ފުލުހުން ހުޅުމާލެ 2 ސަރަހައްދެއް ބަންދުކޮށްގެން ބަލަނީ: ގްރޫޕް ހަދައިގެން ކުށްކުރާ ތަންތަނުގައި ތިބޭ ފިރިހެން ކުދިން ގިނަވާތީ ފުލުހުންގެ މޮނީޓަރިން ވަރުގަދަކުރަން ވަނީ ނިންމައިފައި.-- ފޮޓޯ: މިހާރު
19 އޯގަސްޓް 2025 - 13:15
ގުރޫޕް ހަދައިގެން ކުށްކުރާ ބައެއް ސަރަހައްދުތަކުގައި ތިބޭ ފިރިހެން ކުދިން ގިނަވާތީ ފުލުހުންގެ މޮނީޓަރިން ވަރުގަދަކުރަން ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ އިދާރާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދުވަހުން ދުވަހަށް ފުލުހން ކުރާ އާންމު ޕެޓްރޯލިން އާއި ތަފާސްހިސާބުތައް ދައްކާ ގޮތުން، ކުށް ހިންގާ ކަމަށް ފާހަގަކުރެވޭ ބައެއް ސަރަހައްދުތަކުގައި އުމުރުން 18 އަހަރު ނުފުރޭ ފިރިހެން ކުދިންގެ ގްރޫޕްތައް އެއްވެ ތިބޭ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ކުށުގެ މާހައުލުތަކަށް ކުޑަކުދިން ހުށަހެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ކުޑަކުދިން ގުރޫމިންގެ ޝިކާރައަކަށްވެ އަދި ރައްކާތެރި ނޫން ހާލަތްތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، އެ ކަހަލަ މާހައުލުތަކުގައި އާންމުކޮށް އުޅޭ ކުދިންނަށް ގާނޫނާ ހިލާފަށް އެއްގަމު އުޅަނދު ދުއްވުމަށް ހިތްވަރު ލިބުމާއި މައިންބަފައިންނާއި ނުރުހުންވެ ފިލައިގެން ގެއިން ނުކުތުމާއި މަސްތުވާތަކެތީގެ ވަބާއަށް ހުށަހެޅުމާއި އެ ނޫން ވެސް ގާނޫނާ ހިލާފު އަމަލުތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުވާކަން ފާހަގަކުރެވެ އެވެ.
މި ކަންކަމަށް މައިންބަފައިންނާއި ބެލެނިވެރިން އިތުރަށް ސަމާލުވެ، ކުދިން ހަރަކާތްތެރިވާ ތަންތަން ބެލުމަށާއި ރައްކާތެރިކަމާއި ޒިންމާދާރު އުޅުމާ ބެހޭ ގޮތުން އެ ކުދިންނާ އެކު ވާހަކަދައްކައި މަޝްވަރާކުރުމަށް ފުލުހުންގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުން ބުނީ ގުރޫޕް ހަދައިގެން ކުށްކުރާ ކަމަށް ފާހަގަކުރެވޭ އެ ސަރަހައްދުތަކަށް އަމާޒު ކޮށްގެން ސްޕޮޓް ޗެކް ކުރުމާއި ދުވަހުން ދުވަހަށް ކުރާ ޕެޓްރޯލިންގެ ތެރެއިން ގާތުން މޮނިޓާކޮށް، ބަލަހައްޓަމުން ގެންދާނެ ކަމަށެވެ.
ކުޑަކުދިންގެ ރައްކާތެރިކަމާއި ދުޅަހެޔޮކަން ކަށަވަރު ކުރުމަށް މައިންބަފައިންނާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ދައުލަތާއި މުޖުތަމައުގެ ކަމާ ބެހޭ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"ކުޑަކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް، އެ ކުދިންނަކީ ޒިންމާދާރު، ހެޔޮލަފާ، ހުލްގުހެޔޮ ބައެއްގެ ގޮތުގައި މުޖުތަމައަށް ނެރެދެއްވުމަށްޓަކައ،ި އެންމެހާ މައިންބަފައިންނާއި ބެލެނިވެރިންގެ އިތުރުން، ކަމާ ގުޅުންހުރި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ވެސް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކުރުމަށް މި ފުރުސަތުގައި ގޮވާލަމެވެ،" ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
ފުލުހުން ބުނީ މި ކަހަލަ ކަމަކާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 އަށް ނުވަތަ ވިކްޓިމް ސަޕޯޓް ޔުނިޓްގެ ނަންބަރު 9770640 އަށް ގުޅަން އެދޭ ކަމަށެވެ.
ކުއްލި ހާލަތުގައި 911 އަށް ގުޅުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ....
19 August 2025
ބޭކާރު ވާހަކަ ނުދައްކާ ވަގަށް ނެގި ލާރި ހޯދަބަލަ ތިހެން ގޭންގޭ ފަޅޮލޭ ނުކިޔާ ތިހުރިހާ ކަމެއްގެ ފަހަތުގަ އުޅޭބައެއްވެސް ކަލޭމެންނަށް ސާފްވާނެ
ގުޑް ކޮޕް ބޭޑް ކޮޕް
19 August 2025
ދެން މަ ބުނާނީ އަމައްޔާއޭ. ހީވަނީ ދާދި ދެންމެއަކު އިނގުނު ކަމެއްހެން. ތި އުމުރުގެ ކުދިން ތިހެން އުޅޭތާ އަދި ގޭންގްތަކުން ރެކްރޫޓް ކުރާކަން އެތަކެއް އަހަރެއް ކުރިންވެސް އެންމެންނަށްވެސް އެނގޭ. ފުލުހުން ތި އުޅެނީ މާ ފަހަތުގަ. ފުލުހުންނާ ސިފައިން ފުރަތަމަ ކުރަންވީ ކަމަކީ ރަނގަޅު ނަމޫނާ ދެއްްކުން. ހައްތަހާވެސް ފެންނަނީ ކުށުގެ ވެށިން ކުއްކުރުމުގަ ވެސް ފުލުހުން. ކޮރަޕްޝަން. ޙަވާލުގަ ހުންނަ ޑޮލަތުކޮޅާ ޑްރަގްކޮޅު ގެއްލެނީ. މުޅި ޤައުމު މިއޮތީ އަތަށްގޮވާފަ
ބަބްސް
19 August 2025
އޯލެވެލް ނިމިގެން އާބެޗްތަކެއް ޓްރެނިންގައި އުޅޭކަމަށް ލަފާކުރެވެނީ. މިގޭދޮފުށުގައިވެސް އިންޗި ހުންނަ ފަށްއަޅައިގެން ޕެޑްލް ކުރާތަން ފެނޭ . އެތެރެކުރާ މީހުން މެރުން އަވަސް ކުރަން އެބަޖެހޭ. ދައުރު ނިމޭއިރުވެސް މިކަން ވާނެ ކަމަށް ލަފައެއް ނުކުރެވޭ.
އިހްސާސް
19 August 2025
މަޖުބޫރު ކުދިން ސްކޫލަށް ފޮނުވަން. އެތާތެރޭގައި ތިޔަ ކަން ފަށާ. ބޮޑެތި ގޭންގުތަކުގަ އުޅޭ މީހުންގެ ކޮއްކޮއަށް ނަސޭޙަތްދީގެން ސްކޫލުތެރެއިން ކުދިން މިކަމަށް ވައްދާ. މިކަން ހައްލުކުރަން ތިޔަހެން ފުލުހުން ހިނގާލިޔަކަސް ނުވާނެ. ޑުރަގު ޑީލަރުންނާ ގޭންގުތައް ނައްތާލަން މިލިޓަރީވެސް ނެރެންޖެހޭ ހިސާބުގަ މިޤައުމުއޮތީ. ދެން ރައީސް ވިދާޅުވި ނޭޝަނަލް ސާވިސްއައް ވައްދާވާހަކަ.މިއަށް ޖެހެނީ އަމިއްލައަށް ކުރިމަތިލާން.އެއްކަލަ ގުރޫޕުގަ ޖެހޭ ކުއްޖާ ލާނެތަ؟
އަނީލް
19 August 2025
ކުދިން ގުރޫޕަކަށް ނިސްބަތްވާން ބޭނުންވަނީ ހިމާޔަތް ހޯދަން. ވެރިންގެ އިހުލާސްތެރިކަމެއް ނެތީމަ ވާގޮތް ތީ...
ކޮރަލް
19 August 2025
ކުއްކުރާ ކުދީން ނާ މީހުން ގިނަ ވާނެ އެވެ. ފިހާރަ ، ހޮޓާ ، ކެފޭ ، ގޮޅި ރެސްޓޯރަންޓް ، ފަދަ ވިޔަފާރި ކުރާ ތަންތަނުގަ އެންމެ ދިވެއްސަކު ވެސް ނެތެވެ. ހުސް ބިދޭސީން ނެވެ. މި ގޮތަށް ދުނިޔޭގެ އެއްވެސް ތާކު ބިދޭސީންނަށް ވިޔަ ފާރި އެއް ނުކުރެވޭނެ އެވެ. ގަރާޖް ތަކުގަ ވެސް ހުސް ބިދޭސީންނެވެ. ހެއްވާ ކަމަކީ ގިނަ މީހުންނަކީ ތައުލީމީ އެއްވެސް ފެން ވަރެއް ހުރި ބައެއް ނޫނެވެ. އެއަރޕޯޓ އިން ފައިބާ ގޮތަށް ފިހާރަ ކެފޭ ގެ ސޭޓް ކަމެވެ.
ކިރުސައި 2.0
19 August 2025
ފުލުހުން ހުވާކުރާތަނަށް އެކުދިން ގެންދަންވީނު، އޭރުން ކޮންމެ ހުވާކުރާ ފުލުހަކަށް ކުއްޖެ ބަހައްޓާ ހުވާ ކިޔާތޯ ޔަގީންކުރަން.
ފަތިސްހަނދުވަރު
19 August 2025
ކުދިން ފަހަތުން ނުދުވެ ތިކަމުގެ އަސްލު ހޯދާފަ ފިޔަވަޅުއެޅުން ބުއްދިވެރި. ޕާރޓީތަކުގެ އިސްސަފުގަ ގޭންގް ލީޑަރުން، އޮފީސްތަކުގަވެސް ހެސްކިޔާފަ އެސޮރުމެން، ޚާއްސަކޮށް ސެކިއުރިޓީ ޓީމްގަ، ކޮންމެ ވެރިކަމެއްގަވެސް ހަމަ މިމަންޒަރު ފެންނަނީ. ނިކަމެތިން ތިބެނީ ބިރުވެރިކަމެއްގެ ތެރޭގަ. މާލޭ މަގުމަތީ ހުސް ޒޮމްބީން، ބިއްޖެހިފަ ވެއްޓިފަ އޮތަސް އަޅައެއް ނުލާ.
ވޮޗްމޭން
19 August 2025
މަޖިލިސް ކުޑަ ދޮށުގައި އެ ތިބޭ ކުދިންނަށް ވެސް ނަސޭހަތްތެރި ވާންޖެހޭ. ގުރޫޕް ހަދައިގެން އެބަތިބޭ
ލޮއްލަ
19 August 2025
18 އަހަރުން ދަށުގެ ކުދިން ކުށުގެ ވެއްޓަށް ވައްދަނީ ކޮންބައެއް؟ ފައިސާ ޑްރަގްސް ކޮފީ ސިގިރޭޓު ސައިކަލު ކާރު އެކުދިންނަށް ދެނީ ކޮންބައެއް.؟ ގޭންގުތަކާއި ޑުރަގު ލޯޑުން. ޑުރަގު ނެތިއްޔާ ގޭންގުތެރޭ ފައިސާ އެއްނުހުރޭ. ޑުރަގު އެތެރެ ކުރާމީހުން މަރައިގެން ނޫނީ އޯލް އިން ވަން ސޮލިއުޝަން އެއް ނެތް.