މަޑިވަރު އެއާޕޯޓަށް މިއަދު ހެނދުނު ޖެއްސި ޓެސްޓު ފްލައިޓުން ދަތުރުކުރި މެހުމާނުންނަށް މަރުހަބާ ކިޔަނީ.---ފޮޓޯ: ޓުވިޓާ
25 ޑިސެމްބަރ 2021 - 15:08
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ އުހުގައި ހަރަކާތްތެރިވާ އެއް ކުންފުނި، ޗަމްޕާ ބްރަދާސް އިން ޅ. މަޑިވަރުގައި ހެދި އެއާޕޯޓަށް ޓެސްޓް ފްލައިޓް މިއަދު ޖައްސައިިފި އެވެ.
މިއަދު ހެނދުނު އެ އެއާޕޯޓަށް ދިޔަ ޓެސްޓް ފްލައިޓްގައި އެ ކުންފުނީގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) އާއި ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވެސް ވަޑައިގަތެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުުގައި މަޑިވަރަށް ފުރަތަމަ ފްލައިޓް ޖެއްސި އިރު، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗަމްޕާ ބްރަދާސްއާ އެކު އެއްބަސްވެ ފެށި މަސައްކަތެވެކެވެ.
މި އެއާޕޯޓު ހަދަން އެއްބަސްވުމުގައި ސަރުކާރުން ޗަމްޕާ ބްރަދާސްއާ އެކު ސޮއިކޮށްފައި ވަނީ މޭ 2018 ގަ އެވެ.
މަޑިވަރު އެއާޕޯޓަށް މިއަދު ހެނދުނު ޖެއްސި ޓެސްޓު ފްލައިޓްގެ ކްރޫންނަށް މަރުހަބާ ކިޔަނީ.---ފޮޓޯ: ޓުވިޓާ
މި އެއާޕޯޓުގައި 1.2 ކިލޯ މީޓަރުގެ ރަންވޭއަކާއި އެއާކްރާފްޓްތައް ޕާކު ކުރާނެ ސަރަހައްދަކާއި ޒަމާނީ ފެންވަރުގެ ޓާމިނަލެެއް އަޅާނެ އެވެ. ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު ހަދަރު ކޮށްގެން ހެދި މި އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމުގައިވާ ބީޔޫސީޖީންނެވެ.
މަޑިވަރުގެ އެއާޕޯޓާއެކު ސިޓީ ހޮޓަލެއް އެ ރަށުގައި އެޅުމުގެ ފުރުސަތު ޗަމްޕާ ބްރާދާސް އަށް އޮންނާނެ އެވެ. އަދި އައިލެންޑް އޭވިއޭޝަނާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުން ތަމްރީން ކުރާ ތަނެއް ހަދައި ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައި ދިނުމަށް ވަނީ ނިންމައިފަ އެވެ.
މަޑިވަރަކީ މީގެ ކުރިން ސިފައިން ތަމްރީނުތަކުގައި ބޭނުން ކުރި ރަށެކެވެ. ޅ. އަތޮޅުގައި ހިންނަވަރާއި ނައިފަރާއި ކުރެންދޫ އަދި އޮޅުވެލިފުށީގަައި މީހުން ދިރިއުޅޭ އިރު، މި އެއާޕޯޓާއެކު ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މަޑިވަރުގެ އެއާޕޯޓުގެ ޓެސްޓް ފްލައިޓް ޖެއްސި އިރު ދާދި ފަހުން ރާއްޖޭގެ ހަ ސަރަހައްދެއްގައި އެއާޕޯޓު އަޅަން ޕްލޭނިން މިނިސްޓްރީން ވަނީ އިއުލާނު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށސ111
26 December 2021
އެހެންވެގެންތޯ އަހަރެން ދަތުރުކުރި ފްލައިޓް 2 ގަޑިއިރަށް ޑިލޭވީ. ޢެވެސް ބުނީ އެއާޕޯޓށް އައިތާ 30 މިނިޓުތެރޭ
ގެބިނަން
26 December 2021
ޝުކުރިއްޔާ ޗަމްޕާ
ޒިލޭބީ
26 December 2021
ދިވެހިންނަށް ރަނގަޅު އެއް ގޮތް ވެސް ނެއްތާ؟ އެއަރ ޕޯޓް އެޅިއަސް ނޭޅި އަސް ގޯސް.
ގެލެންޓްރީ
26 December 2021
ސަރުކާރުތަކުން އެއާރޕޯޓް އަޅާއިރު ތިމާވެއްޓާ މެދު ވިސްނާނަމަ މަޑިވަރު އެއްކޮށް ކޮށާ ހަނަފަސް ކޮށެއް ނުލާނެ...އެއާރޕޯރޓެއް އެޅުމަކާ އެއްވެސް މީހަކު ދެކޮޅެއް ނޫން އެކަމަކު މިދެންނެވިހެން މަޑިވަރު ބާއްވާފަ ފަޅުގަވެސް އެއާރޕޯރޓް އެޅޭނެ
ނޫރަންނަހާރު
26 December 2021
އޭރުން ތިޔަބައިމީހުން ބުނާނެ މާސިންގާ ރަށެއް އޮއްވާ ފަޅޭ ހިއްކާލީ.. ރަގަޅު އެއްގޮތެއްވެސް ނޯންނާނެ.
ގޫލާނީގަޔަށް
25 December 2021
ސަރުކާރުން ބަލަދު އަރާފަ ތިބި ބައެއްތަ އަޅެފަހެ މީ ސަރުކާރަށް ވުރެން މިމީހުން މުއްސަދި ބޮޑެތި މަގާމްތަކަށް އަންނަ ބޭފުޅިން މިތިބެނީ މިބައިގަޑަށް ޖިޒިޔަ ދައްކާލަ ދައްކާލަ
ބޮޑުމީހާ
25 December 2021
ސޭވް މަޑިވަރު، ސޭވް ރާޅުގަނޑު އެމްޑީޕީ މީހުން މޮޔަހައްދަން ކޮންމެ ކަމެއްވެސް ކޮށްފާނެ
އޮނަރަބްލް އަފީފު ދީދީ
25 December 2021
ދައުލަތުގެ ޓްއަރިޒަމް ކުންފުންޏާއި، އެއަރލައިން ކުންފުނި. މަސް ކުންފުނި، ޑޮމެސްޓިކް އެއަރޕޯޓްސް ކުންފުނި، ބެންކް ފަދަ ކުންފުނިތަކަށް ފައިދާނުވެ ގެއްލުމާއި ކުރިނަތިވެ އަދި ބައެއް ކުންފުނި ބަޤުރޫޓުވަމުންދާއިރު މަސްލަހަތު ފުށުއަރާގޮތަށް އެފަދަ ކުންފުނިތަކުގެ ސީއީއޯގެ މަޤާމާއި ބޯޑް ތަކާއި އެމްޑީފަދަ އިސްމަޤާމް ތަކަށް ސަރުކާރުން އައްޔަން ކުރައްވާފައިތިބި މަހުޖަނުންގެ ކުންފުނިތައް ބާރު ދުވެލީގައި ފަތުއަޑު ކިޔާފައި ކުރިއަރައިގެންދާތަން އެބަފެނޭ.!!؟؟
ދިއްދޫމީހާ
25 December 2021
އަހުން ބަލާލަން ބޭނުންވަނީ މަޑިވަރު އެއާޕޯޓް ހުޅުވަންގޮސްފަ ސޭވް މަޑިވަރޭ ކިޔާފަ އެއްވެސް ވާހަކައެ ދައްކާތޯ؟ މީގެ ކުރިން ސޭވް މަޑިވަރު ޖަހާގެން ނުކުތް 2މީހުން އެތިބީ ވެރިކަމުގާ، މިކޮމެންޓް ޖަހާލަން ކެރޭނެބާ؟؟
ކެލަންދަން
26 December 2021
ބޯކޮށް ޖަންގަލީއޮތް ބޮޑުރަށެއް އެއޮތީ ހުރިހާ ރުއްގަސްކަނޑާ ހަނަފަސް ބިމަކަށް ހަދާލައިފަ އެއީ އަސްލު ދެރަވަރު ކަމެއް އެގޮތަށް އެކަން ނުކޮށް ނައިފަރު ފަޅު ނުވަތަ މަޑިވަރުފަޅު ހިއްކައިގެންވެސް އެއާރޕޯރޓް އެޅުނީސް އެހެންވީމާ ސޭވް މަޑިވަރަކީ ހަމަ ރަގަޅު ކެމްޕޭނެއް އޭގައި މައްސަލައެއްނެތް ދެން ހާވާނެހަޑިއެއް ހާވާފަ އެއާޕޯރޓް އެޅީމާ ނުހުޅަވާ ބޭއްވޭނެ ގޮތެއްވެސް ނޯއްނާނެތާ
އޮނަރަބްލް އަފީފު ދީދީ
25 December 2021
މިމީހުންގެ ހީލަތްތެރި ސިޔާސަތު އައްޑޫ ރައްޔިތުން އިންތިހާބުކޮށްފައި ހުންނެވި މޭޔަރަށާއި ކައުންސިލަށް އަދި މަޖިލިސް މެންބަރުންނަށް ޙަޤީގަތުގައިވެސް އެގިވަޑައި ނުގަންނަވަނީތޯ. # ކޮވިޑް ސްޕްރެޑަކަށް ކ.އަތޮޅު މާލެ ވުމުން މުޅި ރާއްޖެބަންދުކޮށް ވައިގެ ހިދުމަތް މެދުކަޑަލި އިރުވެސް ގޭންއެއަރޕޯޓް ހުޅުވާކަށް ބޭނުން ނުވި! އަމިއްލައަށް އިސްނަގައި ސްރީލަންކަން ޝެޑިއުލް ދަތުރު ކުރާންފައްޓާ ދެކުނު ޑޮމެސްޓިކް ކަނެކްޓިވިޓީ ދޭންބުނިމީހުން ފިލައިފި. މެނިފެސްޓޯ...
ކޮރަލް
25 December 2021
މިހާރު ބޭނުން ވަނީ ޒުވާނުން ތަމްރީން ކުރާނެ ތަންތަނެވެ. ކިޔަވައިގެން މަސައްކަތެއް ނޭނގޭތީ ވަޒީފާ ނުލިބި އެތައް ހާސް ޒުވާނުން އެބަ އުޅެ އެވެ. ޗަމްޕާ އިން ވެސް އެކަހަލަ ކަމެއް ފަށަން ވީ އެވެ.