ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ މަތީގައި އޮތް ބޯޓެއް--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
02 ފެބުރުއަރީ 2022 - 19:37
މިދިޔަ އަހަރު ރާއްޖެއަށް 1.4 މިލިއަން މީހުން ދަތުރު ކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ 1.4 މިލިއަން މީހުންގެ ތެރޭގައި ޓޫރިސްޓުންނާއި ބިޒްނަސް ވިސާގައި އައި މީހުންނާއި އެހެނިގެން ގޮތްތަކަށް ރާއްޖެއަށް އައި މީހުން ވެސް ހިމެނޭ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، 2019 ވަނަ އަހަރު ޖުމްލަ ދެ މިލިއަން މީހުން އައިސްފައިވެ އެވެ.
މިދިޔަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 26 ގައުމެއްގެ 41 މަންޒިލަށް ދަތުރުކޮށްފައިވެ އެވެ. އެއާޕޯޓަށް 36 އެއާލައިނަކުން ދަތުރުކޮށްފައިވެ އެވެ. މިއީ 2019 ވަނަ އަހަރު ވެސް ރާއްޖެއަށް ދަތުރު ކުރި އެއާލައިންގެ އަދަދެވެ.
A much deserved applaud to all our staff, airline partners and stakeholders. 👏🏻👏🏻👏🏻👏🏻
— Velana Airport (@VelanaAirport) February 2, 2022
Without your support, we would not have gotten this far. 📈 Our performance is promising compared to pre-covid figures and we are hopeful for an outstanding year 2022 ☺️ #RoadtoRecovery pic.twitter.com/3bms9Nv5bp
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްވީޓް
މިދިޔަ އަހަރުގެ ޑޮމެސްޓިކް ދަތުރުތަކުގައި އެއާޕޯޓަށް އައި މީހުންގެ އަދަދު 360،000 އަރަ އެވެ. މިދިޔަ އަހަރު ޑޮމެސްޓިކް ދަތުރުތަކުގައި ފުރި މީހުންގެ އަދަދު އުޅެނީ 372،000 ގަ އެވެ.
މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް 29،000 ޓަނުގެ މުދާ އެތެރެކުރި އިރު 9،000 ޓަނުގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެ އެވެ. އަދި ޓްރާންސްޝިޕްމެންޓްގެ ގޮތުގައި 5،000 ޓަނު އެއާޕޯޓަށް ވައްދާފައިވެ އެވެ.
އެމްއޭސީއެލް އިން ބުނީ މިދިޔަ އަހަރު އެއާޕޯޓުގެ ޕާފޯމަންސް 2019 ވަނަ އަހަރާ ގާތް ކޮށްފައިވަނީ އެއާޕޯޓުގެ ހިދުމަތް ދިނުމުގައި އުޅޭ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތުން ކަމަށެވެ. އަދި މި އަހަރު އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ހިދުމަތްތައް އިތުރަށް ފުޅާ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ ބޮޑު ޕްރޮޖެކްޓެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން ހަދާފައިވާ އާ ސީޕްލޭންގެ ހިދުމަތް އަންނަ އޭޕްރީލްގައި ފަށައި އާ ރަންވޭ މި އަހަރުގެ ސެޕްޓެމްބަރު މަހު ބޭނުން ކުރަން ފަށާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕައުންޑޭޕައުންޑޭ
03 February 2022
ރާއްޖޭގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު އައްޑޫ ކުއްޖާ މެން ގާތު މިސަރުކާރުން ޓޫރިޒަމް މިނިސްޓަރަކަށް އައްޔަން ކުރި ކަނޑުކޮހަކު އައްޑޫ އަށް ގޮސް ބުނީ ދެން އެމެންނަށް މުސާރަ ލިބޭނީ ޕައުންޑުންނޭ އަވަހަށް ކޮންމެ މީހަކު ވެސް ޕައުންޑް އަޅަން ބޮޑެތި ފޮށި ޖަހާ ތައްޔާރުވާށޭ މިގޮތަށް ބުނުމުން އައްޑޫ ކުއްޖާ މެން އެކަތައިން ޕައުންޑް އަޅަން ފޮށި ހެދިއޭ ޕައުންޑް ކޮބާތޭ ޕައުންޑެއް ނުލިބެއޭ ޕައުންޑޭ ޕައުންޑޭ ޕައުންޑޭ ޕައުންޑޭ ޕައުންޑް ކޮބާތޭ ޕައުންޑޭ ޕައުންޑޭ
ޖަލީލީ
03 February 2022
ދެން ބަލާ ތީން ކޮންމެ ބޮލަކަށް އެންމެ ކުޑަކޮށް ބެއްޔަސް 700 ވަރަކަށް ޑޮލަރު ހުންނާނެ ހޭދަކޮށްފަ. ދެން އަންދާޒާ ކޮށްލާ ޑޮލަރު ރާއްޖެ އަށް ވަދެފަ ހުރި ވަރު. އެކަމު ރައްޔިތުމީހާ ޖީބަށް މިކަން އިހުސާސް ވޭބާ. މިގައުމުގަ ޑޮލަރު ލިބުމަކީ އަމުދުން ތަދު ކަމެއް. ގާނޫނަކުން އެބަޖެހޭ ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ ޕަރސެންޓް އެއް ރާއްޖޭގެ ބޭންކު ތަކުގަ ބަހައްޓުވަން.
ރަނގަޅުނުވެއޭ
03 February 2022
ހުރިހާ ރިސޯރޓްސް ތަކުގައި ތިބީ މުޅިން ވެސް ދިވެހިން ވަޒީފާ އިން ވަކިކޮށް ފައި ބޭރުމީހުންނޭ ގިނައީ އިންޑިއާ މީހުންނޭ ރާޖާ ބާބޫ ޕާނޫ ބާބޫ މިނަން ކިޔާ މީހުންނޭ ގިނައިން ތިބީ މިކަން ކަން ހައްލު ކޮށްދޭން ވައުދުވެގެން ވެރިކަމަށް އައިސް ރައީސް އިބޫ އާއި ޕައުންޑޭ އާއި ގުޅިގެން ދިވެހިން ރިސޯރޓްސް ތަކުން ބޭރުކޮށްލާ ބޭރުމީހުންނަށޭ ވަޒީފާ ދެނީ އިތާފުށި އަދި ކޮށްދިއްޕަރު އަދި ރީތިރަށް އަދި ހުވަފެންފުށި އަދި ފުލްމޫން މިފެންނަނީ މީގެ މިސާލު ތަކޭ ކަމެއް
ކޮރަލް
02 February 2022
އާއްމު ދިވެހީން ނަށް ފައިދާ އެއް ނުވި އެވެ. ޑޮލަރުތައް ދިޔައީ ބޭރުގެ ދަރަނި ދެއްކުމަށެވެ. ދެން މިތާ މަސައްކަތް ކުރާ ބިދޭސީން ޑޮލަރުތައް މުސާރައިގެ ގޮތުގަ އަދި ވަގަށް ބޭރު ކުރީ އެވެ. 200 ޑޮލަރު ދީފަ ފިހާރަ ސޭތް އަކަށް ބައިންދާ ބިދޭސީ މީހާ މަހަކު 2500 ޑޮލަރު ފޮނުވާ އިރު ބޭންކް އަކަށް އެމްއެމްއޭ އަކަށް ނޭނގެ އެވެ. ވެސްޓަރން ޔޫނިއަނުން ގިނައިން ފައިސާ ފޮނުވާ ބިދޭސީންގެ މައުލާމާތު ބަލާ ޝައްކު ކުރެވޭނަމަ ފުލުހުން ސުވާލު ކުރަން ޖެހެ އެވެ.
އޮނަރަބްލް އަފީފު ދީދީ
02 February 2022
މިލިޔަނުން ޓްއަރިސްޓް އެތެރެވެ ޙަރަދުކުރާ ބިލިޔަން ޑޮލަރު މިރާއްޖެއަށް ނުވަތަ ރާއްޖެއިން ހިދުމަތްހޯދުމަށް ހޭދަކުރާއިރު ރުފިޔާއަށް ބަދަލުކުރީމާ އެތައްސަތޭކަ ބިލިޔަންރުފިޔާގެ މިއަދަދުތައް އެމްއެމްއޭ އާއި ޓެކްސްއޮފީހަށާއި، އޮޑިޓްއޮފީހުގެ އިތުރުން ރާއްޖޭގައި ރެޖިސްޓްރީ ކޮށްފައިވާ އެއްވެސް ބެންކެއްގެ ހިސާބު ތަކުންވެސް ފެންނާން ނުހުންނައިރު ދައުލަތް ހިމާޔަތް ކުރާން ޤާނޫނުހަދާ މަޖިލީހަށް ވަދެ ތިއްބެވި "އިއްޒަތްތެރި މެން ...ންނަށް" މިކަންކަން ނޭގެނީތޯ؟!