މަތި ކޮމަންޑޫ ބިން ހިއްކުމުގެ މަސަކަތް ކުރިއަށްދާ އިރު ކުރިމަތިން ކޮމަންޑޫ މަލަމަތި: ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ދެ އަހަރު ތެރޭގައި ނިންމަން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
07 ފެބުރުއަރީ 2022 - 12:12
މި ރަށުގެ ހަނި ގޯޅިތަކުގެ ދެ ފަރާތުގައި އަދިވެސް ހުރީ ކުރީގެ ގެތަކެވެ. ޒަމާނީ ފެންވަރަށް ބަދަލު ގެނެސްގެން ވިޔަސް ނިސްބަތުން ކުދި ޖާގަތަކެކެވެ. ބައެއް ގެތަކަކީ ރަސްމީކޮށް ގެވަޅު ދޫނުކުރަނީސް އެ މީހަކަށް ފެނުނު ތަނެއްގައި ގެ އެޅި ޒަމާނުގައި ހިބަވެފައިވާ ގޯތިތަކެވެ. އެކަމަކު، ކޮމަންޑޫގެ ރައްޔިތުން މިހާރު ބޭނުންވަނީ ތޮއްޖެހިފައިވާ މި ދިރިއުޅުން ބަދަލުކޮށްލާށެވެ.
ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅައިލުމަކީ އެ ހުވަފެނީ މަޝްރޫއެވެ.
ކައުންސިލްގެ ނައިބު ރައީސް އާދަމް އަބްދުﷲ "މިހާރު" އަށް ވިދާޅުވީ އެއީ އިއްޔެއަކު މިއަދަކު މި ރަށުގެ ރައްޔިތުން އުއްމީދުކުރަން ފެށި ކަމެއް ނޫން ކަމަށެވެ. އެތައް ވެރިކަމެއްގައި، ވެރިންނަށް އެ އާދޭސް ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަމަށް އޭނާ ވިދާޅުވެ އެވެ.
ކައުންސިލްގެ ނައިބު ރައީސް އާދަމް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ދެ ކޮމަންޑޫ ގުޅާލައި މަތިކޮމަންޑޫގައި ދިރިއުޅެން ފެށުމަކީ ވަރަށް ކުރީއްސުރެން ހުވަފެނެއް. އުއްމީދުގައި ތިބި ކަމެއް. -- ނައިބު ރައީސް
ކޮމަންޑޫގެ ގެތަކެއް: މި ރަށުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރަން 600 ގޯތި ބޭނުންވޭ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އެކަމަކު އެ ހުވަފެންތަކުގައި ކުއްލިއަކަށް ކުލަޖެހެން ފެށީ މި ރަށް ހިމެނޭ ދާއިރާގެ ބައި އިލެކްޝަން ބޯމަތިވުމުންނެވެ. މިއީ ނުފޫޒު ފޯރުވުން ނުވަތަ މައްސަލައެއް ކަމަކަށް ކައުންސިލް އަދި ރަށުގެ ގިނަ ބަޔަކު ވެސް ނުދެކެ އެވެ.
އެއީ އިއްތިފާގެއް ކަމަށް ގަބޫލުކޮށް، އެ މީހުން ބޭނުންވަނީ މަޝްރޫއު ހިންގުމެވެ.
"މިއީ އިންތިހާބާ ދިމާކޮށް ކޮށްދިން ކަމެއް ނޫން. އިންތިހާބުގެ ތެރެއަށް ވަނީ. އެއީ އިއްތިފާގެއް."
"ކޮމަންޑޫ މީހުންނަށް ދިރިއުޅުމުގެ ހައްލު އޮތީ ބިން ހިއްކައިގެން ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅާލައިގެން. އެހެންކަމުން މި ހަރަދު ހިނގާނެ. ބަޖެޓް ވެސް ބޮޑެއް ނޫން،" އާދަމް ވިދާޅުވި އެެވެ.
މަތި ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ އުޅަންދުތައް އެ ސަރަހައްދުގައި ބިން ހިއްކުމުގެ މަސަކަތްކުރަމުން ދަނީ. -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
- މަތިކޮމަންޑޫން 16.7 ހެކްޓަރުގެ ބިން ހިއްކާނެ
- ދެ ރަށް ގުޅައިލަން ކޮންކްރީޓް ފާލަމެއް އަޅާނެ.
- ބޮޑު ހިލަ ޖަހައިގެން 1،500 މީޓަރުގެ ތޮށްޓެއް ލާނެ.
- 254 މިލިއަން ރުފިޔާ ހޭދަވޭ.
- އެމްޓީސީސީއާ ހަވާލުކުރީ ދެ އަހަރުން (2023 އަށް) މަސައްކަތް ނިންމަން.
ދެ ކޮމަންޑޫ ގުޅައިލުމުގެ ވާހަކަ ފެށުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. އޭގެ ފަހުން 2008 ގައި އުފެދުނު އެމްޑީޕީ ވެރިކަމުގައި ވެސް މިކަން ކޮށްދިނުމުގެ އުއްމީދު ރައްޔިތުންނަށް އާ ކޮށްދިނެވެ. ފަހުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ރައްޔިތުންނަށް ގޮތެއް ހޯއްދަވައިދެއްވަން ވައުދުވެވަޑައިގަތެވެ.
ކޮމަންޑޫގައި މީހަކު ޖޯއްޔެއްގައި އޮށޯވެގެން. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކޮމަންޑޫގެ މީހުންނަށް އެ ވައުދު ފުއްދަވައި ދެއްވުމުގެ ޔަގީންކަން ދެއްވީ 2019 ގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިންގަ އެވެ.
"ރައީސް ސޯލިހްގެ ވައުދު ފުއްދަވައި ދެއްވި ތަން ތި ފެންނަނީ. އެކަމުގައި އަޅުގަނޑުމެން ވަރަށް ޝުކުރުވެރިވަން. އުފާވޭ މިކަން ފެށުނީމަ." އާދަމް ވިދާޅުވި އެވެ.
މި މަޝްރޫއު ފެށި ގޮތުން ސިޔާސީ އެތައް ވާހަކައެއް އޭގައި ހިމަނައި ވާހަކަ ދެއްކުމުގެ ބޭނުމެއް އޮތް ކަމަކަށް ކައުންސިލުން ގަބޫލެއް ނުކުރެ އެވެ. ކައުންސިލާއި ރަށުގައި އެކި ޕާޓީތަކަށް ނިސްބަތްވާ މީހުން ވެސް މި މަޝްރޫއު ފެށީތީ ތިބީ އުފަލުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިގޮތުގައި، ދެ ކޮމަންޑޫ ގުޅައިލުމުގެ ފައިދާ "މުސްތަގުބަލުގައި ވަރަށް ބޮޑުކޮށް ފެންނާނެ" އެވެ. މި މަޝްރޫއަށް ހޭދަކުރާ 241 މިލިއަން ރުފިޔާ އަކީ ދުރު މުސްތަގްބަލަކަށް ކުރާ ދެމެހެއްޓެނިވި އިންވެސްޓްމަންޓެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ކޮމަންޑޫ ރައްޔިތުންގެ ދިރިއުޅުމަށް އާމްދަނީ ރަނގަޅަށް ލިބިގެންދާނެ މަގެއް އެތަނުން ހޯދާނެ.
ކައުންސިލްގެ ތަސައްވުރަކީ އެތަން ވަރަށް ތަފާތު ގޮތަކަށް ޕްލޭންކޮށް, އިގްތިސާދީ ގޮތުން ވެސް ފައިދާ ހޯދުމެވެ. އެތަނުގައި ގެތައް ހުންނާނީ ކޮމަންޑޫގައި މިހާރު ހުރި ގޮތަށް ތޮއްޖެހިފައެއް ނޫނެވެ. ޒަމާނީ ގެތައް ހަދާނީ ޓޫރިޒަމްގެ އާ ޕްރޮޑަކްޓް, ހޯމް ސްޓޭ ހިންގޭހާ ފެންވަރު ރަނގަޅުކޮށް ކަމަށް ކައުންސިލުން ބުންޏެވެ.
"ކޮމަންޑޫ ރައްޔިތުންގެ ދިރިއުޅުމަށް އާމްދަނީ ރަނގަޅަށް ލިބިގެންދާނެ ގޮތެއް އެތަނުން ހޯދާނެ," އާދަމް ވިދާޅުވި އެވެ.
ދެ ކޮމަންޑޫ ހިއްކައިގެން ގުޅާލުމުގެ މަސައްކަތުގައި އުޅެމުންދާ އެމްޓީސީސީގެ މުއައްޒަފުން މަތި ކޮމަންޑުއަށް ފައިބަނީ. މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް ވަނީ ފެށިފައި -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ލޯކަލް ޓޫރިޒަމަށް މަތިކޮމަންޑޫ ހުޅުވައިލުމަކީ ދިގު މުއްދަތަކަށް ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރަން ކައުންސިލްގެ ޕްލޭނެވެ. ޓޫރިސްޓުންގެ ޝައުގުވެރިކަން އެތަނަށް ލިބޭނެ އެއް ކަމެއްގެ ގޮތުގައި ކައުންސިލްގެ ވިސްނުމުގައި އޮތީ ކަޅުއޮއްފުންމި ރޮނގެވެ.
"ކަޅުއޮއްފުންމި ރޮނގު އެތާ އޮތުމުން މިތަން ދެކިލަން ބަލާލަން ޓޫރިސްޓުން އަދި ދިވެހިން ވެސް އަންނާނެ,"
މި ރަށުގެ މީހުން މިހާރު ތިބި ހާލަތުން އަރައިގަނެވޭނީ މި ވަގުތަށް ވެސް 600 ގޯތި ލިބިގެންނެވެ. މަތިކޮމަންޑޫ 17 ހެކްޓަރަށް ހިއްކައި ބޮޑުކުރިއަސް އެ އަދަދަށް މަތިކޮމަންޑޫއަކުން ގޯއްޗެއް ނުނެގޭނެ އެވެ.
އެކަމަކު ކޮމަންޑު އާއި މަތިކޮމަންޑު އަށް ބަހާލައިގެން 500 ގޯތި ނެގިދާނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ. މިކަމުގައި ގޮތް ނިންމާނީ ރައްޔިތުންނާ މަޝްވަރާކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ.
ދެން ދޫކުރާނީ ކުރިން ދޫކުރިހާ ކުދި ގޯއްޗެއް ނޫނެވެ. ޖާގައިގެ ގޮތުން ތަނަވަސްވާނެ ކަމުގެ ޔަގީންކަން ކައުންސިލުން ދެ އެވެ.
ކޮމަންޑޫގައި ދެ ކުއްޖަކު މަގެއްގެ މަތީގައި. ރައްޔިތުންގެ އުއްމީދަކީ ދެ ކޮމަންޑޫ ގުޅާލުން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"މި ރަށުގައި ގޯތި ދޫކޮށްފައި އެބަހުރި 30 ފޫޓު 40 ފޫޓަށް. އެކަމަކު މަތިކޮމަންޑޫން އެންމެ ކުޑަ ގޯއްޗެއް ވެސް 40 ފޫޓު, 50 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ،" އޭނާ ވިދާޅުވި އެވެ.
"އެކަމަކު އެތާ އެޅޭނެ ގެތަކަކީ ވަރަށް ރީތިކޮށް އޭޅޭނެ ގެތަކެއް. އަޅުގަނޑުމެންގެ ތަސައްވުރާ އެކު ކުރިއަށް މިދަނީ. އެ ގެތަކީ ބައިވަރު ޓޫރިސްޓުން ވެސް އުޅޭނެ ގެތަކަކަށް ވާނެ."
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަނާ ދިމާކޮށް ފެށި މަޝްރޫއަކަށް ވުމުން އެތަން ނުހިކެނީސް ކުއްލިއަކަށް މަސައްކަތް ހުއްޓާލައި މަހާޖައްރާފް ވެސް އެތަނުން ގެންގޮސްފާނެ ކަމުގެ ބިރު ބައެއް މީހުންނަށް އެބައޮތެވެ. އެކަމަކު ކައުންސިލަށް އެ ހާސްކަމެއް ނެތެވެ.
ނައިބު ރައީސް ވިދާޅުވީ ބާރު ސްޕީޑުގައި އެ މަޝްރޫއު ނިންމާލާނެ ކަމަށެވެ. ދެ ކޮމަންޑޫ ގުޅާލުމުގެ މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރަނީ ދެ އަހަރުގެ ތެރޭގަ އެވެ.
އިއްތިފާގެއް ކަންނޭނގެ މިހެން ދިމާވުން. މިއީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅެއް. ފެނިދާނެ ކަންނޭނގެ ކުޑަކޮށް އަވަސްވާނެ ތަން.
"ހިއްކައި ނިމުނީމަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕްލޭން ކުރެވޭނެ ބިން ދޫކުރަން. ދެން އޮންނާނީ ބްރިޖާއި ރިވެޓްމެންޓް ޖެހުން ފަދަ ކަންކަން," އޭނާ ވިދާޅުވި އެވެ.
އާދަމް ވިދާޅުވިގޮތުގައި، ކޮމަންޑޫ ގުޅައިލުމަކީ އިންތިހާބަށް ފެށި މަޝްރޫއެއް ކަމަށް ގަބޫލެއް ނުކުރެއްވެ އެވެ.
ކޮމަންޑު އާއި އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ފަޅު ރަށް، މަތި ކޮމަންޑޫ ގުޅައިލުމަށް ބިން ހިއްކުމުގެ މަސައްކަތްކުރަމުންދަނީ-- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
"ކޮންމެ ކަމަކަށް ވެސް ސަބަބެއް މެދުވެރިވާނެ. އިއްތިފާގެއް ކަން ނޭނގޭ މިހެން ދިމާވުން. މިއީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅެއް. ފެނިދާނެ ކަންނޭނގެ ކުޑަކޮށް އަވަސްވާނެ ތަން. އަޅުގަނޑު ދަންނަވާނީ ލަސްނުވެ މިކަން ފެށުމަށް ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅުގައި ހުރީމައޭ މިކަން ފެށުނީ," އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނި ކަލޯ
08 February 2022
މިއީ އިންތިހާބާ ދިމާކޮށް ކޮށްދިން ކަމެއް ނޫން. އިންތިހާބުގެ ތެރެއަށް ވަނީ. އެއީ އިއްތިފާގެއް." މިއީ ކާކު ޤަބޫލް ކުރާނެ ވާހަކައެއް
އުދުހޭ
08 February 2022
ތިއަށްވުރެ ރައްޔިތުންނަށް ފައިދާ ބޮޑުވީސް ނުގުޅުވާ އަދި ބިން ނުހިއްކާ ގެސްޓްހައުސް އެޅިނަމަ.
އަހުމަދު އަލީ
07 February 2022
އެހެންވީމަ މިކަން މީ މައުމޫން ވެރިކަމުގަ ފެށި ކަމެއްތާ ؟
ބޮޑުމީހާ
07 February 2022
ތި ޕްރޮޖެކްޓެއް މިވެރިކަމުގ ނުނިމޭނެ. ކޮންމެ ރަށެެއްގަ ތާރުއަޅާ ބަދަރުހަދާ ސްކުލްތައް އަޅާ ހުރިހާކަމެއްކޮށް ނިންމިޔަސް އާބާދީ ބޮޑުބައި އުޅެނީ މާލޭގަ. މިރާއްޖޭގަ ހުރިހާ ރަށެއް ތަރައްގީކުރަން މިކުރަނީ ފޫނެއްފަޔަކަށްފެންފުރުން ކަހަލަކަމެއް. އާބާދީގައި 5000 ހަމަނުވާ ހުރިހާ ރަށެއް އެއްފަސްކުރަންވީ
ާއުނިމާ
07 February 2022
ކިނބިދުއާއި ވޭމަންޑު ގުޅުމަކީ ރައީސް އިބޫގެ ވައުދެއް! މިމަސައްކަތް ކިހާ ހިސާބަކުބާ؟ މި ދެރަށުގެ ރައްޔިތުންނަށްވެސް 16.7 ހެކްޓަރު ހިއްކައިދީ 250 މިލިޔަން ޚަރަދު ކުރަންޖެހޭނެ! ނޫނީ އިންސާފެއްނޫން، ނޫނީ ހެޔޮވެރިކަމަކަށް ނުވާނެ! ކޮމަންޑު ދާއިރާގެ އިންތިޚާބުން އެގުނީ ޙައްޤު މިންވަރު މިހާރު ނިކަން މަތިވެއްޖެކަން! ދެން ވޯޓު ލިބޭނީ ހުރިހާ ރައްތަކައްވެސް ޙައްޤު މިންވަރު ދީގެން! ވަﷲ ޢަޢުލަމް!
ރާއްޖެ
07 February 2022
ގއ. ވިލިގިއްޔާ ކޫއްޑޫވެސް.
ދިވެހިރައްޔިތުމީސް
07 February 2022
ޔާމީނު ހިއްކާނީ ފެންވަރައިގެން އޭނާގެ ފައި. ބިން ހިއްކަނީ ރައްޔިތުންގެ ފައިސާއިން، އެކަންތައް ކުރަން ރައްޔިތުން އައްޔަނުކޮށްފައި ތިބޭ ބަޔަކު. އެއީ ޔާނެއް ސޯލިހެއް ކާސިމެއް ކުރާ ކަމެއް ނޫން.
ސަންޕަދަރި
07 February 2022
މާދަން ހުއްޓާލާނެ މަސައްކަތް އީޕީއޭ ހުއްދަ ނުދިނޭ އީޕީއޭ އިން ހުއްޓުވީއޭ ކިޔާފަ, ތިބޭތި އެތަންބަލަން, މަ ހުންނާނަން ހޭން,,
އަލިފުޅު1111
08 February 2022
ސަންޕަދަރި ތިބުނީ ވަރަށް ބޮޑު ތެދެއް. ތިޔަ ޕްރޮޖެކްޓަށް ވާނީއެހެން. އެއްވެސް ދިރާސާއެއް ކުރުމެއްނެތި ކުރާ ތިޔަކަހަލަ ކަންތައްތަކަށް ދެންވަންނާނީ އެންޓިކޮރޮޕްޝަނުން. ދެން ހުއްޓޭނީ.. އޭގެން ފަހުން ޞާލިހް ވެރިކަމަށް އަރަން ވޯޓް ހޯދަންވީމަ ގޮސްބުނާނީ ކޮމަންޑޫ ދެބުރިއަށްނެގުމުގެ ޕްރޮޖެކްޓޭ ދެންއޮތީ..ބުނާއިރަށް ކޮމަންޑޫގެ އެމްޑީޕީ ގްރޫޕްގަނޑު ތެޅިގަންނާނެ..
ޙަބީބު
07 February 2022
ތިޔަދާއިރާގެ އެތައްސަތޭކަ ބަޔަކު ކުޅުދުއްފުއްޓައް ކޮން މެ ދުވަހަކުދާނެ ހޮސްޕިޓަލައް ދައްކަން ޒަރޫރީ އެތައް ކަ މެއްގަ އެއާޕޯޓުގަ ލައިޓު ކޮޅު ނުޖެހި 3 އަހަރު ނި މެނީ ޗައިނާގެ ކުންފުންޏަކައް 100 ދުވަހުން ނިން މަން ހަވާލު ކުރިކަން މިހަރު ނޫހައް އެނގޭނެ ޓާޝެރީ ހޮސްޕިޓަލެއް ހަދަން ކިޔާތާ 30 އަހަރު ހުރި މެޝިނަރީ ބޭނުން ކޮއްލަންއެނގޭ ޑޮކްޓަރަކުނެތް މަގެއްނުހެދޭ ރިސޯޓުގަނޑެއްނެތް މީ ހދ އަތޮޅު އެން މެ އާބާދީބޮޑު ސިޓީގެ ހާލަތު އިންތިހާބައް ރިސްވަތުގެ ގޮތުގ
އަނީސާ
08 February 2022
ކަލޯ ހަބީބޫ..ކުޅުދުއްފުށީމީހުން އެމްޑީޕީއަށް ވޯޓްއަޅާއިރު ތިޔަކަމެއް ނުބަލާނެ..
ފޫހި
07 February 2022
ތިޔަ ދެ ރަށް ގުޅާލުމުން ވެސް ހައްލެއްނެތްކަން އަހަރެންނަށް އިނގޭ. އެއީ 17 ހެކްޓަރަކީ ހައްލެއްނޫން. އެއަށްވުރެ ތިޔަރަށާގާތުގައިވާ 8 ކިލޯމީޓަރުގެ ފަޅު ހިއްކައިގެން ތިޔަރަށާ ބުރިޖަކުން ގުޅާލުން މާ ބޮޑަށްވެސް ފައިދާބޮޑުވާނެ. ތިޔައީ ބޮޑު ޚަރަދެއްކޮށްގެން އެކަށޭނަ ހައްލެއްނޫން. ދެން ހުސެން ދުނިޔޭގައި ހުންނެވިނަމަ ތިޔަ އިއްތިފާގު ދިމާވާނެބާ؟ ލޮލަށް ފެންނަން ހުންނަކަމުގައި ވެސް އިންސާނާ އޮޅުވާލުމީ އޭނާގެ ނިކަމެތިކަން.
ދޮންބެއަލީ
07 February 2022
ފުރަަތަމަ ޔާމިނު ހިއްކިބިން ބާއްވައިގެން ރައްޔިތުން ނަށް ގޯތި ނުދީ މިހާދުވަސްވީގޮތެއް ބަލަންޖެހޭ. ކައުންސިލުގައި ކަންކަން ކުރަން އެގޭމީހުން ނެތީމަ ކަމެއްނުވަނީ.. މޮޅުވާހަކަ ދައްކަނީ ރައްޔިތަކަށް ފަސޭހަވާނެ އެއްވެސް ކަމެއް ނުކުރެވޭ.. ހިޔާލުތައް ހުންނަނީ އާސްމާނުގައި ..
ހަކަތަ
07 February 2022
މިދުނިޔެވެސް ހިތްކީ ޔާމީނު! 5 އަހަރުތެރޭ ކޮމަންޑޫ ދާއިރާ ދޫކޮށްލާފަ އޮވެފަ މިއަދު ކޮންބޭކާރު ވާހަކައެއް؟ 2018 ވެސަް ގެއްލުނީ ޔާމީނުގެ ބޮޑާކަމާ އަބުއިކަމުން! މި އިންތިހާބުވެސް ހޮޅިރާލާއެކު ގެއްލިދިޔައީ ނާގާބީލު ޔާމީނެއްގެފަހަތު ފަތުހީ މަސައްކަތްކުރުމުން! އަލިފާ ބާ ވަކިކުރަން ނޭންގޭމީހުން ޔާމީނުގެ މަކަރުދަށުގަލުމަކީ އަޖާއިބުކަމެއްނޫން! ދެތިން ކެނަ ނިކުމެގެން ޔާމީނު ފަހަތު އުޅުނަސް މެޖޯރޓޯއޮތީ އެގޮތަކަށްނޫން!