09 ފެބުރުއަރީ 2022 - 11:39
ކޮވިޑް-19 ޖައްސައި ވައިރަހުގެ ބާވަތްތަކުގެ ތެރެއިން އޮމިކްރޯން ބާވަތުގެ ވައިރަހުން އެ ބަލި ފެތުރެން ފެށި ފަހުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ބައި މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް ބަލީގައި މަރުވެފައިވާ ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔޫއެޗްއޯ) އިން ބުނެފި އެވެ.
އެ ޖަމިއްޔާ އިން ބުނި ގޮތުގައި ކޮވިޑުން ދިފާއުވުމުގެ ވެކްސިން ޖަހަމުންދާއިރު ވެސް، މިހާ ގިނަ އަދަދެއްގެ ބަޔަކު މަރުވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ. އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހަކީ، ކޮވިޑް ޖައްސައި ވައިރަހުގެ އެހެން ބާވަތްތަކަށް ވުރެ މާ ހަލުވުކޮށް ފެތުރޭ ވައިރަހަކަށް ވާއިރު، މިހާރު ގިނަ މީހުންނަށް ކޮވިޑް ޖެހެނީ ވެސް އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހުން ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.
ޑަބްލިޔުއެޗްއޯ އިން ބުނި ގޮތުގައި ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދު މިދިޔަ ފަސް ހަފުތާގައި ވެސް ދިޔައީ މައްޗަށެވެ. އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހަކީ، އެހެން ކޮވިޑް ވައިރަސްތަކަށް ވުރެ އޭގެ ގެއްލުން ކުޑަ ވައިރަހަކަށް ވިޔަސް، އޮމިކްރޯންގެ ނުރައްކާތެރިކަން ކުޑަ ނޫން ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.
އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑް ވޭރިއެންޓެކެވެ. އޭގެ ކުރިން އެންމެ ނުރައްކާތެރި ގޮތެއްގައި ފެތުރެމުން ދިޔައީ އިންޑިއާ އިން ފެނުނު ޑެލްޓާ ބާވަތުގެ ކޮވިޑް ވޭރިއެންޓެވެ. ޑެލްޓާ ބާވަތުގެ ކޮވިޑް ވައިރަހުން ކޮވިޑް ޖެހުމުން، ބަލި މީހާގެ ހާލު ވަރަށް ބޮޑަށް ދެރަވެ، އެނދުމަތިކޮށްގެން ފަރުވާ ދޭންޖެހޭ ބަލި މީހުންގެ އަދަދު ވަރަށް ބޮޑަށް މަތިވެ އެވެ.
ޑެލްޓާ ބާވަތުގެ ވައިރަހުން ކުރިމަތިވާ ނުރައްކާތަކާ އަޅައި ބަލާއިރު، އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހުގެ ނުރައްކާ ކުޑަކަމަށް ޑޮކްޓަރުންނާއި ސިއްހީ ތަޖުރިބާކާރުން ބުނި ނަމަވެސް، އެ ބާވަތުގެ ވައިރަހުން ކޮވިޑް ޖެހޭ މީހުން މަރުވާ ނިސްބަތަށް ބަލާއިރު، އޮމިކްރޯންއަކީ ވެސް ނުރައްކާ ކުޑަ ވައިރަހެކޭ މުޅިން ބުނެވޭކަށް ނެތެވެ.
އޮމިކްރޯން ބާވަތުގެ ކޮވިޑް ވައިރަހުން ކޮވިޑް ޖެހޭ މީހުންނަށް މާބޮޑުވަރު ނުވާތީ، ގިނަ ބަޔަކު އުންމީދު ކުރީ، އޮމިކްރޯންއާ އެކު ކޮވިޑްގެ ވަބާއީ ހާލަތު ނިމިގެންދާނެ ކަމަށެވެ. އަދި ކޮވިޑަކީ އާދައިގެ އަރިދަފުސް ރޯގާއެއްގެ ގޮތުގައި ބަލައިގެން ކުރިއަށް ދެވިދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިހާދު އަލީ
11 February 2022
ދިވެހިން އަޑުއަހާކައް ބޭނުމެއް ނުވެޔޭ މިވާހަކައެއް. ދިވެހިން ބޭނުންވަނީ ބިންހެލުމެއް އައިސްގެން، ނޫނީ ސުނާމީއެއް އަރައިގެން، ނޫނީ ތޫފާނެއް އަރައިގެން ދާއިރު، އެގައުމެއްގައި މިސްކިތެއް އެކަނި ސަލާމަތް ވީ ވާހަކައޭ! ނޫނީ އަފްގާން ކުދިންކޮޅު މޮޅުވާ ވާހަކަ އޭ. ނޫނީ ޖަމަލު ރޭސް ޖަހައިގެން ކުވައިތު މޮޅުވިވާހަކައޭ. އެއްގޮތަކައްވެސް އެންމެން އެއްވަރުވާ ވާހަކަ އެއް ބޭނުމެއް ނޫން. ފޮތުގަ މޮޅުވާނެޔޭ ބުނީމަ މޮޅުވާން ޖެހޭނެނު!
ސސ22
10 February 2022
ހުސް އޮޅުވާލުން. ޥެކްސިނުން މަރުވާމީހންވެސް މިހާރު ކޮވިޑުމަރުގެގޮތުގަބަލަނީ
ފޭކު
09 February 2022
ތި ކަމާ އުޅޭމީހަކުވެސް ނޫޅެ މިހާރު. މިލަވަ ކިޔުން ހުއްޓާކަށް ނުވޭތަ