ކުޅިވަރު

ޔޫތު މުބާރާތުގައި ޓީސީން ވެލެންސިއާ ބަލިކޮށްފި

ޓީސީ އަށް ދެ ލަނޑު ޖަހައިދިން ފަހުމާން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

26 ޖެނުއަރީ 2022 - 00:20

1 comments

މިހާރު ކުރިއަށްދާ، 19 އަހަރުން ދަށުގެ ޔޫތު ފުޓްބޯޅަ މުބާރާތުގައި، ޓީސީ ސްޕޯޓްސް ކްލަބުން، 4-3 ން ކްލަބް ވެލެންސިއާ ބަލިކޮށްފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުުޅުނު މެޗުގައި، ޓީސީން ވަނީ ކޮންމެ ހާފެއްގައި ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ހާފު ފަށައިގެން ތިން ވަނަ މިނެޓްގައި ވެލެންސިއާގެ ކެޕްޓަން ހުސައިން ޝާވިން އަށް އަނިޔާވުމުން އޭނާ ބަދަލު ކުރަން ޖެހުނެވެ. އޭނާގެ ބަދަލުގައި ކުޅެން ނުކުތީ މުހައްމަދު ރަފާހް ޒާކިރް އެވެ.

މެޗުގައި އުފެއްދި ނުރައްކާތެރި ފުރަތަމަ ހަމަލާ އުފެއްދީ ޓީސީންނެވެ. މެޗުގެ 10 ވަނަ މިނެޓްގައި އެޓީމުގެ ކެޕްޓަން އައިހަމް ހަމްދޫން ހުސްކޮށްލާފައި ދިން ބޯޅަ އަހްމަދު ޒައުލް ނާޒިމް ފޮނުވައިލުމުން އެބޯޅަ ވެލެންސިއާގެ ކީޕަރު މޫސާ އަޔާން ހުސައިން ދިފާއު ކުރި އެވެ. މެޗުގެ 22 ވަނަ މިނެޓްގައި ވެސް ޓީސީން ނުރައްކާތެރި ހަމަލާއެއް ފޮނުވައިލި އެވެ. އައިހަމް ތަނަވަސްކޮށް ދިން ބޯޅައިން އަހްނަފް މުހައްމަދު ތަސްމީން ފޮނުވައިލުމުން އެބޯޅަ ދިޔައީ ގޯލް ދަނޑި ކައިރިން ބޭރަށެވެ.

ޓީސީން ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ. ވެލެންސިއާގެ ކީޕަރު އަޔާން ކުރި ފައުލަކާ ގުޅިގެން، ލިބުނު ޕެނަލްޓީން ޓީސީ އަށް ލަނޑު ޖަހައިދިނީ އަހްނަފް އެވެ. ޓީސީގެ ދެވަނަ ލަނޑު 40 ވަނަ މިނެޓްގައި ޖެހީ ހަސަން އަޒޫމް އަލީ އެވެ. އެލަނޑު އޭނާ ޖެހީ މުހައްމަދު ކައިފް ނަގައިދިން ކޯނަރުން ތަނަވަސްވި ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ވައްދައިލައިގެންނެވެ. އޭގެ ކުރިން ލިބުނު ފުރުސަތެއްގައި އަޒޫމް ބައިސްކަލް ކިކުން ފޮނުވައިލި ބޯޅަ ދިޔައީ ވެލެންސިއާގެ ގޯލްގެ ދަނޑި ކައިރިން ބޭރަށެވެ.

ޓީސީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ގިނަ އަދަދެއްގެ ފުޓްބޯޅަ ކުޅުންތެރިން އުފައްދާ ބ. އޭދަފުށީގެ ހަ ކުޅުންތެރިން ވެލެންސިއާގެ ޓީމުގައި ލިސްޓްކޮށްފައި ވެއެވެ. ވެލެންސިއާގެ އެސިސްޓެންޓް ކޯޗް އާފިއު މުހައްމަދު ހަމީދު ވަނީ، އޭދަފުށީގެ ފުޓްބޯޅަ ލެޖެންޑް އަބްދުލް މަޖީދު ހަސަން (މަޖިއްޓޭ) ގެ ދަރިފުޅު އީގާން އަބްދުލް މަޖީދު، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން އަރުވައިފަ އެވެ.

ވެލެންސިއާގެ ފުރަތަމަ ލަނޑު އާމިން އުމަރު މޫސާ، ޖެހީ 69 ވަނަ މިނެޓްގަ އެވެ. އޭގެ ފަސް މިނެޓް ފަހުން ފަހުމާން އަބްދުލް ހަމީދު ޓީސީ އަށް އަލުން ލީޑް ފުޅާކޮށްދިނެވެ. އަދި އޭނާ ވަނީ އިތުރު ވަގުތުގެ ފުރަތަމަ މިނެޓްގައި ވެސް އިތުރު ލަނޑެއް ޖަހައިފަ އެވެ.

އޭގެ ދެ މިނެޓް ފަހުން އިބްރާހިމް ހުސައިން ޝަފީ ވަނީ ވެލެންސިއާގެ ދެވަނަ ލަނޑު ޖެހައިފަ އެވެ. ވެލެންސިއާ އަށް ލިބުނު ހިލޭ ޖެހުމެއް އިބްރާހިމް އަޔާން އިމްތިޔާޒު ޓީސީގެ އޭރިއާގެ ތެރެއަށް ނަގައިދިނުމުން އިބްރާހިމް ހުސައިން ބޮލުން ވައްދާލީ ގޯލްގެ ތެރެއަށެވެ. އަދި ޖެހިގެން އައި މިނެޓްގައި ވެލެންސިއާ އަށް ލިބުނު ޕެނަލްޓީއެއްގައި އާމިން އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރި އެވެ.

މުބާރާޓުގެ މެޗެއް ދެން އޮންނާނީ ބުރާސްފަތި ދުވަހު އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި ނުކުންނާނީ ކްލަބް އީގަލްސް އާއި ދަ ގްރާންޑޭ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހަންމަ

26 January 2022

ޔޫތުމުބާރާތެއް ކުޅެމުންދާއިރު މިމުބާރާތް އެހެނިހެން ރަށްރަށްގައި އުޅޭފަރާތްތަކާއި ހަމައަށް ޓީވީގެ ޒަރީޢާއިން ފެންނާނެވަރު ކޮއްލާނެ ޓީވީ ޗެނެލްއެއް ނެތީބާ؟ ޔެސްޓީވީ އަކީ ޔޫތުޗެނެލް އެއްކަމަށް ދަޢުވާކުރާބައެއް.. އެފްއޭއެމް އަށް މިކަންކަން ހަމަޖައްސައެއް ނުދެވޭނެބާ؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454