11 ޖެނުއަރީ 2022 - 06:39
ބައެއް މީހުން ޗުވިންގަމް ހަފަނީ އަނގައިން ނުބަސް ވަސް ކަނޑުވާށެވެ. އަދި ބައެއް މީހުން ތިބެނީ ޗުވިންގަމް ހަފަން އާދަވެފަ އެވެ. ޗުވިންގަމާ ދެކޮޅު ވިސްނުންތައް ގެންގުޅޭ މީހުން ވެސް މަދެއް ނޫނެވެ. އޭގެން ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ޗުވިންގަމް ހެފުމަކީ ބަނޑުގައި ވައި ހެދޭ ކަމެކެވެ.
އެކަމަކު ޗުވިންގަމާ ބެހޭ ގޮތުން ހަދާފައިވާ އެއްވެސް ދިރާސާއަކުން މިއީ ތެދެއް ކަމެއް އެނގޭކަށް ނެތެވެ.
އެހެންވެ ޗުވިންގަމް ހެފުމުން ލިބޭ ފައިދާއެއް އޮތްތޯ ބަލާލުން ވެސް މުހިންމެވެ. އެކަމަކު ޗުވިންގަމް އިހުތިޔާރު ކުރުމުގައި ވަރަށް ފަރުވާތެރިވާން ޖެހޭނެ އެވެ. ބާޒާރުގައި މިހާރު ކިތަންމެ ވައްތަރެއް ލިބެންހުރެ އެވެ. އޭގެން ބަލަންވީ "ޝުގަ-ފްރީ" ޗުވިންގަމަށެވެ. މިކަހަލަ ޗުވިންގަމްތަކުގައި ހަކުރު އެކުލެވޭ ނިސްބަތަކީ 0.5 ގްރާމެވެ.
ޗުވިންގަމް ހެފުމަކީ އަނގައިގެ އިތުރުން މުޅި ހަށިގަނޑަށް ވެސް ގެނެވޭ ހަރަކާތެކެވެ. މީގެ ސަބަބުން ކެލަރީ އަންދަން އެހީ އަކަށް ވެ އެވެ. ގަޑިއިރެއްހާއިރުގެ ތެރޭގައި 11 ކެލަރީ އަންދައިދެ އެވެ. އެހެންވެ ބަރުދަން ލުއިކުރަން އުޅޭ މީހަކަށް ޗުވިންގަމަކީ ރަނގަޅު އެއްޗެކެވެ.
ޗުވިންގަމް ހެފުމުން ހަށިގަނޑުގައި ލޭ ދައުރުވުން ވެސް ރަނގަޅުކޮށްދެ އެވެ. މީގެ ސަބަބުން ނާރުތަކުގެ ދައުރު ރަނގަޅުވެ، ސިކުނޑި އަށް ލޭ ފޮނުވައި ދިނުން ހަމައަކަށް އަޅުވައިދެ އެވެ. ނަތީޖާ އަކީ ހަނދާން ގަދަވާން ބާރަކަށް ވުމެވެ. އެހެންވެ، މަސައްކަތެއްގައި އުޅޭ އިރު ވެސް ޗުވިންގަމެއް ހަފާލަހަފާލަ އިނުން ރަނގަޅު ކަމަކަށް ވާނެ އެވެ.
މަސައްކަތެއްގައި އުޅޭ އިރު، ނިދި ޖެހޭ ނަމަ އަވަހަށް ޗުވިންގަމެއް ކާލަންވީ އެވެ. އޭރުން ނިދި އައުން ހުއްޓި، މީހާ ހޭލައްވާލާނެ އެވެ.
މޭނުބައިކޮށް ހޮނޑުލަވާ ގޮތް ވާ ނަމަ އަވަސް ހައްލެއް ޗުވިންގަމުން ހޯދައިދެ އެވެ. މާބަނޑު އަންހެނުންނަކީ ހެނދުނު ހެނދުނާ މޭނުބައިކުރާ ގޮތްވެ، ހޮޑުލެވޭ ބައެކެވެ. އެހެންވެ އެކަމަށް ވެސް ޗުވިންގަމް ބޭނުންކުރެވިދާނެ އެވެ. ހަމަ އެގޮތަށް، ބޯއަނބުރާ ނަމަ އެކަމުގެ ހައްލަކަށް ވެސް ޗުވިންގަމެއް ކައިލެވިދާނެ އެވެ.
ބައެއް މީހުން މަތިންދާބޯޓަށް ނުވަތަ ކަނޑު އުޅަނދަކަށް ނުވަތަ ކާރަށް އެރިޔަސް ބޯ އަނގުރާ ގޮތްވެ އެވެ. އެހެންވެ ދަތުރަކަށް އަރާ އިރު، ދުރާލައި ޗުވިންގަމް ހޯދާފައި ބެހެއްޓުން ބުއްދިވެރި އެވެ.
ޗުވިމްގަމުން ލިބޭ އެންމެ އަސާސީ އެއް ފައިދާ އަކީ އަނގައިގެ ތެރެ ސާފުވެ، އަނގައިން ނުބައި ވެސް ކަނޑުވައި ދިނުމެވެ. ޗުވިންގަމުން ދަތްތަކުގެ ދޭތެރޭގައި ތާށިވެފައި ހުންނަ ކާއެތޮޅުތައް ވެސް ނެއްޓި، ހިރުގަނޑާއި ދަތްތަކަށް ދިމާވާ އެކިއެކި މައްސަލަތަކުން ސަލާމަތްކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުވާލިބާގިރުގެ ސިޔާސީ ކާސިމު
11 January 2022
މާދަމާ އެހެންރިސާޗެއް ނުކުންނާނެ ޗުއިންގަމަކީ ކެއުން ހެޔޮވާވަރު އެއްޗެއްނޫނޭކިޔާފާ.
މުލޭ
11 January 2022
މައްސލައަކީ ބާކީވާ ކިރުކޮޮޅުގެ އުނދަގޫ އެހެން މީހުނަަނަށް ޖެހޭތީ. ގައއިގަ ތަތްލަވާނެ. ބޫޓުގައި ތަތްލަވާނެ.