ޚަބަރު / އެމްޑީޕީ

ނަޝާ ކުރިމައްޗެއް ނުލައްވާ، ނަން ހުށަހެޅުއްވީ ރާޝިދު

ބައްޕަ ހުސެއިންއާ އެކު ނަޝާތު، ކޮމަންޑޫ ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ވާދަކޮށްދޭން ވަނީ އެދިފައި.

ރައްޔިތުން މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ވަހީދުގެ ދަރިކަނބަލުން ނަޝާ ހުސެއިން ވާދަކޮށްދިނުމަށް ބަޔަކު އެދިފައި ވިޔަސް، އެ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރައްވަން އޭނާ މިއަދު ނިންމަވައިފި އެވެ.

އެހެންވެ، އެމްޑީޕީން ހުޅުވާލާފައިވާ ބައި އިލެކްޝަންގެ ޕްރައިމަރީގައި ބައިވެރިވާން ނަން ހުށަހެޅުއްވީ އެންމެ ބޭފުޅެކެވެ. އެއީ ށ. ފޯކައިދޫ، ޔުނިވާސް، މުހައްމަދު ރާޝިދެވެ. އޭނާއަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ.

ނަޝާ ކުރިމަތިނުލެއްވީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.

ހުސެއިން އަވަހާރަވުމާ ގުޅިގެން، ކޮމަންޑޫ ދާއިރާގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ ފެބުރުއަރީ 5 ގަ އެވެ. އެ އިންތިހާބަށް އެމްޑީޕީގެ ޕްރައިމަރީ ބާއްވަން ތަވާލުކޮށްފައި ވަނީ މި މަހު 27 ގަ އެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނެނީ ކޮމަންޑު އާއި ފޯކައިދޫ އަދި މަރޮށްޓެވެ. މި ތިން ރަށުގެ އިޖުތިމާއީ އަދި ތަރައްގީގެ ގިނަ ކަންކަމަށް ހުސައިން ހޭދަކުރައްވާފައިވާ އިރު "ހުސައިންގެ ބައިވެރިވުމެއް ނެތް އެއްވެސް ކަމެއް ނޯންނާނެ ކަމަށް" އޭނާއާ ގުޅޭ ގޮތުން ޝުއޫރުފާޅުކުރި ބައެއް މީހުން ބުނެފައިވެ އެވެ.

ހުސައިން އަވަހާރަވުމުގެ ކުރިން "މިހާރު" އަށް ދެއްވި ފަހު އިންޓަވިއުގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ މި ދައުރުގައި، އަދި މި ވެރިކަން ފެށުނީއްސުރެން ވެސް އޭނާ އަށް ލިބިވަޑައިގަންނަވާ ހިތްހަމަޖެހުމަކީ ދާއިރާގެ ރައްޔިތުން ބޭނުންވާ އަސާސީ ކަންކަން ފުދި، އެ ކަމުން ރައްޔިތުންނަށް ލިބޭ އުފާވެރިކަން ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި އަށް އެމްޑީޕީގެ އިތުރުން ދެން ވާދަކުރަނީ އިދިކޮޅު ޕީޕީއެމާއި އެމްއެންޕީންނެވެ. މި ދެ ޕާޓީން ވެސް ވަނީ އެ ދާއިރާގެ ޓިކެޓުގެ ޕްރައިމަރީ އަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ.

10 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 40%
icon angry icon angry 10%
icon wow icon wow 10%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ް1234

23 December 2021

މިއީ ރައީސް ޔާމީނަށް ރައްޔިތުންނަށް އަދި ދުނިޔެއަށްވެސް އޭނާއަށް ތާއީދު އޮތްކަން ދައްކާލަން ލިބޭ ފުރުޞަތެްް ނަޝީދުވެސް އެކަން ވަނީ ސާބިތުކޮށްދީފައި، އެގިދާނެތާ މިތިބީ ބަލަން

The name is already taken The name is available. Register?

ގޯސްވިސްނުމެއް

23 December 2021

ސިޔާސީގޮތުން ރައްޔިތުން ވަކި މީހަކަށް ހަވާލުކުރި ޒިންމާއަކާ ޝަރަފެއް، އާއިލާއަށް ހިބަކޮށްދޭ ވިސްނުން އެއީ ސިޔާސީ "އެލީޓް" އުފެދޭނެ ސަބަބެއް. އެއީ ޚުދުމުޚުތާރުކަމާ ގާތް އަދި ޑިމޮކްރަސީއާ ބީރައްޓެހި ފަލްސަފާއެއް. ރައްޔިތުން މީހަކު ހޮވަން ޖެހޭނީ އެމީހެއްގެ ޤާބިލުކަމަށް ބަލާފަ. ވަކި މީހެއްގެ މީހަކަށްވީތީއެއް ނޫން

The name is already taken The name is available. Register?

ހާމިދު ޝާޙިދު

22 December 2021

ނަޝާ ޕާޓި ޕޮލިޓިކްސް ތެރެއަށް ވަދެ ނުފިތޭން ނިންމިކަން ވަރަށްވެސް ރަނގަޅު. ވަރަށް ހިތްވަރު ގަދަ ނިންމެވުމެއް ތިޔަ ނިންމެވީ. މިއަދު އެމްޑީޕީ އޮތް ހާލަތުން، އަދި ސަރުކާރު އޮތް ހާލަތަށް ބަލާއިރު، ބައިލެކްޝަނެއްގައިވެސް އެމްޑީޕީ ޓިކެޓެއްގައި ވާދަ ކުރުމަށް ވުރެއް ބޮޑު ފަލީހަތެއް މީހަކު ނުވާނެ.

The name is already taken The name is available. Register?

ފޯކައިދޫކޮއި

23 December 2021

މޮޅު އެއްޗެކޭ ބުނެލީ ދޯ. އެކަމކު ތިދާއިރާ ނަގާނީ އެމްޑީޕީ ކެންޑިޑޭޓް. މީގެ ކުރިން ދުވަހަކު ނާންނަ ވަރަށް އެދާއިރާއަށް ގެންނަ ތަރައްގީ އާއި ކުރިއެރުން އެދާއިރާ މިހުންނަށް ފެނޭ. މާލޭގައި ޖިއޯ ޕޮލިޓިކްސް ކުޅެން އުޅޭ ބަޔަކަށް ރަށްފުށުގެ ގްރައުންޑުގެ ހާލަތު ނޭގިދާނެ.

The name is already taken The name is available. Register?

ދުފާނީ

23 December 2021

ފޯކައިދޫކޮއިމެންނަކީވެސް އެހެން ދާއިރާތައް ގޮތަށް އެ ދާއިރާތަކަށް އެންމެ ފަހުން ކޮށްދޭ ކަންކަން ބަލާނެ ބައެއް. މުޅި ގައުމުގެ ބޮޑުމަންޒަރު ބެލުން މުހިއްމެއްނުވޭ އެއްވެސް ބަޔަކަށް. ތިމާގެ ގޭދޮށާ ހިސާބުން ކަންކަން ނިންމާލީމަ އެވީ. އެހެން ނިންމާ އެންމެންގެ ނިންމުންތައް އެއްކޮށްލީމަ އެންމެ ފަހުން ބާރުތައް ހަބޭހަށް ލިބޭ ބޮޑު ގްރޫޕުގެ ކަންކަން ހުންނަ ގޮތުގެ ހަގީގަތް ބަލާކަށް ބޭނުމެއްނުވޭ. ދުނިޔޭގެ އާދަ.

The name is already taken The name is available. Register?

ޓިނުބެ

22 December 2021

ތިޔަ ރާސިދެއް ހޮވާކަށް އަހަރުމެން ނެތީމު. ރާސިދަކީ މުޅި ޕާޓީސިސްޓަމަށްވެސް ހުތުރު އެރުވި މީހެއް.

The name is already taken The name is available. Register?

ކައްޕި ބުރޯ

22 December 2021

ނަޝާގެ ނިންމުން ރަނގަޅު. މަޖިލިސް މެމްބަރު ކަމާއި ވެރިކަމަކީ ވާރުތަ މުދަލެއްނޫން

The name is already taken The name is available. Register?

ކޮރަލް

22 December 2021

ހޮވަން ވީ ދަނޑުވެރިއެކެވެ. ނޫނީ މަސްވެރި އެކެވެ. އެމީހުން ގެ ބަސް ބުނާނެ މީހަކު މަޖްލީހަށް ބޭނުން ވެ އެވެ.

The name is already taken The name is available. Register?

ބިލް ކުލިންޓަން

22 December 2021

ނަޝާގެ ނިންމުން ބަރާބަރު. މި ރާޝިދަކީ ކާކު؟

The name is already taken The name is available. Register?

އިބުރާ

22 December 2021

ދެ ދައުރު ފޯކައިދޫ ކައުންސިލްގެ ރައީސް. މިހާރު ކައުންސިލްގެ އެސް.ޖީ. ގޫގުލް އިން ލިބެންހުރިވަރުމީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454