ގާޒީ އަބްދުﷲ އަދީބު: އޭނާ ވަނީ ފަނޑިޔާރުކަމުން ރިޓަޔާ ކުރައްވާފައި --- ފޮޓޯ/މިހާރު
30 ޑިސެމްބަރ 2021 - 17:49
ފެމިލީ ކޯޓުގެ ގާޒީ އަބްދުﷲ އަދީބު ފަނޑިޔާރު ކަމުން ރިޓަޔާ ކުރައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ގާޒީ އަދީބު ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވީ މިއަދުން ފެށިގެން ކަމަށެވެ. ގާޒީ އަދީބަކީި ޝަރުއީ ދާއިރާގައި 24 އަހަރު ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
ފެމިލީ ކޯޓުގެ ފަނޑިޔާރު ކަމަށް ވަޑައިގަތުމުގެ ކުރިން ގާޒީ އަދީބު ހުންނެވީ ސިވިލް ކޯޓުގެ ފަނޑިޔާރަކަށެވެ. އޭނާގެ 2013 ވަނަ އަހަރު ފެމިލީ ކޯޓަށް ބަދަލުކުރީ އަމިއްލައަށް އެކަމަށް އެދިވަޑައިގަތުމުންނެވެ.
ފަނޑިޔާރުންގެ ގާނޫނު އޮންނަ ގޮތުން ފަނޑިޔާރުކަމުން ރިޓަޔާވާ ބޭފުޅުންނަށް އެ ބޭފުޅުން ހިދުމަތް ކުރެއްވި މުއްދަތަށް ރިއާޔަތްކޮށް، އިނާޔަތް ލިބޭނެ އެވެ.
ގާޒީ އަދީބު ރިޓަޔާވެ ވަޑައިގަތުމުން ފެމިލީ ކޯޓުގައި ދެން ތިއްބަވާނީ އަށް ފަނޑިޔާރުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
01 January 2022
ގާޒީ އަދީބު ތިޔައީ ގާޒީނަށް ލާމަސީލު ބޭފުޅެއް. އަޅުގަނޑު އަދީބު ދަންނަން ފެށީ އަދީބުގެ ޅަދުވަސްވަރު މަދީނާ ޔުނިވަރުސިޓީގައި ކިޔަވަން ހުންނަވާފައި ޗުއްޓީއަށް އައިސް ހުންނަވާނީ އަޅުގަނޑުވެސް ކިޔަވަން މާލޭގައި ހުރި ގޭގައި. ވަރަށް މަޑުމައިތިރި ހިތް ހެޔޮ ބޭފުޅެއް. މާތްﷲ އަދީބުއަށް ފާގަތި ދުވަސް ތަކެއް ދައްކަވާށި އާމީން.
ހެހޭ
31 December 2021
އަދީބުއަކީ އެންމެ ކުޑައިރުއްސުރެން ދަންނަ ރަހްމަތްތެރިއެއް. އެނގިފައިވާ ގޮތުން ވަރަށް ހިތްހެޔޮ މީހެއް. ﷲ އަދީބުއަށް ހެޔޮގޮތް މެދުވެރިކުރައްވާށި.
ޑޮކްޓާރ. ބަނާނާ
31 December 2021
މީ އެހެން ގާޡީން ނާ ތަފާތު މަޑުމައިތިރި ވަރަށް ހިތްހެޔޮ ބޭފުޅެއް! ބާއްޖްވެރި ދުވަސް ތަކަކަށް އެދެން.
ރައްޔިތުމީހ
30 December 2021
ވަރަށް ހިތްހެޔޮ އަބަދުވެސް އުފާވެރި މޫނަކައިގެން ހުންނަވާ ވަރަށް ސާދާ ބޭފުޅެއް. ގާޒީކަމުގައި އެތައް އަހަރެއް ހޭދަވިއިރު ދުވަހަކު ވެސް ގޯސް ތުހުމަތެއްގެ އަޑެއް ނާރާ. ގައިމު ބޭނުންނަމަ ނުހައްގު މުއްސަނދިކަން ވެސް ހޯދޭނެތާ. ފަސްބައިގަ ކިލަނބުކަމެއް ނެތި ޝަރަފުވެރިކަމާއެކު ވަކިވުމަކީ ކިހާރީތި ކަމެއް. ރިޓަޔަރޑް ގާޒީއަށް ވަރަށް އުފާވެރި ފާގަތި ދުވަސްތަކަކަށް އެދެން.
ޙުނި
30 December 2021
ވަރަށް އަޚްލާގު ރަނގަޅު އަދި ދުވަހަކުވެސް ކޮރޮޕްޟަންގެ އިނގިލި ދިއްކުރެވުނު ބޭފުޅެށްނޫން. ފާގަތި މުސްތަޤް ބަލަކަށް އެދެން
ހާމިދު ޝާހިދު
30 December 2021
މިއީ އަޅުގަނޑު މެންގެ އިސްލާމް މުދައްރިސް. މަޖީދިއްޔާ ސްކޫލްގައި ކިޔަވާ ދެއްވި އިރު ވަރަށް ދަރިވަރުންނަށް ހެޔޮވާނެ. ސްކޫލް މާހައުލު ދޫކޮށްލާ ގާޒީއަކަށް ވީފަހުންވެސް، ވަރަށް ބޮޑަށް ދަރިވަރުން މަގުމަތިން ފެނުނީމާ، ވާހަކަ ދައްކާ ހަދާނެ. ކުރިއަށް އޮތްތަނުގައިވެސް އުފާފާގަތިކަމާއި، ސިއްހަތު ސަލާމަތުން ލެވެހެއްޓުމަށް އެދި ދުވާކުރަން.
ގުދުގުދުލީބެއްޔާގެ ތެދުބަސް
30 December 2021
އަދީބޭނުބާއިރަށް އެހެންއެއްޗެއް ބޮލަށް ވަދެގެންދަނީ. ކޮންމެއަކަސް ޣާޒީއަށް ފާގަތި މުސްތަޤުބަލަކަށް އެދެން.
ޖުހާނާ
30 December 2021
"ޣާޒީ" އެއް ނޫން. ފަނޑިޔާރުންނަށް ކިޔަނީ "ޤާޟީ" ނުވަތަ "ގާޒީ".