ޕީޕީއެމްގެ ކެމްޕޭން ޖަލްސާގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
03 ފެބުރުއަރީ 2022 - 20:27
ދެން އޮންނަ ރިޔާސީ އިންތިހާބުގެ ބިންގާ އިދިކޮޅު ޕީޕީއެމުން އަޅާނީ ކޮމަންޑޫ ދާއިރާގެ ތިން ރަށުން ހޯދާ ކާމިޔާބީއާ އެކުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އާދަމް މިއަދު ކޮމަންޑޫގައި ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީގެ ކެމްޕެއިން ޖަލްސާގައި އޭނާ ވިދާޅުވީ، ކޮމަންޑޫ ދާއިރާ އިން ހޮނިހިރުދުވަހުގެ ބައި އިލެކްޝަނުގައި އިއްވާނީ ދިވެހި ރައްޔިތުންގެ ބަސް ކަމަށެވެ. ވޯޓުން ދައްކައިދޭނީ މުޅި ރާއްޖޭގެ ރައްޔިތުން ތިބި ގޮތުގެ މިސްރާބު ކަމަށް ވިދާޅުވި އެވެ.
"މި މަހުގެ ފަސް ވަނަ ދުވަހު ލާ ވޯޓަކީ ހަމައެކަނި އުސްތާޒު މޫސާ ފަތުހީ ހޮވަން ލާ ވޯޓެއް ނޫން. އެއީ އަޅުގަނޑުމެން އިރާދަކުރެއްވިޔާ 2023 ގައި ގާނޫނީ ގޮތުން އެހެން ސަރުކާރެއް ގެނައުމަށްޓަކައި ކުރާ މަސައްކަތުގައި އަޅާ ބިންގާ. އެ ބިންގާ އަޅާނީ މި ދާއިރާ އިން އަޅުގަނޑުމެން،" އޭނާ ވިދާޅުވި އެވެ.
ކެމްޕޭން ޖަލްސާގައި އާދަމް ޝަރީފް، މޫސާ ފަތުހީއާ އެކު. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ވަރަށް ސާބިތުކަމާ އެކުގައި މި ތިބީ. މި އިންތިހާބު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކެންޑިޑޭޓް ކާމިޔާބު ކުރައްވާނެ."
އޭނާ ވިދާޅުވީ މި އިންތިހާބުގައި ޕީޕީއެމުން ކުރި މަސައްކަތް ބަލައިގަނެ ރައްޔިތުން ތިބީ ވޯޓު ފޮށި ފުރައިދޭން ތައްޔާރަށް ކަމަށެވެ. ފައިސާގެ ބާރެއް އެ ދާއިރާއަކު ނުހިނގާނެ ކަން ދައްކައި ސަރުކާރަށް ނޫނެކޭ ބުނާނެ ކަމަށް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްވެވީ ދޮގު ބަޔާނެއް ކަމަށާއި އެކަމުން ރައްޔިތުންނަށް އޮޅުވައެއް ނުލެވޭނެ ކަމަށް ވިދާޅުވި އެވެ.
"މިއަދުގެ ބަޔާނަކީ ވެސް މި އިންތިހާބަށް ނުފޫޒު ފޯރުވަން ކުރި ކަމެއް. އެކަމަކު ކޮމަންޑޫގެ ކާކުތޯ ދިޔައީ ދެ ރައީސުން މި ރަށަށް ވަޑައިގަތްއިރު މަރުހަބާ ކިޔަން، ނުދޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
"އިންތިހާބަކަށް ކުރިމަތިލައިގެން އުޅޭއިރު ތަރުހީބު ނެތިއްޔާ ހުއްޓާލީމަ ނިމުނީ."
އޭނާ ވިދާޅުވި ގޮތުގައި ކޮމަންޑޫގައި ތާއީދު އޮތީ ޕީޕީއެމަށެވެ. ދާއިރާގެ ތިން ރަށުގެ ރައްޔިތުން ހޮވަން ބޭނުން ވަނީ ފަތުހީ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޖަގަހައިގައި ސަޕޯޓަރުން: ކޮމަންޑޫ ދާއިރާގެ ތާއީދު އޮތީ ޕީޕީއެމަށް ކަމަށް އާދަމް ޝަރީފް ވިދާޅުވި. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ފަތުހީގެ އިތުރުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދާއި އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާނު ވާދަކުރައްވަ އެވެ. އެ ދާއިރާގެ ތިން ރަށުގައި ވެސް ކެމްޕޭން ފޯރިގަދަ އެވެ.
އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ތިން ރަށް، ކޮމަންޑު އާއި މަރޮއްޓާއި ފޯކައިދޫން ވޯޓުލުމުގެ ހައްގު 3،000 އަށް ވުރެން ގިނަ މީހުންނަށް ލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެލާމަތިން
04 February 2022
މީވައްކަމަށް ދޮންކުރާ އިންތިހާބު މިއިންތިހާބު ފަތުހީއަށް ލިބިއްޖެނަމަ އަދި ވައްކަންކުރުމުގެ ފުރުސަތެއް ލިބިދާނެކަމުގެ އުންމީދު އާލާވާނެ
ހެސްކިޔާފަ
04 February 2022
އާދަނާ ދަތްދޮޅިމަތިން ހަނދާންކުރައްޗޭ , ތިކަހަލަ ކޮންމެ ވާހަކައެއް ބުނުމުގެ ކުރިން....
ބަރުތީލަ
04 February 2022
ސްޕްރީމްކޯޓު ފުރާޅު ޓިނުނަގަން މާލިއްޔަތު އަނެއްކާވެސް ނޮޅާލަން ހުރިހާ ވަޒީފާއެއް ޕީޕީއެމް އެކްޓިވިސްޓުންނަށް ދޭކަށް ރައްޔިތުން ބޭނުމެއްނުވޭ
ށަވިޔަނި
04 February 2022
މިއަށްވުރެ ރަނގަޅު ވާހަކައެއް މީހަކު ނުދައްކާނެ. ކޮމަންޑުއަކީ ރާއްޖެ ރާއްޖެއަކީ ކޮމަންޑޫ.
ތެލިތަށި
04 February 2022
ކުރިން އެޅި ބިންގާ ގަ ރެނދު ލާފަ ހުރީ. އެހެން ވެ އާ ބިންގަލެއް އަޅަން ސިމެންތި ބޭނުން ވާތީ މި ގޮނޑި މުހިންމީ ދޯ އާދަނާ
އަސްލީ
03 February 2022
ބިންގާ އަޅަންވާނީ އެމް.އެމް.ޕީ.އަރ. ސީގެ ޚިޔާނާތުގެ ހުކުމްތަކުގެ މުއްދަތު ހަމަވީމާ.
ޟާ124
03 February 2022
ތި ރައްޔިތުންނަށް ހެވެއް އެދޭ ބައެއްނޫން އަމިއްލަ އެދުންބޮޑުބައެއް
1234
03 February 2022
ގޮނޑި ނުލިބިއްޖެނަމަ ދެން ރިޔާސީ އިންތިޚާބަކަށް މަސައްކަތެއް ނުކުރާނެތާ؟
ޓިނު
03 February 2022
ޖަލުންތަ
ވިސްނުނ
03 February 2022
ކޮމަންޑޫދާއިރާގެވޯޓުން ބިންގާއަޅައިގެން ކާމިޔާބުކޮށް ވެރިކަމުގަތިބެގެންގަތްގަނޑުގަނެ، ބާކީރަށްކޮޅާއި ފަޅުފަޅުވިއްކައި، ލާރިކޮޅުހަޖަމުކޮށްލީމަ ކޮމަންޑޫދާއިރާއަށް ވަރަށްރީތިނަމެއްލިބޭނެ. ވިސްނާ! ތިކަހަލަ މީހުންގެބަހަށްހެއްލި ޅަދަށުވީމަވާނީ ޅަދަށުވިމީހުނަކަށްނޫން. ބައިވެރިންނަށް! ވިސްނާ!