ޚަބަރު / ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތަކުގެ ފިނިޝިން މުއްދަތު އިތުރު ނުކުރާތީ މުޒާހަރާކޮށްފި

ފިނިޝިންގެ މުއްދަތު އިތުރުނުކޮށްދީގެން ހިޔާ ފްލެޓްތައް ކައިރީގައި މުޒާހަރާ ކުރަނީ.

ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް މިހާރު ދީފައިވާ ގްރޭސް ޕީރިއަޑް ހަމަވާއިރު އަދިވެސް ގިނަ ފްލެޓްތަކެއް ނުނިމި ހުރުމުން އެކަމަށް އިތުރު މުއްދަތެއް ބޭނުންވާ ކަމަށް ބުނެ ފްލެޓްތައް ކައިރީގައި މިއަދު މުޒާހަރާކޮށްފި އެވެ.

އާންމުންގެ ޖަމިއްޔާ އާއި ހިޔާ ޔުނިއަން ގުޅިގެން ހަވީރު ބޭއްވި މުޒާހަރާގައި އެ ތަނުގައި ދިރިއުޅޭ މީހުންނާއި އަދި ފިނިޝިން ނުނިމިގެން ދިރިއުޅެން ނުފެށި ތިބި ބައެއް މީހުން ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައް ފާޅުކޮށްފަ އެވެ.

ސުލްހަވެރި އެއްވުމުގައި ގިނަ ބަޔަކު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރީ ގްރޭސް ޕީރިއަޑަށް ދީފައިވާ މުއްދަތު ކުރުވެފައި، އެ މަސައްކަތްތައް އަދިވެސް ނުނިމި ހުއްޓާ އަންނަ މަހުން ފެށިގެން ކުލި ދައްކަން ޖެހުމެވެ. އަދި ފްލެޓްގެ ކުލި ބޮޑުވުމަކީ ވެސް ޝަކުވާއެކެވެ.

ފިނިޝިންގެ މުއްދަތު އިތުރުނުކޮށްދީގެން ހިޔާ ފްލެޓްތައް ކައިރީގައި މުޒާހަރާ ކުރަނީ.

ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް ނިންމަން ދިން ހަތަރު މަހުގެ މުއްދަތު މި މަހުގެ ނިޔަލަށް ހަމަވުމުން، މިހާރު އޮތް ގޮތުން ނަމަ، އަންނަ މަހުން ފެށިގެން ކުލި ނަގާނެ އެވެ. އެޗްޑީސީން އަންނަނީ ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ސަރުކާރާ އެކު މަޝްވަރާކުރަމުންނެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުގެ މަހު ކުއްޔަށް 7،500ރ. އަދި ސާވިސް ފީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 1،000ރ. އެވެ. މި ކުލި ބޮޑު ކަމަށް ބުނެ ކުރީ ސަރުކާރުގައި ފްލެޓަށް ކަނޑައެޅި 5،600ރ. ކުއްޔަށް ނެގުމަށް ދަނީ އެދެމުންނެވެ.

34 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 33%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަހީދު

25 December 2021

އައި ފޯރީގައި އެންމެން ވެގެން ލޯނު ނަގައިގެން ކޮށި ހެދީ. މިހާރު ލޯނު ދައްކަމުން ތަނުގެ ކުލި ދައްކަން ޖެހުނީމަ ބޯ ގޮވަނީ.

The name is already taken The name is available. Register?

ބޮޑުވަޒީރު

25 December 2021

މިސަރުކާރު 2023 ގައި ވޯޓުން ބަލިވާނެކަން އިނގޭތީވެ ރައްޔިތުންނަށް ކުރެވެންހުރިހާ ޖެއްސުމެއްކިިރެވޭތޯ ބަލަނީތޯ؟؟! 30000 މީހުންގެ އާބާދީއަކާ ސަރުކާރުން ފިމާކޮށްލާގެން ޖެއްސުންކުރާނީ ވރަށް ގޮތްހުސްވީމާ ހެން ހީވަނީ.

The name is already taken The name is available. Register?

ޔައުނީ

25 December 2021

ޔާމީނުގެ ސަރުކާރުން ކުރިކަމެއްގެ ހުރިދަތިބުރަކަން ފުލެޓުލިބުނު މީހުންނަށް ދައްކަން ސަރުކާރުން ދޫނުދީ ގަދަފައި ވިއްދާނަމަ ތިޔަކޮންނަނީ އަމިއްލަ ކށްވަޅު. 35 ހާހުގެ އާބާދީއަކީރާއްޖޭ ނިސްބަތުން ބޮޑު އާބާދީއެއް.

The name is already taken The name is available. Register?

ކުޗީ

25 December 2021

ތިތާގެ ގިނައީ ފްލެޓް ހައްގު ނުވާ މީހުން. ހުވަދޫ އަތޮޅު ބަޔެއް އާއިލާ ތަކަށް ދެފްލެޓް ތިންފްލެޓް ލިބިފަ އެބަހުރި. ބައެއް މީހުން މިހާރުވެސް ކުއްޔައްދީގެން އާމްދަނީ އެބަހޯދާ. މުއިޒް އަށް އެއޮތީ ކުއްލިއަކަށް ދަފްތަރު ގައި ޖެއްސިމީހުން ވޯޓު އަޅައިގެން ހޮވިފަ. އެހާވަރަކަށް މުއިޒް މިކަމާ ތެޅެނީ އެހެންވެ.

The name is already taken The name is available. Register?

ވަހީދު

25 December 2021

މުޅި ހިޔާ މަޝްރޫޢު ގައި ތިބޭފުޅާއަށް ފެނުނީ ހުވަދޫ ބައެއް އާއިލާތަކަށް ދެ ފްލެޓް ލިނުބުތަން ދޯ؟

The name is already taken The name is available. Register?

އަލީރާޖާ

25 December 2021

މި ނޫނީ ރާއްޖޭގައި ފްލެޓް ލިބުނު ބަޔަކު ނޫޅޭހެން ހީވަނީ!

The name is already taken The name is available. Register?

ޥަނުބެ

25 December 2021

މިނުނީ ނަހަދާ ދިން ފުލެޓެއްވެސް ނެތް އެހެންވީމަ އެހެން ކިޔޭނެ.އަދިކިޔަން ވެސް ކިޔާނަން.

The name is already taken The name is available. Register?

މުޙައްމަދު.

25 December 2021

އައްޑޫގެ ފުލެޓްތައް ދިނީ ކަރަންޓު ފެނެއް އިންޓަނެޓް ކޭބަލް ޓީވީ ގުލާފައެއްނޫން. ހަމައެކަނި ކަރަންޓް ގުޅުމަށްވެސް 6 ހާސް ރުފިޔާ ޙަރަދު ކުަރްނޖެހުނު ކޮންމެ ފުލެޓަކަށް. މާލޭ މީހުން ނަމަ ހާދަ ކަންތަކެއް ހުންނާނޭދޯ.

The name is already taken The name is available. Register?

ޙަޖަމް

25 December 2021

މިނޫނީ ބަޔަކަށް ފުޅެޓުނުދީ 3 އަހަރު ގަނަތެޅުވިތޯ؟ މިނޫނީ ބަޔަކަށް ފިނިޝިން ނުނިންމާ ފުޅެޓު ދިންތޯ؟ މިނޫނީ ބަޔަކަށް ވަށައިގެންހުރި މަގުތައް ބަންދުކޮށްފަ ފުޅެޓު ހަވާލުކުރިތޯ؟ މިނޫނީ ބަޔަކަށް 2 ކޮޓަރި 8500 އަށް ދިންތޯ؟؟ މިނޫނީ ބަޔަކަށްް މަގެއް ޕޭވްމަންޓެއް ނަހަަދާ ފުލެޓު ދިންތޯ؟ މިިނޫނީ 30000 ގެ އާބާދީއަކަށް ފުޅެޓު ދިންތޯ؟ މިނޫނީ ބަޔަކަށް އެޗްޑީސީން މިވަރަށް ޖެއްސުންކުރިތޯ؟؟ މިނޫނީ ބަޔަކަށް ފެންކުންފުނިން 60000 ރުފިޔާގެ ބިލެއް ފޮނުުވިތޯ؟

The name is already taken The name is available. Register?

ކުޗީ

25 December 2021

ފްލެޓް ނުނިންމާ ދިނީތީވެ ޔާމީނު ގޭ ކުރިމައްޗަށް އެއްވެ މުޒާހަރާ ކޮއްބަލަ.

The name is already taken The name is available. Register?

ހަޑިގިއްލާ

25 December 2021

ސަރުކާރަކަށްވެސް އަގު ކުޑަކުރެވޭކަށް ނެތް. ފުލެޓްވެރިންނަށް އެ އަގު ދެއްކޭކަށް ނެތް. ވީމާ ތީގެ ހައްލަކީ އަގު ނުދެއްކޭ މީހުން އަގުދެއްކަން ބޭނުންވާ މީހުންނަށް އެތަންތަން ދިނުން. އޭރުން ސަރުކާރުން ރައްޔެތުންގެ ނަމުގަ ނެގި ދަރަނި ވެސް ދައްކަން ފަަސޭހަވީ. ނަމަވެސް އެނބުރިދާން ޖެހެނީ އެއްކަލަ 15 ހާސްރުފިޔާގެ ތަނަށް ކަމަށްވާތީ އެކަކުވެސް ދުލެއް ނުކުރާނެ. އެނގޭ މިގޮތް މޮޅުކަންވެސް. އަދި ސަރުކާރަށް ފިތިވަރަކަށް އިތުރު ލުއިވެސް ލިބޭނެކަން.

The name is already taken The name is available. Register?

ކްލޯސްޑް

25 December 2021

ހިޔާ ފްލެޓްސް ތަކުގެ ކުލި މަހަކު 1 ހާސް ރުފިޔާ އަށް ކުޑަކުރޭ އަދި ފިނިޝިންގް މުއްދަތު 2023 ގެ ނިޔަލަށް އިތުރު ކޮށްދޭންވީއޭ މިކަން ކަން ކޮށްނުދެވޭ ހާކިމާ އަކު ރާއްޖޭގެ ހާކިމާގެ މަގާމްގައި ހުރުމުގެ ބޭނުމެއް ނެތޭ އެފެންވަރުގެ ހާކިމާ އަކު ރަށަށް ކަނޑާލަންވީއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް...

The name is already taken The name is available. Register?

ނަންރީތި.

25 December 2021

ފުލެޓް ތަކުގެ ކުރި ހަދާންވީ 15 ހާހަށް. ކ.އަތޮޅު މާލެއިން 2 ކޮޓަރީގެ ތަންކޮޅެއް ލިބެނީ 18 ހާހަށް. އެހެންވީމާ 15 ހާސް ދައްކައިގެން އަވަހަށް ތަން އަމިއްލަ ކުރެވޭ ގޮތަށް ތިތަން ހަދަންވީ.

The name is already taken The name is available. Register?

2021

25 December 2021

އަވަހަށް ނަގަންފަށާ. ތިތަންތަންތަނުން މިހާރުވެސް ބަޔަކު ނާޖާއިޒު ފައިދާނަގަމުންދަނީ.....

The name is already taken The name is available. Register?

ޙަހަ

25 December 2021

ސަރުކާުރުންނާ މަޖިލިސް ތެރެންނޯ ރައްުޔަތުން ވީ އެޅިހާބަތަކަށް ރިހަވަން.ސޮރީ ދެންބޭނުން ހާ އެއްޗެއް ނެހެދެނެ.

The name is already taken The name is available. Register?

ޙުނި

25 December 2021

އެޗް ޑީސީ ގައި ހުރި ސުހެއިލަކީ ނާޤާބިލް މީހެށް. ތިތަން ހަވާލު ކުރަންވީ އާޒިމު އާއި. އެއީ ޤާބިލް އެމްޑީ އެއް

The name is already taken The name is available. Register?

މޮޔަސަރު

25 December 2021

ސަރުކާރުން 6700 އާއިލާއަށް ތިކުރާ ޖެއްސުމުގެ ފައިދާ ވާނީ އިދިކޮޅު ޕާޓީއަށް. ކުރީސަރުކާރުން އަޅާފަ ހުރިތަނެއްވީމާ ތި ޖެއްސުންކުރަނީ.

The name is already taken The name is available. Register?

ބޯގޯސް.

25 December 2021

ސަރުކާރުން 6700 އާއިލާއަކަށްނޫން ޖެއްސުން ކުރަނީ. ކ.އަތޮޅު މާލެ ފިޔަވާ ތުރާކުނުން އައްޑޫއަށް ހިމެނޭ ރަށްރަށާއި އެރަށްރަށުގެ ރައްޔިތުންނަށް ސަރުކާރުން ކުރާ ޖެއްސުން ކަލޭމެނަކަށް ނުފެނޭތަ ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454