އޮކްޓޯބަރު މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމު ބޭނުން ކުރާނެ ޖޯޒީ ލޯންޗު ކުރުމަށް ބޭއްވި ހަފުލާގައި، އެފްއޭއެމްގެ ރައީސް ބައްސާމް (ކ) އާއެކު އާޒިމް ބައިވެރިވެ ވަޑައިގަންނަވަނީ --- ފޮޓޯ: އެފްއޭއެމް
24 ޑިސެމްބަރ 2021 - 15:32
ކްލަބްތަކުން މީޑިއާ ބޮއިކޮޓް ކުރަނީ އެކަމުގެ އަޑީގައި އެފްއޭއެމް އޮވެގެން ކަމަށް އެ އިދާރާގެ ކުރީގެ ރައީސް އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ބައެއް ކްލަބްތަކުން "މިހާރު" ނޫސް އިއްޔެ ބޮއިކޮޓް ކުރުމުން އެކަމާ ބެހޭގޮތުން ކުރެއްވި ޓްވީޓެއްގައި، އެފްއޭއެމްގެ ވެރިންނަށް ތުހުމަތު ކުރައްވައި، މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އާޒިމް ވިދާޅުވީ ނޫސްތައް ބޮއިކޮޓް ކުރުމަކީ އެފްއޭއެމްގެ ވެރިން ކްލަބްތަކަށް އަންގަވައިގެން ކުރުވާ "ހަޑިމުޑުދާރު" އަމަލެއް ކަމަށެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އާޒިމު ވިދާޅުވީ އޭނާ ކުރައްވަނީ ތަހުމަތެއް ނޫން ކަމަށާއި "އެއީ ހަގީގަތް" ކަމަށެވެ.
"ޔަގީނެއްނު. އެއްވެސް ޝައްކެއް ވެސް ނެތެއްނު،" ޓްވިޓާގައި އެފްއޭއެމް އަށް ކުރެއްވި ތުހުމަތުތަކާ ގުޅޭގޮތުން އާޒިމް ވިދާޅުވި އެވެ.
"އެންމެންނަށް ވެސް އެނގޭނެ އެހެންކަން އެކަން އެވަނީ. މީގެ ކުރިން ވެސް އެބަހުރި އެފްއޭއެމަށް ނެގެޓިވް އެއްޗިހި ލިޔަންޏާ ވަކިވަކި ނޫސްވެރިންނަށް އަމާޒުކޮށް ވެސް ކަންތައް ހިންގާފައި. ބިރު ދައްކައިފައި. ނެގެޓިވްކޮށް ލިޔަންޏާ އެފްއޭމްގެ އިވެންޓްތަކަށް ނުވައްދާނެ. ގަލޮޅު ދަނޑަށް ވަންނާކަށް ފާހެއް ނުދޭނެ. މިއީ މީގެ ކުރިން ކޮށްފައި ހުރި ކަންކަން."
Football ah faadu kiyaathee 7 club akun Mihaaru boycott koffi
The most trusted news source in the Maldives
Mihaaru
ފުޓްބޯޅައަށް ފާޑުކިޔާތީ ހަތް ކްލަބަކުން "މިހާރު" ބޮއިކޮޓްކޮށްފި
އެކަމަކު އެފްއޭއެމުން އެ ތުހުމަތުުތައް އިއްޔެ ވެސް ވަނީ ދޮގުކޮށްފަ އެވެ. އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު އިއްޔެ ވެސް ވިދާޅުވީ ޕްރެސް ކޮންފަރެންސް ބޮއިކޮޓްކުރި ކްލަބްތަކުގެ މައްސަލަ އެފްއޭއެމުން ބަލާނެ ކަމަށެވެ.
ރާއްޖޭގެ އެންމެ މަތީ ޑިވިޝަންގެ އަށް ކްލަބްގެ ތެރެއިން ހަތް ކްލަބަކުން ވަނީ، "މިހާރު" ނޫސް ބައިވެރިވާތީ ޕްރެޒިޑެންޓްސް ކަޕުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސް ބޮއިކޮޓްކޮށްފަ އެވެ. ޕްރެސް ކޮންފަރެންސަށް ގޮސް މީޑީއާއާ ވާހަކަ ދެއްކީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް އިން އެކަންޏެވެ. އެ ޓީމުގެ ކޯޗު އިސްމާއީލް މަހްފޫޒު (އިންމަ) މީޑިއާ އިން ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދިނެވެ.
އާޒިމް ވަނީ، ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ވެސް ތުހުމަތު ކުރައްވައި ފާޑު ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވީ، ސްޕޯޓްސް ކޮމިޝަނަރު ޒިންމާ އަދާނުކުރައްވާކަން ހާމަވާ އެންމެ ރަނގަޅު މިސާލަކީ ގާނޫނާ ގަވާއިދާ ހިލާފަށް އެފްއޭއެމް ހިންގަމުންދާ އިރު ވެސް އެކަމާ ފިޔަވަޅެއް އަޅުއްވާފައި ނުވުން ކަމަށެވެ. އަދި ވިދާޅުވީ، ކުޅިވަރު ކްލަބްތައް ވެސް ގަވާއިދުތައް "މުގުރައިލަމުން" ދާއިރު ވެސް އެކަމަށް ފިޔަވަޅެއް ނާޅުއްވާ ކަމަށެވެ.
It’s a sad state of affair when #FAM intimidates the clubs and forces them to do the “dirty works” on their behalf n tries to stifle one of d most respected newspaper @Mihaarunews
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) December 24, 2021
Sports Com’nr needs 2 come out of hibernation n ensure that FAM does not become an anarchist gang https://t.co/AGnSniH3rv
އާޒިމްގެ ޓުވީޓް
"ސްޕޯޓްސް ކޮމިޝަނާ އެބަޖެހިވަޑައިގަންނަވާ ފިއްލަވައިގެން ހިމޭނުން ހުންނެވި ހުންނެވުން ނިމުމަކަށް ގެނެސް އެފްއޭއެމް ގޭންގެއް ހިންގާ ގޮތަށް ވިޔަ ނުދިނުމަށް މަސައްކަތް ކުރަން،" ޓްވިޓާގައި އާޒިމް ލިޔުއްވާފައިވެ އެވެ.
އޭނާ ވިދާޅުވިގޮތުގައި، ސްޕޯޓްސް ކޮމިޝަނަރުގެ މަސްއޫލިއްޔަތަކީ ކޮބައިކަން ހީނާ ސަލީމަށް އެނގިވަޑައި ނުގަންނަވަ އެވެ.
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ހިންގާ ގޮތާމެދު ވެސް އާޒިމް ފާޑު ވިދާޅުވި އެވެ.
ބައްޕާފުޅު، ކުއީން އަހްމަދު ވަހީދުގެ މަސްއޫލުވެރިކަމުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަންކަން ވެސް ކުރިން ކުރެއްވި އާޒިމް ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީ ހިންގަނީ ކުޅިވަރު އެސޯސިއޭޝަނެއް ހިންގާހެން ކަމަށެވެ.
"ޔޫތު އެމްޕަވަމެންޓަށް ކުރެއްްވި އެއްވެސް ކަމެއް ދައްކަވަ ބައްލަވާ،" ސުވާލު އުފައްދަވައި އާޒިމް ވިދާޅުވި އެވެ.
"ކުޅިވަރުގައި ވެސް މިނިސްޓްރީ އުޅެނީ މިނިސްޓްރީގެ އަސްލު ދައުރުން ނުކުމެ އެސޯސިއޭޝަނެއް ގޮތަށް ހިންގަން. ކްލަބްތައް ކުރާ މަސައްކަތް ކުރަން. ސްޕޯޓްސް ކޯޕަރޭޝަނުން ކުރާ މަސައްކަތް ވެސް ކުރަން. މިނިސްޓްރީގެ ދައުރަކަށް ވާނީ ފެސިލިޓޭޓްކޮށް ދިނުމާއި އެސޯސިއޭޝަންތައް ގާނޫނާ އެއްގޮތަށް ހިންގާތޯ ކަށަވަރު ކުރުން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުގޮހޮޑާ
25 December 2021
ޑާޓީ ވާރކްސް ކިޔަން އިގޭތޯ ބޭފުލާއައް.. ދިޔާ ތަކެތި އުފުލި ކަޅު ދަބަހުގައި ވަނީ ކޮން ޑާޓީ މީހެއްގެ ޖަރީމާއެއްތޯ.... ލަދު ކޮބާ ...މީވެސް މެންބަރެކޯލަ.. މަހަމަ ހީ ހީ ހަލާކު
އިދުރީ
25 December 2021
މަހޭ އާ ބައްސާމު އަބަޖެހޭ އިސްތިއުފާ ދޭން. އިސްތިއުފާ ނުދީފިނަމަ ބޭރުކުރަން. ފުޓްބޯޅަ އެކަންޏެއްނޫން ހުރިހާ ކުޅިވަރެއް ހަލާކުކޮށްފި.
މިކޮއެ
25 December 2021
އަހަންނަކަށް ކަމުދާ ވާހަކަދައްކާ މީހެއް ނޫން ހާމިދަކީ. އެކަމަކު މިހާރު ނޫހުގައި އޭނަ ލިޔާ ކޮލަމް ރަނގަޅު. ކިޔަންވެސް ކިޔަން. ކޮލަމް ވަރުގަދަކޮށް ކުރިއަށް އޮތްތާނގައިވެސް ގެނެސްދޭނެކަމަށް އުންމީދުކުރަން.
މަޒް
25 December 2021
ރާއްޖެ ފުޓުބޯޅައިން ސަސްޕެންޑް ވާނެއޭ ކިޔާ އެފްއޭއެމްގެ ކަންކަމާ ނުބެހެން ބުނަމުން ދަނީ ބިރުދެއްކުމަށް.. ސަސްޕެންޑް ވެދާނެއެއްނުން.. ފިޔަވަޅު އަޅާ.. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއަކާ ހިލާފެއް ނުވެވޭނެ.. ސަސްޕެންޑް ނުވެ އޮވެ ވާކަމެއް ހަރާމް.. ސަސްޕެންޑް ކޮއްފަ ނަމަވެސް އެބައިގަނޑު އެބަ ޖެހޭ އެތަނުން ނެރި ޝަރީއަތް ކުރެވެން.. ހިތު ހުރި އެއްޗެއް ނުހެދޭނެ.. މަހުލޫފުވެސް ލާރިކޮޅެއް ދިނީމާ ޗުއްޕު ކިޔައިގެން ހުރީ
އާރީ
24 December 2021
ހާމިދުގެ ކޮލަމް އިތުރަށް ވަރުގަދަ ކުރާނެ ކަމަށް އުއްމީދު ކުރަށް
މޫދޭ
24 December 2021
އާޒިމް މެންގެ ސުފަރމެޖޯރިޓީ އޮވެގެން ކޮންކަމެއްވީ. ބަންސާމް އެދަނި މަހުލޫފާ ބައިވެރި ވެގެން ބޭނުން އެއްޗެއް ހަދަމުން. ނޫސްތަކަށް ބިރު ދަށްކަނި އެފްއޭމް އަޑީގަ އޮވެގެން ކަން ނޭގޭ ދިވެހި ރަށްއިތަކު ނެތް.
އިސްލާހު
24 December 2021
ފުޓްބޯޅަ މަތިންވެސް މިހާރު ފޫހިވެއްޖެއެވެ. ހަމަ ބައްސާމުމެންނާ ހެދިއެވެ.
މުލޭ
24 December 2021
އާޒިމް ނުބުންޏަސް ތިކަން އެނގޭ އަހަރެމެންނަށް.
ދޮން ހަސަނު
24 December 2021
100 ޕަސެންޓް ގެރެންޓީ. މަ ހިތައްއަރާ މި ޓީމުތައްވެސް މިތިބެނީ ކޮންފަދަ އަޅުވެތި ކަމެއްގަ ބާވައޭ. ރާއްޖޭގެ ފުޓްބޯލަ ދުވަހެއް ދުވަހަކަށް ދަނީ ދަށައް. ބައްސާމުމެން ކުޅޭ ޑްރާމާޔާ ހެދި.
45333
24 December 2021
"ބޯއިކޮޓަށް" ރީތި ދިވެހިބަހެއްނެތްތޯ؟ ނެތިއްޔާ ރަދީފޫ ހަދަންއުޅެމާބަހީ.