިޖް އަޅަން ލޯން ނެގުމެވެ. ދެން ޓީ ޖެޓީވެސް އިތުރު ކޮށްފާނެ އެވެ. ލޯން ނުދެއްކިއްޖެނަމަ ތަނތަން އިންޑިޔާ އާ ހަވާލު ކުރަން ޖެހި ދާނެ އެވެ.

The name is already taken The name is available. Register?

ފަރޭ

29 November 2021

ނޭގެނީނަމަ ވާހަކަ ނުދެއްކުންވެސް އައުލާކަންބޮޑު.

The name is already taken The name is available. Register?

ދިއްދޫމީހާ

29 November 2021

ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ހައުސިން މިނިސްޓަރު ކަމަށް މުއިއްޒު ހުންނަވައިގެންނެވެ. މިކަހަކަ ކަންތައްކުރާ މީހުންނަ ބޭނުންކުރާ ވަރަށް ރީތި ދިވެހި ނަމެއް އަހުންކާފަމެން ކިޔާނެ، ވަށަފަރު މީހުން އުނބަޖެހުން

The name is already taken The name is available. Register?

ހަސަނު

29 November 2021

ވރަށް ރަނގަޅަށް ސަރުކާރުން އެ ނިންމެވީ...

The name is already taken The name is available. Register?

ސޮރީ

29 November 2021

ކުރީގެ ސިޓީ ކައުންސިލް އަތުން ތިތަންނަގާ އެމްޕީއެލްއާ ހަވާލުކުރީ މުއިޒުގެ ވެރިކަމުގަ ކޮން ގާނޫނެއްގެ ދަށުންތޯވެސ

The name is already taken The name is available. Register?

ޔޫތު

30 November 2021

އޭރު ގާނޫނުގައި އެވާހަކައެއްނެތް. އެކަން ބަދަލުވީ ޖަޒީރާއަށް ބަދަލުވިފަހުން.

The name is already taken The name is available. Register?

އަކްރަމް

29 November 2021

އެމްޕީ އެލް އާއި ޓީޖެޓީ ހަވާލުކުރީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ތޯ ތިޔަ ނޫހުން އޮޅުން ފިލުވަދީ ފާނަންތަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454