މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ: އޭނާ އަންނަނީ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމަށް އެ ޓީމާ އެކު މަޝްވަރާ ކުރަމުން.-- ފޮޓޯ: އޭއެފްޕީ
17 ޑިސެމްބަރ 2016 - 08:22
މެންޗެސްޓާ (ޑިސެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ވާނެގޮތެއް ބުނުމަކީ ފަސޭހަކަމެއް ނޫން ކަަމަށާއި މިއީ ގޮތް ނޭނގޭ ލީގެއް ކަަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ. އަމިއްލަ ދަނޑުގައި މިދިޔަ ހަފްތާގައި ޓޮޓެންހަމް އަތުން މޮޅުވިއިރު، ބުދަ ދުވަހުގެރޭ ވަނީ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. މިރޭ ރަށުން ބޭރުގައި ޔުނައިޓެޑް ނުކުންނާނީ ވެސްޓް ބްރޮމްއާ ދެކޮޅަށެވެ.
ލީގުގައި މިހާތަނަށް ކުޅުނު 16 މެޗުން ލިބުނު 27 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ ހަ ވަނައިގަ އެވެ. މޮރީނިއޯ ބުނީ ލީގުގެ މަގާމުތަކާ ގުޅޭގޮތުން އަދި ވާހަކަ ދެއްކުމަކީ ބުއްދިވެރިގޮތެއް ނޫން ކަމަށެވެ.
"ސީޒަނުގެ ދެ ބައިކުޅަ އެއްބައި ވެސް އަދި ނުނިމޭ. މި ލީގުގެ ފެންވަރާ ގުޅޭގޮތުން ސުވާލު އުފެއްދޭކަށް ނެތް. އެންމެ ލަނޑަކުން ލީގު ގެއްލިފައި އެބަހުރި. އެންމެ ބައްޔަކުން ޓީމުތަކުގެ ފޯމު އެބަގެއްލޭ. އެހެންވުމުން ވަކި ފަސޭހަ މެޗެއް ނެތްކަން އެބަ އެނގޭ. މިއީ ގޮތް ނޭނގޭ ލީގެއް،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑްގެ މެޗެއްގެ ތެރެއިން އިބްރަހިމޮވިޗް (ފޮޓޯ).-- ފޮޓޯ: އޭއެފްޕީ
ޔުނައިޓެޑް މި ސީޒަނުގައި މޮޅުވި ގިނަ މެޗުތަކުގައި ސްވިޑަންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ވަނީ ލަނޑު ޖަހައިފަ އެވެ. އުމުރުން 35 އަހަރުގެ އިބްރަހިމޮވިޗް ވަނީ މި ސީޒަނުގައި ޔުނައިޓެޑް ލީގުގައި ކުޅުނު 16 މެޗުގެ ތެރެއިން 15 މެޗުގައި ކުޅެފަ އެވެ. އިބްރަހިމޮވިޗް ނުކުޅެނީ ކާޑު ހަމަވުމުގެ ސަބަބުން އާސެނަލް މެޗެވެ.
މޮރީނިއޯ ބުނީ އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޔުނައިޓެޑަށް އިބްރަހިމޮވިޗްގެ މުހިއްމުކަން ބޮޑުވެފައިވުމުން އޭނާ އަށް އަރާމްކުރުމުގެ ފުރުސަތެއް ދެވެން ނެތުން ކަމަަށެވެ.
"މިހާރު އިބްރަހިމޮވިޗް ހުރި ފޯމުގައި ހުއްޓައި އޭނާ ބަދަލުކުރެވޭކަށެއް ނެތް. އެއީ ޓީމު މޮޅުވާން އެބަޖެހޭ ޕްރެޝަރަށް ވެއްޓުމުގެ ކުރިން. އެކަމަކު ބޭނުމެއް ނުވޭ ހުރިހާ މެޗެއް ކުޅުވައިގެން އިބްރަހިމޮވިޗް މުހިއްމު ދަނޑިވަޅުގައި އަނިޔާގެ ސަބަބުން ގެއްލޭކަށް ވެސް. އޭނާ އަށް ރެސްޓް ދޭން ބޭނުން. އެކަމަކު އަދި އެ ފަދަ ވަގުތެއް ނުލިބޭ،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑާއި ވެސްޓް ބްރޮމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑް
18 December 2016
މެންޓަލިސްޓް އަށް ބުނެލަން ބޭނުން ވަނީ ކިތައްމެ އަގު ބޮޑުކޮން ކުލުންތެރިން ގެނެސް މެންުޔޫ އަަށް ފައިދާ އެބަވެޔޭ. އަގުބޮޑުކޮން ޕޮގްބާ ގެނެސް އިބްރަހަމްވިޗް ޖަހާ ގިނަ ގޯލްތަަކަށް މަގު ފަހިކޮއްމިދެނީ ޕޮގްބާއޭ. ވުމާއިއެކު ވާނުވާ ނޭނގޭގޮތަށް ކޮމެންޓްކުރިޔަށް އަދިނުވާނޭ. ބުރޭކަށް ފަހު ސީޒަން ފެށި ލީގްގައި ދެން މެންޔޫ އޮއްނަ ހިސާބަކާއި މެދު އަލާކިޔާލަން މަޑުކޮއްލާ. ދެން ވަރަށް ވެދުން
ހަޑިގިއްލާ
30 December 2016
ޔުނައިޓެޑް ތިހާލަތައް ދާންޖެހުނީ ތިބުނާ މޮޅު ޕޮގްބާއަށް ނުކުޅެވިގެން! އެސޮރު ދަނޑުމަތީ އުޅުނުގޮތެއް ނުފެނޭތަ! 100 މިލިއަން ޕައުންޑު ރެފްރީންނަށް ޚަރަދުކުރިނަމަ، ކުރިންވެސް ލީގުނަގަނީ އެގޮތައް!
މެންޓަލިސްޓް
17 December 2016
ނޫނޭ ގޮތްއެނގޭ މިހާރު މެންޗެސްޓަރއޮތީ ލީގްދެން އަތުނުވާނެ ހިސާބަށް ދަށަށް ގޮސްފައި ، އަގުބޮޑު ކުޅުންތެރީންގެނެސްގެން އެތަށް މިލިއަން ޑޮލަރެއް ޙަރަދުކޮއްގެން އަތަށް ގޮވީމައި ތިޔަހުރިހާ ހާސަރެއްވެސް ދަމާނެ ، މޮރީނޯ ރާއްޖެއައިސް ކޯޗްކޮއްދޭން އެންމެބުއްދިވެރީ ، ،އޭރުން އަރާމުގައި މޫދަށް އެރިލާ ބީޗްގައި އުޅެވިދާނެ ،،،، ވަރަށްވެދުން