ކުޅިވަރު / ފީފާ އެވޯޑްސް

ގައުމީ ކެޕްޓަން އަކްރަމްގެ ވޯޓް މެސީ އަށް، މޮރިއޭރޯ ލެވަންޑޯސްކީ އަށް

ގައުމީ ކޯޗް މޮރިއޭރޯ އާއި ކެޕްޓަން އަކުރަމް: ފީފާގެ އެވޯޑަށް އަކްރަމް އާއި މޮރިއޭރޯ ވަނީ ވޯޓް ދީފައި

18 ޖެނުއަރީ 2022 - 11:10

2 comments

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމަށް ފީފާއިން ދޭ ދަ ބެސްޓް އެވޯޑްގައި ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްގަނީގެ އެއްވަނަ ވޯޓް ލިއޮނެލް މެސީ އަށް ދީފި އެވެ.

ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އެއްވަނަ ވޯޓް ދިނީ، އެވޯޑް ދިފާއު ކުރި ރޮބަޓް ލެވަންޑޯސްކީ އަށެވެ.

ފީފާއިން ހާމަކޮށްފައިވާ ލިސްޓްގައިވާ ގޮތުން، އަކްރަމްގެ ދެވަނަ ވޯޓް ދިނީ ލެވަންޑޯސްކީ އަށެވެ. ތިންވަނަ ވޯޓް ޖޯޖީނިއޯ އަށެވެ. މޮރިއޭރޯގެ ދެވަނަ ވޯޓް ދިނީ އާލިންގް ހާލަންޑް އަށެވެ. އަދި ތިންވަނަ ވޯޓް ދިނީ އޭނާއާ އެއް ގައުމަކަށް ނިސްބަތްވާ ޖޯޖިނިއޯ އަށެވެ.

އެންމެ މޮޅު ކީޕަރުގެ އެވޯޑްގައި، އަކްރަމް އެއްވަނަ ވޯޓް ދިނީ މެނައުލް ނޯޔާ އަށެވެ. ދެވަނަ ވޯޓް ޖިއަންލުއީޖީ ޑޮނަރުއްމާ އަށެވެ. ތިންވަނަ ވޯޓް އެޑްއާޑް މެންޑީ އަށެވެ. މޮރިއޭރޯ ވޯޓް ދިފައިވަނީ އިޓަލީގެ ޑޮނަރުއްމާ އަށެވެ. ދެވަނަ ވޯޓް ދީފައި ވަނީ އަލިސަން ބެކާ އަށެވެ. ތިންވަނަ ވޯޓް މެންޑީ އަށެވެ.

Mi aharu ves FIFA ge molhu kulhuntheriyakee Lewandowski

Mi aharu ves FIFA ge molhu kulhuntheriyakee Lewandowski

The most trusted news source in the Maldives

Mihaaru

ފީފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލެވަންޑޯސްކީ އަށް

އެންމެ މޮޅު ކޯޗް ހޮވުމުގައި އަކްރަމް އެއްވަނަ ވޯޓް ދީފައި ވަނީ ޗެލްސީގެ ކޯޗް ތޯމަސް ޓުޗެލް އަށެވެ. ދެވަނަ އަށް ވޯޓް ދީފައި ވަނީ ޕެޕް ގާޑިއޯލާ އަށެވެ. ތިންވަނަ ވޯޓް ހަންސީ ފްލިކް އަށެވެ. މޮރިއޭރޯ އެއްވަނަ ވޯޓް ދީފައި ވަނީ އިޓަލީގެ ގައުމީ ޓީމުގެ ކޯޗް ރޮބާޓޯ މަންޗިނީ އަށެވެ. ދެވަނަ އަށް ވޯޓް ދީފައި ވަނީ އެންޓޯނިއޯ ކޮންޓޭ އަށެވެ. ތިންވަނަ ވޯޓް ދީފައި ވަނީ ޑިއޭގޯ ސިމިއޯނީ އަށެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާ ހޮވުމަށް ރާއްޖޭގެ ކެޕްޓަން އާމިނަތު ލީޒާ (ލިޒީ) އެއްވަނަ ވޯޓް ދީފައި ވަނީ ޗެލްސީގެ އޮޮސްޓްރޭލިއާގެ ފޯވާޑް ސެމް ކާރް އަށެވެ. ދެވަނަ އަށް ވޯޓް ދީފައި ވަނީ ކެނަޑާގެ ކްރިސްޓިން ސިންކްލިއާ އަށެވެ. ތިން އަށް ވޯޓް ދީފައި ވަނީ މެންޗެސްޓާ ސިޓީގެ އިނގިރޭސި ފޯވާޑް އެލެން ވައިޓް އަށެވެ.

ގައުމީ އަންހެން ޓީމުގެ ކޯޗެއްގެ ގޮތުގައި ވޯޓް ދީފައި ވަނީ މަރްޔަމް މިރުފަތު އެވެ. އޭނާ އެއްވަނަ ވޯޓް ދީފައި ވަނީ ބާސެލޯނާގެ މިޑްފީލްޑަރު އަލެކްސިއާ ޕޮޓޭޔާސް އަށެވެ. އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ގެންދިޔައީ އެލެކްސިއާ އެވެ. މިރްފަތުގެ ދެވަނަ ވޯޓް ދީފައި ވަނީ އާސެނަލްގެ ހޮލެންޑްގެ ފޯވާޑް ވިވިއަން މީޑަމާ އަށެވެ. އޭނާ ތިންވަނަ އަށް ވޮޓް ދީފައި ވަނީ ސެމް ކާރް އެވެ.

އެންމެ މޮޅު އަންހެން ގޯލްކީޕަރު ހޮވުމުގައި، ކީޕަރަކަށް ކުޅޭ ލިޒީ އެއްވަނަ ވޯޓް ދީފައި ވަނީ ކެނެޑާގެ ސްޓެފެނީ ލާބޭ އަށެވެ. ދެވަނަ ވޯޓް ދީފައި ވަނީ އެމެރިކާގެ އަލީސާ ނޭރް އަށެވެ. ތިންވަނަ ވޯޓް ދީފައި ވަނީ ސްވިޑެންގެ ހެޑްވިން ލިންޑާލް އަށެވެ.

Midhiya aharuge emme molhu coachun thibee Chelsea gai

Midhiya aharuge emme molhu coachun thibee Chelsea gai

The most trusted news source in the Maldives

Mihaaru

އެންމެ މޮޅު ކޯޗުންނަކީ ޓުޗެލް އާއި ހޭޒް

އެންމެ މޮޅު ކީޕަރުގެ އެވޯޑަށް މިރްފަތު ވެސް އެއްވަނަ ވޯޓް ދީފައި ވަނީ ސްޓެފެނީ ލާބޭ އަށެވެ. ދެވަނަ އަށް ވޯޓް ދީފައި ވަނީ ހެޑްވިން ލިންޑާލް އަށެވެ. ތިންވަނަ އަށް ވޯޓް ދީފައި ވަނީ ޗިލީގެ ކްރިސްޓީން އެންޑްލާ އަށެވެ.

އަންހެން ފުޓްބޯޅައިގެ އެންމެ މޮޅު ކޯޗް ހޮވުމުގައި ލިޒީ އެއްވަނަ ވޯޓް ދީފައި ވަނީ ކެނަޑާ ޓީމުގެ ކޯޗް ބޭވް ޕްރީސްޓްމަން އަށެވެ. ދެވަނަ އަށް ވޯޓް ދީފައި ވަނީ އިންގްލެންޑް ޓީމުގެ ކޯޗް ސަރީނާ ވިއެގްމަން އަށެވެ. ތިން ވަނަ ދީފައި ވަނީ ސްވިޑެންގެ ޓީމުގެ ކޯޗް ޕީޓާ ގާހާޑްސަން އަށެވެ.

އެންމެ މޮޅު ކޯޗް ހޮވުމުގައި މިރްފަތު ވޯޓް ދީފައި ވަނީ ޗެލްސީގެ ކޯޗް އެމާ ހޭޒް އަށެވެ. ދެވަނަ އަށް ވޯޓް ދީފައި ވަނީ ސަރީނާ ވިއެގްމަން ތިން އަށް ވޯޓް ދީފައި ވަނީ ބޭވް ޕްރީސްޓްމަން އަށެވެ.

ފީފާގެ މޮޅު ކުޅުންތެރިން ހޮވުމުގައި ގައުމުތަކުގެ ކެޕްޓަނުން އާއި ކޯޗުން އަދި ކޮންމެ ގައުމަކުން ފުޓްބޯލް ޖާނަލިސްޓަކު ދޭ ވޯޓްގެ ޕަސެންޓަށް ބަލަ އެވެ. ދެން މާކުސް ދޭނީ ފީފާގެ ޖަޖިން ޕެނަލުންނެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިޔާލެއް

18 January 2022

ރާއްޖެއިން ޖާނަލިސްޓަކަށް ވޯޓުދިން މީހާގެ ވޯޓުތައް ވެސް ހިމަނާލިނަމަ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

18 January 2022

ކަލޭމެންގެ ވޯޓް ގުނުމުގަ ނުވެސް ހިމަނާނެ.ކަލޭމެން ތިޔާއި ދުނިޔެ ދަންނަ ބައެއް ވެސް ނޫން.ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454