އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރާއްޖެ އަށް ކުރައްވާ ދަތުރުގައި ސްކޫލް ދަރިވަރުންނާ ބައްދަލުކުރުމަށް އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
10 ފެބުރުއަރީ 2022 - 14:46
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަމެއް ނުގެންގުޅުއްވާ ކަމަށް ފޮރިން މިނިސްޓަރު އަދި އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ފަސް އަހަރުގެ ދައުރަށް ހޮވި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ދައުރު މިއަދަށް ހަމަވެ އެ މަގާމު މިހާރު އޮތީ ހުސްވެފަ އެވެ. އިންތިހާބު ބާއްވާނެ ތާރީހެއް އެމްޑީޕީން މިރޭ ބާއްވާ ގައުމީ މަޖިލީހުގެ ޖަލްސާގައި ކަނޑައަޅާނެ އެވެ.
އެމްޑީޕީގެ އެންމެ މުހިއްމު މަގާމަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ ލިސްޓުގައި ޝާހިދު ހިމަނައި ވާހަކަ ފަތުރަމުން ދިޔަ ނަމަވެސް އެ ވާހަކަތަކުގައި ހަގީގަތެއް ނެތެވެ.
ޝާހިދު "މިހާރު"އަށް ވިދާޅުވީ އިތުރު އެއްވެސް މަގާމަކަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަމެއް މިވަގުތަކު ނުގެންގުޅުއްވާ ކަމަށެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ހުޅުވާލިޔަސް އޭނާ ކުރިމައްޗެއް ނުލައްވާނެ އެވެ.
މުހިއްމު ޒިންމާތަކަކާ ހަވާލުވެވަޑައިގެން ހުންނެވި ޝާހިދު މިވަގުތު ވެސް ހުންނެވީ އެމެރިކާގަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާންކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އޭގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފަ އެވެ.
އަމްރު ވާދަކުރައްވަނީ، އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ އެކުގަ އެވެ. ކެބިނެޓުގައި ފައްޔާޒް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަރިސް އެއް ވަޒީރުގެ ގޮތުގަ އެވެ.
މި ދެ ބޭފުޅުން އިންތިހާބުގައި ވާދަކުރައްވައިފި ނަމަ ޗެއާޕާސަން ހޮވުމުގެ އިންތިހާބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް ނަޝީދުގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަކުރެވުމުގެ ޖާގާ އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮއް
10 February 2022
އުންމީދަކީ އަންނިގެ ބާރު ކެނޑިގެންދިއުން
ދެންނެވުން
10 February 2022
އެވިދާޅުވީ ރިޔާސީމަގާމްއަށް ކަމަށް ކުރިމަތިލައްވާނީ ކޮންމެހެން ޗެއަރ ޕާރސަންގެ މަގާމް މިވަގުތު މުހިންމުނޫންކަމަށް
ނަސީ
10 February 2022
މީނާ ބޭނުން އެއްޗަކީ 2023 ރައިސް ކަންކުރަން
ނޫންތަ
10 February 2022
އދ.ގެ މަގާމުގެ މުއްދަތު ހަމަވެ ނިމޭއިރު މިކޮޅުން އޮންނާނީ މާ ހައިބަތު ބޮޑު މަގާމަކަށް ކުރިމަތިލެވޭ ގޮތަށް ނޫންބާ. އެކަމާ އަޅާބަލާފަ ޗެއަޕަރސަންކަމަކީ އެއްޗެއް ނޫނެއްނު.
އޮޅުވާލާ
10 February 2022
އދ ގެ އޭނަގެ މަގާމަކީ އަސްލު މަގާމެއްނޫން. ދިވެހިންނަށް އެއީ މަގާމެއްކަމަށް އޭނަ ދައްކައިގެން އުޅެނީ. އދ ގެ އާންމުމަޖިލީހުގެ ސެޝަންތައް ކުރިޔަށް ގެންދަން ހޮވާ މީހެއް އެއީ. 1945 ގެ ފަހުން ކޮންމެ އަހަރަކުވެސް އާާންމު މަޖިލީސް ކުރިޔަށް ގެންދާނެ މީހަކު ހޮވާ. މިއީ 1 އަހަރަށް އޮންނަ ސެޝަންތަކެއް. 1 އަހަރު ހަމަވީމަ އެޖަލްސާ ނިިމޭނެ . މިޖަލްސާތަކުގެ ޗެއަރމަން އެއީ.
ނަޓް ކުރެކާ
10 February 2022
ސާހިދު އަކީ ޑަބަލިއު ހޯ ހޯ ގެ ވެރިއެއް. ސައި ހިދުމެން ތިކަހަލާ އާދައިގެ މަގާމެއް ބޭނުމެއް ނުވާނެ.
ައަންދާޒާ
10 February 2022
ޝާހިދު މި ގައުމުގައި ވެރިކަން ކުރަން ރަގަޅު މީހެއް.. ގާބިލް ޑިޕްލޮމެޓެއް. އެމް.ޑި.ޕީ އިން ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ފަސޭހަ ކަމާއި އެކު ނަގަން ބޭނުމިއްޔާ ޝާހިދު ވެރިކަމަށް ނެރޭ.. ރައީސް ނަޝީދުއަކީި 30% ގެ މީހެއް.
ނަސީ
10 February 2022
ސާހިދު ނެރިގެން ވެރިކަން ހޯދުމަކީ މޮޔަކަމެއް
ސަސި
10 February 2022
ނޫނޭ ތި ފަދަ ގާބިލް މީހުން އެމްޑީޕީ ހިންގަން އެބަ ބޭނުނއވޭ. ރާއްޖޭގެ ފޮރިން މިނިސްޓްރީ އެމެރިކާގަ ހިންގާނީ ކިހާ ކުޅަދާނަ ވީމަ
ނަސީ
10 February 2022
ގައުމް އިންޑިޔާ އައް ވިއްކާލައިގެން ވޯޓް ހޯދީ ހޯދިތާކުން
ރަދީފްއޮފިޝިއަލް
10 February 2022
ނޫނޭ މިސްކިތުގެ މުދިމްކަމަށް ކުރިމަތިލާންވާނެ.
އަބްޑޫޅް
10 February 2022
އެއޮއް ބޮޑު ޗިޔާޕާސަން ކަން އޮއްވާ، ކޮން ކޮން ސެކެއްޓެރީ ކަމެއް ދޯ؟ ތިޔައީ ރައީސުމީހާކަން ދޫކޮށްލާފަ ޕިޔޯނުކަމަށް ބަގުޑި ބެއްދުން ކަހަލަ ކަމެއްނުން؟
އަމްރުގެ ބޭބެ
10 February 2022
ފަޔާ މިހާރުވެސް ހޮވިއްޖެ.