އައްޑޫ ހުޅުމީދޫ-- ފޮޓޯ: އެމްޓީސީސީ
11 ޖެނުއަރީ 2022 - 15:29
ބަނޑުގައި ރިއްސާތީ ސ. ހުޅުމީދޫ ސިއްހީ މަރުކަޒަށް ރޭ ފަތިހު ގެންދިޔަ މީހަކު ބަނޑު ބޮޑުކަން ނޭނގި ވިހައި ދަރިފުޅު މަރުވެއްޖެ އެވެ.
ހުޅުމީދޫ ސިއްހީ މަރުކަޒު ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް ދީދީ އެކަން "މިހާރު" އަށް ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ ވިހޭ މީހާ ބަނޑުބޮޑުކަން ނޭނގޭ ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.
"މީހަކާ އިނދެގެން އުޅޭ ޒުވާން އަންހެން ކުއްޖެއް. ބަނޑުގައި ރިއްސާތީ ޑޮކްޓަރަށް ދައްކާލަން އައި. ރޭ ވިހައިފި. އަދި ޕްރީ މެޗުއާ ކުއްޖާ މަރުވެ މިހާރު ވަނީ ވަޅުލާފައި،" އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންހެން މީހާ ވިހެއީ ބަނޑަށް 4-5 މަހުގައި ކަމަށް ބެލެވޭ ކަމަށެވެ.
އިބްރާހިމް ވިދާޅުވީ ބަނޑުބޮޑުއިރު ވެސް އަންހެން މީހާއަށް ނޭނގި ވިހެއުމަކީ ވަރަށް މަދުން ނަމަވެސް ދިމާވާ ހާލަތެއް ކަމެއް ކަން ޑޮކްޓަރުން ވިދާޅުވާ ކަމަށެވެ.
އެ ރަށުގައި މިދިޔަ އަހަރު ވެސް އަންހެނަކު ނުވަ މަސް ވީ އިރު ވެސް ބަނޑު ބޮޑުކަން ނޭނގި ހުރި ކަމަށާއި އެކަން އެނގުނީ ޑޮކްޓަރަށް ދެއްކުމުން ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަދި އެ މީހާ އަށް ލިބުނު ދަރިފުޅު ރަނގަޅު ކަމަށް ވެސް ވިދާޅުވި އެވެ.
ބައެއް ޑޮކްޓަރުން "މިހާރު" އަށް ވިދާޅުވި ގޮތުގައި ބަނޑުބޮޑުކަން ނޭނގި ގިނަ ދުވަސްތަކެއް ވަންދެން ހުރުމާއި އެކަން ނޭނގި ހުއްޓާ ވިހެއުމަކީ ވަރަށް ނާދިރު، އެކަމަކު ދިމާވާ ކަމެކެވެ. އާންމުކޮށް މިހެން ދިމާވަނީ މައްސަރު ކަންތައް ގަވައިދުން ދިމާނުވާ މީހުންނަށް ކަމަށާއި ބައެއް މީހުންނަކީ ބަލިވެ އިން ނަމަވެސް ބަނޑުން އެކަން އެހާ އަަވަހަށް ނޭނގޭ މީހުން ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަހަންގީރު
11 January 2022
އެކަމަކު 4-5 މަސް ވާއިރު މައްސަރު ކަންތައް ނުޖެހޭނަމަ ހަމަ ޑޮކްޓަރަށް ދައްކާ ޗެކްކޮށްލާކަށް ނުޖެހޭބާ؟ ކުރިން ބަނޑު ބޮޑުކަން އެނގުނުނަމަ، ތިޔަ ގެއްލުން ފުރާނައަކީ ސަލާމަތް ކުރެވޭނެ ފުރާނައަކަށްވީސް ކަންނޭގެ. ދެން އެބުނަނީ 9މަސް ވީއިރުވެސް ނޭނގޭ މީހަކު ވިހެޔޭ އެރަށުގަ. 9މަސް ވާއިރު ޙައިޟު ނުވީމާ ހަމަ އަޅާނުލާ ހުންނާނީ މިއަދު ކާކުބާވައޭ ހިތަށްއަރާ. ތިއީކީ ވަރަށް މަދުންވެސް ވާކަމެކޭ ބުނެފަ ނިންމާލަންވީ ކަމެއްނޫން. ތިހާދުވަހު ޙައިޟުނުވީމަ ބަލަންޖެހޭނެ
އެންމެ އެނގޭ
11 January 2022
ބޭފުޅާއަށް ނޭނގުނަސް ބައެއްމީހުން މާބަނޑު އިރުވެސް ލޭ އާދޭ. އެއީ ޕީރިއަޑްލޭ ކަމަށް އެކުއްޖާއަށް ބެލެވުނީ ކަމަށްވެދާނެ. ތައުޒިޔާގެ ބަހެއް ބުނެނުލާތާގަ ކުށްވެރިކުރާ ފާޑަށް ވާހަކަ ދެއްކީމަ ކަޑަދޯ
ޥަތަން
11 January 2022
ޜަނގަޅަށް ކަންކަމުގެ މައުލޫމާތު ހޯދައިގެން ކޮމެންޓު ކޮށްބަލަ
ޢަރުތަ
11 January 2022
ތިއެއް އިނގޭނީ ޖަހަންގީރަށް މިފަދަ "ކާރިސާ" އެއް ދިމާވީމަ.........
ބައްޔެއްނު
12 January 2022
އަޅެ ފަހެ ނޭގޭ ވާހަކަ ނުދައްކަބަ. އެހާ ގިނަ ދުވަސް ޙައިޟުނުވެ ތިބޭނީ ޕީސީއޯއެސް ކަހަލަ ބައްޔެއް ހުންނަންޔާ. އެއި ބޭސް ކާން ޖެހޭ ކަމެއް ނޫން އެހެންވީމަ ޖެހެނީ ޙައިޟު ވަންދެން ހަމަ ކެތްކުރަން. މި އަންހެން ކުއްޖާއަކީ ވެސް މިކަހަލަ ކަމެއް ތަޚައްމަލް ކުރާ ކުއްޖެއް ކަމަށް ވެދާނެ. ތީ ކާކު ތަ ތިހުރިހާ އެއްޗެއް ކިޔަން. މީ އެމީހުނަށް ލިބޭ ކިހާ ބޮޑު ހިތާމައެއް. ތިކަހަލަ އެއްޗިސް ކީމަ ހައްތަހާ ދެރަ ވާނީ.
ހަންގީރާ
12 January 2022
ބަނޑުބޮޑުވެ ހުރެ ނޭނގުން އެއީ ދުނިޔޭގެ އެހެން ތަންތަނުގަވެސް ވާ ކަމެއް. އެއީ ހަމައެކަނި އެމީހާއަށް ދިމާވެގެން އުޅޭ ކަމެއް ނޫން. ރަގަޅަށް ލިއުން ކިޔާލިނަމަ އެނގޭނެ ބަނޑަށް 9 މަހެއް ނޫންކަން ވީކީ. ބޭރު ތަންތަނުގަ 9 މަސްވެގެން ވިހާއިރު މިތަނުގެ މީހަކަށް 4-5 މަސްވާއިރު ނޭނގުމަކީ އަޖައިބެއްތަ؟
ހުސެން
11 January 2022
ޑޮކުޓަރުން ތިޔަހެން ބުނިކަމުގައިވިޔަސް ބަނޑުބޮޑުވެ ވިހާ ހިސާބައްދާއިރު ހަށިގަނޑަށް އަންނަބަދަލުތައް އެމީހަކު އަމިއްލަޔަށް އިހުސާސްކުރެވޭނެ، ކޮންމެވެސް ތަފާތެއް އިހުސާސްނުކުރެވިއެއްނުދާނެ!!
ނނނސނ
11 January 2022
ކަލެއަށް މާ ބޮޑަށް އިނގެނީ. މިއީ ދުނިޔޭގައިވެސް މަދުން ދިމާވާ ކަމެއް. ތަނެއް ދޮރެއް ނޭނގުނަސް ވާނެ ހަމަ އަނގަ ތަޅަން.
ރަދީފްއޮފިޝިއަލް
11 January 2022
ނޫނޭ ބްރަދާ.ކްރިޕްޓިކް ޕްރެގްނެންސީ ނުވަތަ ޕްރެގްނެންސީ ޑިނައަލް އެއީ މަދުން ނަމަވެސް މެދުވެރިވާ ހާލަތެއް.އިނގިރޭސިވިލާތުގަ އަހަރަކު މިފަދަ 320 ކޭސް ފެންނަ ކަމަށް ދިރާސާތަކުން ދައްކާ.މާނައަކީ ކޮންމެ ދުވަހަކު މިފަދަ ހެޑްލައިނެއް އެމީހުންގެ ނޫސްތަކުން ފެނުން.މިފަދަ ކިތަންމެ މީހެއްގެ ޓެސްޓިމޯނިއަލްތައް އެބަހުރި ފެންނަން.ރާއްޖޭގަ ކޮމަން ކަމެކޭ ބުނެ ޖަޖްމެންޓެއް ދެވޭނެ ކަމުގެ މާހިރުންނަށް.ވ.ވެދުން
އެހެން
11 January 2022
އާން ޑޮކްޓަރުން 7 އަހަރު މެޑިސިން ކިޔަވައިގެން އިތުރު 3 އަހަރު ސްޕެޝަލައިޒް ވާން ކިޔަވައިގެން އަދި ނޭނގޭނެ އެއްވެސް އެއްޗެއް. އެއަށްވުރެ ހުސޭނުގެ ސިއްހީ ފާސް މާ ބޮޑު
މާރި
11 January 2022
އަހަރެންގެ ރައްޓެއްސަކުވެސް ބަނޑަށް ހަ މަސް ވެފަ ހުއްޓާ އެނގުނީ. ތިން މަސް ފަހުން އޮތީ ވިހައިގެން.
ޓީޓާ
11 January 2022
ކަލޭ ފޫޅުމައެއްތަ؟ ހާދަގަދައޭދޯ. މާގަދަޔަށް އެނގިފަ އެބަހުއްޓެއްނު އަދި.
ޢައިސާފުޅު
11 January 2022
ހަމަހުރެދާނެ ނޭންގި. ޑެއިލީ މެއިލްކިޔާ ނަމަ ފެންނެ. ޥަރަށް ގިނަމީހުންގެ ސްޓޯރީ އޮވޭ. ބައެއް މީހުން ހަމަ މަންތްލީ ޕީރިއަޑްވެސް ވޭ. ޢަނެއްބަޔަކީ ޕީސީއޯއެސް މީހުން ވީމަ މަންތްލީ ޕީރިއަޑް ނުވަންޏާ ޓެސްޓެއް ނުކުރާނެތާ. މިކޭސްގަވެސް އޭނީ 4/5 މަަންތްސްއޭ. ސޯ އިޓްސް ޕޮސިބަލް ހަމަ. ނޫންތަ ހުސޭނާ؟؟؟
ތަގަންމާ
11 January 2022
ހުސޭނާ ކަލޭ ބަނޑުބޮޑުވެ ހަށިގަނޑަށް ބަދަލުއައިސް ކިތައް ކުދިން ވިހައިފިން؟ އަންހެނުންނަށްވުރެ ބޮޑަށް އެމީހުންގެ ހަށިގަނޑާ މައްސަރާ ގުޅޭ ކަންކަން ފިރިހެނުންނަށް އެބަ އެނގެއޭ! އަޖައިބެއްނު!
ޢަރުތަ
11 January 2022
ހުސޭނަށް މިކަހަލަ ކަމެއް ތަޖުރިބާ ކުރެވުނީމަ އެނގޭނެ މީ ކިހިނެއް ވާކަމެއްކަން.
ބަހަބޯތަކުރު
11 January 2022
ހުސޭނަށް އަނިޔާނުކުރޭ. އޮޅިގެން އެއްޗެކޭ ހަމަ ބުނެވިދާނެ. މީހަކަށް އޮޅުމެއް އަރާފާނެ
2000
11 January 2022
ނޭގޭ ކަންކަމާ ވާހަކަ ނުދެއްކުން ރަގަޅު ވާނީ. ހަސަންޓޭ ނުވެބާ
ބައްޔެއްނު
12 January 2022
ބަލަ ކޮންމެ އަންހެނެއް ބަނޑުބޮޑު ވާއިރު އެއްގޮތެއް ނޫނޭ ވަނީކީ. ކަލޭ ތީ ޕްރެގްނެންސީ ކީއްކުރަން ޕރިއަޑް ވެސް އެކްސްޕީރިއެންސް ކުރާ މީހެއް ނޫން މާ މޮޅު ނުވެ ހުރޭ