އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން 2012 ވަނަ އަހަރު ރާއްޖެ މަތިން ދަތުރުކުރަނީ.-- ފޮޓޯ: ޔޫރަޕިއަން ސްޕޭސް އެޖެންސީ
04 ފެބުރުއަރީ 2022 - 07:50
ޖައްވީ ދިރާސާތައް ކުރުމަށް ބޭނުންކުރާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގެ މަސައްކަތްތައް ހުއްޓުމަކަށް ގެނެސް، 2031 ވަނަ އަހަރު އެ ސްޓޭޝަން ޕެސިފިކް ކަނޑަށް ވައްޓާލަން ނިންމާފައިވާ ކަމަށް، ދުނިޔޭގެ ޖައްވީ އިދާރާ ނާސާ އިން އިއްޔެ ބުނެފި އެވެ.
ދެހާސް ވަނަ އަހަރު ލޯންޗުކުރި ސްޕޭސް ސްޓޭޝަން ވަނީ ދުނިޔެ ވަށާއި މިހާތަނަށް 227 ނޯޓިކަލް މޭލު ދަތުރުކޮށްފަ އެވެ. މި ސްޓޭޝަންގައި ދުނިޔޭގެ 19 ގައުމެއްގެ 200 ވުރެ ގިނަ އެސްޓްރޮނޯޓުން މަސައްކަތްކޮށްފައިވެ އެވެ.
ނާސާއިން ބުނީ މި ސްޓޭޝަންގެ މަސައްކަތް ހުއްޓުމަކަށް ގެނައުމުން، އޭގެން ކުރަމުން އައި ޖައްވީ ދިރާސާތަކުގެ މަސައްކަތް އެ އިދާރާއާ ގުޅިގެން ކުރާނީ ވިޔަފާރީ އުސޫލުން މިފަދަ ސްޓޭޝަންތައް ހިންގާ ފަރާތްތަކުންނެވެ.
އެ މަސައްކަތްކުރުމުގެ ގާބިލުކަން މިހާރު އެ ފަރާތްތަކުގެ ހުރި ކަމަށާއި މާލީ ގޮތުން ބެލިޔަސް މިހާރު އެންމެ ރަނގަޅުވާނީ އެގޮތަށް ސްޕޭސް ސްޓޭޝަންތައް ހިންގުން ކަމަށް، ނާސާ އިން އެމެރިކާގެ ކޮންގްރެސް އަށް ފޮނުވި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ރިޕޯޓުގައި ބުނެފައިވެ އެވެ.
ނާސާގެ ސްޕޭސް ސްޓޭޝަން ވައްޓާލަން ނިންމާފައި ވަނީ ޕެސިފިކް ކަނޑުގެ ދެކުނު ސަރަހައްދަކަށެވެ. އެ ސަރަހައްދަށް ނަމެއް ވެސް ދީފައިވާ އިރު، ކިޔަނީ "ޕޮއިންޓް ނީމޯ" އެވެ. މި ސްޓޭޝަން ވައްޓާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ ޖެނުއަރީ، 2031 ގަ އެވެ.
އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ވައްޓާލުމުގެ ތައްޔާރީތައް ފަށާފައިވާ އިރު، ޗައިނާ އިން މި އަހަރު ފަހުކޮޅު އެ ގައުމުގެ އަމިއްލަ ސްޕޭސް ސްޓޭޝަނެއް ލޯންޗުކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަންނަ 2025 ގައި ނާސާގެ ސްޕޭސް ސްޓޭޝަން ޕްރޮޖެކްޓުން ވަކިވާނެ ކަމަށް އިއުލާންކޮށްފައިވާ ރަޝީއާ އިން ވެސް ވަނީ އެ ގައުމުގެ ސްޕޭސް ސްޓޭޝަނެއް 2030 ގައި ލޯންޗުކުރާނެ ކަމަށް ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާބޭބެ ނައިފަރު
05 February 2022
ޖާބިރުގެ އެދުމުގެ މަތިން ކާށިދޫ އާ ގާފަރާ ދޭތެރޭ ކަނޑަށް ވައްޓާލާތީ ރާއްޖޭގެ ފޮޓޯއަކާއެކު އެފެންނަނީ.ސާފުވެއްޖެތަ.
ފިކުރު
05 February 2022
ކީއްވެތަ ރާއްޖެ މަތީގެ ފޮޓޯއެއްލާފަ އެއިނީ! ތި އެހެންދިމާއަކަށް ވައްޓަންއުޅޭ!