ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމާއި ޓޫރިޒަމް މިނިސްޓްރީގެ އިސް ވެރިން އަދި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ކަނޑުހުޅުދޫ ރައްޔިތުންނާއި އެ ރަށު ކައުންސިލާ ބައްދަލު ކުރައްވަނީ-- ފޮޓޯ: މިހާރު
20 ޖެނުއަރީ 2022 - 21:38
ޓޫރިޒަމަށް ދޫކޮށްފައިވާ 111 ޕްރޮޖެކްޓެއްގެ މަސައްކަތް އެކި ސަބަބުތަކާހުރެ ހުއްޓިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ގއ. އަތޮޅުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ކުރެވެން ހުރި ކަންތައްކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އެ އަތޮޅުގެ ކަނޑުހުޅުދޫއަށް ޒިޔާރަތް ކުރައްވައި މައުސޫމް ވިދާޅުވީ ޕްރޮޖެކްޓުތައް ލަސްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މިކަން ހައްލު ކުރުމަށް މިހާރު ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައުސޫމް ވިދާޅުވީ ގިނަ ތަންތަނުން ޕްރޮޖެކްޓުތައް ނުނިންމާ ހުރީ ކޯޓުގައި މައްސަލަތައް ކުރިއަށްދާތީ ކަމަށެވެ. ނަމަވެސް ރަށްތައް ދޫކުރާނީ ތިން އަހަރު ތެރޭ ހަދާ ނިންމަން ޖެހޭ ގޮތައް ކަމަށާއި އެއްބަސްވުމުގެ ދަށުން އަލުން އެ ޕްރޮޖެކްޓެއް އަތުލުމުން ކޯޓަށް ނުދެވޭނެ ގޮތް ހަދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހުރެފައި ވަކިކޮށްފިއްޔާ ބުނެފާނެ އަަހަރުމެންނަށް ޕްރޮޖެކްޓް ނުނިމުނީ މޮހޮރު ނުލިބިގެންނޭ. އެހެން ކިޔާފައި ކޯޓަށް ހިނގައިދާނެ. ދެން ބަދަލުގެ ގޮތުގައި އެތައް މިލިއަން ޑޮލަރު ދޭން ޖެހިދާނެ. މިކަންތައް ހިނގާތީ އަޅުގަނޑުމެން މި ކުރިކަމަކީ ދެން ކޯޓަކަށް ނުދެވޭ ގޮތަށް. ހުރިހާ ރަށެއް އެއްކޮށް މި ހަދާލަނީ ތިން އަހަރުގެ އެއްބަސްވުމެއް. އެ މުއްދަތުގައި ނުހުޅުވިއްޖެއްޔާ އޮޓަމެޓިކުން ބާތިލުވާނެ،" މައުސޫމް ވިދާޅުވި އެވެ.
އާއްމުކޮށް ރިސޯޓެއް ހަދައި ނިމޭނީ 2.5 އަހަރުންކަން ފާހަގަކުރައްވައި މައުސޫމް ވިދާޅުވީ އެ މުއްދަތުގައި ޕްރޮޖެކްޓް ނުފަށައިފިނަމަ އެ ޕްރޮޖެކްޓެއް އަތުލާނެ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީން މި ޕްރޮޖެކްޓުތަކުގެ އަޕްޑޭޓް ފެންނަ ގޮތް ވަރަށް އަވަހަށް ހަދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހުވަދު އަތޮޅަކީ އާބާދީ ބޮޑު އަތޮޅަކަށްވާއިރު ރިސޯޓުތައް މަދުވުމުގެ ސަބަބުން ކަނޑުހުޅުދޫ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ އަތޮޅުގެ ގެމަނަފުއްޓާ އެ ރަށާ ދެމެދު އޮންނަ ރަށްތައް ވީހާވެސް އަވަހަަށް ބިޑަށް ހުޅުވާލުމަށް ވަނީ އެދިފަ އެވެ.
ރާއްޖޭގެ ލޯކަލް ޓޫރިޒަމް ފުޅާ ކުރުމަށް އެކި ރަށްތަކުގައި މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންވަނީ ހޯމް ސްޓޭ ޓޫރިޒަމް ފަށައިފަ އެވެ. ޓޫރިޒަމް މިނިސްޓްރީން އަންނަނީ ހޯމް ސްޓޭ ފެށުމަށް ރައްތަކުގައި ކުރެވިދާނެ ކަންކަން ބަލައި އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެޓޭ
21 January 2022
މިރާއްޖޭގަ ޓުވަރިޒަމް ނޫން ކަމެއް ކުރަން އުޅެބަލަ! އެއްކަމަކަށް ބަރޯސާ ވުމަކީ އިގްތިސާދީ މިނިވަންގެއްލޭކަމެއް! ރާއްޖޭ ނިސްބަތުން ރާއްޖޭގެ އެނދުތަކެއްވެސް މަދެއްނޫން! އެ އަދަދު ދާނީ ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުން. ވީމާ ކޮންމެވެސް އެހެންދިމާލަކަށް ފޯކަސްކޮށް އެހެން އިންޑަސްޓްރީއެއް އުފައްދަންޖެހޭ!
ޙިނި
21 January 2022
އެލީޓް ރިސޯޓު އޯނަރުންލައްވާ ރާއްޖޭގެ އިގްތިސާދު ހިންގަން އުޅުމަކީ އެއް އިންޖީނުލީ މަތިންދާ ބޯޓެއް ދުންވުންކަހަލަ ކަމެއް، މަތިންދާ ބޯޓައް (ޓޫރިޒަމައް) 50 އަހަރު ވީމަ މައްސަލަތައް ދިމާވާނެ. މިސިސްޓަރުވެސް ނިކަން އެކުވެރިކަމުގެ އަތްދިއްކޮއްލަބަލަ ޓުވަރިޒަމްގެ ވާސްޓް ރިސޯސަސް ބޭނުންކޮއްގެން އެހެން އިންޑަސްޓުރީތައް ކުރިއަރުވަން.
ހިބަރު
21 January 2022
ކޮމަންޑޫއަށް ތި ޕޮރޮޖެކްޓްތައް ބަދަލުކޮށްލާ...އޭރުން އަލިފާން ސްޕީޑްގައި ދުވާނެ!
އެމްސް
21 January 2022
ޓްއަރިޒަމް ނޫން ގޮތެއްވެސް ހޯދައިގެނެއް ނޫން ބާ ތިބެން ވާނީ!
އޮނަރަބްލް އަފީފު ދީދީ
21 January 2022
ކ.އަތޮޅު މާލެ ނޫން ސަރަހައްދަކަށް އިޤްތިސޯދީ ހަރަކާތަކަށް ފުރުސަތުދީ ޙާއްސަކޮށް ޓްއަރިޒަމް ގެންދަން މާލޭސަރުކާރުގެ ވިސްނުން ހުރިނަމަ "މަކަރުވެރި ހޯމް ސްޓޭ އާއި ގެސްޓްހައުސް ވިޔަފާރީގެ ވާހަކަނުދައްކާ އެމީހުން ފުރަތަމަ ކުރާންޖެހޭކަމަކީ "ބޮޑުތަޅު އަޅުވައިގެންތިބި" ގޭންއެއަރޕޯޓާއި ހަނިމާދޫ އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކޮށް ޔޯރަޕާއި ޗައިނާ، ގަލްފާއި ރަޝިޔާ އަދި އެމަރިކާއިން ފްލައިޓް ގެނައުން. ވަޒީރު މެން ތިދުއްވަނީ ބިސްމަޅި. ތިއީވެސް ބޮޑު ފޭކެއް.
ހޯރަބޭ
21 January 2022
މިސަރުކާރަކަށް އަދި އެއްމެ ރިސޯޓެއްވެސް ވުޖޫދަކަށް ނުގެނެވޭ. ރަށްތައް އިއުލާނު ކުރުން ކަމަކީ ހަވާލުވާނެ މީހަކު ނުވިޔަސް.
ހަސަން ކުރުސީ
20 January 2022
އެންމެ ބޮޑުދައްޗެއް ކުރިމަތި ކުރުވީ ސީދާ މިނިސްޓްރީން. ކޮވިޑްގެ ޙާލަތަށް ނުބަލާ ޑިއުޓީފްރީ އަދަދު 5 ޕަސެންޓަށް ކުޑަކުރީ! ޢިއުލާނު ކުރި ރަށްތައް އެކި އުޒުރު ދައްކާފަ ކެންސަލް ކޮށްލީ، އިންވެސްޓަރުންނަށް ލަޑެއްދިނީ. ކަމުދާ ބިޑެއް ހުށަހެޅީ ހަމައެކަނި ސަރުކާރު ޕާޓީގެ މަޖްލިސް މެމްބަރެއް އެކަނި.