ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ) ގެ އޮފިޝަލަކު ވިދާޅުވީ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ތެޔޮ ގަންނާނެ ޑޮލަރު ސީއީބީގައި ނެތް ކަމަށް. އެހެންވެ ކަރަންޓް އުފެއްދުމުގައި ސީއީބީން މިހާރު ބަރޯސާވާން ޖެހިފައި ވަނީ ކޯލް އާއި ހައިޑްރޯ-ޕަވާ އުފައްދާ ފެސިލިޓީތަކަށް. ކަރަންޓް އުފައްދަން ދަތިވުމުން އެއްގަޑިއިރަށް ކަރަންޓް ކަނޑަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި.
ލަންކާގައި ތެޔޮ ލިބުން ދަތިވުމުން އިދިކޮޅު ޕާޓީން މިދިޔަ ބުދަ ދުވަހު މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
09 ޖެނުއަރީ 2022 - 11:47
ކޮލަމްބޯ (ޖެނުއަރީ 9) - ލަންކާ އަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަމާ ހެދި ތެޔޮ ގަންނާނެ ފައިސާ ލިބުން ދަތިވުމާ ގުޅިގެން މުޅި ގައުމުން އެއް ގަޑިއިރަށް ކަރަންޓް ކަނޑަން ފަށައިފި އެވެ.
ލަންކާގައި އުފައްދާ ކަރަންޓުގެ ނުވަ ޕަސެންޓް އުފައްދަނީ ތެޔޮ ބޭނުންކޮށްގެންނެވެ. ސިލޯން އިލެކްޓްރިސިޓީ ބޯޑު (ސީއީބީ) ގެ އޮފިޝަލަކު ވިދާޅުވީ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ތެޔޮ ގަންނާނެ ޑޮލަރު ސީއީބީގައި ނެތް ކަމަށެވެ. އެހެންވެ ކަރަންޓް އުފެއްދުމުގައި ސީއީބީން މިހާރު ބަރޯސާވާން ޖެހިފައި ވަނީ ކޯލް އާއި ހައިޑްރޯ-ޕަވާ އުފައްދާ ފެސިލިޓީތަކަށެވެ. އެކަށީގެންވާ ވަރަށް ކަރަންޓް އުފައްދަން ދަތިވުމުން މުޅި ގައުމުގައި ވެސް ރޮޓޭޓްވާ ގޮތަށް އެއްގަޑިއިރަށް ކަރަންޓް ކަނޑަމުންދާ ކަމަށް ސީއީބީގެ އޮފިޝަލް ވިދާޅުވި އެވެ.
ކަރަންޓް ކެނޑުން ކުރިއަށް ގެންދާނީ ކިހާ މުއްދަތަކަށް ކަމަށް އޮފިޝަލް ވިދާޅެއް ނުވެ އެވެ. ނަމަވެސް 160 މެގަވޮޓުގެ ސަޕުގަސްކަންޑާ ޕަވަ ސްޓޭޝަނާއި ކޮލަމްބޯ ޕޯޓުގެ 60 މެގަވޮޓުގެ ޖެނަރޭޓަރު ނިއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޕަގަސްކަންޑާ ރިފައިނަރީ: ކްރޫޑް އޮއިލް އެތެރެކުރާނެ ޑޮލަރު ނެތުމުން އެ ރިފައިނަރީ ވަނީ ބަންދުކޮށްފައި. --ފޮޓޯ:އޭއެފްޕީ
"ކަރަންޓް ކަނޑަން ޖެހުނީ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން އެކަށީގެންވާ ވަރަށް ތެޔޮ ސަޕްލައި ނުކޮށްދެވޭތީ،" އޭނާ ވިދާޅުވި އެވެ.
ލަންކާ އިން ކަރަންޓް ކަނޑަން ފަށާފައި މި ވަނީ ކުރިއަށް އޮތް ދެ ހަފުތާތެރޭ އެ ގައުމަށް ޕެޓްރޯލް އާއި ޑީސަލްގެ ތާށިކަން ކުރިމަތިވެދާނެކަމުގެ އިންޒާރު އެނާޖީ މިނިސްޓަރު ދެއްވާފައި ވަނިކޮށެވެ. މިނިސްޓަރު އުދަޔަ ގައްމަންޕިލަ ވިދާޅުވީ ތެލުގެ ސަޕްލައިގެ އާ އޯޑަރެއް ނުޖަހައިފި ނަމަ ޓްރާންސްޕޯޓް ފިއުލް ވެސް ޖެނުއަރީ މަހުގެ ތިން ވަނަ ހަފުތާގައި ހުސްވާނެ ކަމަށެވެ.
"މި މައްސަލަ ކެބިނެޓަށް ވެސް ހުށަހަޅައިފިން. އަދި ޑޮލަރުގެ ކޮންވެސް ބައެއް ތެލަށާއި ބޭސް އިމްޕޯޓަށް ރިޒާވްކުރުމަށް، އަށް ފަހަރު ވާނީ ކެބިނެޓުގައި އެދިފައި،" ގައްމަންޕިލަ ވިދާޅުވި އެވެ.
ދެ ހަފުތާ ކުރިން ތެލުގެ އަގު ވަނީ 10 ޕަސެންޓް ބޮޑުކޮށްފަ އެވެ. މިދިޔަ ހަފުތާގައި ވަނީ ހިކި ކިރުގެ އަގު 12.5 ޕަސެންޓަށް ބޮޑުކޮށްފަ އެވެ.
ލަންކާ އަށް ޑޮލަރުގެ ތާށިކަން ކުރިމަތިވެ ހިކި ކިރާއި ހަކުރު، ކައްކާ ކޭސް އަދި ސިމެންތި މިހާރު ވެސް ވިއްކަނީ ކޮންޓްރޯލް ކޮށްގެންނެވެ.
ލަންކާގައި ކާބޯތަކެތީގެ އަގު މިދިޔަ ޑިސެމްބަރު މަހު ރެކޯޑް މިންވަރެއް ކަމަށްވާ 22.1 ޕަސެންޓަށް މައްޗަށް ޖެހިފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ވަނީ ދައްކައިފަ އެވެ.
ސްރީ ލަންކާގައި ބޭރު ފައިސާގެ ތާށިކަން ކުރިމަތިވެ އެ ގައުމުގެ 26 ބިލިއަން ޑޮލަރުގެ ދަރަނި ދެއްކޭނެކަމާ މެދު ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ވަނީ ސުވާލު އުފައްދައިފަ އެވެ.
ލަންކާގެ އިގްތިސާދުގެ ބޮޑު ބައެއް ޓޫރިޒަމަށް ބަރޯސާވެފައިވީ ނަމަވެސް، ކޮވިޑަށް ފަހު އެ އިންޑަސްޓްރީ ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ފޮރިން އެކްސްޗޭންޖް ރިޒާވް ހިފެހެއްޓުމަށް ޓަކައި ލަންކާ އިން މިހާރު ވަނީ އިމްޕޯޓުގެ ކޮންޓްރޯލެއް އިއުލާންކޮށްފަ އެވެ. އިމްޕޯޓަށް ފައިސާ ދައްކަން ކޮމާޝަލް ބޭންކްތަކުން ޑޮލަރު ވަނީ ހުސްވެފަ އެވެ.
ނޮވެމްބަރު މަސް ނިމުނުއިރު ލަންކާގެ ފޮރިން ރިޒާވް އަކީ 1.58 ބިލިއަން ޑޮލަރެވެ. ރައީސް ގޯޓާބޭ ރާޖަޕަކްސާ 2019 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ފޮރިން ރިޒާވް އަކީ 7.5 ބިލިއަން ޑޮލަރެވެ. ލަންކާ އިން މިިދިޔަ ހަފުތާގައި ވަނީ 1.5 ބިލިއަން ޑޮލަރުގެ ލޯނެއް ޗައިނާއިން ނަގައިފަ އެވެ. އަދި 2021 ވަނަ އަހަރު ނިމުނުއިރު ފޮރިން ރިޒާވް 3.1 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޙްސާސް
10 January 2022
ރާއްޖެ މިކަހަލަ ގޮތަކަށް ބަނގުރޫޓުވެއްޖެ ނަމަ އިންޑިޔާއިން ރާއްޖެ ހިފާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ.
ނަން އެކަނި ރީތީ
10 January 2022
މިގައުމުގަވެސް މިކަހަލަގެ ދަނެއް ފެނުން މާދުރެއް ނޫންހެން ހީވަނީ މުސާރަދޭން އިންޑިއާއިން ލޯނުނަގާ ނަގާ ދަރާވިކެނީ ކީއްތޯ ކުރަނީ
ކާބެ
09 January 2022
ޝުކުރިއްޔާ ރައީސް އިބުރާހީމް މުޙައްމަދު ސޯލިޙް! ޝުކުރިއްޔާ ރާއްޖޭގެ ވެރިންގެ ހިކުމަތްތެރި ވެރިން! އަދު ބަޔަކު "އައުޓް" ނުވެގެން އުޅެނީވެސް މިކަހަލަ ނާޒުކު ދަނޑިވަޅެއްގައިވެސް ކާޑުގެ، ކަރަންޓުގެ، އަދި މުދަލުގެ އަގުވެސް ބޮޑުވިޔަނުދީ ގައުމު ފިސަހަރި ރަނގަޅަށް ހިންގާލާތީ! އައުޓް ގޮވުން ނޫންގޮތެއް ނެތިގެން.
ޙަބީބު
09 January 2022
ކޮބާ އަވައްޓެރި އިންޑިޔާ ހިލޭ އެހީއެއްވެސް ނުދިންދޯ
ބޯބީބު
09 January 2022
ދީފި. އެކަމަކު އެހާ ބޮޑު ގައުމަކަށް ބޭނުންވާ ވަރަކަށް ނުދެވޭނެދޯ!
ކޮއްޓާ ސުހޭލު
10 January 2022
ދިނުމެއްވެސް ނެތް! އިންޑިއާ އެވަރަށް އާދޭސް ކުރަނިކޮށް، ޗައިނާގެ ބަހަށް ލަންކާ އެއޮތީ "ޗައިނާ ލޯން" މަޅީގައި ޖެހި، ސަލާމަތް ނުވެގެން "ލަންކާ ޕޯޓު" 100 އަހަރަށް ޗައިނާއަށް ދީ، އިންޑިއާގެ އެއް ބިތުން ކަނޑުގެ ތެރޭގައި ޗައިނާ މީހުން ތިބުމުގެ ޖާގަ ދީފައި.
ވާނުވާ
09 January 2022
އަހަރުމެން ދިވެހިންވެސް މިކަމުން އިބުރަތް ހާސިލްކުރަންޖެހޭ. އަހަރެއްގެ މައްޗަށް 1.2މިލިއަން ގާތްގަޑަކަށް ފަތުރުވެެރިން އަންނައިރުވެސް އަހަރުމެންް ރައްޔިތުން މިތިބެނީ ހަމައަގުގަ ޑޮލަރުގަނޑެއް ގަންނަން ނުލިބިފަ. ޟިހުރިހާ ޑޮލަރެއް ވަންނަނީ ކޮންތާކަށްތޯބަލާ ހަރުދަނާ ފިޔަވަޅެއް އަޅަން ވެއްޖެނޫންތޯ. ސުޔާސީ މީހުން މިކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާދިނުމަށް ގޮވާލަން
ކަސަބެ
09 January 2022
ކޮރަޕްޝަންގެ ނަތީޖާ! ދިވެހިން ހޭއަރާނީ ކޮންއިރަކުންބާ؟ ލަންކާގެވެރިންނަށް ވާކަމެއްނެތެއްނު، އުއްޗުގެ ޕާޓީ އަަށްވެސް ލަންކާގެ ބޮޑުބޭފުޅަކު އައިސް މަހުލޫފު އެއްކޮށް ހުއްޓެއްނު ހެވިފަ.
ނީކް
09 January 2022
މުޅި ޓޫރިޒަމް ސިނާއަތް ހުއްޓިފަ އޮއްވާ އެންމެ ރައްޔޮތަކު ބަނޑަށް ނުޖައްސާ ކާޑާ ތެލަށްވެސް ނުޖައްސާ މިހާދުވަހު ހިފެހެއްޓޭނީ ހިކުމަތު އަމަލީގެ ނަމޫބާ ހިންގުމްތެރިއަކަށް ކަމާމެދު އެއްވެސް ޝައްކެތްނެތް
ގޭދޮށުކުއްޖާ
09 January 2022
މި ގައުމުގެ މީހޔންނަށް އެނގޭނީ އެއް ބަޔަކު އަނެއްބަޔަކު ކުށްވެރިކޮށް އެއްޗެހި ގޮވަން. ހަރުދަނާ ޚިޔާލެއް ތިމާގެ ސިކުނޑިއަށް އަންނަވަރަށްވުރެ ބޮޑަށް 'ޕާޓީ މޮޔަވެފަ'
48443
09 January 2022
ރާއްޖެއަށް ވަންނަ ޑޮލަރުކޮޅުން އެތިކޮޅެއް ލަންކާއަށް ދިއްކޮށްލަންވީނު. ސޯނޫ މިކަމާ ވިސްނާބަލަ.
މަޖިލިސް
09 January 2022
މިއީ އިބްރަތެއް. ތައްޔާރުވާންވީ. ޢަހަރެމެންނަށްވުރެ ހުރިހާގޮތަކުން ރިސޯސްހުރި ގައުމެއް މެނޭޖްނުކުރެވިގެން އާޚިރްގަ ހުރިހާވޭނެއް އުފުލަން މިޖެހެނީ ނިކަމެތި ރައްޔިތުން. މިދާގޮތައް ސިޔާސީ މީހުން މުއްސަދިވުމަށް ރާއްޖޭގެ ރިސޯސްތައް ބޭނުންކުރަމުންދާނަމަ މިހާލަތައް މިގައުމު ދާކަށް މާގިނަ ދުވަހެއް ނުނަގާނެ. ވިސްނާ، ހޭލާ.
ބިލް ކުލިންޓަން
09 January 2022
ދިވެހިން ހެޔެއްނުލަަނެ. ޕާޓީއަށްގޮސް ހުސްވެފާ ތިބޭނީ.
ހީވަނީ
09 January 2022
ރަގަޅު ވާހަކައެއް ހަމަ އެއާއެކު، ޤަބޫލުކުރިޔަސް ނުކުރިޔަސް، އެގިގެންވިޔަސް ނޭގިވިޔަސް، މި ޤައުމު އަދިވަނީ އެކަށީގެންވާ ރަގަޅު ގޮތަކަށް ކޮވިޑް މެނޭޖްކޮށްފާ. މި ޤައުމަކީ، %100 އިންޕޯރޓަށް ބަރޯސާވެފާވާ ޤައުމަކަށް ވާއިރުވެސް، އެއްވެސް އެއްޗެއް ނުލިބިގެން އުޅޭކަށް ނުޖެހުނު، ހާލަތު މާ ދަށަކަށް ނުދިޔަ، ދެންވެސް، ރައްޔިތުން މިބަލިން ރައްކާތެރިވުމަށް ވާންޖެހޭ ކަންކަން ކޮށްލާގެން އުޅެނިކޮށް އއ، ރަގަޅުވާނެ ކަމަށްފެނޭ.
ޝަފީރު
09 January 2022
ލަންކާގެ ޙާލަތަށް ނުގޮއްސައެއް ނެތެއްނުންތޯ؟ މިހާރު ދެންއަލުން ވިއްކާނެ ހަރުއެއްޗެއްނެތެއްނުންތޯ؟ މުސަާރަ ދިނުމަށް ފަޤީރު ބަންގާޅުން ލޯނަކަށް އެދި ސަލާންޖަހައިފި. ޥިއްކާނެ އެއްޗެއްހުރިނަމަ އަދިވެސް ވިއްކާލެއްވީސް. ދެންޖެހޭނީ ފައިސާ ޗާޕުކުރަން. އެކަމަކު އިއްޔެވެސް ބުނީ 25 ބުރީގެ އިމާރަތެއް އަޅާލަން އެއްވެސް ކަމެއްނޫނޭ. މަށަށް އިޙްސާސް ކުރެވުނީ މަހުރިތަނަށް ކުނި ކުކުޅުބިހެއް ފަޅާލީމާ އެދުވާ މީރުވަހުގެ އަސާސެއް.
ދަތްބަރި
10 January 2022
މި ކޮވިޑްގެ ހާލަތަކީ ވެރިޔަކަށް ޔާމީނު ހުއްޓާ ޖެހުނު ކަމެއްނަމަ، ލަންކާ ކީއްކުރަން؟ އިތިއޯޕިއާއަށް ހަދާލީސް މިތަން! ރާއްޖެއާއި މުޅި ދުނިޔޭގެ އިގުތިސޯދުގެ ރަން ދުވަސްވަރު ކާޑުގެ އަގުބޮޑުކުރި ރައީހެއް އެއީ!
ލެންސް
09 January 2022
ލަންކާގެ މިހާރުގެ ހާލަތާމެދު ވިސްނާލަނީ ކިތައް ދިވެހީންބާ؟ އެހިސާބަށް ރާއްޖެ ދީއްލާނުލާ އޮތީތީ ހެއްދެވި ފަރާތަށް ފައްފަށުން ޝުކުރުކުރަން