ވީއައިއޭގެ ޕާކިން ޒޯން: އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި ސަރަހައްދުގައި ޕާކް ކުރުން މަނާ ވާނެ.---ފޮޓޯ: އެމްއޭސީއެލް
15 ޖުލައި 2025 - 17:39
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާ ޓާމިނަލް މި މަހުގެ 26 ހުޅުވުމުގެ ތައްޔާރީތަކާ ގުޅިގެން، އެކި ބޭނުންތަކަށް އެއާޕޯޓަށް ދާ މީހުންގެ ވެހިކަލްތަކުގެ ޕާކިން ސަރަހައްދު އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބަންދުކުރަން އެމްއޭސީއެލް އިން ނިންމައިފި އެވެ.
އެމްއޭސީއެލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހުޅުލޭގައި ހަދާފައިވާ ޕާކިން ޒޯންތައް ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމީ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ތައްޔާރުވަމުން އަންނާތީ ކަމަށެވެ.
އެމްއޭސީއެލްގެ އިއުލާނުގައިވާ ގޮތުން، އެއާޕޯޓުގެ އިރުމަތީ ފަރާތުގައި ހަދާފައިވާ ޕާކިން ޒޯނާއި ހުޅަނގު ފަރާތު ޕާކިން ޒޯނު ވެސް ކުރިއަށް އޮތް ބުރާސްފަތި ދުވަހުން ފެށިގެން މަނާ ވާނެ ކަމަށެވެ. އިރުމަތީ ފަރާތުގައި މިހާރު ޕާކް ކޮށްފައިވާ ހަތަރުފުރޮޅުލީ ހުރިހާ އުޅަނދެއް ވެސް އެ ތާރީހުގެ ކުރިން ނަގަން އެމްއޭސީއެލްގެ އިއުލާނުގައި ވަނީ އަންގައިފަ އެވެ.
ވީއައިއޭގެ ޕާކިން ޒޯން: އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މި ސަރަހައްދުގައި ޕާކް ކުރުން މަނާ ވާނެ.---ފޮޓޯ: އެމްއޭސީއެލް
އަދި ހުޅަނގު ފަރާތު ޕާކިން ޒޯނުގައި ވެސް ބުރާސްފަތި ދުވަހުގެ ހަވީރު ހައެއްގެ ފަހުން ޕާކް ކުރުން ވަނީ މަނާކޮށްފަ އެވެ.
ބުރާސްފަތި ދުވަހުން ފެށިގެން އެ ދެ ޕާކިން ޒޯންގައި ވެސް ޕާކު ކުރާ ނަމަ ފުލުހުންނާ ގުޅިގެން އުޅަނދުތައް ނަގާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
"މި ބަދަލާ ގުޅިގެން މި ޕާކިން ޒޯނުތަކުގައި ޕާކުކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި މި ކުންފުނިން ނިހާޔަތައް މައާފަށް އެދެމެވެ،" އެމްއޭސީއެލުން ބުންޏެވެ.
އަލުން އެ ޒޯންތަކުގައި ޕާކު ކުރެވޭނެ ދުވަހެއް އިއުލާން ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން އެމްއޭސީއެލުން މިހާރު އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާގިރު
16 July 2025
އެމްއޭސީއެލްގެ ތިޔަޕާކިން އުވާލަންވީ. މުވައްޒިފުން އުފުލަން ބަސް ދަތުރު ހަމަޖެއްސުމަކީ ވަރަށް ރަނގަޅުކަމެއް. ހަމަ އެގޮތަށް އެމްއޭސީއެލްގެ ވެރިންގެ ޕްރައިވެޓްކާރުތަށްވެސް އެއަރޕޯޓްގައި ޕާކްކުރުން ހުއްޓުވާލަންވީ، އެބޭފުޅުންވެސް ދަތުރު ކުރުން ރަނގަޅީ ހަމަ ބަހުގައި. ވެރިން ނަމޫނާއަކަށް ވާން އެބަޖެހޭ. ހަމަ އެގޮތަށް އެހެނިހެން ކުންފުނިތަކުންވެސް އަމަލުކުރަން އެބަޖެހޭ. ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި އޮންނަނި މިކަހަލަ ނިޒާމުތަށް.
ޖެޓްއެއަރވޭޒް
16 July 2025
އަސްލުވެސް ޕާރކިންގްތައް އުވާލަންވީ ބަހުގެ ޚިދުމަތްތައް ބޭނުންކުރަންވީ/ އަމިއްލަ ސައިކަލުގައި އެއަރޕޯރޓްތަކުގެ ވަޒީފާއަށް ގޮސް ވަޒީފާއަށް ކަޓްނަގައިމީހުން ވަރަށްގިނަ / އިރުއިރުކޮޅާ ގެއަށް އައުން އެމީހުން ކަމަކަށް އޮންނަނީ / އަދި އެތަނު ބޭރުގައި ހުންނަ ސްމޯކިންގ އޭރިއާވެސް އުވާލަންވީ
ދީދީފުޅު
16 July 2025
ތިޔަޕާކިންތަށް އަބަދަށް އުވާލަންވީ، އެމްއޭސީއެލްގައި މަސައްކަތްކުރާ މުވައްޒިވުން އެއަރޕޯޓަށް އައިސްގޮސް ހެދުމަށް ކުންފުނީގެ ބަސް އޮޕަރޭޓްކުރަންވީ. މާލޭގެ އެކިސަރަހައްދުތަކަށް މަޑުކުރާގޮތަށް ބަސް ޝެދިއުލް ހަދާފައި އެގޮތަށް އޮޕަރޭޓްކުރީމައި މުވައްޒިފަށްވެސް، ކުންފުންޏަށްވެސް އަދި ދިމާފެވައިވާ ޖާގަައިގެ ދަތިކަމަށްވެސް ހައްލު ލިބޭނެ، ތަހުޒީބު ގައުމުތަކުގައި ކަން އޮންނަނީ މިގޮތަށް. ކުރީޒަމާނުގައި އެއަރޕޯޓް މުވައްޒިފުން ދިޔައީ ފެރީގައި.
ނަންނުގަތި
16 July 2025
ކަލޭ ހީކުރި އެތާ ޕާކުކުރަނީ އެމްއޭސީއެލް މުވައްޒަފުން އެކަނި ކަމަށްތަ؟ ތަނެއް ދޮރެއް ނޭނގުނަސް ކޮމެންޓް ކުރާތި!
ފޭކު
15 July 2025
ނަމަކަށް ހުޅުވާތަނެއް. ހުޅީވީމޭބުނަން އެއްމެ ބޯޓެއް އުދުއްސާލަނީ. އާއްމުން ބޭނުންކުރަން މިއަހަރުވެސް އަދި ތިތަން ނުހުޅުވޭނެ. ހުސް އޮޅުވާލުން.
ޢެސްރަސް
15 July 2025
ޢެހެންތަ ދެން އަހަރުމެން ވަޒީފާއަށް ދާންވީ 110 ދީފަ ޓެކްސީގަ. މީއަޅެ ކިހިނެއް ހިންގަން އުޅޭ ސަރުކާރެއް.
ސަކީނާ15
16 July 2025
މީގެ ކުރިންވެސް އެތަނަށް ބަޔަކު ވަޒީފާއަށް ދިޔަ. 110 ދޭކަށް ނުޖެހޭ ކޮއްކޮ ކަންކަމަށް އަލީނު. ދުނިޔޭގަ އެއްދޮރު ބަންދުވިޔަސް އުޅޭކަށް ނޭގޭ. ދެންހުރި ގޮތްތަށް ވެސް އުދަނގުލެއްވެސް ނޫނެވެ. ޖެންޒީ ކޮމެންޓް އެއްހެން ހީވަނީ
ހސވސވސނ
15 July 2025
ކުރިންވެސް ޕާކިންޒޯނާ ނުލައި ދިރިއުޅުނީ ދެންވެސް އުޅެވޭނެ. 12 ދުވަސް ފަހުން ތިތަން ތޮއްނުޖެހޭ ވަރުކުރާނެކަމަށް އުއްމީދުކުރަން.
އުދުހޭ
16 July 2025
ކުރިން ދިވެހިން މަގޫފަތްވެސް ކޭ
ދިއްދާ
15 July 2025
ތަނެއް ދައްކާފަ ތިތަން ހުސްކޮށްބަލަ. ދެއްކުންތެރިކަމަކީ މީހާގެ ހަލާކު. އަނެއްކާ ތިތަންވެސް އަލުން ހުޅުވަނީތަ. ކެކެކެ
ދައްކާށޭ
16 July 2025
ދެއްކުންތެރިކަމަކީ މީހާގެ ހަލާކޭ ބުނީމަ ނުކެރޭނެދޯ ތަނެއް ދައްކާކަށް...
ޕާކިން
15 July 2025
އެކި ކިދުމަތް ހޯދަން ސައިކަލުގަ ދާމީހުން ޕާކުކުރަނީ ކޮންތާކުތޯ ވެސް މި ޚަބަރު ލިޔުނުއިރު އޮޅުންފިލުވާލިނަމަ ފުރިހަމަ ވީސް. މިހާރު މި ޚަބަރު ކިޔާފަ މީހުން އަންނާނީރުޅި. ނޫނީ އުޅަދެއް ޕާކު ކުރާނެ އެއްވެސް ތަނެއް އޮތްތޯނެތްތޯ އޮޅުން ފިލުވާލާފަ ލިޔުނުނަމަ ސުވާލު ނުއުފެދޭނެ.
ކީކޭ
15 July 2025
ދެން ހަމަ ރައީސް ރުއްސަން ރައްޔިތުން ބިކަވާން ޖެހޭ އުސޫލު ދޯ އޮންނަނީ. އެނޫން ގޮތެއް ނުވިސްނެނީ؟؟
ބޯބުރާންތި
15 July 2025
ކަލޭމެންނަކަށް ނޯންނާނެ ރަނގަޅު އެއްވެސް ގޮތެއް. ގެ މަރާމާތު ކުރަންވެސްވީ އެމީހަކު ހުރިތަނެއްގަ އެމީހަކު ބަހައްޓައިގެން. މަގުތައްވެސް ހަދަންވީ މަގު ބަންދުނުކޮށް. ބަނދަރު މަރާމާތުކުރަންވީ ވެސް އޮޑިދޯނިފަހަރު ނުނަގާ. ބިން ހިއްކަންވީ ވެސް މޫދު އޮތްތާ ބާއްވައިގެން. މީހަކު މޮޔަވެދާނެ...