މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު (ކ) އާއި ކުރެއްދޫ ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު ލިމިޓެޑްގެ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެއްބަސްވުގައި ސޮއި ކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: މޯލްޑިވިއަން
17 ޖެނުއަރީ 2022 - 22:38
ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގްސް އިން ހެދި އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.
މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. ކުރެއްދޫ ހޯލްޑިންގްސް އިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ.
މަޑިވަރު އެއާޕޯޓާ ހަވާލުވުމަށް ފަހު، އައިލެންޑް އެވިއޭޝަނުން މިއަދު ބުނީ، އެ އެއާޕޯޓް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި ޝެޑިއުލް ދަތުރުތައް އަންނަ މަހު އެ އެއާޕޯޓަށް ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މަޑިވަރު އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
ކުރެއްދޫ ހޯލްޑިންގްސް އިން 11 މިލިއަން ޑޮލަރު ހަރަދުކުރި މަޑިވަރު އެއާޕޯޓުގެ އަމަލީ މަސައްކަތްކުރީ ޗައިނާގެ ބީޔޫސީޖީންނެވެ.
މަޑިވަރު އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި އެއާކްރާފްޓްތައް ޕާކް ކުރާނެ ސަރަހައްދަކާއި ފަޔާ ބިލްޑިންގެއް އަދި އެއާޕޯޓް ޓާމިނަލެެއް ވަނީ ހަދައިފަ އެވެ. އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި އެކޮމެޑޭޝަން ބްލޮކްގެ މަސައްކަތް ވެސް ނިންމައި، ގްރައުންޑް ހޭންޑްލިން އަށް ބޭނުންވާ ސާމާނު މިހާރު ވަނީ ހަރުކޮށްފަ އެވެ.
އައިލެންޑް އޭވިއޭޝަނުން އަންނަނީ މިހާރު ވެސް ރާއްޖޭގައި ހަތަރު އެއާޕޯޓެއް އޮޕަރޭޓް ކުރަމުންނެވެ. އެއީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި ރ. އިފުރާއި ބ. ދަރަވަންދު އާއި ތ. ތިމަރަފުށި އެއާޕޯޓެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނނނނނ..
18 January 2022
ތި ހެން ހަވާލު ކުރީމަތާ އަވަހަށް އައިލެން އޭވިއޭޝަން ބަގުރޫޓް ވާނީ. ޗަންޕާ އަކަށް މުވައްޒަފަކަށް ފައިސާ ދޭކަށް ނުޖެހޭނެތާ ކުންފުނި ބަގުރޫޓް ވަންދެން. އައިލެން އޭވިއޭޝަން ބަގުރޫޓް ވީމަ ޕްރައިވެޓައިޒް ކޮއްފަ މި ކަލޭގެ ހިއްސާ ގަންނާނެތާ. ދިވެހިން މި ތިބެނީ ޤައުމަށް މިއިއްޗިހިން ގެއްލުން ދޭއިރު ބަލާލަ ބަލާލާ. މި ކަހަލެ ދެއުޅިއް ނުވާކަންތަށް ހުސްކޮއް. ކުރިން ދުވަހު ޓާޓާ ބިލިއަން...
ކޮރޯން
18 January 2022
ތި އަތައް ގޮވީ