އެމްއެންޕީގެ މީޑިއާ ބްރީފިންއެއްގައި އުޝާމް ވާހަކަ ދައްކަވަނީ.---ފޮޓޯ: މިހާރު
09 ޖެނުއަރީ 2022 - 19:46
ސަރުކާރު ހިންގާ ޕާޓީ އަށް ޖާގަ ދީ، އެހެން ސިޔާސީ ޕާޓީތަކުން މަޑުކޮށްލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވިދާޅުނުވެވޭނެ ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމްއެންޕީގެ ނައިބު ރައީސް އުޝާމް އެހެން ވިދާޅުވީ، ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީގެ ކެންޑިޑޭޓުގެ ކެމްޕެއިން އިފުތިތާހު ކުރުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައި، ސަރުކާރުން އެ ދާއިރާ އަށް ވައުދުތަކެއް ވެފައިވާ ކަމަށާއި އެ ވައުދުތައް ފުއްދުމަށް އެހެން ޕާޓީތަކުން ޖާގަ ދޭން ޖެހޭ ކަމަށް ރައީސް ވިދާޅުވުމުންނެވެ.
އެކަމަށް ރައްދު ދެއްވަމުން އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީގެ 26 ވަނަ މާއްދާ އިން ކޮންމެ ރައްޔިތަކަށް ވެސް އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު ކަށަވަރު ކޮށްދީފައިވާއިރު ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ބަސްމަގު އެ ގޮތަށް ހުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
އެންމެ ޑިމޮކްރެޓިކް ކަމަށް ވަކާލާތު ކުރައްވާ ބޭފުޅުންގެ ފަރާތުން ވެސް ފެންނަނީ ހުދުމުހުތާރުކަން ކަމަށް އުޝާމް ވިދާޅުވި އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ، ސިޔާސީ ޕޯޑިއަމެއްގައި ވިޔަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު ވާހަކަފުޅު ދައްކަވަން ޖެހޭނީ އެ މަނިކުފާނު ކުރައްވާފައިވާ ހުވައަށް އުނިކަން ނުލިބޭ ގޮތަށް ކަމަށެވެ.
އެ ހުވާގައި ދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ފަހު، ދެން އޮންނާނީ ގާނޫނުއަސާސީ ނަގަހައްޓައި ރައްޔިތުންގެ ހައްގުތަކަށް ރައްކާތެރިވުން ކަމަށާއި ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ބާބުގައި ވެސް އެންމެ މުހިންމު މަސައްކަތެއް ގޮތުގައި އޮންނާނީ ގާނޫނުއަސާސީ ނެގެހެއްޓުން ކަމަށް އުޝާމް ވިދާޅުވި އެވެ.
"ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ ހައްގަށް އުނިކަން އަންނަ ވާހަކަ ދެއްކުމަކީ ރަނގަޅު ކަމެއް ނޫން. ހުރިހާ ވަގުތެއްގައި ވެސް ޕާޓީގެ އިންޓަރެސްޓަށް ވުރެ ގައުމުގެ ހުރިހާ ރައްޔިތުންގެ ހައްގަށް ވިސްނަން ޖެހޭނެ. އަސާސީ ހައްގަކާ މެދު ޝައްކު އުފައްދާ ފަދަ ގޮތަކަށް ވާހަކައެއް ނުދެއްކޭނެ،" އުޝާމް ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވެފައި ވަނީ ބަޣާވާތް ކުރާ މީހުންނާއި މަނީ ލޯންޑަރިން އަދި ޑްރަގް ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް ވޯޓު ދޭން ޖެހޭނެ ކަމަށެވެ.
އުޝާމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކެމްޕެއިންގައި އެ އިޝާރާތް ކުރައްވާ ހުރިހާ ބޭފުޅުން ވެސް "އޯކޭވި" ކަމަށެވެ.
ކޮމަންޑޫ ދާއިރާ އަށް ވާދަކުރަނީ އެމްޑީޕީ އާއި އެމްއެންޕީގެ އިތުރުން ޕީޕީއެމެވެ. އެ ތިން ޕާޓީގެ މެދުގައި ކެމްޕެއިންގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑެބް
12 January 2022
“އުޝާމް އަނެއްކާވެސް ފާޅުވެއްޖެ”
މައުލޫމާތު
10 January 2022
ޣައުމުގެ ވެރިޔަކަށް ހުރި ފަރާތައް ޑްރަގްގެ ވިޔަފަރި ކުރާމީހުން، މަނީ ލޯންޑްރިންކުރާ މީހުންނާއި، ބަގާވާތް ކުރާ މީހުންއިންގޭނަމަ ކީއްވެތޯ އެމައްސަލަ ގައުމުގެ ވަލީއުލް އަމްރުގެ ހައިސިޔަތުން ނުބަލަނީ؟؟ ވަލީއުލް އަމްރުގެ މަގާމުގައި ހުރިކަމުގައި ވީނަމަވެސް ފުލުހައް ހާޒިރުކޮއް މިކަމާ ސުވަލުކުރެވެންޖެހޭ..
އަމީނާ1
10 January 2022
ބަގާވާތުގެ ރަހަ މުޅި ގައުމުގަ... ބަގާވަތުގެ ހަރަދު ބޮޑުވާނެ... ބިލިއަންސް ލޮސް ???
ވަހީދު
10 January 2022
ަރައީސް އެކޭ އެމްޑީޕީގެ ހަރުގޭގައި އުޅޭ ގްރާސްރީޓް ލެވެލް މީހުންނެކޭ ވާހަކަ ދެއްކުމުގައި ތަފާތެއް ނެތް. ކެމްޕޭނަށް ރަށްރަށަށް ގޮސް ކުރަނީ އެންޓިކެމްޕޭން.
ޚިޔާލު2
10 January 2022
އެހާ ސާފު އެއްވެސް ބަޔެއް މި ގައުމުގަ މިހާރުނެތްކަން މި އެނގެނީ ހައްތާވެސް މުޖުރިމުން ގައުމަށް އިސްކަށްދިނުމުގެ ބަދަލުގައި އަމިއްލަ މަސްލަހަތަށް ދަހިވެތިވެވިފައި.
ނުބުނެވޭނެއޭ
10 January 2022
ރައީސް ގެ ބަސްމަގު ހުރި ގޮތުން ރައީސް ގެ އިތުބާރު އޮތްތޯ އެބަޖެހޭ ބަލަން ޕީޕީއެމް އާއި އަދި އެމްއެންޕީ ގުޅިގެން އެޕާރޓީގެ މެމްބަރުންގެ މެދުގައި ވޯޓެއް ނަގަން އެގޮތުން ނަގާ ވޯޓްގެ އަދަދު ވޯޓްލާމީހުންގެ %60 އަށް ވުރެން މަތިން ލިބިއްޖެނަމަ ދެން ރައީސް އިބޫ މަޖްލީހުގައި އިމްޕީޗް ކުރަން މަޖްބޫރުވާނެއޭ ހުރިހާ ރައްޔިތުންގެ މައްޗަށް އިންސާފުވެރިކަމާއި އެކު ވެރިކަން ކުރަން ރައީސް އިބޫ އަށް ނޭގި އިންޑިއާ އައުޓް ގޮވާ މީހުން އެއީ ޑްރަގް ވިއްކާ މީހުންނޭ
ޝަފީރު
10 January 2022
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވެފައި ވަނީ ބަޣާވާތް ކުރާ މީހުންނާއި މަނީ ލޯންޑަރިން އަދި ޑްރަގް ވިޔަފާރި ކުރާ މީހުންނާ ދެކޮޅަށް ވޯޓު ދޭން ޖެހޭނެ ކަމަށެވެ.*** ޑްރަގޮ ބޯމީހުންނަށް ހިތްވަރުދީ ބޮވެންވާނެ ބޯންވާނެ ކަމަށް ގޮވާމީހުންނަށް ވޯޓުދޭމީހުންނަށާއި ބަދަލުނަގައިގެން ދައުލަތް ލޫޓުވާލީ މީހުންނާއި ރޯޔަލް ރޭޕްތައް ވަޅުޖައްސާ މީހުންނަށް ވޯޓު ދޭންވީ ކީއްވެގެން.
ާއުނިމާ
10 January 2022
ވެރިކަން ހޯދަންވީމަ ބާޤީން ގާޒިންނަށް ވޭ، ވާދަވެރިކަން އުފެދޭ ހާލަތުތަކުގައި ބާޤާވާތް އުފަންވެ ގާޒީން ބާޤީންނަށް ވޭ..މީ އެމްޑީޕީގެ ފަލްސަފާ ، މީ ރިޔަލިޓީ އަކީ
ބަސީރު އަލީ
10 January 2022
ވާހަކަ ވަރައް ރީތި މިހާރު. ވެރިކަން ލިބުނީމަ ދިވެހި ސިފަ ޖަހާލާނެ. ވައްކަން ކުރުމާ އަންބޮޑި ފުރާލުން އެންމެ ކުރީގައި.
ބިތާޝާ
10 January 2022
މިހާރު ހާއަލިފް ބާރަށުގަ 3000 އަކަފޫޓް ގޯތިދޭހެން މަލޭގެ ނިކަމެތިރައްޔިތުން ނައް އެދަނީ ބައްސަވަމުން ކެންޕޭނުގަ ވައުދުވީފަދައިން ވަކިރަށެއްގެ ރައްޔިތުންނައް އެއްވެސް ތަފާތް ކުރުމެއް ނެތި ގާނޫނު އަސަސީގަ ވާގޮތައް ވަކިނަސްލަކުން ވަކިރަށަކައް ތަފާކޮއްގެން ނުވާނޭ ވަކިމީހަކައް ވަކިގޮތެއްނޯންނާނެ އެކިމީހުންނައް އެކިގޮއް