ޚަބަރު / ށ. ފުނަދޫ

ފުނަދޫގައި ކުޑަ ކުއްޖަކު އަތުނުވާންވެގެން ދިރާގު އެއްޓަނާގެ މައްޗަށް އަރައިފި، އަދިވެސް ނުފައިބައި!

ށ. ފުނަދޫގައި ހުރި ދިރާގު އެއްޓަނާގެ މެދުގައި 12 އަހަރުގެ ކުއްޖާ އިށީދެ: އެންޓަނާ އަށް އަރައި، ނުފައިބައި އިންނަތާ ތިން ގަޑިއިރު ވެއްޖެ --ފޮޓޯ/ކޮމްބައިން ޕްރިންޓާ

ށ. ފުނަދޫގައި 12 އަހަރުގެ ފިރިހެން ކުއްޖަކު ބަޔަކަށް އަތުނުވާން ވެގެން އެ ރަށުގައި ހުންނަ ދިރާގުގެ 280 ފޫޓުގެ ދިގު އެންޓަނާގެ އެންމެ މައްޗަށް އަރައިފި އެވެ. އެންޓަނާ އިން އޭނާ އަދިވެސް ނުފައިބައި ކަމަށް އެ ރަށު މީހުން ބުނެ އެވެ.

އެ ރަށުގެ ވާހަކަ ދެއްކި މީހަކު ބުނީ ސިކުނޑީގެ އުނިކަމެއް ހުންނަ އެ ކުއްޖާ އެންޓަނާ އަށް އެރީ މިއަދު ހަވީރު ހައެއް ޖަހާކަން ހާއިރު ބަނދަރުމަތީގައި ހުރެ ޕެޓްރޯލް ފުޅިއަކުން ވަސް ބަލަން ފެށުމުން އެކަން ފުލުހުންނަށް އަންގާނެ ކަމަށް ބަޔަކު ބުނުމުން ކަމަށެވެ.

"ބަނދަރުމަތީގައި ތިބި ބަޔަކު ބުނީ އެކަން ޕޮލިހަށް އަންގާނެ ކަމަށް. އެހެން ބުނުމާ އެކު ދުވެފައި ގޮސް އެންޓަނާ އަށް އެރީ. އަދި ވެސް އޭނާ ހުރީ އެންޓަނާގެ މެދަށް ވުރެ މަތީގައި،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ އެ ކުއްޖާއަށް އެ އެންޓަނާއަށް އެރުނީ އެންޓަނާގެ ބައުންޑަރީ ވޯލްގެ ގޭޓް ހުޅުވާފައި ހުރުމުން ކަމަށެވެ.

ށ. ފުނަދޫގައި ހުންނަ ދިރާގުގެ 280 ފޫޓުގެ އެންޓަނާ

އެ ކުއްޖާ އެންޓަނާއަށް އެރުމުން އެ ސަރަހައްދަށް އެ ރަށުގެ ގިނަ ބަޔަކު ޖަމާވެފައި އެބަތިބި ކަމަށް ވެސް އޭނާ ބުންޏެވެ.

"އެންޓަނާ ހުރި ސަރަހައްދު އަނދިރިވުމުން އެ ކުއްޖާ އެހާ ރަނގަޅަކަށް ނުފެނޭ. ދޭތެރެ ދޭތެރެއިން ތަންކޮޅެއް ތިރިއަށް ފޭބުމަށް ފަހު މައްޗަށް އަރާ ތަން ވެސް ފެނޭ،" އެ މީހާ ބުންޏެވެ.

ފުލުހުން ވެސް އެތަނުގައި އެބަ ތިބި ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އެންޓަނާ އަށް އެހެން މީހަކު އަރަން އުޅެފި ނަމަ އެ ކުއްޖާ ފުންމާލާފާނެކަމުގެ ބިރު ވެސް އޮތް ކަމަށެވެ.

ޑިސެމްބަރު 15، 2016: ށ. ފުނަދޫގައި ހުންނަ ދިރާގުގެ 280 ފޫޓު އުސް އެންޓަނާގެ މައްޗަށް 12 އަހަރުގެ ފިރިހެން ކުއްޖަކު އަރާ: އޭނާ އެންޓަނާ އަށް އެރީ ބަޔަކަށް އަތުނުވާންވެގެން ކަމަށް ވޭ. ފޮޓޯ/ކޮމްބައިން ޕްރިންޓާ

"އެންމެ ތިބީ ބިރުން. މީހަކަށް އަރާކަށް ވެސް ނުކެރޭ، އެ ކުއްޖާ ހަދާނެ ގޮތް ނޭނގޭތީ،" އޭނާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުނަދޫގައި އެކަހަލަ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިގެން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

20 ކޮމެންޓް, 250 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 90%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސޒާހަޖަސަ

15 December 2017

ފުލުހުން ޔުނިފޯމް ގަ ތި ސަރަހައްދުގަ ހަރަކާތްތެރި ވުމުގެ ބަދަލުގައި ކުލަ ހެދުމުގަ ތިބުން މުހިއްމު. އަދި އެކުއްޖާގެ ގާތް އަދި އާއިލާ މީހުން ނުވަތަ އެކުއްޖާ އިތުބާރު ކުރާ ބަޔަކު ފެންނަން ތިބުން މުހިއްމު.

The name is already taken The name is available. Register?

ޣޮއްވަޅުގަނޑު

15 December 2016

ޢެމްއެންޑީއެފް ގެ ހެލިކަޕްޓަރުގެ ބޭނުން ހިފަން ފެނޭ.

The name is already taken The name is available. Register?

ދޮން އާމިރު

17 December 2016

ހުޔޮނުވާނެ އެބާ ހުލިކަޕްޓަރުން އެކަންކުރާކަށް.

The name is already taken The name is available. Register?

ހަގީގަތް

15 December 2016

ވަރަށް ގިނަ މައިންބަފައިން ވަރަށް ގިނައިން ބުނޭ ކަމެއް ވާއިރަށް ފުލުހުންނަށް ގުޅާނަމޭ. ގިނަ މައިންބަފައިންނަށް ވިސްނިފައި އޮންނަނީ ފުލުހުންނަކީ ބިރުދައްކާ ބައެއްގެ ގޮތުގައި. އޭގެ ބަދަލުގައި ފުލުހުންނަކީ ކީއްކުރާ ބައެއްކަން އެކުދިންނަށް ވިސްނައިދީ، ފުލުހުންނަކީ ހިމާޔަތް ދީ، އަޅާލާ އޯގަތެރި ބައެއްކަން ވިސްނައިދެނީ ކިތައް މައިންބަފައިން ތޯ؟

The name is already taken The name is available. Register?

ނަސޭހަތް

15 December 2016

ހުރިހާ އެންމެން ގެއަށްދޭ. މަޑުމަޑުން މޮނިޓަރ ކުރާނެގޮތް ފުލުންނަށް އެނގޭނެ. ތިރިއަށް ފައިބާފަވެސް މައްޗަށް އޭނާ އެދަނީ މީހުން ތިބީމަ.

The name is already taken The name is available. Register?

ޅެންކިޔާބެ

15 December 2016

ދިރާގު އިސްތިހާރެއްދޯ

The name is already taken The name is available. Register?

ބޮކިފަތި 3 އަހަރު

15 December 2016

ދިރާގު އިޝްތިހާރުވީ ވަރަށް ބޮޑަށް، އުރީދޫގެ ސަބްނެރިން ކޭބަލަށްވުރެ ތިމާވައިގަހިފައިފި.

The name is already taken The name is available. Register?

Sanam

15 December 2016

މިރަށުގެވެސް އެންޓެނާގެ ފެންސް ހުންނަނީ ހަލާކުވެފައި. ޢެކަމާ އަޅާލާނެބަޔަކުނެތް. މިކަހަލަ ކިތައްމެ ތަނެއް ހުންނާނެ. މިފަހަރު ރަނގަޅު އަދަދަކުން ޖޫރީމަނާ ކުރަންފެނޭ.

The name is already taken The name is available. Register?

ާރޯނުއެދުރު

15 December 2016

ފަހުގެ ތަފްސީލު ގެނެސްދެއްވާ

The name is already taken The name is available. Register?

ފުނަދޫ

15 December 2016

ފުލުހުންނަކީ އޭނައަށްވެސް ބޮޑު ބިރެއްގެެ ގޮތުގަ ބިރުދެއްކީމަ ވީގޮތްތީ

The name is already taken The name is available. Register?

އިބްރާހީމް

15 December 2016

ދެން ތިބިހާބަޔަކު ކުޅިބަލަން ދިޔައީމަ އެކުއްޖާ ނުފައިބާނެ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454