މާލޭގައި ހުންނަ ފަޅުގެއެއް: މާފަންނުގައި ހުރި ފަޅު ގެއެއްގެ ދޮރު ހަލާކުކޮށްލައިގެން ވަންނަން އުޅުނު ބަޔަކު ވަނީ ހައްޔަރުކޮށްފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ / މިހާރު
10 ޖެނުއަރީ 2022 - 13:37
މާލޭގައި ހުންނަ ފަޅުގެއްގެ ދޮރު ހަލާކުކޮށްލައިގެން އެ ގޭތެރެ އަށް ވަންނަން އުޅުނު ބަޔަކު ހައްޔަރުކޮށްފި އެވެ.
އެ މީހުން ހައްޔަރުކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މާފަނުންގައި ފަޅަށް ހުރި ގެއެއްގެ ދޮރު ހަލާކުކޮށްލައިގެން ވަންނަން އުޅުނުކަމުގެ ތުހުމަތުގައި އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ހަ ފިރިހެނުންނާއި ދެ އަންހެނުންނެވެ.
މި އަށް މީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ. އެ މީހުންގެ މައްޗަށް ވަނީ މުދަލަށް ގެއްލުން ދިނުމާއި ހުއްދަނެތި ގޯތިގެދޮރަށް ވަނުމުގެ ތުހުމަތުކޮށްފަ އެވެ.
ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނައިރު، މާލޭގެ ބައެއް ފަޅުގެތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުން އައްޑާތައް ހަދައިގެން އެތަންތަނުގައި ދިރިއުޅެމުންދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. ފުލުހުން ކުރިން ވަނީ އެތަންތަނުން އެމީހުން ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުނދަގޫވެފައި ހުރި ހިސާބު މީހާ
10 January 2022
ފަޅު ގެއެއް ނޫން ތީކީ. މަސްތުވާތަކެތީގެ ‘ކެފޭ’ އެއްވީމާ، ވަރަށް ފަހުން ތިޔަ ގޭގެ ވެރިޔަށް ޕީ.ޖީ ދައުވާކުރަން ފޮނުވާފަޔޯ ވީ. ތިގޭގެ އެކި މީހުން އެކި ތާގައި އުޅެނީ، ޖަލުގަ އެއްބައެއް، ސަލާމަތުން ތިބި މީހުން ގެއިން ވީ ބައި ދައުލަތަށް ދޫކޮށްފައި ތަންތަން ހޯދައިގެން ގޮސްތިބީ. ތިޔަ ގެ ތިއީ ފަޅު ގެއެއް ނޫން. ތިއީ މި ހިސާބު ގަނޑަށް ޖެހިފައި އޮތް ބޮޑު އުދަނގުލެއް. ދައުލަތަށް ތިޔަ ގެ ނަގާބަލަ. ހެޔޮ ނުވާނެ. ހުސް ދީނާ ހިލާފު ކަންކަން ތިތާ ތެރޭގައި ހިނގަނީ.
ހަސަނު
10 January 2022
ވެރިަކު ނެތީ ވިއްޔާ ދައުލަތުން އެ ގެ ހުރިތާ ޕާކިން ޒޯނެއް ހަދާލާ
ރިޔާޒް
10 January 2022
ފަޅައް ހުރި ގެއޭ ބުނީމަ ލިބެނީ ޝޮކް. މިހާރުވެސް ކިޔަނީ ގޯތި ނެތޭ ވިއްޔާ.