ރިޕޯޓް / ޑރ. އަބްދުﷲ މައުސޫމް (ޓޫރިޒަމް މިނިސްޓަރު)

ދީނީ ހުޅުފަޅައިގެން ގޮސް ހޯމްސްޓޭ ބަރަހަނާވުން، މިނިސްޓަރުގެ ރައްދަކީ މިއީ!

"ހިތުގައި ހުރި ހުރިހާ އެއްޗެއް ބުނެވޭކަށް ނެތް. އެކަމަކު ދަންނަވާލަން ބޭނުންވޭ ޓޫރިޒަމޭ ހަމަ ބުނާއިރަށް 'އެ ކަންތައް' ބޮލަށް އެ އަންނަނީ ކީއްވެހޭ،"

ދިއްގަރަށް ދިޔަ ޓޫރިސްޓަކު، އޭނާ ހުރި ގޭގެ މީހުންނާ އެކު ދިވެހި ލިބާހުގައި -- ފޮޓޯ: ސޯޝަލް މީޑިއާ

ހޯމްސްޓޭ ޓޫރިޒަމަކީ ރާއްޖެ އިން އިސްލާމް ދީން ނައްތާލަން ދުރާލައި ރޭވިގެން ކުރިއަށް ގެންދާ ޕްލޭނެއްތޯ، މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަރިހުގައި ދެންނެވުމުން ހޭން ފެއްޓެވި އެވެ؛ ޖަވާބެއް ނުދެއްވައި އިރުކޮޅަކު ހުންނެވުމަށް ފަހު، ވަރަށް ހުޝިޔާރުވެ، ލަސްލަހުން ޖަވާބު ދެއްވި އެވެ.

"އަގީދާ ފީ އިލޮށިން ހުންނަ މީހުން ބުނާ ވާހަކަ ތިއީ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެޑިއުކޭޝަން ސިސްޓަމާއި ދިވެހިންގެ އަޒުމާއި އަގީދާ އެއަށް ވުރެ މާ ވަރުގަދަ ވާނެ. ދިވެހިންނަކީ ގައުމިއްޔަތާއި އިސްލާމް ދީނުގެ ލޭ ހިނގާ މީހުން. އެއަކަށް ޖާގައެއް ނުދޭނެ."

އަހަރުގެ ފުރަތަމަ ދުވަހު މ. ދިއްގަރުގައި ހޯމްސްޓޭ ފެށި ހިސާބުން ސޯޝަލް މީޑިއާގައި، ދެ ފޮޓޯއެއް ދައުރުވި އެވެ. ދެ ފޮޓޯގައި ވެސް ފެންނަނީ ބިކިނީގައި ތިން މީހަކު ރަށު ތެރޭގައި އުޅޭ ތަނެވެ. އެއާ އެކު، ދީނީ ބައެއް މީހުން ހުޅުފަޅައިގެން ގޮސް، ހޯމްސްޓޭ މުޅިން ބަރަހަނާކޮށްލައިފި އެވެ! ބައެއް އިލްމުވެރިންގެ ނަޒަރުގައި ހޯމްސްޓޭގެ ފައިސާ ހަރާމްވެއްޖެ އެވެ!

މިނިސްޓަރު މިސާލު ދައްކަވަނީ 12 އަހަރާއި 50 އަހަރުން!

ހޯމްސްޓޭ އަކީ، ޓޫރިޒަމުން އަބަދު ވެސް ބުނާ ގޮތުގައި ރާއްޖެ އަށް އާ ކަމެއް ނޫނެވެ. މިނިސްޓަރާ ރޭ ކުރި އިންޓަވިއުގައި ވެސް އެ ވާހަކަ ތަކުރާރުކޮށް ވިދާޅުވި އެވެ.

"މި ވާހަކަ ދައްކަވާ ބޭފުޅުން ކޮންމެ ރަށަކަށް ވެސް ވަޑައިގެން ބައްލަވާ. މީގައި ތަފާތެއް އައީއެއް ނޫނޭ. މީގެކުރިން ވެސް ހަމަ ރަށު ތެރެއަށް ގެސްޓުން ނުކުމެ ފިހާރަތަކަށް ވަދެ އެއްޗެހި ގަތުން ވެސް މަނައެއް ނޫނޭ. ރަށު ތެރޭގައި ވެސް ހަމަ ގެސްޓް ހައުސް އެބަހުއްޓޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ވާހަކަ ދައްކަވާ ބޭފުޅުން ކޮންމެ ރަށަކަށް ވެސް ވަޑައިގެން ބައްލަވާ. މީގައި ތަފާތެއް އައީއެއް ނޫނޭ. މީގެކުރިން ވެސް ހަމަ ރަށު ތެރެއަށް ގެސްޓުން ނުކުމެ ފިހާރަތަކަށް ވަދެ އެއްޗެހި ގަތުން ވެސް މަނައެއް ނޫނޭ.

"އަޅުގަނޑުމެން މި ކުރި ކަމަކީ މީގެ ކުރިން ވެސް ރަށްރަށުގައި ކުރަމުން އަންނަތާ 12 އަހަރުވީ ކަމެއް. އަޅުގަނޑުމެން މި ގެނައި ބަދަލަކީ، ހޯމްތައް ގެސްޓް ހައުސްތަކަށް ބަދަލު ކުރުމުގެ ފުރުސަތު ދިނުން. ރެސްޓޯރަންޓެއް ނެތަސް، ރިސެޕްޝަނެއް ނެތަސް، ގޭގައި މީހަކު ނޫޅުނަސް އެކަން ކުރެވޭނެ ފުރުސަތު ދިނީ."

ދިއްގަރަށް އެންމެ ފުރަތަމަ ދިޔަ ޓޫރިސްޓުން -- ފައިލް ފޮޓޯ: މިހާރު

"އޮރިޔާން" ޓޫރިޒަމަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި މާ ކުރީގެ އެއްޗެކެވެ. އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެއްބިތުން އަނެއް ބިތަށް، އަދި އެއް ގައުމުން އަނެއް ގައުމަށް މިހާރު ދަތުރު ކުރަނީ ހޭލުންތެރި ތައުލީމީ ޓޫރިސްޓުންނެވެ.

"އޮރިޔާމުން އުޅުމަކީ ޒަމާނީ ޓޫރިސްޓުން އުޅޭ ހިތްވާ ގޮތެއް ނޫން،" ޓޫރިޒަމް ދާއިރާގައި ވެސް ވަރަށް ގިނަ ތަޖުރިބާ ހޯއްދަވައިފައިވާ، އަދި އެ ރޮނގުން ޕީއެޗްޑީ ހޯއްދަވާފައިވާ މައުސޫމް ވިދާޅުވި އެވެ.

"އަނެއްކޮޅުން ރާއްޖޭގައި މިއޮތީ މުޅިން ތަފާތު ޓޫރިޒަމެއް. ރާއްޖެއަކީ މެހުމާންދާރީ ރަނގަޅު، އަހުލާގު ރަނގަޅު ރައްޔިތުންތަކެއް އުޅޭ، އަދި ޓޫރިސްޓުން އެއަށް އިހުތިރާމް ކުރާ ޓޫރިޒަމެއް."

މިނިސްޓަރު ވިދާޅުވި ގޮތުގައި ގެސްޓް ހައުސްތައް ހަދައިގެން ހިންގާތާ 12 އަހަރުވީ އެވެ. އަދި މީހުން އުޅޭ 90 އަށް ވުރެ ގިނަ ރަށުގައި ގެސްޓް ހައުސް އެބަހުރި ކަމަށާއި ޓޫރިޒަމް ދާއިރާގައި ހުރި ޖުމްލަ އެނދުގެ 22 ޕަސެންޓް އެއީ ގެސްޓް ހައުސް އެނދު ކަމަށް ވިދާޅުވި އެވެ.

"[އެކަމަކު] ކިތައް ކޭސްތޯ ފެންމަތިވީ ޓޫރިޒަމަށް 50 އަހަރުވެ، ގެސްޓް ހައުސް ޓޫރިޒަމަށް 12 އަހަރުވީ އިރު،" އޭނާ ސުވާލު ކުރެއްވި އެވެ.

އެހެން ކަމެއް ވެސް އޭނާ ފާހަގަކުރެއްވި އެވެ: "50 އަހަރުގެ ތެރޭގައި ޓޫރިޒަމް ތެރޭގައި ވަރަށް ގިނަ މީހުން ޓޫރިޒަމް ތެރޭގައި އުޅެފި. މިހާރު ވެސް އެބަ އުޅޭ. އެ މީހުން އެ އުޅެނީ އެންމެ ޒުވާން އުމުރުން ފެށިގެން މިކަމުގެ ތެރޭގައި. އެކަމަކު ނަމޫނާ ބައެއް އެއީ. ސިކުނޑި ތަގައްޔަރުވެފައެއް ނޫން ތިބީ. ތި ފެންނަ ވަރަށް ވުރެ މާ ކުރު އެއްޗެހި ލައިގެން ޓޫރިސްޓުން ރިސޯޓްތަކުގައި އުޅޭނީ ވެސް. އެ މަންޒަރު ފެންނަން ވެސް ފެންނާނެ."

މިނިސްޓަރު ވިދާޅުވީ ފޮޓޯގަނޑަކުން ހައިރާން ނުވާނެ ކަމަށް

ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯތައް މިނިސްޓަރު ވިދާޅުވަނީ އަދި ފެނިވަޑައިނުގަންނަވާ ކަމަށެވެ! އެކަމަކު ފެނުނަސް، އެއީ ހައިރާންވާ ވަރުގެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. ސަބަބެއްގެ ގޮތުގައި ދެއްކެވީ ސިޔާސީ ހަމަނުޖެހުމާއި އޮތް ވާދަވެރިކަމެވެ.

"ސަރުކާރުން މިކަހަލަ މަޝްރޫއުތައް ފަށާއިރު އަޅުގަނޑު ހައިރާނެއް ނުވާނެ މީހަކު ސްޕޮންސާ ކޮށްފައި ގެސްޓަކު ލައްވާ ރަށުތެރޭގައި އޮރިޔާމުން ދުއްވިޔަކަސް. ހަމަ މާދަމާ ވެސް އޭގެ ފޮޓޯއެއް އަޅުގަނޑުމެންނަށް ފެނިދާނެ،" މައުސޫމް ވިދާޅުވި އެވެ.

ރަށެއްގައި އަންހެން ޓޫރިސްޓަކު ބިކިނީގައި ހިނގާފައި ދަނީ: މައްސަލައެއް -- ފޮޓޯ: ސޯޝަލް މީޑިއާގައި

އޭގެ އެއް މިސާލަކަށް ވަޑައިގަންނަވަމުން މިނިސްޓަރު ދެއްކެވީ ދާދިފަހުން ރަށެއްގައި ދެ ޓޫރިސްޓަކު "އިންޑިއާ އައުޓް" ކެމްޕެއިންގެ ޓީޝާޓް ލި މައްސަލަ އެވެ.

"އަޅުގަނޑަށް ހަމަ ޔަގީން އެ ޓޫރިސްޓުން އައިސް ނުބުނާނެ ކަން ތި ޓީޝާޓް ދޭށޭ ތިމަންނަމެން ލައިފާނަމެކޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ބިކިނީގައި ޓޫރިސްޓުން އުޅޭތީ އެ މައްސަލައިގައި އާންމު ބައެއް މީހުންނާއި ދީނީ ބައެއް މީހުންގެ ފާޑުކިޔުންތަކަށް މިނިސްޓަރު އެދިވަޑައިގަތީ، މިކަމާ ދޭތެރޭ ވިސްނާ ވިސްނުން ބަދަލު ކުރުމަށެވެ.

"އެކަން އެހެން ވިޔަސް އެ ނުވާނެ އާންމު ކަމަކަށް. މިއަދުގެ ޓޫރިސްޓުން މިއޮތީ ބަދަލުވެފައި. އަނެއް ގައުމުތަކުގެ ގާނޫނާއި ގަވައިދަށް އިހުތިރާމް ކުރާ ބައެއް މިއަދުގެ ޓޫރިސްޓުންނަކީ،" އޭނާ ވިދާޅުވި އެވެ.

އިންސާނުންގެ ތެރޭގައި އުޅޭނެ ގޯސް މީހުންނާއި ރަނގަޅު މީހުން ވެސް. ރާއްޖެ އަންނަ 1.5 މިލިއަން ޓޫރިސްޓުންގެ ތެރޭގައި ވެސް ތަފާތު މީހުން އުޅޭނެ.

"އިންސާނުންގެ ތެރޭގައި އުޅޭނެ ގޯސް މީހުންނާއި ރަނގަޅު މީހުން ވެސް. ރާއްޖެ އަންނަ 1.5 މިލިއަން ޓޫރިސްޓުންގެ ތެރޭގައި ވެސް ތަފާތު މީހުން އުޅޭނެ. އިންސާނުން ވީމަ އެޅޭ ކަތި ފިޔަވަޅު ހުންނާނެ ޓޫރިސްޓެއް ވިޔަސް ދިވެއްސެއް ވިޔަސް ބިދޭސީއެއް ވިޔަސް."

ޓޫރިޒަމް މިނިސްޓަރު "މިހާރު" އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި -- ފައިލް ފޮޓޯ: މިހާރު

ހޯމްސްޓޭ ވެސް ފެށީ ވަރުގަދަ ގަވައިދުތަކެއްގެ ދަށުންނެވެ. އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ، ޓޫރިސްޓުންނަށް ރަށާ ބެހޭ ގޮތުން ދޭން ޖެހޭ މައުލޫމާތު، އެ ރަށަކަށް އޭނާ އެރުމުގެ ކުރިން ދިނުމެވެ. އޭގެ ތެރޭގައި މޫދަށް އެރޭނެ ތަންތަނާއި ހެދުން އެޅޭ ގޮތްތަކާއި ކުރެވޭނެ އަދި ނުކުރެވޭނެ ކަންކަން ހިމެނެ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ކަމެއް ހިނގައިފިއްޔާ ޒިންމާ ކުރުވޭނެ ގޮތްތައް އެބަހުރި ކަމަށާއި ހޯމްސްޓޭގައި އޭގެ ޒިންމާ ނަގަން ޖެހޭ ފަރާތަކީ ކައުންސިލްތަކެވެ. އަދި ބިކިނީގައި ޓޫރިސްޓަކު އުޅުމަކީ، ކައުންސިލާއި ގެސްޓް ހައުސް އާއި ޓޫރިސްޓު މީހާ ގެނައި ފަރާތް ވެސް ކުށްވެރިވާނެ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ޓޫރިސްޓް މީހާ ވެސް ކުށްވެރިވާނެ. ރާއްޖޭގެ ގާނޫނުތައް މުގުރައެއް ނުލެވޭނެ،" މައުސޫމް ވިދާޅުވި އެވެ.

އެކަމަކު އެ މައްސަލަ އެހެން އޮއްވައި، މި މައްސަލަ ބަދަލުވެގެން މި އުޅެނީ ދީނީ/ ސިޔާސީ މައްސަލައެއްގެ ތެރެއަށެވެ. މިނިސްޓަރު ވިދާޅުވީ ދީނީ ބަހުސެއްގެ ތެރެއަށް ވަޑައިގަންނަވަން ބޭނުން ނުވާ ކަމަށެވެ، އެކަމަކު އޭނާ ސުވާލު ކުރެއްވީ، ކަންކަން އަބަދު ގޯސް ނަޒަރަކުން ދެކެނީ ކީއްވެގެންތޯ އެވެ؟

"ހިތުގައި ހުރި ހުރިހާ އެއްޗެއް ބުނެވޭކަށް ނެތް. އެކަމަކު ދަންނަވާލަން ބޭނުންވޭ ޓޫރިޒަމޭ ހަމަ ބުނާއިރަށް 'އެ ކަންތައް' ބޮލަށް އެ އަންނަނީ ކީއްވެހޭ،" މައުސޫމް ސުވާލު ކުރެއްވި އެވެ.

"އަޅުގަނޑުމެން ވެސް މިދަނީ ނޫންތޯ މެލޭޝިޔާ، ތުރުކީ، ދުބާއީ ތަންތަނަށް. ސިކުނޑީގައި އެހެން އެއްޗެއް ބަހައްޓައިގެނެއް ނޫން މިދަނީ. އެހެން ކަހަލަ ނިޔަތެއްގައެއް ނޫން މި ދަތުރުކުރަނީ."

"އަޅުގަނޑުމެން ވެސް މިދަނީ ނޫންތޯ މެލޭޝިޔާ، ތުރުކީ، ދުބާއީ ތަންތަނަށް. ސިކުނޑީގައި އެހެން އެއްޗެއް ބަހައްޓައިގެނެއް ނޫން މިދަނީ. އެހެން ކަހަލަ ނިޔަތެއްގައެއް ނޫން މި ދަތުރުކުރަނީ."

"އޮރިޔާން ވިއްކައިގެން" ހިންގާ ޓޫރިޒަމެއް ކަމަށް ބުނެ، ހޯމްސްޓޭ އިން ލިބޭ ފައިސާ ހަލާލު ނުވާނެ ކަމަށް ބުނާ ބުނުމާ ދޭތެރޭ ވެސް މިނިސްޓަރު ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ، ހަމަ ކޮންމެ ކަމެއް ވާ އިރަށް ހޯމްސްޓޭ ގޯސްވާން މި ޖެހޭ ސަބަބެއް ނުވިސްނުނު ކަމަށެވެ. އަދި، ކަމެއް ގޯސްވުމަކީ މުޅި އެތި ގޯސްވުން ކަމަށް ވާހަކަ ދެކެވުން އެއީ ވެސް ރަނގަޅު ގޮތް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިއްގަރަށް ފޭބި ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- ފައިލް ފޮޓޯ: މިހާރު

"އެހެން ކަމެއް ވެސް އެބައޮތް. ވާހަކަ ދައްކާ އިރު ތިމާގެ ނަޒަރިއްޔާތުން ވެސް ބައެއް ފަހަރަށް ވާހަކަ ދެއްކޭނެ. [އެކަމަކު] ތިމާ ގޯސްވީތީ އެހެން އެންމެން ގޯހެއް ނުވާނެ. ތިމާގެ ބޮލުގައި އަބަދު ޝަހުވާނީ ވީމަ އެހެން އެންމެން ޝަހުވާނީއެއް ނުވާނެ."

މިނިސްޓަރު ވިދާޅުވީ، "އިލްމުވެރިން"ނަކީ ތައުލީމީ މީހުން ކަމަށެވެ. އަދި އެފަދަ ބަޔަކު ދައްކާނީ "އިލްމީ ވާހަކަ"ތައް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަ އިލްމުވެރިންނަކީ އެޑިއުކޭޓެޑް ބައެއް. އަޅުގަނޑަށް ލިބިފައިވާ އިލްމުގައި ހަލާލު ގޮތުގައި ފައިސާ ހޯދުމަކީ ހުއްދަ ކަމެއް. އެއީ ހަރާން ކަމެއް ނޫން."

"އަޅުގަނޑު ދަންނަ އިލްމުވެރިންނަކީ އެޑިއުކޭޓެޑް ބައެއް. އަޅުގަނޑަށް ލިބިފައިވާ އިލްމުގައި ހަލާލު ގޮތުގައި ފައިސާ ހޯދުމަކީ ހުއްދަ ކަމެއް. އެއީ ހަރާން ކަމެއް ނޫން."

އަޅުގަނޑުގެ މާލިމީ ކަމުގައި ޓޫރިޒަމަށް ދެރައެއް ނުވާނެ

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގައި އިސްކޮށް ހުންނެވުމަށް ފަހު، އޭގެ ފަހުން ޓޫރިޒަމް މިނިސްޓަރު ކަން ކުރައްވައި، މައުސޫމް ވަޑައިގަތީ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ސަން އައިލެންޑްގެ ޖެނެރަލް މެނޭޖަރު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، މާދަމާ ވެސް މިނިސްޓަރުކަމުން ވަކިވެ ވަޑައިގެންފިއްޔާ އޮތް މަގަކީ ހަމަ އެއީ ކަމަށެވެ.

"އަޅުގަނޑަކީ ޓޫރިޒަމާ ދޭތެރޭ ޝައުގުހުރި އެއަށް ދެވި ހިފާފައި ހުރި މީހެއް. ޓޫރިޒަމް މިނިސްޓަރުކަން ދޫކޮށްލައިފައި ވެސް އަޅުގަނޑު ގޮސް ދާނީ ހަމަ ރިސޯޓެއްގެ މެނޭޖަރު ކަމަށް،" މައުސޫމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ މާލިމީ ކަމުގައި ކިރިޔާ ވެސް، ހަމަ ކިރިޔާ ވެސް ދިވެހިވަންތަ ކަމާއި އިސްލާމް ދީނަށް ލޮޅުން އަރާ ގޮތަކަށް މިކަން ބައްޓަން ވެގެނެއް ނުދާނެ."

މިނިސްޓަރު ވިދާޅުވީ ދީނީ މައްސަލަތަކެއްގެ ތެރެއަށް މި އިންޑަސްޓްރީ ވައްޓާލާ އިރު، ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި ކަންކަން ވެފައި ހުރި ގޮތާ ދޭތެރޭ ވެސް ވިސްނާލުން ރަނގަޅު ކަމަށެވެ. އަދި، އެންމެ ކުރީ ޒަމާނުގެ ހޯމްސްޓޭ އިން މިސާލެއް ނެންގެވި އެވެ.

ވަށަފަރަށް ފޮނުވާލި [ކުރިން އަރުވާލި] އެތައް ބަޔަކު އިސްލާމްވި. ބަލާލަމާ ދެއްތޯ ރާއްޖެ އައި ޓޫރިސްޓުން އިސްލާމްވި ވަރުތޯ ގިނައީ ދިވެހިން ކާފަރުވި ވަރުތޯ ގިނައީ. ފަންސާސް އަހަރުގެ ތެރޭގައި ކިތައް ރިސޯޓް ބޯއިސްތޯ ދީން ދޫކޮށްލީ.

"ފެންނަން ހުރި ކަންތައްތަކަށް ބަލާލަމާ. ހޯމް ސްޓޭ އަށް އެތައް އަހަރެއްވީ. ވަށަފަރަށް ފޮނުވާލި [ކުރިން އަރުވާލި] އެތައް ބަޔަކު އިސްލާމްވި. ބަލާލަމާ ދެއްތޯ ރާއްޖެ އައި ޓޫރިސްޓުން އިސްލާމްވި ވަރުތޯ ގިނައީ ދިވެހިން ކާފަރުވި ވަރުތޯ ގިނައީ. ފަންސާސް އަހަރުގެ ތެރޭގައި ކިތައް ރިސޯޓް ބޯއިސްތޯ ދީން ދޫކޮށްލީ."

ހޯމްސްޓޭ އިން ފެންނަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި މުޅިން ވެސް "ޕޮޒިޓިވް ޕޮއިންޓް"ތަކެވެ. އަދި އެއީ މީގެ 10 އަހަރު ފަހަށް ވިސްނާލައިފި ނަމަ، ވަރަށް ބޮޑު ސިނާއަތަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު އިންޑަސްޓްރީއެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު މި ދަންނަވަނީ ރާއްޖޭގެ ހޯމްސްޓޭ އަކީ ވެސް ބައިނަލްއަގުވާމީ ނަމޫނާ މޮޑެލްއަކަށް ހަދާނަމޭ. ލޯކަލް މީހުންނަށް އެންމެ ފައިދާވާ މޮޑެލް އަށް ހަދާނަމޭ. ޕާސަނަލީ އަޅުގަނޑަށް ޓޫރިޒަމުން ލިބޭނެ އެންމެ ބޮޑު އުފާވެރި ކަމަކީވެސް ދިވެހިން ބޭނުންވާ ގޮތަށް މި އިންޑަސްޓްރީ ކުރިއަރައިގެން އައުން."

157 ކޮމެންޓް, 128 ރިއެކްޝަންސް

icon happy icon happy 45%
icon sad icon sad 1%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުބާރިކް

09 January 2022

މި ކަމުގައި މައުސޫމު ހަމަ ގަދައޭ ބުނެވޭނީ!

The name is already taken The name is available. Register?

ދިވެހިންގެ

08 January 2022

ވަރައް ނަލަ ފޮޓޯއެއް.

The name is already taken The name is available. Register?

ފޭސްބުކް ޓުވިޓާރ

07 January 2022

އިސްލާމުދީނަކީ އޯގާތެރިކަމުގެދީން، ޢައިރު މުސްލިމުންނަށްވެސް އިހުތިރާމުކުރާދީން ގަދަބަދެވިކަމާ ހަސަދައާއި އަނިޔާވެރިކަމާ ދެކޮޅުދީން. މިއަދު މިޤަޢުމުމުގެހާލަކީ މިއުޒިކު ޝޯވއެއް ބާއްވާލިއަސް ކުޑަކުއްޖެއްގެ އުފަންދުވަސް ފާހަގަކޮއްލިއަސް ހަރާން. ޢައިރު މުސްލިމުންނަށް ތަހުނިޔާކިޔަސް އެމީހަކު ދީނުންބޭރުވީ. އެކަމަކު ކަންކަން ހަރާން ކުރާމީހުން އެމީހުން ބޭނުންވާ ކަންކަން ހަލާލުކުރޭ.

The name is already taken The name is available. Register?

ކުރުޖަވާބު

08 January 2022

ހަރާމް ކަންތައް ހަރާމްވާނެ އެކަން ހުއްޓުވާމީހާ ކިތަންމެ ނުބައިކޮށް އުޅުނަސް.

The name is already taken The name is available. Register?

ފުޓްސަލް

07 January 2022

ޑރ. މައުސޫމަށް އެނގިލައްވާނެ، ވަރަށް ރަނގަޅަށް، ހޯމްސްޓޭ އަކީ ކިހިނެއްވާކަމެއް ހެން - 1970 ގެ އަހަރުތަކުގައި ކެލާގައިވެސް، ހުދު ޑރ. މައުސޫމް ގޭގައިވެސް އެދުވަސްވަރު ޖަރުމަން މީހުން ހޯމްސްޓޭގައި ތިބި، އަދ ވަށަފަަރުގައިވެސް ތިބި - އެއިން ބައެއް އިސްލާމް ވެސް ވި!

The name is already taken The name is available. Register?

ހަސަނަ

07 January 2022

ދިވެހިންގެ އެންމެ ބަލި ވާނީ އަގީދާ. ދޮން މީހަކު ކިނބިއްސެއް އެޅިޔަސް އެންމެ އަވަހަށް ރެނދު ލާނީ ދިވެހިންގެ ދީނީ އަގީދާގައި. އެކަމަކު މިހާ ދުވަސްވީ އިރުވެސް ދިވެހިންގެ ކިބައިން އެންމެ ބަލިކަށި ނުވި އެއްޗަކީވެސް ދީނީ އަގީދާ. ވަކި މީހަކަށް ވޯޓު ދިނުމަކީ މާތްﷲގެ ނަމުގައި ކުރެވޭ ޖިހާދެކޭ ކިޔާ ޕްރެސް ކޮންފަރެންސް ދިން ޝޭހުން ދައްކާނެ ތިކަހަލަ ވާހަކަ ސިޔާސީ މަންފާ ހޯދަން.

The name is already taken The name is available. Register?

ވެލިދޫ

09 January 2022

ހަސަނާ ތިޔާބުނީ ހެޔޮކޮށް!

The name is already taken The name is available. Register?

ކަނބިލި

07 January 2022

މައުސޫމަކީ ވެސް އިލްމު ހުއްޓަސް ހިލްމުނެތް މީހެއް. ސިޔާސީ ގޮތުން ތިމާއަށް މަންފާތަކެއް ލިބޭނަމަ ވިސްނާލުމެއް ނެތި ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ. ގެސްޓް ހައުސްތައް އޯކޭ. ތަރައްގީކޮށް ނަފާ ހޯދަންވީ. އެކަމަކު ފަތުރުވެރިން ގެނެސް ގޭތެތެއަަށް ވެއްދުމަކީ ވަރަށް ބޮޑު ގޯހެއް. މިކަމުން ހީނުކުރާ ފަދަ ގެއްލުންތައް މުޖުތަމައަށް ކުރާނެ. މީގެ އިތުރުން ގެސްޓް ހައުސް ވިޔާފާރިތަކަށް ހީނަރުކަން ލިބޭނެ.

The name is already taken The name is available. Register?

ރީނދޫ

07 January 2022

ގަވާއިދު އޮތީ ހަދާފަ. އެ ތަންފީޒު ކުރަނީ ކޮން ބައެއް؟؟ ގިނަ ރަށުގަ ކައުންސިލަރުންނަށް ހޮވާފަ ތިބީ ނުކިޔަވާ ތިބި މީހުން. މި ނިޒާމް ބައްޓަން ކޮށްފައި އޮތީ އެގޮތަށް.

The name is already taken The name is available. Register?

ޢިހްސާސް

07 January 2022

ޙެދުންލައިގެން އޮރިޔާމުން އުޅޭ މީހުން ގިނަވަނީ ދެން ކީއްވެޔޯ؟

The name is already taken The name is available. Register?

ޢިހްސާސުން

07 January 2022

އެއީ އިންޓަނެޓާ ހެދި. އިންޓަނެޓް ކަންޑާލީމަ މައްސަލަ ހައްލުވީ.

The name is already taken The name is available. Register?

ހާމިދު ޝާހިދު

07 January 2022

ރަށްރަށަށް ހޯމް ސްޓޭއަށްދާ ހިޕީ ޓޫރިސްޓުންނަށް މަސްތުވާ ތަކެތީގެ ވިޔަފާރިވެސް ދަނީ އަތު ފަތު ނޭޅޭވަރަށް ފެތުރެމުން. މިކަމާ އަޅާލާ ބައެއް ނެތްތަ! މައުސޫމަކީ އަސްލު ޓޫރިޒަމް މެނޭޖް ކުރަން އިނގޭ މީހެއްނޫން. އޭނާއަކީ ބޮޑު ކައްކާއެއް. އޭނާ ރަނގަޅުވާނީ އެކަމަށް.

The name is already taken The name is available. Register?

ޝާހިދު ހާމިދު އާރިބު

07 January 2022

އެއީ އެރަށެއްގައި ހުރި އިދާރާތަކާއި ރައްޔިތުންގެ މައްސަލައެއް. ރައްޔިތުންނަށް ކަމެއް ފާހަނގަވާނަމަ ރިޕޯޓުކުރަންވާނެ. ރިޕޯޓުކުރާ މައްސަލަތައް ބަލައި އިދާރާތަކުން ފިޔަވަޅުއަޅަންވާނެ.

The name is already taken The name is available. Register?

ޓޫރިސްޓުންނަށް

08 January 2022

ދެން ދިވެހިރާއްޖެ އައް ހަމައެކަނި ދިވެހިންނައް އެތެރެވެވޭ ގޮއިއް ހެދީމަ ނިމުނީނުން. މައްސަލަ ހައްލުވީ.

The name is already taken The name is available. Register?

ޢަރުތަ

08 January 2022

ހާމިދު ޝާހިދުއަށް ތިހުރެވެނީ ވަރަށްބޮޑަށް އޮޅިވަޑައިގެންފަ، ހާމީދުއަށް ހީވަނީކަންނޭގެ "ހޮޓެލް ސްކޫލް" ކިޔާފިއްޔާ އެތަނުން ކިޔަވައިގެން ނުކުންނާނީ މުޅިންވެސް ކައްކާއިންކަމަށް، ޑރ. މައުސޫމްއަކީ ހޮޓެލްސްކޫލްގެ އެފްއެންޑްބީ ދާއިރާއިން ސްޕެސިއަލައިޒް ވެގެން ނުކުމެ ހުންނެވި ބޭފުޅެއް ނޫނޭ، ނޭގެންޏާ ތިޒާތުގެ ވާހަކަ ނުދައްކަބަލަ، ހެޔޮނުވާނެ.

The name is already taken The name is available. Register?

ހާމިދު ޝާހިދު

07 January 2022

މައުސޫމުމެން ދައުލަތުގެ މީޑިއާއި ރައްޓެހި މީޑިއާތައް ބޭނުންކޮށްގެން ޕްރޮޕެގެންޑާ ފެތުރިނަމަވެސް މިއީ އަދި މިއަށްވުރެއް ނުރައްކާތެރި ކަމެއް. މައުމޫނުގެ ޒަމާނުންސުރެއް ފަތުރުވެރިންނާއި ރަށު ރައްޔިތުންނާ ވަކިކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުން މަދު ފައިސާ ކޮޅަކަށްޓަކާ އިޖްތިމާއީ ފޭރާން އެއްކޮށް ހަލާކުވެގެން ދިއުމުގެ އިތިރުން، އެމީހުންގެ ސެކިއުރިޓީ ކަންތައްވެސް ނުބެލެހެއްޓޭނެ. ދީނީ ގޮތުން ހަރުކަށި ފިކުރު ގެ ބައެއްގެ ޝިކާރައަށް ހަދަން ތިއުޅެނީ

The name is already taken The name is available. Register?

ވާއިދު

07 January 2022

މިއީ އެޒަމާނެއް ނޫން. ކޮންމެ ރަށެއް ބަލަހައްޓަން ވަކި އިދާރާއެއް ހުންނާނެ. އެބައެއްގެ ޒިންމާ އަދާނުކުރެވުމަކީ އެހެން މައްސަލައެއް. ހޮސްޕިޓަލަކުން ޚިދުމަތް ނުދެވޭނަމަ އެތަން ބަންދުކޮށްލާނީކީ ނޫން. އެތަން ރަނގަޅުކުރެވޭނެގޮތް ބަލައި އެކަންކަން ކުރާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454