ލަތާ އާއި ދަރްމެންދުރަ--
09 ފެބުރުއަރީ 2022 - 05:56
މިދިޔަ އާދިއްތަ ދުވަހު މަރުވި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ޖަނާޒާ ކުރިއަށް ގެންގޮސްފައި ވަނީ މުމްބާއީގެ ޝިވާޖީ ޕާކުގަ އެވެ. ރަސްމީ އިއްޒަތުގައި ލަތާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިޔައިރު އިންޑިއާގެ އެންޓަޓެއިންމަންޓް އިންޑަސްޓްރީގެ އެތައް ތަރިންނެއް އެ ޖަނާޒާގައި ބައިވެރިވި އެވެ. އެކަމަކު ކުރީގެ ތަރި، ދަރުމެންދުރަ އެތަނަކުން ނުފެނުނެވެ.
ޖަނާޒާގައި ބައިވެރިވި ނުވެވުނު ސަބަބު އާންމުކޮށް އުމުރުން 86 އަހަރުގެ ދަރުމެންދުރަ ބުނީ ލަތާގެ މަރުގެ ހަބަރާ އެކު އޭނާ އަށް ވަރަށް ބޮޑަށް އުނދަގޫވި ކަމަށެވެ. އެކަމަކު ވެސް ޖަނާޒާ އަށް ދިއުމަށް ތިން ފަހަރެއްގެ މަތިން ތައްޔާރުވި ކަމަށާއި އެކަމަކު އެވަރުން ވެސް އެތަނަށް ނުދެވުނީ ކަމަށް ބުންޏެވެ.
ދަރުމެންދުރަ ބުނި ގޮތުގައި އޭނާ އަށް ލަތާ ވަކިވެގެންދާ މަންޒަރު ދެކެން ހިތަށް ކެތްނުވީ އެވެ.
"އެންމެ ފަހަރަކު އެއް ނޫން. ތިން ފަހަރު އެތަނަށް ދިއުމަށް އަަހަރެން ތައްޔާރުވިން. އެކަމަކު ކޮންމެ ފަހަރަކު ވެސް ފަހަތަށް ޖެހެވުނީ ލަތާ ވަކިވެގެންދާ މަންޒަރު ބަލަން ކެތްނުވާނެތީ. އެ ހަބަރު އިވުމާ އެކު އަހަންނަށް ވަރަށް އުނދަގޫ އިހުސާސްތަކެއް ކުރެވެން ފެށީ،" އިންޑިއާގެ ނޫހަކަށް ދަރުމެންދުރަ ބުންޏެވެ.
The whole world is sad , Can’t believe you have left us !!! We will miss you lata ji 🙏 pray for your soul be in peace.🙏 pic.twitter.com/oWOob8pa3T
— Dharmendra Deol (@aapkadharam) February 6, 2022
ލަތާ އާއި ދަރުމެންދުރަގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮތެވެ.
ކޮވިޑްގެ ތެރޭގައި ދިމާވި ދަތިތަކުގައި އެހީތެރިވުމުން މީގެ ކުރިން ވެސް ދަރުމެންދުރަ ވަނީ ލަތާ އަށް ޝުކުރު އަދާކޮށްފަ އެވެ. މީގެ ދެ އަހަރު ކުރިން، އާންމުކުރި ވީޑިއޯގައި ދަރުމެންދުރަ ބުނެފައި ވަނީ އޭނާ އަށް ޕޯޓަބަލް މިއުޒިކް ޕްލޭޔަރެއް ލަތާ ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި ދަރުމެންދުރަ ކުރި ޓްވީޓެއް ކިޔުމަށް ފަހު ވެސް ލަތާ އޭނާ އަށް ގުޅައިގެން ވާހަކަ ދެއްކި އެވެ.
އެ ޓްވީޓް ކިޔުމަށް ފަހު ލަތާ ގުޅައިގެން ހިތްވަރު ދިނީ އޭނާ އަށް އެ ޓްވީޓު މާ ހިތާމަވެރިކަމަށް ފާހަގަކުރެވުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy