ފައްޔާޒް: އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަން ނިންމާފައިވާ ކަމަށް ގާތް ބޭފުޅުން ވިދާޅުވި.
10 ފެބުރުއަރީ 2022 - 11:35
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކުރިމަތިލައްވަން ނިންމަވައިފި އެވެ.
ފައްޔާޒް ރަސްމީކޮށް އިއުލާން ނުކުރެއްވިޔަސް ގާތް ބޭފުޅުން "މިހާރު" އަށް އެކަން ކަށަވަރުކޮށްދެއްވި އެވެ. އެއް ބޭފުޅަކު ވިދާޅުވީ ފައްޔާޒް "ޗެއާޕާސަން ކަމަށް ކުރިމަތިލައްވާނެ" ކަމަށެވެ. އެކަމަކު މެސެޖަށް ޖަވާބު ނުދެއްވާތީ ފައްޔާޒުގެ ކަށަވަރު ކަމެއް އަދި ނުލިބެ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަސަން ލަތީފްގެ ފަސް އަހަރުގެ ދައުރު މިއަދަށް ހަމަވެފައި ވިޔަސް އިންތިހާބު އޮންނަ ތާރީހު އެ ޕާޓީން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު، އެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ސާފުކޮށް މިހާތަނަށް ވިދާޅުވެފައި އޮތީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެކަންޏެވެ.
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވެސް ކުރިމަތިލައްވާނެ ކަމުގެ އަޑު ފެތުރިފައި ވެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ދަރުބާރުގޭގައި ބޭއްވި ޖަލްސާއެއްގައި ފައްޔާޒް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯތައް: ހުސެން ވަހީދު/ މިހާރު
އަމްރު ވާދަކުރައްވަނީ، އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ އެކުގަ އެވެ. ކެބިނެޓުގައި ފައްޔާޒް ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެންމެ އަރިސް އެއް ވަޒީރުގެ ގޮތުގަ އެވެ.
މި ދެ ބޭފުޅުން އިންތިހާބުގައި ވާދަކުރައްވައިފި ނަމަ ޗެއާޕާސަން ހޮވުމުގެ އިންތިހާބަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް ނަޝީދުގެ ކުރިމަތިލުމެއްގެ ގޮތުގައި ސިފަކުރެވުމުގެ ޖާގާ އެބައޮތެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފައްޔާޒް ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/ މިހާރު
އެމްޑީޕީގެ ދެ ފެކްޝަންގެ ކޯޅުން ބޮޑުވެފައި އޮތް އިރު، ކޮރަޕްޝަންގެ ތުހުމަތުތަކަކާ އެކު ނަޝީދުގެ ހޫނު ހަމަލާތަކެއް ފައްޔާޒަށް ކުރިން އަމާޒުކުރެއްވި އެވެ. އެ މަނިކުފާނު ތުހުމަތު ކުރައްވާފައިވާ ގޮތުގައި ފައްޔާޒް އުޅުއްވަނީ "އެމްޑީޕީ ތެރޭގައި ބްރޯ" އަކަށް ވެވަޑައިގަތުމަށެވެ.
ބްރޯއަކަށް ހެދިގެން އެމްޑީޕީގެ ތެރޭގައި ނޫޅުއްވަން އެދިވަޑައިގެން ނަޝީދު ވަނީ ފައްޔާޒް މަގާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ފަހުން އެ މަނިކުފާނު ވިދާޅުވެފައި ވަނީ ފައްޔާޒް މަގާމުން ވަކިކުރައްވުމުގެ މަސައްކަތެއް ނުކުރައްވާ ކަމަށެވެ. ކުރެއްވި ކަމަކީ، އެމްޑީޕީގެ އެތެރޭގައި ހިނގާ ސިޔާސީ މަސައްކަތްތައް ކަމަށް ވިދާޅުވި އެވެ.
ފައްޔާޒް މަގާމުން ދުރުކުރެއްވުމުގެ މަސައްކަތް ފެއްޓެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ ފައްޔާޒަށް އިތުބާރު އޮތް ކަމަަށެވެ. ފައްޔާޒަކީ އެ މަނިކުފާނު ވެވަޑައިގަތް ވައުދުތައް ރައްޔިތުންނަށް ފުއްދެވުމުގައި ނަތީޖާ ނެރެދެއްވާ ވަޒީރެއްގެ ގޮތުގައި ރައީސް ސިފަކުރެއްވި އެވެ.
ފައްޔާޒް ވެސް ވިދާޅުވެފައި ވަނީ ނަޝީދު ކުރެއްވި އެއްވެސް ތުހުމަތެއްގައި އަސާސެއް ނެތް ކަމަށެވެ. އޭނާއަށް އަމާޒުކުރެއްވި އެ ވާހަކަތަކަކީ ވަރަށް ބޭއިންސާފު ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އިންތިހާބު ބޭއްވުމުގެ 60 ދުވަސް ކުރިން، އެ އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ހުޅުވައިލަން ވާނެ އެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިގެންވާ ލިސްޓެއް މަހެއް ކުރިން އިއުލާންކުރަން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބެ
13 February 2022
ބަޔަކު މުއްސަދިވާނެ
ރެކިފުތާ
11 February 2022
އިބްރާ ފެކްޝަން އަނެއްކާވެސް އެމްޑީޕީ ތެރެއަށް ގަދަކުރަން ދެވޭ ވަރަށް ނުރައްކާތެރި ކަމެއްމީ. އިބުރާ އެމްޑީޕީ ތެރެއިން ބޭރުކުރިފަހުން މީނާގެ ކަމަކީ މިކަހަލަ އަޑިނުބައި ރޭވުންތައް ރޭވުން. މީގެ ހެއްކަކީ އިބްރާގެ މަންދު ކޮލެޖަށް އެތައް މިލިއަން ރުފިޔާއެއް ބަދަލުގެގޮތުގައި ދިނުން. މީ ފައްޔާޒުގެ ނޫފޫޒުން ހިންގާފައިވާ ޖަރީމާއެއް.
ޢިބޫ
10 February 2022
ސަރުކާރު އެކަނި ކޮންޓްރޯލް ކޮއްގެންވެސް ނުވެގެން ޕާޓީވެސް ދަމާގަންނަ ވިސްނަނީދޯ؟ މިފަހަރު ވަރަށްގިނަ ވަޒީފާތަކާ ހަދިޔާތަށް ލިބޭނެ ޕާޓީގެ މެންބަރުންނަ.
ޖެކް
10 February 2022
މަށަށްވެސް ހީވަނީ ކުރުސީގެ ބާރު އެއްކޮށް ދަނީ ހެން!ބަރުލަމާނީއެއްވެސް ނުގެނުވުނުވިއްޔާ! އިބޫ މުޅި ޕާޓީގަނޑު ހިސާރު ކުރަނީ!
އަހައްމަދޫ
10 February 2022
ދެން ތިޔައީ ނުކުރެވިއޮތް ކަންތައްދޯ
ތިބޭ
10 February 2022
ވާވާ
ކުރުސީ މަރު
10 February 2022
ކުރުސީގެ ދުވަސް ތިދިޔައީ. ކުރުސީ ޢަވަހަށް ފޮށިތައްމަތި ބަނދެގެން އިގިރޭސި ވިލާތަށް ވަޑައިގަތުން ދެން އެންމެރަގަޅުވާނީ.
މިއަދު
10 February 2022
ބްރޯ ތިހޮވުނީ ތިއީ ހަމަ އަންނި ފެކުޝަން ބާކީކުރަން ރާވައިގެން ހިނގާ ކަމެއް
މުހުތާރު
10 February 2022
ކަލޭ އަކައް ދޭނެ ވޯޓެއް ނެއް ، ސާފުތަ ؟
ތެފު
10 February 2022
ބްރޯ މާގަދަކުރީތާދޯ؟ އެހެންވީމާ އިބޫ 2023 ހެން ހީވަނީ.