ޚަބަރު / ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން

އޯޑިއޯން އާއި ނާދީ ބިމުގައި ޓާޓާއިން ހަ މަސްތެރޭ ފްލެޓް އަޅަން ފަށަން ޖެހޭ

ޓާޓާއަށް ދޭން ނިންމާފައިވާ ނާދީ ބިން: ސަރުކާރުން ސެޓްމެންޓަކަށް ގޮސް ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއިކުރަން ވަނީ ނިންމާފައި.

ތިން ބިލިއަން ރުފިޔާގެ ގެއްލުމުން ސަލާމަތްވުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު މި ސަރުކާރުން ސެޓްލްމެންޓަކަށް ދިޔައީ ދައުލަތަށް ފައިދާވާ ގޮތަށް ކަމަށާއި މިހާރު އެއްބަސްވެފައި އޮންނާނީ ސޮއި ކުރާ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ފްލެޓް އެޅުމުގެ މަސައްކަތް ފަށަން ކަމަށް ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި 2010 ގައި ޓާޓާ އެކު 555 ހައުސިން ޔުނިޓް އަޅަންވީ އެއްބަސްވުމުގައި ދިމާވި މައްސަލަތައް ކޯޓުން ބޭރުގައި މިހާރު އޮތީ ހައްލުވެފަ އެވެ. މި ސަރުކާރުން ނިންމާފައި އޮތީ އޭރު އެއްބަސްވި ގޮތަށް ފްލެޓް އަޅަން އެ ކުންފުންޏަށް އޯޑިއޯން އާއި ނާދީ ބިމާއި 30 ލަގްޒަރީ ވިލާ އަޅަން ރަށެއް ވެސް ދިނުމަށެވެ.

ހައުސިން މަޝްރޫއު ފުރިހަމަ ނުކޮށް، އެންމެ 288 ފްލެޓް އެޅި ބަޔަކު ބޭނުންވި ގޮތަށް އެ ކުންފުންޏަށް ފައިދާވާ ޝަރުތުތަކަށް މި ސަރުކާރުން ވެސް ދީލައިލި މައްސަލައިގައި ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ.

ސްޓޭޓް މިނިސްޓަރު އަކްރަމް ވިދާޅުވީ މިފަހަރު ސެޓްލްމެންޓަކަށް ދިޔައީ ކުރީގެ ސަރުކާރުގައި އެއްބަސްވި ގޮތަށް ވުރެ ވެސް ދައުލަތަށް ލުއި ގޮތަކަށް ކަމަށެވެ. ދައުލަތުން ތިން ބިލިއަން ރުފިޔާ ޓާޓާއަށް ދައްކަން ޖެހިދާނެ ކަމުގެ ބިރަށް ސެޓްލްމަންޓަކަށް ދިޔައިރު ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސެޕްޓެމްބަރު 2018 ގައި އެއްބަސްވެފައި އޮތީ ރިސޯޓެއް ހަދަން ރަށެއް 50 އަހަރަށް ދޭން ކަން އަކްރަމް ފާހަގަކުރެއްވި އެވެ.

"އެއަށް ވުރެ ރަނގަޅަށް މި ދިޔައީ. ލަގްޒަރީ ވިލާ އަޅަން ދޭ އިރު ސަރުކާރަށް ނުވަ މިލިއަން ޑޮލަރު މިފަހަރު ލިބޭނެ އިތުރަށް. ޔާމީން ސަރުކާރުން އެއްބަސްވީ ތިމަންނަމެން ރިސޯޓަކާއި ބިންތައް ދޭނަމޭ." އަކްރަމް ވިދާޅުވި އެވެ.

"މި ފަހަރު އެއްބަސްވީ ސޮއިކުރާ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ފްލެޓް ވެސް އަޅަން ފަށާ ގޮތަށް."

އޯޑިއޯން އާއި ނާދީ ބިން ޓާޓާ އަށް ދިނީ, ގާކޮއްޓާއި އަރަބިއްޔާގައި ފްލެޓް އަޅައިދިނުމުގެ ބަދަލެއްގެ ގޮތުން މަތީ ފެންވަރުގެ ފްލެޓް އަޅައި ވިއްކުމަށެވެ. އެކަމަކު އެއްބަސްވި މުއްދަތަށް އެ ކުންފުންޏަށް ފްލެޓްތަކުގެ މަސައްކަތް ނުފެށުމުން ބިން އަތުލައި ހުޅުމާލެ އިން ބިންތައް ހަމަޖައްސައިދޭން ހުށަހެޅި އެވެ. އެކަމަކު ޓާޓާ އިން ޑިމާންޑްކުރީ ފުރަތަމަ އެއްބަސްވުމުގައި ކަނޑައެޅި ނާދީ އާއި އޯޑިއޯން ބިމަށެވެ.

އަގު ބޮޑު މި މަޝްރޫއާ ގުޅޭ ގޮތުން ކުރީގެ ސަރުކާރުން ފާޑުކިއުން އަމާޒުކުރީ އެމްޑީޕީގެ ސަރުކާރުގައި މި އެއްބަސްވުން އެކުލަވާލާފައި އޮތް ގޮތަށެވެ. މި މަޝްރޫއު ޓާޓާއާ ހަވާލުކުރީ އެ ކުންފުންޏަށް ހުރިހާ އިނާޔަތްތަކާއި މަންފާ ލިބޭ ގޮތަށް ކަން އޮޑިޓް ރިޕޯޓުން ވެސް އޮތީ ފެންނާށެވެ. މި ވެރިކަމުގައި، މި މަޝްރޫއާ ގުޅުވައި ފާޑުކިއުން އަމާޒުކުރަނީ ދައުލަތުން ބޮޑު ގެއްލުމެއް ދޭން ޖެހުނީ ކުރިން އެއްބަސްވި ގޮތަށް ކުރީގެ ސަރުކާރުގައި ކުރިއަށް ނުގެންގޮސް އުވާލުމުން ކަމަށް ބުނެ އެވެ.

36 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީބެ

14 January 2022

މާލޭގައި އިތުރު ހައުސިން މަޝްރޫއު ހިންގުމަކީ މާލެ އިތުރަށް ތޮއްޖެހޭނެ ކަމެއް. މާލެއަކީވެސް މީހުން ނޭވާލައިގެން ދިރިއުޅޭ ރަށަކަށް ކޮންމެވެސް ދުވަހަކުން ހެދުމުގެ ވިސްނުން މިހާރު ނުގެންގުޅެ އެކަމެއް ނުވާނެ.

The name is already taken The name is available. Register?

ނުވާނެއޭ

12 January 2022

އޯޑިއޯން އާއި ނާދީ ބިމުގައި ޓާޓާއިން ހަ މަސްތެރޭ ފްލެޓް އަޅަން ފަށަން ޖެހޭ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ އެއްވެސް އިތުބާރު ކުރެވޭނެ ކަމެއް ނޫނޭ ޓާޓާއިން ތިޔާ ދެ ބިމުގައި ފްލެޓްސް އަޅަން ނަގާނެ އަނެއް 10 އަހަރު ދެން ދިވެހި ސަރުކާރު އެމެން ލޫޓުވާލާނީއޭ މިހާރުވެސް ސަރުކާރުގެ އޮފީސް ތައް އަމިއްލަ މީސްމީހުންގެ ގޯތި ކުއްޔަށް ހިފައިގެން ތިބޭއިރު ތިޔާ ދެ ބިމުގައި އެތަން ތަން އިމާރާތް ކުރަންވީ އެމްޓީސީސީ އަށް ތިޔާ ދެބިން ދީގެން ޓާޓާ އަށް ދީގެން

The name is already taken The name is available. Register?

ނޮހޮނު

12 January 2022

މީ ފުކެއް ބޮޑުވަރު

The name is already taken The name is available. Register?

ދިއަލީ

12 January 2022

މިހެންވީމަ ލަފާމިކުރެވެނީ ދިޔާނާ އިސްތިއުފާ ދިނީވެސް މިކަހަލަގެ ކަންތަކެއް ދިމާޥިކަމައް މަސް އަލަޔަކީ ފާޅުގަ ރައްޔިތުންނައް އެބަޔަކު އެނގިހުރެ ވިދާޅުވެ ނުދެއްވާކަން މިވެސްވާނީ ރައްޔިތުންނައްވާ ޙިޔާނާތަކައް ދެއްތޯ ދިޔާނާ ހަމައެފަދައިން މާތްﷲ އައް ޝުކުރުކުރަން ދިޔާނާމެންކަހަލަ ކިޔަވައިގެންތިއްބެވި ދަރިންގެ ފަރާތުންވެސް ތިޔަވަރުގެ ކަމެއް ރައްޔިތުންނައް އޮޅުންފިލުވާލަދޭކަން މިހާރުތާމިއިނގެނީ އޭސީސީ ކަހަލަގެތަންތަން އުވާލާ މިހެދީ ގައުމުގެ ހަރުމު

The name is already taken The name is available. Register?

ރައްޔިތު ހުސް

12 January 2022

ބަލަޓާޓާޔައް ތިޔަދީހެދިމީހުން ސަރިއަތަކައް ނުގެންދެވޭތޯ ރައްޔުތުން ކައިރީގަ ސަލާންޖަހައިގެންވޯޓް ހޯދައިގެން 5 އަހަރައް ވެރިކަން ހަވާލްކޮއްލިމަ މިވަނީ ތަރިކަމުދަލައްތޯ މުޅިގައުމު ޓާޓާ އައްރުފިޔާދީގެން ފުލެޓް އަޅުވާފައި ރައްޔިތުންނައްބޮޑު އަގުގައި ވިއްކާފައި އެވެރުންވެސް ނުވެގެން ބިންތަކަކާ ރިސޯޓެއްދީގެންވެސް ޙިޔާނައް ލަދުންބޯހަލަކްމާތްﷲ މިމިހުންގެ ކިބައިން ގައުމު ސަލާމަތް ކޮއްދެއްވާ މިމީހުންކުރާކަންތަކުގެ އުގޫބާއްދެއްވާފާންދޭވެ އާމީން ޔާﷲ ޔާﷲ

The name is already taken The name is available. Register?

ސޮރާ

12 January 2022

އާމީން.

The name is already taken The name is available. Register?

ވާނުވާ

11 January 2022

މިއޮތީވާ ހެޔޮވެރިކަމެއް. ޢެމީހުނަށް ވެރިކަން ކުރަން އެގެނީ ރައުސްމާލުގެ އަދި އަންނަން އޮތް ޖީލްގެ ހަޒާނާ ނުއަގުގައި ބަހާހުސްކޮށްގެން. ތިކަންކަމުހެ ސަބަބުން ޤައުމަށް ލިބޭ ގެއްލުމުގެ ބަދަލު މިކަންކަމުގައި ޝާމިލްވެފައިވާ ފަރަތްތަކުން ނެގުމަށް ގޮވާލަން..

The name is already taken The name is available. Register?

ޢަރުތަ

11 January 2022

ހެޔޮނޫން ވެރިކަމެއް ކޮބާ، ކޮންމެ ބަޔަކުވެސް ވެރިކަމަށް އަރާފަ ކުރަނީ ތިޒާތުގެ ވިޔަފާރި، އެނޫން ބަޔަކު އަދި ވެރިކަމަށް ނާދެ. ތިކަންކަން ނުކުރާނެ ބަޔަކު ރައްޔިތުން ހޯދަން އެބަޖެހޭ، ވޯޓު ނުވިއްކާ.............

The name is already taken The name is available. Register?

48343

11 January 2022

ތިޔަފުލެޓުތައް އެމީހުންނޭޅިޔަސް އެމީހުންގެ ހުރިހާކަމެއްގެ ބަލަދު ދެން އަރަނީ ދިވެހިންނަށް.

The name is already taken The name is available. Register?

ފައިވާން

11 January 2022

ފަށާނެ. ނުމެއް ނިންމޭނެ 6 އަހަރު ދިނަސް

The name is already taken The name is available. Register?

ދާންވީއޭ

11 January 2022

ރިސޯރޓެއް ހަދަން 50 އަހަރަށް ރަށެއް ދީގެން ނަމަވެސް ޓާޓާ އަތުން އޯޑިއޯން ބިމާއި އަދި ނާދީ ބިން އަތުލުމަކީ އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކޭ ސަބަބަކީ 6 މަސް ތެރޭ މަސައްކަތް ފަށާނެ ކަމަށް ޓާޓާއިން ބުނި ނަމަވެސް އެމެން އައިސް ސައިޓް ގަައި އުދެލިން ކޮންނަން ފަށާނެ އެކަމަކު ޓާޓާއަށް ސަރުކާރުން ޖެހޭނެއޭ ސޮވެރިންގް ގެރެންޓީ އެއް ދޭން އެއްގޮތަކަށް ވެސް ނާދީ ބިމާއި އޯޑިއޯން ބިން ދީގެން ނުވާނެއޭ ޓާޓާ އަށް މާލެ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް

The name is already taken The name is available. Register?

ޒުލްފިގާރު

11 January 2022

ތިމީހުން އަޅާ ތަންތަން ހުންނަ ސިފަ އެހެރީ ފެންނަން.. ނުވިތާކަ ތިރީ 2 ބުރި އެމީހުންނަށް ދިނުން ލާޒިމް... ބޮޑު ޖަރީމާއެއް

The name is already taken The name is available. Register?

ޢަރުތަ

11 January 2022

ހިލޭ އަޅާ ދޭން ޖެހޭނީ، އަދި ބަދަލުގެ ގޮތުގަ އެއްވެސް އެއްޗެއް ދޭން ނުޖެހޭ ގޮތަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454