ޖުމްހޫރީ މައިދާނުގެ ބައެއް ކޮތަރުތައް މިހާރު ފެންނަނީ ވަރަށް ބަލިކޮށް. ކޮތަރުތަކުގެ ލޮލާއި ތުންގަނޑު ކައިރީގައި ވަރަށް ގިނަ އުން ހުރީ ނަގާފައި.
ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ބައްޔެއް ޖެހިފައި
12 ޖެނުއަރީ 2022 - 11:55
ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހި، ކޮތަރުތަކަށް އެކިއެކި ގޮތްގޮތް ވާކަން ފާހަގަ ވެއްޖެ އެވެ.
މީގެ އެތައް އަހަރެއް ކުރިއްސުރެ މާލޭގައި އުޅޭ ކޮތަރުތައް ކާން އެއްވާ މަންޒިލުގެ ގޮތުގައި ފާހަގަކުރެވޭ ޖުމްހޫރީ މައިދާނުގައި އުޅޭ ވަރަށް ގިނަ ކޮތަރަށް އެ ބަލި ޖެހިފައިވާ ކަން ވަނީ ފާހަގަކުރެވިފަ އެވެ. އެކަމަކު އެއީ ސީދާ ކޮން ބައްޔެއް ކަމެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު ބޭރުފުށުން ފެންނަ ގޮތުގައި، އެ ބަލި ވައްތަރީ ޕިޖަން ޕޮކްސް އާ އެވެ. މިއީ ދޫނިތަކުގެ ގައިންގަޔަށް އަރާ ބައްޔަކަށް ވިޔަސް އިންސާނުންނަށް ނުރައްކަލެއް ނޯވެ އެވެ.
އެ ސަރަހައްދުން ފެންނަ ކޮތަރުތަކުގެ ލޮލާއި ތުންގަނޑު ކައިރީގައި ވަރަށް ގިނަ އުން ހުރީ ނަގައިފަ އެވެ. ބައެއް ކޮތަރުތަކުގެ ލޯ ކައިރީގައި ބޮޑެތި އުންތަކެއް ނަގާފައި ހުރުމުން އެ އެއްޗެހީ ލޯ ވެސް ވަނީ ފޮރުވިފަ އެވެ. އަދި ކުރިން ކައި އުޅޭހެން ފަރިތަކޮށް ކާން ވެސް އެ އެއްޗިއްސަށް ވަނީ އުނދަގޫވެފަ އެވެ. ފެންނަ ފެނުމަށް ކޮތަރުތައް ތިބީ ވަރަށް ބޮޑަށް ވަރުބަލިވެފަ އެވެ.
ޖުމްހޫރީ މައިދާނުގައި އިން ކޮތަރެއް: ކޮތަރުތަކުގެ ގައި ހިރުވުމުގެ މައްސަލަތައް ވެސް ފާހަގަކުރެވޭ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފިޝަރީޒް މިނިސްޓްރީގެ ބަހެއް ނުލިބޭތީ މިކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމެއް، އަދި އެކަމުގެ އިތުރު މައުލޫމާތެއް ވެސް ނުލިބެ އެވެ. ދޫނިތަކަށް ޖެހޭ ބަލިތަކާ ގުޅޭ ކަންކަން ބަލަހައްޓަނީ އެ މިނިސްޓްރީންނެވެ.
އެ މިނިސްޓްރީ ޓެގްކޮށް އެކަން ހިއްސާކުރި މީހަކު ޓްވިޓާގައި ބުނި ގޮތުގައި ޖުމްހޫރީ މައިދާނުގެ ބައެއް ކޮތަރުތައް މިހާރު ފެންނަނީ ވަރަށް ބަލިކޮށެވެ.
Noticed skin lesions and blisters, which appears to be some kind of pox, on the face of a lot of pigeons at Jumhooree Maidhan. looks as if it would be very painful. Definitely the pigeons would have difficulties in seeing and eating. Some pigeons appear to be very weak. pic.twitter.com/W7r7n5Q7tA
— Muhammad Aiysh (@Muhammad_Aiysh) January 10, 2022
އެތަނުގައި އުޅޭ ކޮތަރުތަކަށް ކާންދެނީ އާންމުންނެވެ. ހަނޑުލާއި މުގު ހިފައިގެން އެކި ވަގުތުތަކުގައި ކުޑަ ކުދިންނާއި އެކި އުމުރުގެ މީހުން ކޮތަރަށް ކާންދޭން ގޮސް އުޅެ އެވެ.
އެކަމަކު ކޮވިޑްގެ ތެރޭގައި މާލެ ލޮކްޑައުންކުރުމުން ކޮތަރުތަކަށް ކާންދޭނެ މީހަކު ނުވެ، ބައެއް ކޮތަރުތައް ބަނޑަށް މަރުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
678542
14 January 2022
މިނަށްވުރެ ކޮތަރުތައް ގިނަވެ އޭގެ ސަބަބުން ރާއްޖެއްށް ބަލި މަދޫކަމެއް އަންނަން އުޅޭހެން ހިވަނީ. ދޫނި ރޯގާ ރާއްޖޭން ނުރައްކާ ވޭރިއންޓެއް ފެތުރިދާނެ
ރަދީފްއޮފިޝިއަލް
13 January 2022
ދެވަނަ ފޮޓޮއިން އެފެންނަ ކޮތަރު ފެނިފަ ހީހީ ހަލާކު ވެއްޖެ.ހެހެހެހެހެހެހެ
ރަދީފްއޮފިޝިއަލް
13 January 2022
ދޫނިތަކުގެ ހައްގުގަ އުޅޭ ބައިގަނޑު ނިކުންނަން ވީއެއްނު.އިންސާނަކު މަގުމައްޗަށް މަރުވިޔަސް އޯކޭ.ނަމަވެސް މެހި ކުރަފި ބަލިވެއްގެނަމަ އެލާޓްގަ.ހެހެހެހެހެހެ
ކަތްދައްތަ
12 January 2022
ލަފާވަނީ އިންތިހާބާ ދިމާކޮށް ކޮތަރު ބޭނުންކޮށްގެން އެއްޗެއް ކައްކަނީކަމަށް. ނުބައި އިސްމެއް ނުވަތަ އަޒީމެއް ކިޔެވުމުގެ ސަބަބުން ކެއްކިއެތި އަމާޒުން ކައްސާލައިގެން ގޮސް ކޮތަރުބައިގަނޑަށް ޖެހުނީކަމަށް. މިގައުމަކީ މަގުމަތީގަ ބަހައްޓާ ގޮވާ ބާވަތްތަކުގެ ބޮމާއި ގެއްލޭ ހަތިޔާރާއި ގެއްލޭމީހުން ހޯދަންވެސް ރަސްމީ ސިފައެއްގަ މަންތަރުހަދާ ތާސްކައްކާ ކިޔެވެލި ކިޔަވާ މާދައްކާ ހަދާ ބަޔަކު އުޅޭ ގައުމެއް.
ލޯބި
13 January 2022
ކަލޭތީ ސިކުނޑި ދޮންނަންވެފަ ހުރި މީހެއް
ޚަލީލް ޖިބްރާން
12 January 2022
އީޕީއޭ ހިތަށް އެރީމާ ކޮތަރު ހިމާޔަތްކުރާއިރު މިފަދަ ބަލިތައް ޖެހޭނެކަން ވިސްނަންވާނެ. ދެން އަޅާނެ ފިޔަވަޅުތައް ވެސް ހުންނަން ޖެހޭނީ ރާވާފަ. އެތައް ކުޑަކުދިންނެއް ކޮތަރަށް ކާންދޭން ޖުމްހޫރީ މައިދާނަށް އެއްވާއިރު ކޮތަރުގެ ތެރޭ ބަލި އުޅޭކަން މިއެގެނީ އެތައް ދުވަހެއް ފަހުން އާންމުން ކިޔައި ނޫސްތަކުގައި ޖެހީމާ. ޓެގުޓީމުގެ ލެބްތަކުން ޕީސީއާރު އަގުބޮޑުކޮށް ހަދާއިރު މިހާރު ރާއްޖޭގައި އުޅޭ ބޭރަށްހިންގުމާ ހޮޑުލުމުގެ ރޯގާއަކީ ކޯއްޗެއްކަން ވެސް ބުނެ ނުދެވޭ
ޚަލީލް ޖިބްރާން
12 January 2022
ބައެއްމީހުން ކޮމެންޓްކޮށްފައިވާ ގޮތަށް ހުޅުމާލޭގަ އުޅޭ ކުކުޅުތަކަށް މިބަލި ޖެހިފައިވާނަމަ އެއީ ކަންބޮޑުވާންޖެހޭ ކަމެއް. މާނައަކީ ޖަނަވާރުގެ އެއްބާވަތުން އަނެއްބާވަތަށް ވައިރަސް ދިޔައީ. އިންސާނުންނާ ހަމަޔަށް ދިއުމުގެ ފުރުސަތު އޮންނާނެ. އެޗްއައިވީ، އެބޯލާ އަދި ކޮވިޑް19 އަކީ ވެސް ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް ވާސިލްވީ ބަލިތައް. ޖުމްހޫރީ މައިދާނުގައި ކުޑަކުދިން ލައްވާ ކޮތަރުތަކަށް ކާންދޭއިރު މިކަންކަމާ ވިސްނާބާ؟ ޒޫނޮޓިކް ޑިޒީޒް ގޫގްލް ކޮށްލާ
ކިޔު
12 January 2022
2019 ވަނަ އަހަރުވެސް ތިބަލި ޖެހިފަ ހުރި ކޮތަރުތަކެއް ދުށިން..މާލޭގަ އުޅުނުއިރު ގެއަށް ކާން އަންނަ ކޮތަރުތަކުގެ ތެރެއިން 3 ކޮތަރެއްގެ ގައިން ތިބަލި ފެނުނު..ބަލިވީމަ އައިސް އިންނަނީ ގޭގެ ބެލްކަނީގަ..ފައްސާލީމަ ދާންވެސް ނޫޅޭ..ހީވަނީ އެހީތެރިކަމަކަށް އެދޭ ހެން..އެގޮތަށް 2 ކޮތަރު މަރުވި..ވ.ދެރަވި.
ވަކަރަގޭ ދަރި
12 January 2022
އެ މައިދާނަކީ މާލޭގެ ނަޖިސް ތަން ތަނުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ތަން
މަސޮރު
12 January 2022
ބުޅާ، ކޮތަރު ނަޖިސް މަގުތަކު ވ ގިނަ. އަދި ބައެއް މީހުންޖަހާ ކުޅާ ހައްޕުނޑު ވިއްސާރަވެ ފެނާ އެކުވެ މަގުމައްޗަށް ދަނީ. އަހަރުމެން ހިނގާ އުޅެން މިޖެހެނީ އެ ފެންގަނޑުގަ. މިއީ މިފަދަ ބައްޔެއް އިންސާނުންނަށްވެސް ޖެހުން އެކަށީގެންވާ ކަމެއް. މުޖުތަމައުގެ ސާފުތާހިރުކަން އެއީ އެންމެންވެސް އިސްކުރުން މުހިންމު ކަމެއް. މަގުތަށް ޑިސްއިންފެކްޓްކޮށް ރަނގަޅަށް ސާފުކުރުން ސިޓީ ކައުންސިލުން ކުރުން އެއީ މިފަދަ ކަންކަމަށް އޮތް ރަނގަޅު ހައްލެއްކަމަށް ދެކެން
ޔާނާ
12 January 2022
شفاك الله. ޢަޅަމެންނާއި އަޅަމެންގެ ވެށީގައި ދިރިއުޅޭ ހުރިހާތަކެތި ނުރައްކާތެރި ބަލިތަކުންނާއި އާފަތްތަކުން ސަލާމަތް ކުރައްވާފާދޭވެ. آمين يارب العالمين