ކޯރާ ކޯރާގެ އެއާޕޯޓް ރެޕުންގެ ޓީމް-- ފޮޓޯ: ކޯރާ ކޯރާ މޯލްޑީވްސް
02 ފެބުރުއަރީ 2022 - 10:41
ރ. މާމިގިލީގައި މިދިޔަ އަހަރު ހުޅުވި ރިސޯޓް، ކޯރާ ކޯރާ މޯލްޑިވްސްގެ އެއާޕޯޓު ރެޕުންގެ ގޮތުގައި 100 ޕަސެންޓް އަންހެނުންގެ ޓީމެއް ނަގައިފި އެވެ.
މިއީ ރާއްޖޭގެ ރިސޯޓެއްގެ އެއާޕޯޓް ރެޕުންގެ ޓީމަކަށް ހުސް އަންހެނުން ނެގި ފުރަތަމަ ފަހަރެވެ.
ކޯރާ ކޯރާ އިން ބުނީ އެ ރިސޯޓުގެ އެއާޕޯޓް ރެޕުންގެ ޓީމަކީ ދިވެހި އަންހެނުންނަށް ނަމޫނާއެއް ކަމަށެވެ. އަންހެނުންނަށް ވެސް ޓޫރިޒަމް ދާއިރާއިން ކުރިއަށް ދިއުމުގައި ފުރުސަތުތައް އެބަހުރި ކަމަށާއި ކާމިޔާބު ކެރިއާއެއްގެ ގޮތުގައި އެ ދާއިރާ ހިޔާރުކުރެވޭނެ ކަން މިކަމުން ދޭހަވާ ކަމަށް ވެސް އެ ރިސޯޓުން ބުންޏެވެ.
އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖަސްޓިން ސްވާޓް ވިދާޅުވީ އެއާޕޯޓް ރެޕުންނަކީ ވަރަށް ޕްރެޝަރުގައި މަސައްކަތްކުރަންޖެހޭ ބަޔަކަށް ވިޔަސް ކޯރާ ކޯރާގެ ޓީމުން އެފަދަ ހާލަތްތައް މެނޭޖު ކުރަނީ ވަރަށް ފުރިހަމައަށް ކަމަށެވެ. އަންހެނުންނަށް މިފަދަ ވަޒީފާތައް ހޯދަން ދަތި ކަމަށާއި އެ ރިސޯޓުގެ ޓީމުގެ ސަބަބުން މެނެޖީރިއަލް ލެވެލްގައި ވަޒީފާ އަދާކުރަން ޝައުގުވެރިވާ އަންހެނުންގެ އަދަދު އިތުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަސްޓިން ވިދާޅުވި ގޮތުގައި އެ ރިސޯޓުގެ ރެޕުންގެ ޓީމާ ގުޅޭ ގޮތުން މިހާތަނަށް ޓޫރިސްޓުންގެ ފަރާތުން ލިބިފައިވަނީ ހުސް ޕޮޒިޓިވް ކޮމެންޓުތަކެވެ. އެހެންވެ، އަންހެނުންގެ ޓީމެއް ރިސޯޓުގެ މޫނުގެ ގޮތުގައި ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ފޮނުވުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދިވެހި ސަގާފަތްތައް ދައްކުވައިދޭ ގޮތައް ތައްޔާރުކޮށްފައިވާ ކޯރާ ކޯރާ ހުޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ރާއްޖޭގެ ސަގާފަތާއި ހެރިޓޭޖް ވަރަށް ބޮޑަށް ފެންނަ އެ ރިސޯޓުގައި ރާއްޖޭގެ ތާރީހު ކިޔައިދޭ މިއުޒިއަމެއް ވެސް ހުރެ އެވެ.
މި ރިސޯޓުގައި 100 ވިލާ ހުންނަ އިރު، ކޮޓަރިތައް ވަނީ ނުވަ ކެޓަގަރީއަކަށް ބަހާލައިފަ އެވެ. އޭގެ ތެރޭގައި ބީޗް ވިލާ އާއި ލެގޫން ޕޫލް ވިލާ އާއި ސަގާފަތް ދައްކުވައިދޭ ވޯޓާ ވިލާތައް ވެސް ހިމެނެ އެވެ. މި ރިސޯޓު ޑިޒައިން ކޮށްފައިވަނީ އާއިލާތަކާއި ރައްޓެހިންނަށް ވެސް ގޮސް މަޖާކޮށްލެވޭނެ ފަދަ ގޮތަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޅުވާލި
02 February 2022
ތިޔަ ޓީމްގައި ގިނައީ އިންޑިޔާ ސްޓާފުން، ދެން މާބޮޑު ކަމަކަށް ހަދައިގެން ފަލަސުރުޚީ އަޅާއިރު
ފޮނިފޮނިޓައްޕު ކުމާރު
02 February 2022
ދޯނިދޯންޏަށް އަންހެނުން އެރުވުނުދުވަހަކުން ފުރިހަމަމާނައިގާ އަންހެނުންނާ ފިރިހެނުން ހަމަހަމަވާނީ.
މުހައްމަދ
02 February 2022
ކާކުތޯ އުޅެނީ އަންހެނުންނާއި ފިރިހެނުން ހަމަހަމަ ކުރަން؟ އަހެނުންނަށް ވެސް ފުރުސަތު އެބައޮތްކަން މިހާމަ ކޮށްދެނީ އަދި އަންހެނުންވެސް މަސަތްކަތުގަ ހިއްވަރާއި އެކު މަސައްކަތް ކުރާކަން މީގެން ދޭހަވަނީ
އަލީލީ
02 February 2022
މި ގައުމުގަ ވަޒީފާގެ މާހައުލުގަ އަންހެން ފިރިހެން ތަފާތުކުރުމެއް ނެތް ހަގީގަތުގަ ބުނަންޔާ. ވަކި ޖެންޑާ އަކަށް ވަކިވަރެއްގެ ގޮނޑި ރިސަރވް ކުރަންޖެހެންޔާ އިދިކޮޅު ޖެންޑަރގެ ހައްގަށް އެ އަރައި ގަނެވެނީ. ކަނބަލުންވެސް ހަމަ ބޭފުޅުންނާ ވާދަކުރަންވީ. މަހަށް ވެސް ދާންވީ، ގެދޮރު އިމާރާތް ކުރުމުގަ ވެސް އުޅެންވީ
ޖުއްބާ
02 February 2022
ރާއްޖޭގަ އަންހެނަކު އުއްޑުން އޮތް ތެއްޔެއް ކޮޅައް ބޭއްވިއަސް އެވާނީ ބޮޑު ހަބަރަކައް. ދެން ފިރިހެނުން ތިބޭ އަތްޖަހަން.
އުމޭއްތަ
02 February 2022
ވަކި ތަނަކަށް ހުސް ފިރިހެނުން ނަގާފަ ނޫހުގަ ޖެހީމަ އެވާނީ ތަފާތު ކުރުމަށްތަ؟ އޭރުން އުތެމަ އެއްޗެއް ބުނާނެތަ؟
ފިރިހެން ފާތުމަ
02 February 2022
ފެމިނިސްޓުން ބޭނުންވާ "ހަމަހަމަ" ކަމަކީ ތިއީ. ނުކިޔެވިޔަސް ގާނުނަކުން ކޮންމެ ކުންފުންޏެއްގެ %99 ތިބެން ޖެހޭނީ އަންހެނުން ކަމަށް ލާޒިމް ކުރީމަ ބޮޑުތަނުން ރަނގަޅުވާނެ އަދި.
މަވޯޓާ
02 February 2022
އަފިރިން ހޫޅުވާ ރަޓަށް ކިޔާނީ ތޯރާ ބޯރާ
ފޫހި
02 February 2022
އަހު ހީކުރީ އެފްރިކާގެ ރަށެއްގެ ނަމެއްކަމަށް. ދިވެހި ރައްތަށްވެސް މުޅިން އަސުލު އޮޅުވާލައިފި. މިކަން ހުއްޓުވަން އެބަޖެހޭ. އެރަށަކަށް ކިޔާނަން ކިޔަންޖެހޭނެ.
ސްޕެގެޓީ
02 February 2022
މީ ތަފާތު ކުރުންތަ ނޫނީ ހަމަހަމަ ވުންތަ؟
އަހުމިއްޓޭ
02 February 2022
ބަލަ ތިބުނީ ކުއްވެރި ވެދާނެކަހަލަ ވާހަކައެއް.
ފެމިނިސްޓް ކަތްދާދީ
02 February 2022
ބްރޯ ހާސް ކަނޑާލާ. ދުވަސްކޮޅަކުން މިގައުމުގަ ފިރިހެނުން ދެވަނަ ދަރަޖައިގެ މީހުންނަށް ވާނެ.
ޚސކަަ
02 February 2022
ކަތްދާދީ ކޮމެންޓްނުކޮށް ގޮސް ތެލި ބާލަބަލަ އުނދުން މަތިން.