އެޗްޕީއޭއިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެޕިޑެމިއުލޮޖިސްޓް ޑރ. އަފްޒަލް ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
23 ޖެނުއަރީ 2022 - 15:48
ހަރުކަށި ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި މިހާރުގެ ވިސްނުމަކީ ކޮވިޑާއެކު އުޅެން ދަސްކުރުން ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.
އެ އިދާރާ އިން ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ތަނުގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ކޮވިޑް ފެތުރުނު ފުރަތަމަ ދުވަސްވަރު ހަރުކަށި ފިޔަވަޅުތައް އެޅީ އޭރު އެ ބައްޔާ ގުޅޭ ގިނަ މައުލޫމާތުތަކެއް ނޭނގޭތީ ކަމަށެވެ.
އެފަދަ ބަލިމަޑުކަމަކަށް އޭރު އެއްވެސް ގައުމެއް ތައްޔާރު ވެފައި ނެތުމުން ބޯޑަރުތައް ބަންދުކުރުން ފަދަ އެންމެ ހަރުކަށި ފިޔަވަޅުތައް ނަގަން ޖެހުނީ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭޕްރީލް 15، 2020 ގައި މާލެ އިން ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމުން، ހަމަ އެ ދުވަހު މާލެ ސަރަހައްދު ލޮކްޑައުންކޮށް، ހަރުކަށި ފިޔަވަޅުތައް އަޅައި ރާއްޖޭގެ ބޯޑަރު ބަންދުކުރި އެވެ. ދެ މަސް ދުވަހުގެ ލޮކްޑައުނަކަށް ފަހު ލުއިތައް ދޭން ފެށީ ޖޫން 15، 2020 ގަ އެވެ.
އޭގެ ފަހުން، ޑެލްޓާ ވޭރިއެންޓާއެކު ކޭސްތައް އިތުރުވާން ފެށުމުން ވެސް މިދިޔަ އަހަރު ކާފިއު އިއުލާންކޮށް، ފިޔަވަޅުތައް ހަރުކަށި ކުރި އެވެ.
"އޮމިކްރޮން" ވޭރިއެންޓާއެކު ރާއްޖޭގެ ކޭސްތައް ރިކޯޑު އަދަދަކަށް މި ދުވަސްވަރު އިތުރުވި ނަމަވެސް، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރުން ނޫނީ އިތުރު ކަމެއްގައި ފިޔަވަޅެއް ނާޅަ އެވެ. އެހެންވެ، މިއަދުގެ ޕްރެސް ކޮންފަރެންސްގައި ވެސް އެކަމާ ގުޅޭގޮތުން ގިނަ ސުވާލުތަކެއް އެޗްޕީއޭ އަށް އަމާޒުވި އެވެ.
މިހާރު އަޅުގަނޑުމެންގެ ހިޔާލުތައް މި ހުންނަނީ ބައްޔާއެކުގައި ދިރިއުޅުން ކުރިއަށް ގެންދާ ކަހަލަ އުސޫލަކަށް. ކޮންމެ ގޮތެއް ވިޔަސް 3-4 އަހަރަށް ދިގުދެމިގެން ދިޔަސް އަޅުގަނޑުމެންނަކަށް ނުތިބެވޭނެތާ ހުރިހާ ވަގުތެއްގައި އިމަޖެންސީ ހާލަތެއްގައި. ގައުމުގެ އިގުތިސޯދު ވެސް އަނބުރާ ގެންދަންޖެހޭ، އާމްދަނީ ހޯދާ މީހާއަށް އޭނާ މަސައްކަތަށް ނުކުންނަންޖެހޭ. ކިޔަވާ ކުދިން ވެސް ކިޔަވަންޖެހޭ،"--- ޑރ. އަފްޒަލް
އޭގެ ޖަވާބުގައި ޑރ. އަފްޒަލް ވިދާޅުވީ، ހަރުކަށި ފިޔަވަޅުތަކުގެ ބަދަލުގައި މިހާރު ވިސްނުން ގެންގުޅެނީ ކޮވިޑާއެކު ދިރިއުޅުން ކުރިއަށް ގެންދާށެވެ. ބަލީގެ ކުރީކޮޅު އެޅި ހަރުކަށި ފިޔަވަޅުގެ ސަބަބުން އާއްމުން އުޅުނު ހާލު ހަނދާން ނެތޭހާ ދުވަހެއް އަދި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. އަފްޒަލް ވިދާޅުވިގޮތުގައި، އެންމެ ބޮޑު ފިޔަވަޅަކީ އާއްމު މީހާގެ ދިރިއުޅުމުގެ ކަންކަން ރަނގަޅުކުރުމެވެ. ނަމަވެސް ހާލަތަށް އަންނަ ބަދަލުތަކުން ހަރުކަށި ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތުމުން، މިހާރު ދީފައިވާ ލުއިތަކާއެކު، ރައްކާތެރި ކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި ދިރިއުޅުން ކުރިއަށް ގެންދިއުމަށް އެޗްޕީއޭ އިން އިލްތިމާސްކުރި އެވެ.
"މިހާރު އަޅުގަނޑުމެންގެ ހިޔާލުތައް މި ހުންނަނީ ބައްޔާއެކުގައި ދިރިއުޅުން ކުރިއަށް ގެންދާ ކަހަލަ އުސޫލަކަށް. ކޮންމެ ގޮތެއް ވިޔަސް 3-4 އަހަރަށް ދިގުދެމިގެން ދިޔަސް އަޅުގަނޑުމެންނަކަށް ނުތިބެވޭނެތާ ހުރިހާ ވަގުތެއްގައި އިމަޖެންސީ ހާލަތެއްގައި،"ޑރ. އަފްޒަލް ވިދާޅުވި އެވެ.
"ގައުމުގެ އިގުތިސޯދު ވެސް އަނބުރާ ގެންދަންޖެހޭ، އާމްދަނީ ހޯދާ މީހާ އަށް އޭނާ މަސައްކަތަށް ނުކުންނަންޖެހޭ. ކިޔަވާ ކުދިން ވެސް ކިޔަވަންޖެހޭ."
އެހެންވެ، ޑރ. އަފްޒަލް ވިދާޅުވީ މިހާރު ބަލަނީ އާއްމު ދިރިއުޅުމުގެ ކަންކަން ހުއްޓުމަކަށް ނުގެނެސް ވީހާ ވެސް ބޮޑަށް ރައްކާތެރި ގޮތުގައި ކުރިއަށް ގެންދިއުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަނަނަ
23 January 2022
ނޫން، ކޮންމެ ހަފްތާއަކު އެއްފަހަރު ހުރިހާ އެންމެން ޕީސީއާރ ހެދުން މުހިންމީ..
ހައިލަމް
23 January 2022
"ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ 74 މީހަކު އެ ބަލީގެ އާ ވޭރިއަންޓް، އޮމިކްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ވިދާޅުވެއްޖެ" ރަގަޅު އެހެން ވީމަ!!!!
ޡިމް
23 January 2022
ރައީސް ނަޝީދު ފުރަތަމަ ތިހެން ވިދާޅުވީމަ އެންމެންވެސް ހަޖޫޖެހީ.. ކޮވިޑްއާއިއެކު އުޅެންދެން ޖެހޭނީ..
ހައިލަމް
23 January 2022
ރައިސް ނަޝީދު އެހެން ވިދާޅުވީ 2020 ގަ، އެއިރު ވެކްސިނެއް ނެތް، ހައްލަކަށް އޮތީ ހަމަ އެކަނި ރައްކާތެރިކަމުގެ ފިޔަވަޅުތަށް އެކަނި އެއިރު.... އެއިރު ގިނަ ބަޔަކު އެޑްމިޓް ކުރަން ޖެހުން.... އެއިރު ކޮވިޑް އިން ރައްކާތެރިވުމަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހުން... ކޮވިޑް ބަލީގަ މީހުން އެޑްމިޓް ކުރަން ޖެހޭ ވަރުން ސިއްހީ ނިޒާމަށް ނުކަތާ ވަރުވި... މިހާރާ އެއިރާ ވަރަށް ތަފާތު... މިހާރު އެންމެން ހެން ވެކްސިން ވެސް ޖަހައިފި...
ދުއާ
23 January 2022
އޭރު ދަސްވެފަހުރީ ނަޝީޑާއި ޓްރަމްޕްއަށް އެކަނި. އާބާދީގެ ގިނަ ބަޔަކަށް ދަސްނުވަނީސް އެކީ އުޅެން ވިސްނާކަށް ނުވާނެ. އަމިއްލަ އާއިލާގެ މީހަކު ނިޔާވެފައިވާ ފަރާތްތަކަށް މިކޮމެންޓް ވިސްނޭނެ. ނިޔާވިފަރާތްތަކަށް ރަހުމަތްލައްވާށި.
ޞޮރޮކޮލީ ސާރކާރު
23 January 2022
ކޮންދުވަހެއް ރައްޔިތިން ތިހެން އުޅޭތާ. ޥިޔަފަރިއަކަށް މިކަން ކުރަންވެގެން އުޅެނީ ކަލޭމެން. ޢަހަރަމެން މިއުޅެނީ ގަދަޔަށް ބްރޮކޮލީވެސް ކައިގެން
ރަދީފްއޮފިޝިއަލް
23 January 2022
މާސްކް ދޫކުރެވޭނެ ގޮތެއް ހަދާބަލަ.
ހައިލަމް
23 January 2022
މާސްކް ދޫކުރާކަށް ނުވޭ... ސްކޫލުގަ ވެސް ކުދިން ކެއްސާލަ، ކެއްސާލާ އެތިބޭނީ... މާސްކް އަޅާފަ ގައިދުރު ކޮށްފަ ތިބޭތީ ކުދިންގެ ތެރޭގަ ބަލި ފެތުރުން ކުޑަ... މަގުމަތީގެ ހާލަތު ހަމަ މިވަރު... މާސްކް އަޅަން ޖެހޭ
ކޮވިދު
23 January 2022
އިންސާނީ ނަސްލައް އޮތް ބޮޑު ލަދެއް މީ. އެއްވެސް ކަމެއް ނުވާ, ޖެހޭމީހާއަށް ޖެހުނުކަން ނޭނގޭ ބައްޔަކާ ހުރެ މިތެޅޭ ތެޅުން. ދެއަހަރު ވެގެން ދިޔައީ ތި ޕޮސިޓިވް ގުނާލަ ގުނާލަ ތިބޭތާ. ބަލިވާ މީހަކު އުޅެނީކީނޫން, އެޑުމިޓު ކުރަންޖެހޭ މީހަކު އުޅެނީކީނޫން, އަމުދުން ބޭސް ގުޅައެއްވެސް ކާން ޖެހެނީކީނޫން. މިދެން ކޮން ސަކަރާތެއް. މި ކުޅިވަރު ހުއްޓަން ވެއްޖެ އެއްނު މިހާރު. އިނގިރޭސިވިލާތު, ތައިލެންޑުން ހުރިހާ ފިޔަވަޅެއް އުވާލައިފި. މި ރާއްޖޭގެ ވެރިންނަށް ވިސްނޭނީ ކޮން ދުވަހަކުންބާ. މެޑިކަލް މާފިޔާގެ އަތްދަށުން ސަލާމަތް ވާނީ ކޮންދުވަކުންބާ. ދުވާލަކު 10000 ޓެސްޓު. ކޮންމެ ޓެސްޓެއް 700. ދުވާލަކު 7 މިލިޔަން ރުފިޔާ ދިވެހި ދައުލަތުން އިސްރާފު. ބަޔަކު މަހުޖަނުންނަށް ވެއްޖެ.
ސަސި
23 January 2022
ތިޔަ ބުރީފިންތަކާ، ރޭގަނޑު އިއުލާން ކުރާ ހިސާބުތަށްވެސް އިއުލާން ކުރުން ހުއްޓާލަބަލަ. ކޮވިޑު ޓެސްޓުކުރާނެ ކަމެއްވެސް ނެތް. ކޮވިޑާއެއްކޮށް އުޅުމަކީ މިއީ
އުމޭއްތަ
23 January 2022
މިއޮއް ހުރިހާ ދުވަހު ‘ތަންދޮރު ނުދަންނަ’ އާންމު ރައްޔިތުން ގޮވީ ތިހެން. ދުރުވިސްނޭ އިލްމުވެރި ޑޮކްޓަރުންނަށް މިއަދު ތިކަން ގަބޫލު ކުރެވުނުކަން އެއީ ވަރަށް ބޮޑު ވަރު
ބިލް ކުލިންޓަން
23 January 2022
މިހާރު ހުރިހާގައުމުތައްވެސް ހުރީ ތިޔަމިސްރާބަށް. އެކަމަކުވެސް ދިވެހިސިއްހީނިޒާމު އަދިވެސް އޮތީ ވަރަށްބޯދާ ގޮތްގަނޑަކަށް.