ޚަބަރު / ޓްރާންސްޕޭރެންސީ މޯލްޑިވްސް

އިންތިހާބުތަކާ ދިމާކޮށް މަޝްރޫއުތައް އިއުލާންކޮށް، ވޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލައިފި

ށ. ކޮމަންޑޫ އާއި އެ ރަށާ އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމަށް ކޮމަންޑޫ ކައުންސިލުން ރާވާފައިވާ ގޮތް.-- މިހާރު ގްރެފިކްސް: އަލީ ނަހުޒާން

އިންތިހާބުތަކާ ގުޅުވައި، ތަރައްގީގެ މަޝްރޫއުތައް އިއުލާންކޮށް، ވޯޓަށް ނުފޫޒު ފޯރުވަން ހުއްޓައިލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް، ދައުލަތުގެ ބަޖެޓުގައި މި އަހަރަށް ހިމަނާފައި ނެތް ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއު ފެށުން އިއުލާން ކުރުމުން އެކަން ކުށްވެރިކޮށް، ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނީ ކެމްޕެއިން ދުވަސްވަރު ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފަށައި އިއުލާންކޮށް، ޖަލްސާ ބޭއްވުމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ.

ކޮރަޕްޝަންގެ އެފަދަ އަމަލުތަކުގެ ސަބަބުން، އިންތިހާބުގެ ނަޒާހަތްތެރި ކަމާ މެދު ސުވާލު އުފެދި ރައްޔިތުންގެ އިތުބާރު ކުޑަވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

ކޮމަންޑު އާއި އެ ރަށާ އެއްފަޅެއްގައި އޮންނަ މަތި-ކޮމަންޑޫ ބްރިޖަކުން ގުޅައިލުމުގެ މަޝްރޫއު އިއުލާންކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ ކޮމަންޑުގައި ބޭއްވި އެމްޑީޕީގެ ކެންޑިޑޭޓްގެ ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ މަޝްރޫއު ރަސްމީކޮށް އަންނަ ހުކުރު ދުވަހު ފަށަން ވަނީ ނިންމައިފަ އެވެ. އެކަމަކު ކޮމަންޑޫ ބްރިޖުން ތިމާވެއްޓަށް އަސަރު ފޯރާނެ ވަރު ބަޔާންކުރާ ރިޕޯޓެއް ވެސް ނެތްކަން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

އެ ޖަމާއަތުން ބުނީ ކޮމަންޑޫ ބްރިޖުގެ މަޝްރޫއު އިއުލާންކުރި ނަމަވެސް އެ މަޝްރޫއާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ސަރުކާރުގެ ކަމާ ގުޅުން ހުރި ވެބްސައިޓަކުން ހާމަކޮށްފައި ނުވާ ކަމަށެވެ.

އެހެންވެ، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓާލުމާއި އެފަދަ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން މަނާކުރާ ގާނޫނެއް އެކުލަވާލައި އަންނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގެ ކުރިން ފުރިހަމަ އަށް ތަންފީޒުކުރަން ފެށުމަށް ޓްރާންސްޕޭރެންސީން ގޮވައިލި އެވެ.

"ތަރައްގީގެ މަޝްރޫއުތައް ރޭވިގެން އަންނައިރު ރައްޔިތުންގެ ފުރިހަމަ އަދި މައުނަވީ ބައިވެރިވުމާއި މަޝްވަރާގެ މަތިން ހިންގުން. އަދި އެފަދަ މަޝްރޫއުތަކަކީ ދިގު ރާސްތާގެ ޕްލޭނެއްގެ ދަށުން ހިންގޭ މަޝްރޫއުތަކެއްކަން ކަށަވަރު ކުރުމުގެ އިތުރުން އެ މަޝްރޫއުތައް ހިންގެނީ އެންމެ ބޭނުން ޖެހިފައިވާ ކަންކަންކަމަށާއި ސަރަހައްދުތަަކަށްކަން ކަށަވަރުކުރުން،" ޓްރާންސްޕޭރެންސީގެ ގޮވާލުންތަކުގައިވެ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ އިތުރުން އެމްއެންޕީން ވެސް ވާދަކުރާއިރު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް މަގުފަހިވާ ގޮތަށް ސަރުކާރުން މަޝްރޫއުތައް އިއުލާން ކުރަމުންދާތީ އެމްއެންޕީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހާއްސަކޮށް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ފިޔަވަޅެއް ނާޅައި ތިބޭ މައްސަލައިގައި އެ ޕާޓީގެ ނުރުހުން ވަނީ އެ ކޮމިޝަނަށް އަމާޒުވެފަ އެވެ.

9 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 0%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުދުގުދާބެއްޔާ

13 January 2022

ސަރުކާރުން ރާއްޖޭގައި ހިންގާ މަސްރޫޢު ތައް ހިންގަން އެގޭނެ ވަގުތާ ތަނާ ގަޑިއަކީ ޓްރާންޕޭރަންސީއާއި ބެހޭ ކަމެއްނޫން! އެކަން އިގޭނީ ސަރުކާރަށް!

The name is already taken The name is available. Register?

އާޒާދީ

17 January 2022

މައުމޫން ވެރިކަމާއި ޔާމީން ވެރިކަމުގަ ތަރައްޤީގެ މަޝްރޫޢުތައް ހިންގަންވާ ތަނާއި ވަގުތު އެނގެން ޖެހޭނީ އެމްޑީޕީ އަށް

The name is already taken The name is available. Register?

ޖަމިއްޔަތުލް މާލޭ ވަ ބޮޑުކުލި

13 January 2022

މަތިކޮމަންޑޫއިން ހިއްކާ ބިމުން ގޯތި ލިބެންވާނެ މާލޭ މީހުންނަށް ކަމަށް ކަނޑައަޅަންވާނެ. ?

The name is already taken The name is available. Register?

ގުދުގުދާބެއްޔާ

13 January 2022

ތިޔަކަން ތިޔަގޮތައް ކަނޑައަޅަންޖެހޭނެ! ކޮމަންޑޫގައި ދިރިއުޅޭ ކޮމަންޑޫ މީހުންނަށްވެސް ހިޔާފުލެޓްލިބިފައިވާ އުސޫލުން މާލޭ މީހުންނަށްވެސް ކޮމަންޑޫއިން ހިލޭ ބިން ލިބެންޖެހޭނެ!

The name is already taken The name is available. Register?

ޢަލީބެ

12 January 2022

ޢިންތިހާބާ ދިމާކޮ ށް ނުކުރެވޭ ކަންކަމުގެ ވާހަކަ ނުދައްކާ.

The name is already taken The name is available. Register?

989898

12 January 2022

ތިޔަ ކުރެހުމުންވެސް އެބަ ފާހަގަވޭ ތީކީ އެއްވެސް ބުރަދަނެއް ހުރި އެއްޗެއް ނޫންކަން. ކުރެހުމުގައި ހިއްކާބަޔާއި ގުޅުވާލާ ބުރިޖުގައި މަގުތައް ހަދާ ގޮތް އެއްވެސް ހަމައެއް ނެތް ގޮތަށް ފެންނަނީ. އަނދުނުގެ ކުރެހުމެއް. ވަގުތީ ދައްކާލާ ކުރެހުމެއް. ބަލަންތިބޭތި. މީ ކަށަވަރުކަމެއް

The name is already taken The name is available. Register?

ޓްރާންޕޭރެންޓް

12 January 2022

އެދުވަހު ޔާމީން ނެތް ފުލެޓްތަކެށް ވޯޓާ ދިމާކޮށް މީހުންނަށް ލިޔުންދީނިންމި އިރު ކޮބާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އަސްލު ގޯސް ބަޖެޓް އިން ބޭރުން މިކަން ކުރުން އެކަމުވެސް ހާލަތުހުރިގޮތް މިކަން ފެށިގެން އަންނަނީ ރިޔާސީ އިންތިހާބުގައި ވާހަކަ ދެކުވުން އެޔާޕޯޓް މަޝްރޫއިން ، ކައުންސިލް އިންތިހާބުގައި އަބްދުﷲ ޝާހިދް ޔަގީން ކަން ދިން އެޔާޕޯޓް އަޅާނެކަމުގައި ބިގޭ އަލިފުށްޓަށް އެޔާޕޯޓް ގެންދިއުންވީ އެމްޑީޕީ ދެކެ ރައްޔިތުން ފޫހި ކުރިވިކަމަށް މިއަދު އަމަލީ..

The name is already taken The name is available. Register?

އާބާތު

17 January 2022

އަސްލުގަ ފްލެޓް ތައް ހުރީ ނުނިމި. އެކަމަކު މަސައްކަތް އޮތީ މާ ކުރިން ފަށާފަ. ކެމްޕެއިނަށް ގޮސް ބިންގާ އެޅީކީ ނޫންކަން ޓްރާންސްޕޭރެންޓް އަށް މާ ރަނގަޅަށް އިނގޭނެ

The name is already taken The name is available. Register?

48343

12 January 2022

ތީ އެއްވެސްކަމެއްވާ ބައެއްނޫން. ހުރިހާކަމެއްކުރާނީ އަނގައިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454