25 ޖެނުއަރީ 2022 - 06:36
ބޮލީވުޑްގެ ސްޓާރު، ކެޓްރީނާ ކައިފް އިޝްތިހާރެއް ކުޅެން ރާއްޖެ އައިސް ނެގި ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމަށް ލުމުން ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯތަކަށް ހުއްޓިއްޖެ އެވެ.
ބައެއް މީހުނަށް ހީވި ގޮތުގައި މިއީ މިދިޔަ މަހު ކެޓްރީނާ އާއި ވިކީ ކޯޝަލް ހަނީމޫނަށް ރާއްޖެ އައިސް ނެގި ފޮޓޯތަކެކެވެ. އެކަމަކު އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، އިޝްތިހާރެއް ކުޅެން ކެޓްރީނާ މިހާރު ހުރީ ރާއްޖޭގަ އެވެ.
މި ފޮޓޯތަކަކީ އެ ޝޫޓްގެ ތެރެއިން ނެގި ފޮޓޯތަކެއް ކަމަށްވެ އެވެ. އޭގެ ކެޕްޝަންގައި ކެޓްރީނާ ބުނެފައި ވަނީ ރާއްޖެ އަކީ އޭނާގެ "ހެޕީ ޕްލޭސް" ކަމަށެވެ.
މި ފޮޓޯޝޫޓަށް ފަހު، ދެން ކެޓްރީނާ ދާނީ އޭނާ ސަލްމާން ޚާންއާ އެކު ކުޅޭ ފްރެންޗައިޒް ފިލްމު "ޓައިގާ 3" ގެ ޝޫޓިންނަށެވެ.
ކެޓްރީނާ އާއި ވިކީ ކޯޝަލް ކައިވެނިކުރީ މިދިޔަ މަހު ނުވައެއްގަ އެވެ. ކައިވެންޏަށް ފަހު، އެ ދެމަފިރިން ހަނީމޫނަށް އައީ ރާއްޖޭގެ ރިސޯޓަކަށެވެ. ނަމަވެސް، އެއީ ކޮން ރިސޯޓެއް ކަމެއް ނޭނގެ އެވެ. ހަނީމޫނުގެ ފޮޓޯއެއް ވެސް އެމީހުން ސޯޝަލް މީޑިއާ އަށް ނުލަ އެވެ.
އެކަމަކު، ކައިވެންޏަށް ހީނާފަތް އެޅި ދެ އަތުގެ ފޮޓޯއެއް، ރާއްޖޭގެ ގޮނޑުދޮށުގައި ނަގައި ކެޓްރީނާ އިންސްޓަގްރާމް ކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
25 January 2022
އަހްމަދު އެކުދިން އިންޑިއާ އައުޓް ގޮވަނީ ކުރުކޮށްލާފައެވެ. އަސްލު އެކުދިން އެ ގޮވަނީ އިންޑިއާ މިލްޓަރީ އައުޓް އެވެ. އަހަރުމެން އައުޓޭ ނުގޮވިއަސް އިންޑިއާ އަދި އެހެންބަޔަކުވެސް ދާޢިމީ ގޮތަށް އެމީހުންގެ ލަޝްކަރުގެ މީހުން ރާއްޖޭގައި ތިބެން ނޭދެމެވެ.
ބަކުންބޭ
25 January 2022
އިންޑިއާގެ ފިލްމް ސްޓާރުން ރާއްޖެ އަށް މި ކޮވިޑް ދުވަސްވަރު ދަތުރުކުރުމަކީ ވަރަށް ރަގަޅު ކަމެއް، މިޤައުމު ބަނޑަށް ނުޖެހި ހިފަހައްޓޭލެވުމުގައި އިންޑިއަން ޓޫޜިސްޓުންގެ ރޯލް ބޮޑު، ޗައިނާ އެއްކޮށް ބަންދުކޮށް އެންމެ ޓޫރިސްޓެއްވެސް މިޤައުމަށް ނާދޭ، މިފަދަ ހާލަތުގައި ޗައިނާ ޒިންމާދާރުކަން ކުޑަ އަމިއްލަ އެދުން ބޮޑުކަމަށް ބެލެވޭ، އެޤައުމު ބަންދުކުރުމުން ގިނަ ޤައުމުތަކަށް ގެއްލުން ބޮޑު.
ށަވިޔަނި
25 January 2022
ކެޓްރީނާ އަކީ އަބަދު ރާއްގެ އައިސް އުޅޭ ތަރިއެއް. ރާއްޖެއާ ތިބާއްވާ ގުޅުމަށް ޝުކުރިޔާ
އަހްމަދުު
25 January 2022
ނަސީބެއްނު ކެޓްރީނާ އައުޓޭ ނުގޮވާކަން