ޑރ. އަފްޒަލް ވިދާޅުވިގޮތުގައި، މި ދުވަސްވަރު ދުވާލަކު 4،000-6،000 އާ ދެމެދުގެ އަދަދަކަށް ކޭސްތައް އަރާނެ ކަމަށް ޕްރޮޖެކްޝަންތަކުން ދައްކާ.
އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ. އަފްޒަލް މިއަދުގެ މީޑިއާ ބްރީފިންގައި ވާހަކަ ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
23 ޖެނުއަރީ 2022 - 13:44
ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ 74 މީހަކު އެ ބަލީގެ އާ ވޭރިއަންޓް، އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އެޖެންސީގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާތަނަށް ފޮނުވި 1،196 ޕޮޒިޓިވް ސާމްޕަލްގެ ތެރެއިން 74 ކޭސް އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
މި މަހުގެ 11 ގައި ފޮނުވި 100 ޕޮޒިޓިވް ސާމްޕަލް ތެރެއިން ވެސް 50 ސާމްޕަލް އޮމިކްރޯނަށް ޕޮޒިޓިވްވެފައިވާ ކަމަށް އަފްޒަލް ވިދާޅުވި އެވެ.
"މީގެން ވެސް މި ދޭހަވަނީ އޮމިކްރޯން ފެތުރިގެންދާ ހަލުވިމިނާއި އެހެން ސްޓްރެއިންތައް އޯވާޓެކް ކުރަމުންދާ ކަން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.
ރާއްޖެ އިން އޮމިކްރޯން ފެނުނުކަން އިއުލާންކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު 5 ގަ އެވެ.
- މާލެ
- އައްޑޫ
- ހދ. ނޮޅިވަރަމް
- ހދ. ވައިކަރަދޫ
- ކ. ތުލުސްދޫ
- ފ. މަގޫދޫ
- ދ. ކުޑަހުވަދޫ
- ލ. ގަން
- ލ. އިސްދޫ
- ލ. މުންޑޫ
އަފްޒަލް ވިދާޅުވީ މި ހާލަތުގައި އެންމެ މުހިންމު ކަމަކީ މިހާރު ވެސް ހުރި އިރުޝާދުތަކަށް ފުރިހަމަ އަށް އަމަލު ކުރުން ކަމަށާއި ވަކިން ހާއްސަކޮށް ކަރަންޓީނާއި އެކަހެރިވުމަށް ދީފައިވާ މުއްދަތާ މެދު ސަމާލު ވާން ޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، މިހާރު ކޮވިޑް ފެތުރެމުންދާ ސްޕީޑަށް ބަލާއިރު ދުވާލަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދެ ގުނަ އަށް އިތުރު ވެދާނެ އެވެ. އަދި 4،000-6،000 އާ ދެމެދުގެ އަދަދަކަށް ކޭސްތައް އަރާނެ ކަމަށް ޕްރޮޖެކްޝަންތަކުން ދައްކާ ކަމަށް އަފްޒަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އޮމިކްރޯން ވޭރިއަންޓުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހޭ ވަރު މަދުވި ނަމަވެސް ޖުމުލަ ނަމްބަރުތައް އިތުރުވާ ނަމަ އެޑްމިޓް ކުރަން ޖެހޭ ޕަސެންޓު ވެސް އިތުރު ވާނެ ކަމަށެވެ. އެ ވޭރިއަންޓުގައި މަރުވާ އަދަދު ވެސް މަދު ކަމަށާއި ނަމަވެސް ކޭސްތަކުގެ އަދަދު މާ މަތިވެއްޖެ ނަމަ އެ އަދަދުތައް ވެސް އިތުރު ވާނެ ކަމަށް އަފްޒަލް ވިދާޅުވި އެވެ.
މި ދުވަސްވަރު ގިނަ އަދަދެއްގެ ބަޔަކު ކޮވިޑަށް ޕޮޒިިޓިވްވަމުން ދާއިރު ސާމްޕަލްގެ ނަތީޖާ އައުމުގައި ބެކްލޮގެއް ވެސް އުޅޭނެ ކަމަށް އޭނާ ވިދާޅުވެ އެވެ. އަފްޒަލް ވިދާޅުވިގޮތުގައި، ނަތީޖާ ހޯދަން 48 ގަޑިއިރުގެ ގެޕެއް ބޭނުންވެ އެވެ.
ރާއްޖެ އިން މިދިޔަ ތިން ވަރަކަށް ދުވަހަށް ބަލާއިރު އެވްރެޖްކޮށް ދުވާލަކު 2،000 މީހުން ކޮވިޑަށް ޕޮޒިޓިވްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯޖް
24 January 2022
ކަލޭ ކަހަލަ ނުކިޔަވާ ޖާހިލުން ގިނަވީމަ ދުނިޔެ ފަނާ މިވަނީ
ހައިލަމް
23 January 2022
ރަގަޅެއްނު!!!!
ހިބަރު
23 January 2022
އިތުރު ފިޔަވަޅެއް ނާޅާ...ޕ.ސީ.އާރ ހަދާލަ ހަދާލަ...
ހާސަރޫ
23 January 2022
އަވަހައް ފައިސާ ހަދާލާދުވާލަކު 3000 ޓެސްޓު ގުނަ 1300ރ، މިހާރު ރިސޯޓައް އެރެނީވެސް ކޮވިޑު ޓެސްޓުހަދައިގެން. ގައުމުގެ ރިށޯޓުތައް ފުންޑޭއިރުވެސް ޕީސީއާރު ހަދާލަހަދާލާ. ދެއަހަރު ތެރޭ ތި ބަލިޖެހިގެން މަރުވި މީހުންގެ އަދަދު 300 އައް ނާރާ، އެކަމު މިއޮތީ ބޮޑު ޕެންޑެމިކެކޯ.
ރަޙުމްކުޑޭ
23 January 2022
ރާއްޖެކަހަލަ ކުޑަކުޑަ ގައުމަކަށް 300 މަރު އެއީ ކުޑަކުޑަ އަދަދެއްތޯ؟
ބުރުގާ
23 January 2022
ދެން ރަގަޅެއްނު. ކަލޭމެންގެ ޕީސީއާރު ވިޔަފާރި މެކުހައް ޖެހޭނެެއްނު...
ގޮވާލާ
23 January 2022
އެތައްހާސް ބަޔަކު މެދުނުކެނޑި ޓެސްޓް ކުރިއިރު އެންމެ 74 މީހުން ތި އެއްޗަކަށް ޕޮޒިޓިވް ވެފައި ވުމަކީ ތީ ހުވަފެނެއް ފަދަ އެއްޗެއް ކަމުގެ ސާފު ހެއްކެއް. މި ފަސާދަ ހުއްޓާލުމައް އިޚުލާސްތެރިކަމާއެކު އެެދެން.
ކޮވިޑ
23 January 2022
އިންސާނީ ނަސްލައް އޮތް ބޮޑު ލަދެއް މީ. އެއްވެސް ކަމެއް ނުވާ, ޖެހޭމީހާއަށް ޖެހުނުކަން ނޭނގޭ ބައްޔަކާ ހުރެ މިތެޅޭ ތެޅުން. ދެއަހަރު ވެގެން ދިޔައީ ތި ޕޮސިޓިވް ގުނާލަ ގުނާލަ ތިބޭތާ. ބަލިވާ މީހަކު އުޅެނީކީނޫން, އެޑުމިޓު ކުރަންޖެހޭ މީހަކު އުޅެނީކީނޫން, އަމުދުން ބޭސް ގުޅައެއްވެސް ކާން ޖެހެނީކީނޫން. މިދެން ކޮން ސަކަރާތެއް. މި ކުޅިވަރު ހުއްޓަން ވެއްޖެ އެއްނު މިހާރު. އިނގިރޭސިވިލާތު, ތައިލެންޑުން ހުރިހާ ފިޔަވަޅެއް އުވާލައިފި. މި ރާއްޖޭގެ ވެރިންނަށް ވިސްނޭނީ ކޮން ދުވަހަކުންބާ. މެޑިކަލް މާފިޔާގެ އަތްދަށުން ސަލާމަތް ވާނީ ކޮންދުވަކުންބާ. ދުވާލަކު 10000 ޓެސްޓު. ކޮންމެ ޓެސްޓެއް 700. ދުވާލަކު 7 މިލިޔަން ރުފިޔާ ދިވެހި ދައުލަތުން އިސްރާފު. ބަޔަކު މަހުޖަނުންނަށް ވެއްޖެ.
ބަހާފަލައްވާލީ
23 January 2022
މުޅި ދުނިޔޭގަ އެހާ ގިނަ އެއްޗެއް މިތަނުގަވެސް ގިނައިން އުޅޭނެ.
ބިރުވެރި
23 January 2022
1،196 ޕޮޒިޓިވް ސާމްޕަލްގެ ތެރެއިން 74 ކޭސް އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވުމަކީ ވަރަށް ދައް އަދަދެއް.. ބާކީ 1000+ މީހުނެ ޖެހިފާވަނީ ކޯޗެއްތޯ އެންގުން މާމުހިންމު.. އަވަހަށްބަލާ.. އޮމިކޮރޯންޓޭކިޔާފަ މައިލްޑުވާނެޔޭ ކިޔޭކަށެއް ނެތެއްނޫން؟.. 93% މީޖެހެނީ ނުރައްކާ ވޭރިޔެންޓު.. ބިރުވެރި!
ވެދާނެ
23 January 2022
އެވާނީ ތަންކޮޅެއް ކުރީގެ ސާމްޕަލްތައް ކަމަށް. ފަހުން ފޮނުވި 100 ސާމްޕަލްއިން 50 ސާމްޕަލް ވީ އޮމިކްރޯން.. އެއީ %50 ދެއްތޯ؟ ކޮންމެ 2 މީހަކުން އެކަކު.
އިޙްސާސް
23 January 2022
ހިސާބުތަކުން ދައްކާ ގޮތުން 4-6 ހާސްއިން ޕޮޒިޓިވް ކޭސް ފެންނާނެޔޯ. މިހެންދިމާވާނެ މިހާރުވެސް ދުވާލެއްގެ މައްޗަށް 10 ހާހުން ނަތީޖާ ލިބޭނަމަ.