ޕާކިސްތާނުގެ އެހީގައި މުލަކުގައި އަޅާ ކޮމިއުނިޓީ ސެންޓަރުގެ ބިންގާ އިއްޔެ އަޅައިދެނީ-- ފޮޓޯ: މ. އަތޮޅު ކައުންސިލް
14 ފެބުރުއަރީ 2022 - 15:20
މ. މުލީގައި ކޮމިއުނިޓީ ސެންޓަރެއް އަޅަން ޕާކިސްތާނުން 2.6 މިލިއަން ރުފިޔާގެ އެހީ އެ އަތޮޅު ކައުންސިލަށް ހަދިޔާކޮށްފި އެވެ.
އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި، "ގާއިދޭ އައުޒަމް މުހައްމަދު އަލީ ޖިނާހު މެމޯރިއަލް ޕާކިސްތާން- މޯލްޑިވްސް ކޮމިއުނިޓީ ސެންޓަރު" ގެ ނަމުގައި އިމާރާތްކުރާ ސެންޓަރުގެ ބިންގާ ވެސް ވަނީ އަޅައިފަ އެވެ. އެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ޕާކިސްތާނުން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު އަތަރު މުހުތާރާއި މ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލެވެ.
އިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމަށް ފަހު ސަފީރު ވިދާޅުވީ ކޮމިއުނިޓީ ސެންޓަރަކީ ރާއްޖެ އާއި ޕާކިސްތާނުގެ ޒަމާންވީ ގުޅުން ދޭހަކޮށްދޭނެ އިތުރު ބިނާއެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއަށް އެހީތެރިވުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވާފައިވެ އެވެ.
އެ އަތޮޅު ކައުންސިލް އިދާރާގެ ސީނިއާ ކައުންސިލް އެގްޒެކެޓިވް މުހައްމަދު ނިޔާޒު "މިހާރު" އަށް ވިދާޅުވީ ސިއްހީ ފަރުވާ އާއި އެކި ބޭނުންތަކަށް އެ ރަށަށް ޒިޔާރަތްކުރާ މީހުން މަޑުކޮށްލައިގެން ފަސޭހައިން ތިބޭނެ ތަންތަން ނެތް ކަމަށެވެ.
ކޮމިއުނިޓީ ސެންޓަރު އެޅުމުގެ ޕާކިސްތާނުން ހަދިޔާކުރާ 2.6 މިލިއަން ރުފިޔާގެ ޗެކް އިއްޔެ ހަވާލުކޮށްދެނީ.-- ފޮޓޯ: މ. އަތޮޅު ކައުންސިލް
ބޮޑު އަގެއްގައި ކޮޓަރި ކުއްޔަށް ހިފުމަކީ މުއްޔަށް ޒިޔާރަތްކުރާ މީހުންނަށް ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވާ ކަމަށް ވެސް ނިޔާޒު ވިދާޅުވި އެވެ.
އެހެންވެ، އަތޮޅު ކައުންސިލުން ހަދާ ކޮމިއުނިޓީ ސެންޓަރުގައި ހަދަން ނިންމާފައިވަނީ ކޮޓަރިތަކާއި ސެމިނާ އަދި ޓްރެއިނިން ގެންދަން ބޮޑު ހޯލެކެވެ. އެ އިމާރާތުގެ މަތީގައި ރެސްޓޯރެންޓެއް ހަދަން ވެސް ވަނީ ނިންމައިފަ އެވެ.
"ކައުންސިލުން އަމިއްލައަށް އިސްނަގައިގެން ޕާކިސްތާނު އެމްބަސީއާ މަޝްވަރާކޮށްގެން އެހީ ލިބުނީ. އަދި މިތަން ހަދާނީ ވެސް ކައުންސިލަށް އާމްދަނީ ލިބޭ އަދި ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބޭނެ ގޮތަށް. މިހާރު ވިސްނުން ހުރީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު ދިނުމަށް،" ނިޔާޒު ވިދާޅުވި އެވެ.
އެ ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް އޮތީ ބިޑިން މަރުހަލައިގަ އެވެ. ކައުންސިލުން ލަފާކުރަނީ އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުވަގާރ
15 February 2022
ޕާކިސްތާނަކީ ޓެރަރިސްޓު ގައުމެއް
ބެރީ
17 February 2022
ޕާކިސްތާން އަކީ މުސްލިމު އެކުވެރި ގައުމެއް. އަހުމަދު، ސްޓޮޕް ސްޕްރެޑިން ހޭޓްރެޑް.
ވަހުތާން
15 February 2022
ތިތަން ހަދާނީ ޕާކިސްތާނު މީހުންތާ؟ ޔައުނީ އެގައުމުގެ ސިފައިން
އާދަނު 2
15 February 2022
މުޙައްމަދު ނިޔާޒަކީ ތިޔަތަނަށް ނުވެސް ވަންނާނެވަރުގެ ކޭޕަބަލް މީހެއް. އޭނާގެ ދަށުގައި ރަނގަޅު ޓީމެއް އޮވެއްޖެއްޔާ ކަންތައްކޮށް ނަތީޖާ ނެރެދީފައިހުރި ބޭފުޅެއް.މައްސަލަޔަކީ އޭނާޔާ އެންމެ ކައިރީ އަތް ފޯރާފަށު މަތިންވެސް ތިރިންވެސް ތިބީ ހުސް ބޯތަކެއްކަން.މިއީ ވަރަށް ބަދު ނަސީބުކަމެއް ތި އޮފީހަށް ކުރިމަތިވެފައިވާ.އެހެންވީމަ ކައުންސިލުން ކިތަންމެ ރަނގަޅު ނިންމުމެއް ނިންމިޔަސް ތަންފީޒުކުރަން ވަރަށް އުނދަގޫވާނެ.ތިޔަޢިމާރާތަކީވެސް އޭނާގެވަރަށްމަސައްކަތް.
ހަސަންމަނިކު
15 February 2022
މ. އަތޮޅުގެ މެމްބަރުން ރަނގަޅުވާނީ ފޮޓޯނަގަން އެކަނި. އާދޭހާ އެކީ މި ބުނަނީ އެންމެން އެކައްޗެއްކިޔާފަ ތަންކޮޅެއް ރަނގަޅު މީހުން ހޮވަންހިނގާބަލަ. މުލަކު މަސްފެކްޓަރީ އަޅާންއުޅޭތާ ކިހާ ދުވަހެއް. މިފަހަރުވެސ ބޭނިހާ މަސް އުކާލީ. މުލީ އެއާޕޯޓް ފިނިހަކަ ދުވެލީ އޮއްވާ އެހެންތަންތަން އަތްނުފޯރާ ހިސާބަށް އެދަނީ މެންބަރުންގެ މަސައްކަތުން. އެކަކު އުޅުނީ ބޯހުރާ ހޯދަން، ވަޒީފާއެއްވިއްޔާ ގޭ މީހަކަށް ދެވޭތޯ. އަނެކަކު އިނީ ކަޅު ލިސްޓްގެ ކުރީ ކޮޅުގަ.
އަލި
15 February 2022
ތިޔަ އަތޮޅު އޮފީހުގައި ވަރަށް ވަރަށް މަދުން ނޫނީ ތިބޭނީ ހުސް މިސްކިތުވަކަރު. އެމީހަކު އެ ހުރި މަޤާމްގެ މަސައްކަތް ބަރާބަރަށް ކުރެވޭނެ ކޮލިޓީއެއްހުރި ތިބީ ބަރާބަރު 4 މީހުން. ދެން ތިބީ މަޤާމާ އެއްވަރުގެ ފާސްއޮތް އެއްކަމެއްވެސް ހައްދަވައިގެން ކުރަން ނޭނގޭ 3 މީހުން. ދެންތިބީ މީ ދުވާލޭ ބުނެފިއްޔާ ދުވާލު، ރޭގަނޑޭ ބުނެފިއްޔާ ރޭގަޑަށް ޤަބޫލުކޮށްލައިގެން މަސައްކަތްތައް އެމީހުންގެ ގައިގައި އެލިފަތިބި މީހުން. މީ ﷲ އަށް ޓަކައި ހަދާ ޙައްޤުގެ ތެދު.
ރާއްޖެ
14 February 2022
ކޮބާ ފޮރިން މިނިސްޓްރީގެ ކޯޑިނޭޓަރެއްހާ ހިސާބު ވެސް މި ތަނަށް ނުފޮނުވީ އިންޑިއާ ނޫން ވީމަތަ؟
މުލަކޭ
14 February 2022
ކުރީގެ ނައިބު އަޙްމަދު ޙަސަން ގެ ހިއްސާ ވަރަށް ބޮޑަށް އޮތްްކަމެއް.. އެފަރާތްތަކުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ
ޑޮކްޓާރ. ބަނާނާ
14 February 2022
މުހައްމަދު ނިޔާޒު ފަދަ ބޭފުޅަކު ރައްޔިތުންނަށް ހިދުމަތްކުރުމަށް މިފަދަ މަގާމަކަށް ހޮވިފައި ވުމަކީ މ. އަތޮޅު ރައްޔިތުނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް!