ޓުވިޓާގައި އަމީތާބަށް ވުރެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ މަގްބޫލުކަން ވަނީ އިތުރުވެފައި
16 ޑިސެމްބަރ 2016 - 06:51
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބޮލީވުޑުގެ ހުރިހާ ތަރިން ފަހަތަށް ޖައްސާލެއްވުމަށް ފަހު، އެންމެ ގިނަ މީހުން ފޮލޯކުރާ ޓްވިޓާގެ ޝަހުސިއްޔަތުގެ މަގާމު ހޯއްދަވައިފި އެވެ.
ޓުވިޓާ އިންޑިއާ އިން ދާދި ފަހުން ނެރުނު ލިސްޓަށް ބަލާއިރު މޯދީގެ ޓްވީޓް ފޮލޯކުރާ މީހުންގެ އަދަދު 25 މިލިއަނަށް އަރަ އެވެ. ކުރިން އެެއް ވަނާގައި އުޅުނު ފިލްމީ ތަރި އަމީތާބު ބަައްޗަންގެ ޓްވީޓް ފޮލޯކުރަނީ 23.8 މިލިއަން މީހުންނެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ޓުވިޓާ ޕޭޖްގެ ސްކްރީން ޝޮޓެއް
ޑިސެމްބަރު 5 ގައި ޓުވިޓާއިން އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު އިންޑިއާގައި ތިން ވަނަ އަށް އެންމެ ގިނަ މީހުން ފޮލޯކުރަނީ ޝާހްރުކް ޚާން (22.4 މިލިއަން) އެވެ. ހަތަރު ވަނާގައި ސަލްމާން ޚާން (20.6 މިލިއަން) ފަސްވަނަ އާމިރު ޚާން (19.2 މިލިއަން) އެވެ.
އަމީތާބުގެ ޓުވިޓާ ޕޭޖްގެ ސްކްރީން ޝޮޓެއް
އިންޑިއާ މީހުން އެންމެ ގިނައިން ޓްވިޓާގައި ފޮލޯކުރާ އަންހެން ޝަހުސިއްޔަތަކީ ބޮލީވުޑް ބަތަލާ ދީޕިކާ ޕަދުކޯން އެވެ. އޭނާގެ ޓްވިޓާ ފްލޯކުރާ މީހުންގެ އަދަދު 16.7 މިލިއަނަށް އަރަ އެވެ. އޭނާގެ ފަހަތުން ޕްރިޔަންކާ ޗޯޕްރާ 15.7 މިލިއަން މީހުން ފޮލޯކުރެ އެވެ.
ރިތިކް، 15.5 މިލިއަން މީހުންނާ އެކު އަށް ވަނަ، އަދި ނުވަ ވަނާގައި އަކްޝޭ ކުމާރު (15.3 މިލިއަން)، އުޅޭ އިރު ގަދަ 10 ގެ ދިހަ ވަނާގައި އުޅެނީ މިއުޒިކް ޑައިރެކްޓަރު އޭ.އާރް. ރަހްމާން (12.7 މިލިއަން) އެވެ.
މިހާރުގެ ޒުވާން އެކްޓަރުންގެ ތެރެއިން އާލިއާ ބަޓް، ސިދާރްތު މަލްހޯތުރާ އަދި ވަރުން ދަވަން ވެސް އުޅެނީ ވަރަށް ކުރީގަ އެވެ. އެހެންވެ ދެން ނެރޭ ލިސްޓުގެ އެންމެ މަތީ 10 ވަނާގައި މީގެ ތެރެއިން ތަރިއަކަށް ޖާގަ ލިބުން އެކަށީގެންވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން އާމިރު
17 December 2016
ތިޔާވީ..........................
ގެދާނޯމޮސް
16 December 2016
ބޭކާރު ވަގުތު ހޭދަވާ ކަންކަމުގެ ސަބަބުން މުސްލިމުން ދުނިޔެވީ ހަޔާތުގެ އިމްތިހާނުގެ ވަގުތުތަށް ނަގާނުލުމަށް ނަސޭޙަތް ތެރިވަމަވެ. ބޭކާރު ވަގުތު ހޭދަކުރުން އިތުރު ވާނަމަ އެމީހެއްގެ ހަހާތުގެ ދުވަސްތަކާމެދު ހިތާމަ ކުރަންޖެހޭ ވަގުތު ކަމުގަ އޭނާ ދެކޭނެކަން ކަށަވަރީ މަރުވާ ވަގުތު ގައިކަން ޔަގީނެވެ. އެހިނދު އޭނާ ޔެހޮޢަމަލު އިތުރަށް ކުރުމަށް ދުނިޔޭގައި ލެއްވުމަށް އެދޭނެއެެވެ.
މެންޓަލިސްޓް
16 December 2016
އެހެންވީމައި ތިޔައިގެން އެނގުނުއެއްޗަކީ އިންޑީޔާގައި އެންމެ މަގްބޫލް ބަޔަކީ ފިލްމްސްޓާރުންކަމަށް ،،، !!!