ޓޮންގާގެ އަލިފާން ފަރުބަދަ ގޮވާ މަންޒަރު ޖަޕާނުގެ ހިމަވަރި-8 ސެޓެލައިޓުން ނަގާފައި. --ފޮޓޯ:އޭއެފްޕީ
15 ޖެނުއަރީ 2022 - 22:59
ނުކުއަލޮފާ، ޓޮންގާ (ޖެނުއަރީ 15) - ޓޮންގާގެ ކަނޑު އަޑީގެ އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އުފެދުނު ސުނާމީ ޖަޕާނުގެ ބައެއް ސަރަހައްދުތަކަށް އަރައިފި އެވެ.
އެމެރިކާގެ ވެސްޓް ކޯސްޓަށް ވެސް ވަނީ ސުނާމީގެ އިންޒާރު މިހާރު ނެރެފަ އެވެ. ސުނާމީގެ ރާޅެއް އަރައި ހަވާއީގެ ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ.
ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނީ ތިން މީޓަރުގެ އުސް މިނުގެ ރާޅު އެރުން އެކަށީގެންވާ ކަމަށެވެ. އެޖެންސީން ބުނީ 1.2 މީޓަރު (ގާތްގަނޑަކަށް ހަތަރު ފޫޓު)ގެ އުސް މިނުގެ ރާޅު ދެކުނުގެ ރަށެއް ކަމަށްވާ އަމާމީ އޮޝިމާ އަށް މިރޭ އަރާފައިވާ ކަމަށެވެ. ޖަޕާނުގެ ޕެސިފިކް ކޯސްޓަށް ވެސް ވަނީ ސުނާމީގެ ކުދި ރާޅުތައް އަރައިފަ އެވެ.
އެޖެންސީން ބުނީ އެންމެ އުތުރުގެ ހޮއްކައިދޫ އައިލެންޑުގެ އިރުމަތީގެ އައްސޭރި ސަރަހައްދުތަކާއި ކޯޗީ އަދި ވަކަޔާމާގެ ހުޅަނގު އުތުރުގެ ހިސާބުތަކަށް މިރޭ ޖަޕާނު ގަޑިން ދަންވަރު 0.9 މީޓަރުގެ އުސްމިނުގެ ރާޅު އަރާފައިވާ ކަމަށެވެ.
Tsunami videos out of Tonga 🇹🇴 this afternoon following the Volcano Eruption. pic.twitter.com/JTIcEdbpGe
— Jese Tuisinu (@JTuisinu) January 15, 2022
ޖަޕާނުގެ ރަސްމީ ޓީވީ އެންއެޗްކޭ އިން ވަނީ ސުނާމީ އަށް ހާއްސަކޮށް ޕްރޮގްރާމުތައް ބަދަލުކޮށް ރާޅު އެރި ސަރަހައްދުތަކުގެ ލައިވް މަންޒަރުތައް ގެނެސްދޭން ފަށައިފަ އެވެ.
އެމެރިކާގެ ނޭޝަނަލް ވެދަ ސާވިސް އިން ނެރުނު އެޑްވައިޒަރީއެއްގައި ބުނެފައި ވަނީ ދެ ފޫޓުގެ އުސްމިނުގެ ރާޅާ އެކު އައްސޭރި ފަށުގެ އޭރިއާތަކުގައި ފެންބޮޑުވެދާނެ ކަމަށެވެ.
"ކެލިފޯނިއާ އިން އެލަސްކާގެ އަލެއުޓިއަން އައިލެންޑްސްއާ ދެމެދު ގޮނޑުދޮށްތަކާއި ބަނދަރު އަދި މެރީނާ ސަރަހައްދުތަކުން މީހުން ދުރަށް ދިއުން މުހިންމު،" އެޑްވައިޒަރީގައި ބުނެފައިވެ އެވެ.
ޓޮންގާގެ ވެރިރަށް ނުކުއަލޮފާގެ ދެކުނުން 65 ކިލޯ މީޓަރު (40 މޭލު) ދުރުގައި ކަނޑުއަޑީގައި ހުންނަ ހުންގާ ޓޮންގާ-ހުންގާ ހާޕާއީ ފަރުބަދަ ގޮވުމުން މުޅި ހިސާބުގަނޑަށް ވަނީ އަޅި ފެތުރިފަ އެވެ. ޕެސިފިކުގެ ގައުމެއް ކަމަށްވާ ޓޮންގާގެ ކަނޑުއަޑީގެ ފަރުބަދަ ގޮވުމުން އުފެދުނު ރާޅާ އެކު އެންމެ ފުރަތަމަ ސުނާމީ އެރީ އެ ގައުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިކިނީ
16 January 2022
ޓޮންގާގަ ހޯމްސްޓޭ އާންމުވުމާ ގުޅިގެން ދިމާވި ކަމެއްކަމަށް ލަފާ ކުރެވެނީ.