ޚަބަރު / ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތަކުގެ ކުލި ނެގުން ފަސްކުރުމުން އެޗްޑީސީ އަށް 171 މިލިއަން ރުފިޔާ ގެއްލޭނެ

ހިޔާ ފްލެޓްތަކުގެ ކައިރީގައި ގާ އެތުރުމުގެ މަސައްކަތް ކުރަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ހިޔާ ފްލެޓްތަކުގެ ކުލި ދެއްކުން އިތުރު ތިން މަސް ދުވަހަށް ސަރުކާރުން މާފުކޮށްދިނުމުން، އެޗްޑީސީ އަށް ލިބޭ ގެއްލުން 171 މިލިއަން ރުފިޔާ އިން މައްޗަށް އަރައިފި އެވެ.

ސަރުކާރުން ފުރަތަމަ ނިންމާފައި އޮތީ އަންނަ މަހުން ފެށިގެން ހިޔާގެ 6،720 ފްލެޓުން 25 އަހަރަށް ބަހާލައިގެން 7،500ރ. ގެ މަހު ކުއްޔާއެކު، ސާވިސް ފީގެ ގޮތުގައި 1،000ރ. ނަގާށެވެ. އެކަމަކު، ފިނިޝިންއާ ނުލައި ހަވާލުކުރި، އެ ފްލެޓްގެ އެތެރޭގެ މަސައްކަތް އަދިވެސް ގިނަ ބަޔަކަށް ނިންމިފައި ނުވާތީ ސަރުކާރުން ވަނީ ކުލި ދެއްކުން ފެށުން އިތުރު ތިން މަހަށް ފަސްކޮށް، އޭޕްރީލްގައި ކުލި ނަގަން ފަށާ ގޮތަށް ބަދަލު ގެނެސްފަ އެވެ. އެކަން އިއުލާން ކޮށްދެއްވީ ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެކަމަކު، މި ނިންމުމާ އެކު އެޗްޑީސީ އަށް ކޮންމެ މަހަކު 57.1 މިލިއަން ރުފިޔާ ގެއްލުންވާ ކަމަށް "މިހާރު" އިން ހެދި ހިސާބުތަކުން ދައްކަ އެވެ. މިއީ ތިން މަހަށް ބަލާ ނަމަ 171.4 މިލިއަން ރުފިޔާ އެވެ.

ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް ފްލެޓް ލިބުނު މީހުން ގޮވައިލި ނަމަވެސް ސަރުކާރުން ބުނާ ގޮތުގައި އެ ތަންތަން ހެދުމަށް ޗައިނާ އިން ބޮޑު ލޯނެއް ނަގާފައިވާއިރު 13 އަހަރުގެ ތެރޭގައި އެ ލޯނު އަނބުރާ ދައްކަން ޖެހެ އެވެ. ފްލެޓްތަކުގެ އަގު ހެޔޮކުރާ ނަމަ، މުއްދަތަށް ލޯނު އަނބުރާ ނުދެއްކޭނެ ކަމުގެ ބިރު އެބައޮތެވެ. އެހެންވެ، މި ވަގުތު ފްލެޓްތަކުގެ އަގު ކަނޑައަޅާފައި ވަނީ ކުރެވެން އޮތް އެންމެ ހެޔޮ އަގަށް ކަމަށް އެޗްޑީސީން ބުނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި މި ފްލެޓްތަކުގެ ކުއްޔަށް އޭރު ކަނޑައެޅީ 5،600ރ އެވެ. އެކަމަކު އެ ހިސާބު ޖެހީ ނުބައިކޮށް ކަމަށާއި އޭރު މި މަޝްރޫއު ހިންގުމަށް ހަވާލުކުރި ކުންފުންޏަކީ ވެސް އެންމެ އަގު ބޮޑުކޮށް ޕްރޮޕޯޒަލް ހުށަހެޅި ކުންފުނި ކަމަށް ވާތީ ހަޔޮ ހެޔޮކުރެވެން ނެތީ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

153 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 3%
icon angry icon angry 77%
icon wow icon wow 0%
icon inlove icon inlove 6%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

20000

29 December 2021

ފްލެޓް ހައްގުވެރިންނާ ޙަވާލު ނުކޮށް ބެހެއްޓުމުން ލިބުނު ގެއްލުން ވެސް ބުނެލަބަލަ؟ މިއީ ރައްޔިތުންނަށް ހާދަ އަނިޔާ ކުރާ ބައެކޭ ދޯ، ސުހައިލް އިސްތިއުފާ

The name is already taken The name is available. Register?

މޫނިމާ.

28 December 2021

އަދި މިވަރު ބަޔަކު އެބައުޅޭ މުއްސަނދިންނަށް ބިން ނުވިއްކާ ތިމަންނާމެނަށް ބިން ވިއްކާށޭ ކިޔައިގެން. ކޮންފާޑަކަށް އުޅޭ ބައެއްތަ މި މާލޭ މީހުންނަކީ؟

The name is already taken The name is available. Register?

މާލޭ

16 January 2022

މާލޭ މީހުންތަ ކަލޭމެންގެ ކުލި ކުޑަކުރަނީ

The name is already taken The name is available. Register?

120687

28 December 2021

7000 ފުލެޓުގެ ކުލިން މަހަކު 2000 ރުފިޔާ އުނިކޮށްދޭން ސަރުކާރުން ހޭދަކޮށްލަންޖެހޭނީ 14 މިލިޔަން ރުފިޔާ. އަހަރަކަށް 168 މ،ިލިޔަން. އަލަށް އުފެއްދަން އުޅޭ، އެއްވެސް ބޭނުމެއް ނެތް ބޭކާރު 300 އެތަށް ސިޔާސީ މަގާމަކަށް 400 މިލިޔަން ރުފިޔާ 2022 ބަޖެޓުގައިވެސް ޖެހި. މި މަގާމުގެ ތަކުން ދެބައިކުޅަ އެއްބައި އުނިކޮށްލިޔަސް ސަރުކާރަށް އެ 2000 ރުފިޔާ ދެވޭނެ. ސުވާލަ މުހިންމީ ކޮން ކަމެއް ތޯ.

The name is already taken The name is available. Register?

45664544

28 December 2021

ކޮންމެ ސަރުކާރަކަށްވެސް މުހިންމުވިމާތާ ސިއާސީމަގާމު އެވަރަށް ބަހައްޓަނީ. ސަރުކާރައް ކޮންޓުރޯލު ލިބެނީ ބައިއަޅަންޖެހޭ މިޙުނަށް ބައިއަޅައިގެން.

The name is already taken The name is available. Register?

ވަގުންނޭ

28 December 2021

ވަގަށް ނެގީމަ ނޫނީ ނުގެއްލޭނެ. ނުފޯރާ ފޮތިން ވެރިކަމަށް އެރުނީ ފޫގަޅަނީ ތީ؟ ހަދާފަ ދީފަ ކުލި ނެގިނަމަ ގެއްލުވާ ނުލެވިދާނެތީ ހަދާ ބުހުތާނެއް ނުންތީ!

The name is already taken The name is available. Register?

ކޮތަރު

28 December 2021

އާންމު ރައްޔިތުން ލޯނު ތައް ނަގައިގެން ދަތިހާލުގައި އެތަން ހެދީމަ ރައްޔިތު މީހާ އަށް ގެއްލުން ނުވާނެތޯ?

The name is already taken The name is available. Register?

ށޮޕް

28 December 2021

ހެހެހެ. އެތަން ހަދާ ތަކެތި ގަތީ ބޭންކުތަކު ލޯނި ނަގައިގެން ބޮޑު ހަރަދު ކޮށްގެން އަނެއް ކޮޅުވެސް އޮތީ. އެއީ ވޯޓްލާ ކޮޅު ބާރުގަދަ ކޮޅު. އެޗްޑީސީ އަކީ ހޮޅީކޮޅު. ގެއްލުމެއްނޫން ތީ

The name is already taken The name is available. Register?

ށަލޮ

28 December 2021

ތިލާރި ބޭނުންކުރާނީ ކެމްޕޭން ފަތުމަ ސަދާގާތް ފައުންޑޭޝަން ހިންގިހެން

The name is already taken The name is available. Register?

ޝެލަރީ

28 December 2021

ކޮބާ ފުލެޓް ލިބުނު ރަށްޔިތުމީހާ އަތުންގެއްލޭ ފައިސާ ކޮންމެ ފުލެޓަކައްވެސް މިވަދެވެނީ މަދުވެގެން ހަތަރުލައްކަވަރު ހަރަދުކޮށްގެން ކޮން 171 ގެއްލޭވާހަކަ ފުލެޓެއްއަޅާން ފަށާއިރު ނޭނގޭތަ ބީއޯކިއު އޮތް އެއްޗެއް ދެއިރު ދެދަޅައަށް ދެގޮތައް ވާހަކަދައްކާ އަގުބޮޑުތިކުރަނީ ކޮބާ ގްރޭސްޕީރިއަޑަކީ ވިދާޅުވެދެއްވާފާނަންތޯ؟ ގުރޭސްޕިރިއަޑުގަ ފްލެޓައްވަންނަން މިކުރާހަރަދަށްކިޔާނީ ކޮންނަމެއް ވިދާޅުވެދެއްވަފާނަންތޯ؟

The name is already taken The name is available. Register?

ކޮބާ

28 December 2021

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ދައުލަތުގެ ބޮޑެތި މަގާމްތަކާއި މާލޭގެ ބިންކުއްޔަށް ދީގެން އުޅޭ މީހުންނާއި ބޮޑެތި ފުލެޓުތަކުގެ ވެރިންނަށް ނަށް މިކޮތަރުކޮށިން ފުލެޓު ލިބިފައިވިނަމަވެސް ގިނަމީހުންނަނީ ސިވިލް ސާރވަންޓުންކަން. ތަންހަދަން އޭގެތެރޭގައި ތަންހަދަން ބޮޑެތި ލޯނުނަގައިގެން ބައެއް މީހުންވަނީ އިނދަޖެހިފަކަން. ސަރުކާރުން މިތަންތަން ނިންމާފަ ދިންނަމަ މިގަޑެއް ގަންނާކަށް ނުޖެހޭނެ. މިކަމުގައިވެސް ކުލި ފަސްކުރުމުގެ ފައިދާ ނަގަނީ އެއުޅޭ ސްޓޓުމިނިސްޓަރުންނާއި ނާއިބުންނާއި ޕީއެސްފަދަ މަތީމަގާމުތަކުގަ އުޅޭ މީހުން.

The name is already taken The name is available. Register?

ޟޯފީ

28 December 2021

ތި 171 މިލިއަން ނުދާނެ ފްލެޓްތަކުގެ ފިނިޝިންއަށް ފްލެޓްތަށް ފިނިޝިނގ ނިންމާފ ދިންނަަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454