އެމްޓީސީސީގެ ފަސީއީއޯ އާދަމް އާޒިމް (ވ2) އާއި ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދު (ކ2) އާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (މ) އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: އެމްޓީސީސީ
27 ޖެނުއަރީ 2022 - 16:47
ފ. މަގޫދޫ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލު ކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.
މި އެއްބަސްވުމުގެ ދަށުން، އެ ރަށުގައި އަޅާ އެއާޕޯޓުގެ ބޭނުމަށް 30.8 ހެކްޓަރުގެ ބިމާއި ރަށުގެ ތަރައްގީ އާއި އެހެނިހެން ބޭނުންތަކަށް 17 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުގައި ރިވެޓްމަންޓާއި ގްރޮއިންސް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.
ޕްލޭނިން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 650 ދުވަހުގެ ތެރޭ ނިންމާ ގޮތަށް 206.87 މިލިއަން ރުފިޔާ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުލް މުޙައްމަދު
29 January 2022
ފަރީދޫ، ކަލޭ މިފޮޓޯގައި ކޮން ސަކަރަތެއް ޖަހަނީ
ޙަކީމްބޭ
27 January 2022
މިހާރުވެސް ޖަންގަލީގެ ގޮތުގައި އެއޮތީ ބޮޑު ހުސްބިމެއް ‘ ކޮންބޭކާރު ޚަރަދެއް !! ތިމާވެއްޓަށް ގެެއްލުންދޭން ނޫންކަމެއް ނުވާނެ
ރަދީފްއޮފިޝިއަލް
27 January 2022
މެމްބަރު ހިތުން މިދެން މެމްބަރުގެ ޖީބުން ހަރަދުކޮށްގެން ކުރެވޭ ކަމެއް.މެޑަލް ޖަހަން އެތަނަށް ވަދެއެބަހުރި.