ޚަބަރު

މަޝްހޫރު ލަވަކިޔުންތެރިޔާ ހިރިލަންދޫ ދޮން މޫސަ ނިޔާވެއްޖެ

ދޮން މޫސަ ލަވަ ވިދާޅުވަނިކޮށް ނަގާފައިވާ ފޮޓޯއެއް: އޭނާ ރޭ ފަތިހު ވަނީ ނިޔާވެފައި --- ފޮޓޯ/މުހައްމަދު ޝާތިރު ފޭސްބުކް

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ތ. ހިރިލަންދޫ ދޮން މޫސަ ރޭ ނިޔާވެއްޖެ އެވެ.

އޭނާ ނިޔާވީ ރޭގެ ފަތިހުގެ ވަގުތެއްގައި ހިރިލަންދޫގަ އެވެ.

ހދ. ކުޅުދުއްފުއްޓަށް އުފަން އެކަމަކު ފަހުން ހިރިލަންދު އަށް ދިރިއުޅުން ބަދަލު ކުރެއްވި ދޮން މޫސަ ނިޔާވީ އުމުރުން 70 އަހަރަށް ވުރެ މައްޗަށް ގޮސްފައި ވަނިކޮށެވެ.

ތާރީޚު ދިރާސާ ކުރައްވާ މުހައްމަދު ޝާތިރު މިރޭ ވިދާޅުވީ، ދޮން މޫސައަކީ ހިންދީ މުޖުރާ ސްޓައިލްގެ ލަވަތައް ވިދާޅުވުމުގައި ރާއްޖޭގައި އެންމެ ކުޅަދާނަ ބޭފުޅާ ކަމަށެވެ.

މުޖުރާ ލަވަތަކަކީ މީގެ 1،000 އަހަރު ކުރިން ފެށިގެން ރާއްޖޭގައި ކިޔަމުން އައި ލަވަތަކެއް ކަމަށާއި ތާރީޚީ ލިޔުންތަކުން އެނގެން އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދޮން މޫސައަކީ އެގޮތަށް ލަވަ ވިދާޅުވާން މިހާރު ރާއްޖޭގައި ހުންނެވި ހަމައެކަނި ބޭފުޅާ ކަމަށް ވިދާޅުވި އެވެ.

"މާލެ އައިސް ނޫޅޭތީ ގިނަ މީހުންނަށް އަސްލު ނޭނގެނީ ދޮން މޫސަ. އެކަމަކު ލަވަ ކިޔާ މީހުންނަށް އެނގޭނެ އެއީ ކާކުކަން. ދޮހޮއްބެ ވެސް ހުންނާނެ ކިޔާފައި ދޮން މޫސަ ބައެއް ލަވަތައް. އެހާ މޮޅަށް މުޖުރާ ލަވަ ވިދާޅުވި ބޭފުޅަކު ނެތް މި ރާއްޖެއަކު. އަދި އަޑު ވެސް އެހާ ރީތި ވާނެ،" ޝާތިރު ވިދާޅުވި އެވެ.

"އެހެންވީމަ ރާއްޖެ އިސްލާމްވުމުގެ ވެސް މާ ކުރިން، މީގެ 1،000 އަހަރު ކުރިން އޮތް އެ ސަގާފަތުގެ އެންމެ ފަހު ބޭފުޅާ ދޮން މޫސައަކީ."

ދޮން މޫސައަށް އެވޯޑެއް ހަވާލުކުރަނީ --- ފޮޓޯ/މުހައްމަދު ޝާތިރު ފޭސްބުކް

ލަވަ ވިދާޅުވުމުގެ އިތުރުން ސަގާފީ ކުޅިވަރުތަކުގެ އިތުރުން މާލޫދު ކިޔުމުގައި ވެސް އޭނާއަކީ މޮޅު ބޭފުޅެެއް ކަމަށް ޝާތިރު ވިދާޅުވި އެވެ. އޭނާ އެ ދާއިރާގައި 50 އަހަރު ވަންދެން ޚިދުމަތް ކުރެއްވިއިރު، ކުރީގެ މަޝްހޫރު ބޭފުޅުން ކަމަށްވާ އިބްރާހިމް ޝިހާބް ވެސް ވަރަށް ގަޔާވެ ވަޑައިގެން އެކަމަށް އެދިވަޑައިގަތުމުން ދޮން މޫސަ ލަވަ ވިދާޅުވި ކަމަށް ޝާތިރު ވިދާޅުވި އެވެ.

14 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 90%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙަސަން އަޙްމަދު

26 January 2022

ކުޅުދުއްފުށިން ހިޖުރަކުރީ އޭނާގެ ދުރު ކާފައެއް. ކޭލަކުނު ތަޅާލި ވިއްސާރައިގަ ކަމަށް ޝާތިރު ލިޔުއްވާފަ އެބަ އޮތް. ދެން އަނެއްކަމަކީ މިމީހުންގެ މުޖުރާއަކީ އިންޑިއާގެ މުޖުރާއަށް ވުން ލާޒިމެއް ނޫން. އަދި އިންޑިއާގެ މުޖުރާ ނޫންކަންވެސް އެބަ އެނގޭ ވީޑިއޯ ބަލައިލީމަ. އެކަމަކު އެއީ 1000 އަހަރުވީ ސްޓައިލަކަށް ވުމީ ކޮންމެހެން މުސްތަހީލު ކަމެއް ވެސް ނޫން އަދި އޭގެ ނަމަކީ ފަހުން އެގޮތަށް ބަދަލުވި އެއްޗަކަށް ވެދާނެ.

The name is already taken The name is available. Register?

ޝާނާ

26 January 2022

ތި ހުރިހާ ދޮގެއް މިދަނީ އެއް ދިމާއަކަށޭ

The name is already taken The name is available. Register?

ޢަބްދުއްރަޙީމް

26 January 2022

އޮޅުވާނުލާ. އިންޑިއާގެ މުޖުރާ ނެށުން ނެށޭތޯ އުޅެފައި އެހުންނަނީ. ހިރިލަންދުއަށް ތިކަމެއް ގެންދިޔައޭ މުހަންމަދުޅު. އޭގެ އަސަރު އަދިވެސް ތިހުރީ

The name is already taken The name is available. Register?

ޟާއްސިޕެ

26 January 2022

ޔޫޓިއުބްގަ ވެސް އެބަ ހުރި ދޮން މޫސަގެ އެތައް ލަވައެއް. މިހަބަރުގައި ހިމަނާލިނަމަ

The name is already taken The name is available. Register?

ބޭރުވެލާ

26 January 2022

މަޝްހޫރު ކަން މިއެގުނީ ނިޔާވި ހަބަރުން. މައްޔިތާގެ ފާފަ ފުއްސަވާ ރަހްމަތް ލައްވާށި. އާމީން.

The name is already taken The name is available. Register?

ޝަފީރު

26 January 2022

މީހަކު މަރުވުމުން އޭނަގެ ރަނގަޅު ސިފަތަކުގެ ވާހަކަ އެހެންމީހުންނަށް ކިޔައިދީ ހެދުމަކީ ރަނގަޅުކަމެއް. މުޖުތަމައަށް ފައިދާ ކުރާކަންކަން ވިއްޔާ އެވާހަކަ ދައްކައި އޮޅުން ފިލުވަދޭންވެސްވާނެ. އެކަމަކު މީހަކު މޮޅުކުރަން އެމީހެއްގެ ނެތްސިފައެއްގެ ވާހަކަ ދެއްކުމަކީ ވަރަށް ނުބައިކަމެއް. އެކަމުގެ ސަބަބުން މަރުވިމީހާގެ ސިފަތައް ދަންނަމީހުން ދޮގުވާހަަކަ ދައްކައިގެން މަޝްހޫރުވާން އުޅޭމީހުންގެ އަގުވެއްޓި އިތުބާރުގެއްލޭނީ. މިފަހަރު މިއޮތީ އެހެންވެފައި.

The name is already taken The name is available. Register?

ޑާލު

26 January 2022

އެހެން މިވީ

The name is already taken The name is available. Register?

ވ6ޔބ6ބޔ

26 January 2022

ނައިފަރު ހޭރޭމެން ސިފައިންގެ ގުރާމެން މީ މުޖުރާ ކިޔަން ދުނިޔޭގެ ނަންބަރު 1

The name is already taken The name is available. Register?

ލުކޭ

26 January 2022

މުޖުރާ އުފެދުނީ މީގެ 450 ވަރަކަށް އަހަރު ކުރިން. ދެން ކިހިނެއް މީގެ 1000 އަހަރު ކުރިން ރާއްޖޭގައި މުޖުރާ އޮންނާނީ. އެއީ މޫގަލް ރަސްކަމުގައި އިންޑިއާގެ ސަރަހައްދުގައި އުފެދުނު އެއްޗެއް. މުޖުރާ އަކީ ނެށުމެއް.

The name is already taken The name is available. Register?

ނާޖިހުދީދީ

26 January 2022

ތާރީޚީ އެއްވެސް ލިޔުމަކުން ނޭނގޭނެ 1000 އަހަރު ކުރިން މުޖުރާއެއް ރާއްޖޭގައި އޮތްކަމަށް. އެއީ މުޖުރާ އުފެދުނު ފަނުން ވެސް އަދި 500 އަހަރު ނުވާތީ.

The name is already taken The name is available. Register?

ސިނާ

26 January 2022

ދޮންމޫސަ އަކީ ޚިދުމަތްތެރިއެއް. އޭނާއަށް ﷲ ރަޙްމަތް ލައްވާށި! މި ލިޔުމުގައިވާ މުޖުރާގެ ވާ ބައެއް މައުލޫމާތު ސައްހައެއްނޫން. މުޖުރާއުފެދުނު ފަހުން އަދި 1000 އަހަރެއް ނުވޭ. އެހެން ވީމާ ރާއްޖޭގައި 1000 އަހަރު ކުރީން މުޖުރާ ލަވަކީ ވާހަކަ އަކީ ދޮގެއް. މުޖުރާ އުފެދިފައިވަނީ މޫޣަލް ރަސްކަމުގެ ތެރޭގައި. އެ ރަސްކަން އުފެނުނީ ވެސް 1526 ގައި. އޭގެ ފަހުން އަދި ވެސް 500 އަހަރު ނުވޭ. މުޖުރާ އަކީ ކޮބައިކަން ގޫގުލް ސާޗް ކޮށްލިއަސް މިކަން ސާބިތުވާނެ.

The name is already taken The name is available. Register?

އަލިދީދީ

26 January 2022

ސާތިރު ދެން އުޅުއްވާ ގޮތެެއް

The name is already taken The name is available. Register?

ށަވިޔަނި

26 January 2022

اللهم اغفر له وارحمه واسكنه في الجنة

The name is already taken The name is available. Register?

ދފދޯރި

26 January 2022

މަޝްހޫރު. އެކަމަކު ގިނަ މީހުންނަކަށް ނޭގެ. އިންޓަރނެޓުގައިވެސް ނުދައްކާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454