ރިޕޯޓް / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

މަހުލޫފުގެ މައްސަލަ: ސަރުކާރަށް ހުތުރަކަށް ނުވަނީތަ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިނިސްޓަރު މަހުލޫފް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ-- މަހްލޫފުގެ މައްޗަށް ދައުވާ އުފުލި ނަމަވެސް އެއްވެސް ފިޔަވަޅެއް ނާޅާ-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ މިނިސްޓަރަކާ މެދު ކޮރަޕްޝަންގެ ތުހުމަތުކުރެވި ދައުވާ އުފުލުމަކީ ކުޑަ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ކަމަށް ބުނި ސަރުކާރެއްގެ ފަރާތުން މިއީ ކުޑަކޮށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަނުގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ބައިވެރިވި ކަމުގެ ތުހުމަތުކުރެވި ދައުވާ އުފުލުމަށް މީގެ ދެ މަސް ކުރިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވިޔަސް އޭނާ އަދިވެސް ހުންނެވީ ކެބިނެޓްގަ އެވެ. ޒުވާނުންނަށް ނަމޫނާ ދައްކަވާ މިނިސްޓަރުގެ މަގާމުގަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ މި ސަރުކާރުން ވީ ވައުދެއް ނަމަވެސް މަހްލޫފާ ހިސާބުން މައްސަލަ މަޑުޖެހިއްޖެ އެވެ. އޭގެ ހެއްކަކީ ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ ގުޅިގެން ހިންގާ ޖޮއިންޓް ތަހުގީގުން ހޯދުނު ހެކިތަކަށް ބަލައި ޕީޖީން މަހްލޫފުގެ މައްސަލަ ކޯޓަށް ހުށަހެޅުމުން ވެސް ސަރުކާރަށް އެއީ މާ ބޮޑު ކަމަކަށް ނުވުމެވެ.

ކޮރަޕްޝަނާއި ދެފުށް ފެންނަ ސިޔާސަތުތަކުގެ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތް ނަމަވެސް މަހްލޫފާ ޖެހިވަޑައިގަތުމުން އަޅާނެ ފިޔަވަޅެއް ނެތެވެ. އޭނާގެ ޝަރީއަތްތައް ފެށުމަށް ކޯޓުގައި ތާވަލުކޮށްފައި އޮއްވާ ވެސް ފެނިގެންދިޔައީ ސަރުކާރުގެ އިސްވެރިންނާ އެކު ރަށްރަށަށް ދަތުރުފުޅު ފެއްޓެވި މަންޒަރެވެ. މި ދައުވާއަކީ މާބޮޑު ކަމަކަށް ނުވި އެވެ.

ސާފްޗެމްޕިއަންޝިޕްގެ މެޗެއްގައި ގަލޮޅު ދަނޑުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަހްލޫފްއާ ވާހަކަ ދައްކަވަނީ-- މަހްލޫފްގެ ސަސްޕެންޝަން އުވާލީ ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔޫތު މިނިސްޓްރީން ޒުވާނުންނަށް މި ދައްކަނީ ކޮންކަހަލަ ނަމޫނާއެއް؟

އެމްއެމްޕީއާރުސީގެ ފައިސާ އިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި ހިފި ކަމުގެ ދައުވާ މަހްލޫފްގެ މައްޗަށް ކުރާއިރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން މަހްލޫފް ރިޝްވަތު ހިފާފައި ވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި މަހްލޫފް ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް، ވޯޓުދިނުމުގެ މުގާބިލްގައި ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

އެއް އަހަރަށް ވުރެ ދިގު ހުކުމެއް މަހްލޫފްގެ މައްޗަށް އަތުވެއްޖެ ނަމަ އޭނާގެ ވަޒީރުކަމުގެ މަގާމު ގެއްލޭނެ އެވެ. މަހްލޫފްގެ މައްޗަށް އުފުލާފައި މިވާ ދައުވާ ސާބިތުވެއްޖެ ނަމަ، ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ މަހްލޫފް ވެސް ވިދާޅުވަމުން ދިޔައީ އޭނާގެ މައްޗަށް ދައުވާ އުފުލައިފި ނަމަ، މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ. އެކަމަކު ފަހުން ވިދާޅުވި އެއްޗެއް ބަދަލުވީ އެވެ. އޭނާގެ މައްޗަށް ދައުވާކުރަން ނިންމި ނިންމުމަކީ ޒާތީ ނިންމުމެއް ކަމަށް ވިދާޅުވެ ޔޫތު މިނިސްޓަރުގެ ޕީއޭ އަޒްމޫން އަހުމަދު އާއި ޕީޖީ ހުސެއިން ޝަމީމްގެ ޗެޓްލޮގްގެ ފޮޓޯތަކެއް އާންމުކުރައްވައި ވިދާޅުވީ، "އިސްތިއުފާ ނުދޭނެ ކަމަށާއި ކޯޓުން ހަގީގަތް ސާފުވާނެ" ކަމަށެވެ.

ބޮޑެތި ތުހުމަތުތަކެއް އޮތަސް، އަނެއްކާ މިހާރު ފެނިގެން ދަނީ ކޯޓުގެ ޝަރީއަތްތައް ލަސްކޮށް ކޯޓަށް ހާޒިރުވުމުގެ އުޒުތައް ވެސް ދައްކާ މަންޒަރެވެ. އެންމެ ފުރަތަމަ މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ މަހުގެ 20 ވަނަ ދުވަހަށް ތާވަލުކުރި ނަމަވެސް ވަކި ސަބަބެއް ނާންގާ ކޯޓުން އަޑުއެހުން ފަސްކުރީ އެވެ. އޭރު މަހްލޫފް އުޅުއްވީ މަސައްކަތުގައި އަވަދިނެތި އަތޮޅު ތެރޭގަ އެވެ.

ފަހުން ކޯޓުން ބުނީ އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށެވެ. އެކަމަކު އެހެން ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންގެ ޝަރީއަތްތައް ވެސް ކުރިއަށްދާއިރު ވަކި މަހްލޫފުގެ ޝަރީއަތް މި ދުވަސްވަރު ނުގެންދެވެންވީ ކީއްވެތޯ އާންމުން ސުވާލު އުފައްދަ އެވެ. އެންމެ ބޮޑު ތުހުމަތަކީ ކޯޓަށް ވެސް ނުފޫޒު ފޯރުވާ ކަމެވެ. މި ވަގުތު ވެސް ރާއްޖެއިން ބޭރުގައި ހުންނެވި މަހްލޫފު މާލޭގައި ނޫޅުއްވަނީ މި މައްސަލައިގެ އަޑުއެހުންތައް ފަށާފާނެތީ ކަމުގެ ތުހުމަތު ވެސް އެބަ ކުރެ އެވެ.

ޒުވާނުން ނަމޫނާ ބަލަން ހުންނެވި ބޭފުޅާ ވެސް ހަމަ އެގޮތެވެ. ދާދިފަހަކާ ޖެހެންދެން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި އަސްހަދު އަލީ (އަޑުބަރޭ) ޝަރީއަތަށް ފިލައިގެން ރާއްޖެއިން ބޭރުގައި ހުންނެވިއިރު އޭނާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ އާއި ރޭޕްކުރި ކަމުގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކޯޓަށް ހާޒިރުނުކޮށްދީގެންނެވެ.

އަލީ ވަހީދު، އައްސަދާ އެކު: އައްސަދު ވަނީ އަލީ ވަހީދު ރާއްޖެ ވަޑައިނުގެންފި ނަމަ ޒިންމާވާން އެއްބަސްވެވަޑައިގެންފައި- މިހާރު ފައިލް ފޮޓޯ

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ އަލީ ވަހީދު ރާއްޖެއިން ބޭރަށް ބޭހަށް ދިއުމަށް ޖާމިނުވި އަޑުބަރޭ ވެސް އޭނާގެ މައްސަލަ ކޯޓުގައި ކުރިއަށް ދަނިކޮށް ފިލުމަކީ މިއީ ހަމަ އިއްތިފާގެއްތޯ މީހުން ސުވާލު އުފައްދަ އެވެ. މިއީ ދުރާލާ ރާވައިގެން ހިންގި ޖަރީމާއެއް ކަމަށް މީހުން ތުހުމަތުކުރަނީ އެއްވެސް ހިލަމެއް ނެތި އަލީ ވަހީދެކޭ އެއްގޮތަށް އޭނާ ވެސް ފިލައިގެން ދިއުމުންނެވެ.

ޔޫތު މިނިސްޓްރީން މި ފެންނަ ނަމޫނާ ބަލައިގަނެވިދާނެ ހެއްޔެވެ؟ ބޮޑެތި ކުށްތަކެއްގައި ތުހުމަތުކުރެވިފައި ތިބި ބަޔަކު ޒުވާނުންނަށް ނަމޫނާ ދައްކަވަން ތިއްބެވިއިރު މި ގައުމަށް މި ވަގުތު އެންމެ ބޭނުން ޖެހިފައި ވަނީ ޒުވާނުންގެ އާބާދީ އިސްލާހު ކުރެވިދާނެ ފަދަ ބޭފުޅުންނެވެ.

މަހްލޫފަށް ބަލަނީ ސަރުކާރު ބޭޒާރުކޮށްލަފާނެތީ؟

މަހްލޫފުގެ މައްސަލައިގައި އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވާ ސަބަބުތައް ބައިވަރެވެ. މި ސަރުކާރުގެ ކުރީކޮޅު ބައެއް މިިނިސްޓަރުންނަށް އެކިއެކި ތުހުމަތުތައް ކުރެވި އެ ބޭފުޅުން މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ބައެއްގެ މެމްބަރުން ގަދައަށް ހިފި އެވެ. އެގޮތަށް ކުރިމަތިވި ފިއްތުންތަކުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ހުންނެވި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވެސް އިސްތިއުފާ ދެއްވީ އެވެ. އެކަމަކު އެމްޑީޕީއާ ހިސާބަށް އައުމުން މިއީ ސަރުކާރު ބަދުނާމުކުރުން ކަމަށް ވެސް ނުވި އެވެ. އޭރު ގަދައަށް ވާހަކަ ދެއްކެވި މެމްބަރުންގެ އަނގައިން ވެސް ބަހެއް ނުނިކުތެވެ.

"ރާއްޖޭގެ ގާނޫނު އަސާސީގައި ގަވާއިދުތައް އެންމެންގެ މައްޗަށް ހިންގަންވާނީ ހަމަހަމަ އުސޫލުންނޭ ބުނެފައި އޮތަސް، އެ މަންޒަރެއް ނޫން މިއަދު ފެންނަނީ. ކޮބައިތޯ ކިރިޔާ ތުހުމަތެއް ކޮށްލި އިރަށް މުޅި ގައުމު އެ ފުށް މި ފުށަށް ޖަހާ އަބްދުﷲ އަމީން މަގާމުން ބޭރުކޮށްލަން ފޫގަޅައިގެން ނިކުތް ނަޝީދު/އީވާ ފެކްޝަން މީހުން؟ ލަދު ކޮބައިބާ؟،" މީގެ ކުރިން މަހްލޫފާ ގުޅިގެން "މިހާރު" ގައި ޝާއިއުކުރި ރިޕޯޓަކަށް ކޮމެންޓްކުރި މީހަކު ބުނެފައިވެ އެވެ.

މަޖިލީހުގައި ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮވެ، ސަރުކާރު ޒިންމާދާރުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭ މަންޒަރެއް ވެސް ނުފެނުނެވެ.

"އަލީ ވަހީދު ފުރުވާލުމާ، މަހްލޫފު މަގާމުގައި ހުރުމާ މިއީ އަދުގެ ސަރުކާރުގެ ފުރިހަމަ ރޭވުން. އިންސާފާ ޑިމޮކްރަސީ އަށް ލޯބި ކުރާ އެމްޑީޕީ އަށް ވެސް ކަމެއް ވާހެން ވެސް ހީނުވޭ،" ސަރުކާރަށް ފާޑުކިޔަމުން މީހަކު ބުންޏެވެ.

ކޮމަންޑޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އާދަމް، "މިހާރު" އަށް ވިދާޅުވީ މި ސަރުކާރުގެ އެއްވެސް މޯރަލް ވެލިއުއެއް ނެތް ކަމަށާއި އެއްވެސް ކަމެއްގައި ރައްޔިތުންނަށް ރީތި ނަމޫނާއެއް ނުދެއްކޭ ކަމަށެވެ.

"ޒުވާނުންނަށް ވަރަށް ގޯސް މިސާލެއް ސަރުކާރުން އެ ދައްކަނީ. މަހްލޫފުގެ މައްސަލަ އެކަންޏެއް ނޫން. ކޮމަންޑޫ ބައި އިލެކްޝަނާ ދިމާކޮށް ވެސް ހަމަ ރައްޔިތުންނަށް ފެނިގެން ނުވާނެ އެތައް ކަމެއް އެދިޔައީ ފެނިގެން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރަކީ ވަރަށް ކޮރަޕްޓް ސަރުކާރެއް ކަމަށްވާތީ މަހްލޫފުގެ މައްސަލައަށް ވެސް މާބޮޑު ސަމާލުކަމެއް ނުދެނީ ކަމަށެވެ.

ހަގީގަތުގައި މަހްލޫފު ވިދާޅުވެފައި އޮތީ ސަރުކާރު ބޭޒާރުކޮށްލާނަމޭ އޭނާއަށް ބެހެފިއްޔާ. އެހެންވީމަ ސަރުކާރު މިއޮތީ މަހްލޫފުގެ މުށު ތެރޭގައި ފިތިފައި. އެހެންވީމަ އަސްލު ގޮތެއް ނުހެދިގެން އުޅޭ ކަމަށް ގަބޫލުކުރެވެނީ،-- އާދަމް ޝަރީފް

ސަރުކާރަށް މިކަން ހުތުރެއް ނޫން؟

ސަރުކާރުން ކުރިން ގެންގުޅު އުސޫލަކީ ހިޔާނާތުގެ ތުހުމަތު ކުރެވޭ ނަމަ އެ މީހަކު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުން ނަމަވެސް ތަހުގީގު މަރުހަލާ ދިގުލައިގެން ދިއުމުގައި ހައްލުތަކެއް ނުފެނިގެން އުސޫލަށް ބަދަލު ގެނައީ ދައުވާކޮށްދޭން ޕީޖީއަށް ފޮނުވުމުން ފިޔަވަޅު އަޅާ ގޮތަށެވެ. މި އުސޫލު ދެ ވަނަ ފަހަރަށް ބަދަލުކުރީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ގޮތެއް ނިމުމުން ފިޔަވަޅު އަޅާ ގޮތަށެވެ.

މި ނިންމުމުގައި ތިއްބައި މަހްލޫފްގެ މައްސަލަ އާދަޔާ ޚިލާފަށް ޕީޖީ އޮފީހުގައި ވެސް ލަސްވީ އެވެ. ދައުވާކުރުމާ މެދު ގޮތެއް ނުނިމި މަސްތަކެއް ހޭދަވުމުން ސަރުކާރަށް ވެސް އެކަން ބަލައިނުގަނެވި މަހްލޫފްގެ ސަސްޕެންޝަން އުވާލާ މަސައްކަތަށް ނެރުއްވީ އެވެ.

ޒުވާނުންގެ މިނިސްޓްރީ މާކުރިން އޮތީ ސާފު ކުރަން ޖެހިފަ އެވެ. ހަގީގަތަކީ، އެ މިނިސްޓްރީގެ އެންމެ އިސް ދެ ބޭފުޅަކު ބޮޑެތި އަދި ހުތުރު ތުހުމަތުކޮށްފައި އޮވެ، ޝަރީއަތް ހިނގަމުން ދިޔައިރު ވެސް އަދި ޝަރީއަތް ހިނގަމުން ދާއިރު ވެސް ވަޒީފާގައި ތިބި ކަމެވެ. މިއީ ރީތި ނަމޫނާއެއް ނޫނެވެ.

29 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 0%
icon angry icon angry 94%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔަގީން23

08 February 2022

2023 އިބޫސޯލިހް ފަސޭހަކަމާއެކު ނަގާނެ. މަހުލޫފްގެ މަގްބޫލުކަން މިހާރު ެސް ޕާޓީ ގްރާސްރޫޓްގައި އަންނިއަށްވުރެ ގަދަވާނެ. ކުޅި ަރުގެ ދާއިރާއަށް އަންނަ ކުރިއެރުމަކީ އިބޫގެ 23 ކާމިޔާބީގެ މުހިންމު ބޮޅެއް.. އަލީވަހީދު ކުއްލިއަކަށް އެއްލާލު މަކީ އިބޫއަށް ހެދުނު މިސްޓޭކެއް. އަމީނުވެސް ބެހެއްޓުނުނަމަ އިބޫއަށް ހާސްފައިދާކުރީސް. ނަޝިދު އަޑީގަ ހުރެގެން މި އެންމެން ދުއްވާލީ އިބޫ ބަލިކަށިކުރަން. އެކަން އޭނާ ކޮށްފި

The name is already taken The name is available. Register?

ބަނާނާ ރިޕަބްލިކް100

08 February 2022

މިސަރުކާރުގަ ރޫލް އޮފް ލޯ އެއް ނޯވޭ. ހޯރަ އިއްބެ، ރޯޔަލް ސަފާރީ ރޭޕް ކޭސް، އަލީ ވަހީދު އަދި އަޑުބަރޭ، އެމްޕީ ޔައުޤޫބު މަގާމު ގެއްލޭ ވަޒީފާއަކާ ހަވާލުވި މައްސަލަ، ކޯޓުތަކުގަ ތިބި ނުފޫޒުގަދަ ކުއްވެރިން ދޫކުރާ ގާޒީން، ޖޭއެސްސީ އިސްލާހު ނުކުރި މައްސަލަ، ވެރިކަމަށް އަންނަން ގާނޫނު އަސާސީ ބަދަލު ކުރަން ބޭނުންވާ މައްސަލަ، ސުޕްރީމް ކޯޓަށް ގާތް ރައްޓެހިން ލާ މައްސަލަ، މި ހުންނަނީ ސަރުކާރުގެ ފެންވަރު.

The name is already taken The name is available. Register?

އަލޭ

08 February 2022

ޖާބިރު ކަހަލަ މީހަކަށް ރޖގެ އެޑްވައިޒަރުކަން ދިން ވެރިކަމެއްގަ ހިނގާނެ މިކަހަލަ ކަންކަން. ކިތަންމެ ވަރަކަށް ބަޔަކު ރުޔަސް މި އަޑި-ކަޅު ވެރިކަން ގެންނަން މަސައްކަތްކޮށްދިން ބައެއްގެ ގައިގަ އަތެއްނުލެވޭނެ. ރީތި ގޮތުގަ ގެނެއްސަ އޮތް ވެރިކަމެއް ނޫން މިއީކީ. ބްލެކްމެއިލްވެފަ އޮތް ބްލެކް ވެރިކަމެއް މިހާރު މިއީ. އިބޫ ވަރަށް ގިނަ ކަންކަން ރަގަޅަށް ކުރެވޭތޯ އެބަބަލާ އެކަމު ވެރިކަމުގެ ބިންގާ އެޅިގޮތުން ހަނުހުންނަންޖެހޭ ގޮތްހުސްވާ ކަންކަން ވަރަށް ގިނަވާނެ

The name is already taken The name is available. Register?

ހެސްކިޔާފަ

08 February 2022

ޔާންޓޭ ޖަލަށް ހުކުމް ކުރާނެކަން ޔަގީން. އެވަރަށް ހުރީ ފައިސާގަ ޖެހިފަ . ވެރިކަމުގައި ހުރެ ކުރިކަންތައް އެއީ. ރިޝްވަތު އެހެން ފަރާތްތަކަށް އަދީބު މެދުވެރިކޮށް ދިނީވެސް ޔާންޓޭ. އަދީބަށް އެމަނިއްޕުޅު 500 އިންސައްތަ ދެއްވިއެއްނޫންތޯ.އުމުރު ބަދަލުކޮށް ނައިބުރައީސްކަން ދެއްވިނޫންތޯ. ހަލާލުނޫން ފައިސާ ގެއަށްވަން ވާހަކަ ވިދާޅުވިއެއްނޫންތޯ......

The name is already taken The name is available. Register?

ބަރުހުދާރު

08 February 2022

ޔާމީން ފައިސާގައި ޖެހުނަސް ނުޖެހުނަސް ޔާމީނަކީ 14 ބުރީގެ ގެޔެއް ބެންކް ލޯނާނުލައިވެސް ހެދޭނެ ފައިސާ ހުންނާނެ މީހެއް. ޔާމީނު އުމުރު ދުވަހު އުޅުނީ މިނިސްޓަރުކަމުގައާއި ތަންތާގެ ޗެއަރމަންކަމުގައާއި މަޖުލީހު މެންބަރުކަމުގައި. އިދެގެން އުޅެނީ މުއްސަނދި އާއިލާއެއްގެ މީހަކާ. ކުއްޔަށް ދީފައި ހުރި ބިންތައް ޔާމީނުގެވެސް އެބަހުރި. މީހުން ގުނބޯހައްދަން ޔާމީނަށް ގެޔެއް ނެހެދޭނެކަން ދައްކަން އުޅޭނެ ކަމެއްނެތް. ތިވާހަކަ ގަބޫލުކުރާނީ މަގުމަތީ އެކްޓިވިސްޓުން.

The name is already taken The name is available. Register?

ޑޭވިޑް

08 February 2022

މަހްލޫފްގެ މައްސަލައަކީ ސަރުކާރުންކުޅޭ ޑުރާމާއަކައް ވިޔަސް ނުވިޔަސް އެ މައްސަލައަކީ މިސަރުކާރައް ހުތުރަކައްވާކައް ނުޖެހެ.

The name is already taken The name is available. Register?

ނެކްސްޓް

08 February 2022

ނުވާނެއެއްނު މިއީ ގުޅިގެން ކިރާވައްކަމެއް

The name is already taken The name is available. Register?

ސޯލިހްބެ

08 February 2022

އަނެއްހެން މާބޮޑު ލަދުވެތި ކަމެއް ހުތުރު ކަމެއްނެތް. ތިކުދިންނަށްވެސް އެނގޭނެ ޑްރާމާ ފިލްމް ތަކުގެ ބަތޮލުންނަކީ ކިހާ ވަރެއްގެ ބައެއްކަން. އެމީހުންގެ މޮޅު އެކްޓް ފެނިފަ ތިކުދިންނަށްވެސް ރޮވޭނެ.

The name is already taken The name is available. Register?

ރެޓޭ

08 February 2022

ސަރުކާރަކަށް ހުތުރެއް ނޫނޭ މަހުލޫފު ގޮވައިގެންގޮސް ކޮމަންޑޫ ދާއިރާއަށް ކޭންޕޭން ކުރަންވެސް! ރައީސް މީހާއަށްވެސް ހުތުރެއް ނޫނޭ ގޮނޑިއަކަށްޓަކާ 500 ، 600 މިލިޔަން ގާނޫނާ ޚިލާފަށް ޚަރަދުކޮށް ނުފޫޒު ފޯރުވުން. އިންސާނުންގެ އަޚްލާގިއްތު ނެތިއްޖެނަމަ ވަލުޖަނަވާރުންނާ ވަކިތަފާތުކަމެއް ހުރޭތޯ؟

The name is already taken The name is available. Register?

މިވަރެއްނެތް

08 February 2022

ލަދުހަޔާތް ކެނޑިއްޖެނަމަ އިންސާނާ ކޮންމެ ފަދަ ކަމެއްވެސް ކުރާނެކަމަށް ހަދީސެއްގައިވޭ. މަމެންނަށް މިއަދު ވެފައިމިވަނީ އެހެން. އެހެންވެދޯ އަލިވަހީދާއި އަޑުބަރޭ ފިލާ، އަދީބު ގޭގައި ހުރެ، "ރޯޔަލް ރޭޕް" ކަންބޮޑުނުވެ، މަސްތުވާތެކެތި ޓަނުން އެތެރެކުރާ މީހުން ކުށުން ރެކޭއިރުވެސް އެކަމަށް ހައްލެއް ހޯދަން ނޫޅެނީ! ގޮނޑިއާއި މަގާމާއި ބާރުލިބުމުން ހުރިހާ ކަމެއްވެސް މަމެންނަށް ފުދުނީ ކަހަލަ! ދެން އުޅޭނީ ތިމާގެ ޖާހާއި ޝާނާއި ޝައުކަތު ބޮޑުނުވެގެން!

The name is already taken The name is available. Register?

އާމިނާބީ

08 February 2022

އެންމެ ފަހުން މަހުލޫފު މަގާމުން ވަކި ކުރާނީތޯ ނޫނީ މައްސަލަ ބަލާ ނިމެންދެން މަޑު ކުރާނީތޯ މަހުލޫފު އަމިއްލައައް އިސްތިއުފާދޭނީތޯ ސަރުކާރުން ދެކޮޅައް ކިރަކިރާފަ ހަދާނެ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނު ޖެހުނީމަ މަހުލޫފު ވަޒީފާއިން ވަކިކޮށް ބުނާނީ އިބްރާހިމް ސަރުކާރަކީ ޒީރޯޓޮލަރެންސް ސަރުކާރެކޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454