މިދިޔަ އަހަރު ބޭއްވި ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ބައެއް މެމްބަރުން.-- ފައިލް ފޮޓޯ: މިހާރު
18 ޖެނުއަރީ 2022 - 12:34
ރާއްޖޭގެ ސްޓްރީމިން ޕްލެޓްފޯމުތަކުން ވެސް އަހަރީ ލައިސަންސް ފީ ނަގަން ނިންމާ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ އާންމުކުރި ބްރޯޑްކާސްޓުކުރުމުގެ އާ ގަވާއިދުގައި ބުނެފައި ވަނީ ހިދުމަތުގެ އަސްލަށް ބަލައި، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ހަތަރު ބަޔަކަށް ބެހިގެންވާ ކަމަށެވެ. އެއީ ރޭޑިއޯގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސާއި ޓީވީގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސާއި ސްޓްރީމް ޕްލެޓްފޯމުތަކުގެ ތެރޭގައި ހިމެނޭ އޯޓީޓީ އޯޑިއޯގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސާއި އަދި އޯޓީޓީ ވިޒުއަލްގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސެވެ.
ރާއްޖޭގައި ސްޓްރީމިންގެ ހިދުމަތް ދޭ ފަރާތްތައް ވަނީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ބައިސްކޯފާއި ލަވަފޮއްޓާއި ޕީއެސްއެމް ކަނެކްޓާއި ދިރާގު ޕްލޭ އަދި މީޑިއާނެޓް މަލްޓި ސްކްރީން އަކީ ފާހަގަކޮށްލެވޭ ބައެއް ޕްލެޓްފޯމުތަކެވެ.
ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ރަޖިސްޓްރީކުރުގެ ފީ އާއި ބްރޯޑްކާސްޓް ކުރުމަށް ދޫކުރާ ލައިސެންސް ފީގެ އަގުތައް ވެސް ވަރަށް ބޮޑަށް ވަނީ ކުޑަކޮށްފަ އެވެ. ރޭޑިއޯ އާއި ޓީވީގެ ހިދުމަތް ދިނުމަށް އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީކުރަށް ދައްކަން ޖެހޭ ފީގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަންގައި އެ ހިދުމަތް ރަޖިސްޓްރީކުރުމަށާއި ލައިސަންސް ފީގެ ގޮތުގައި ކޮންމެ އަހަރަކު އެއްފަހަރު ނަގާ ފީއަށް ބޮޑު އަދަދެއް ކުރިން ދައްކަން ޖެހެ އެވެ.
ކުރިން ބްރޯޑްކާސްޓިން ހިދުމަތެއް ކޮމިޝަންގައި ރަޖިސްޓްރީކުރަން 2،000ރ. ދައްކަން ޖެހުނަސް، އާ ގަވާއިދުގައިވާ ގޮތުން މިހާރު ދައްކަން ޖެހޭނީ 500ރ. އެވެ.
ކޮންމެ އަހަރެއްގެ މާޗުގެ ކުރިން ދައްކަން ޖެހޭ އަހަރީ ފީ އަށް ގެނައި ބަދަލުތަކަކީ؛
• ރޭޑިއޯތަކުން 10،000ރ.
• ޓީވީތަކުން 20،000ރ.
• ސްޓްރީމިން އޯޑިއޯ ޕްލެޓްފޯމުތަކުން 2،000ރ.
• ސްޓްރީމިން ވިޒުއަލް ޕްލެޓްފޯމުތަކުން 2،000ރ.
އިސްލާހު ގެނައި ގަވާއިދުގައި ވަނީ ކުރީގެ ގަވާއިދުގައި ވެސް ހިމަނާފައި ހުރި ބްރޯޑްކާސްޓިން އަމަލުކުރަން ޖެހޭ އުސޫލުތަކާއި އެ އުސޫލުތަކާ ހިލާފުވެއްޖެ ނަމަ، ފިޔަވަޅު އަޅާނެ ގޮތާއި ޖޫރިމަނާ ކުރާނެ ގޮތް ވެސް ހިމަނައިފަ އެވެ.
އިއްޔެ އިން ފެށިގެން މި ގަވާއިދަށް އަމަލުކުރަން ފެށިއިރު، މި ގަވާއިދުގެ ދަށުން ހަދަން ޖެހޭ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސާ ގުޅޭ އުސޫލާއި ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލު ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސްރު45
19 January 2022
ތިޔަތަނުގެ މުވައްޒަފުންގެ މުސާރަ ހަމަޖައްސަން ތިޔަކަންވެސް ކުރަން ވާނެ. ސްޓްރީމިންގް ޕްލެޓް ފޯމުތަކުގެ އަތުން ކުންފުނީގެ އަހަރީ ފީ ނަގަމުން ، އަހަރީ ލައިސަންސްފީ ޥެސް ނަގަނީ. ދެން ލަވައިގެ އަޑު ނުވަތަ މަންޒަރު ފޮނުވާތީ އެޔަށްވެސް ފީއެއް ނަގަން ފެނޭ.
ސުއްބެ
19 January 2022
މިއަށްވެސް ފީ ނެގުމޭ ކިޔޭ؟ މި ވިޔަފާރި ތަކުން އަހަރެއްތެރޭ އެންމެ ކަސްޓަމަރެއް އަތުންވެސް ތި ކަނޑައެޅި ފީގެ އެތަށް ގުނައެއް ހޯދާ!
އަލީ
18 January 2022
ލޮކްޑައުން ދުވަސްވަރުވެސް އެންމެ ރުފިޔާއެއްވެސް ނުކަނޑަނީ ތިކަމުން މީޑިއާ ނެޓުން ދުވަސް ހަމަވާއިރަށް ކަނޑަމުން ދިޔައީ. އިތުރު ބަޔަކުވެސް މިކަމަށް އަންނާކަށް ނޫޅޭތަ
ެeiިiwިieި×ޒއި
19 January 2022
ދިރާގު... އަޑު އަހަންތަ
ކުދު
18 January 2022
ފޭސްބުކަކީ ސްޓްރީމިން ޕްލެޓްފޯމެއްބާ!!!!!
އެޑްމުންޑޯ
18 January 2022
ފީއެއްނެގެން އޮތިއްޔާ ނަގާނެ ހެޔޮ އެހެންކަންރައްނުވިއަސް