މުހައްމަދު ކާރިމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު. ކާރިމް ވަނީ މިދިޔަ މަޖިލީސް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާފައި--ފޮޓޯ:ފޭސްބުކް
15 ފެބުރުއަރީ 2022 - 14:59
އަންނަ ހުކުރު ދުވަހު ރަސްމީކޮށް ހުޅުވަން ތައްޔާރު ވެފައިވާ ޅ. މަޑިވަރު އެއާޕޯޓްގެ އެންމެ އިސް މަގާމަށް ނައިފަރުގެ ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް، އައިލެންޑް އޭވިއޭޝަނުން ހަމަޖައްސައިފި އެވެ.
އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނައިފަރު ދާއިރާ އަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި ނާކާމިޔާބުވި، ކާރިމް ހަމަޖެއްސީ މަޑިވަރު އެއާޕޯޓްގެ އެގްޒެކެޓިވް އެއާޕޯޓް މެނޭޖަރުގެ މަގާމަށެވެ.
ކާރިމް މިއަދު ވިދާޅުވީ، އޭނާ މާދަމާ އިން ފެށިގެން އެއާޕޯޓްގައި މަސަައްކަތް ކުރައްވަން ފައްޓަވާނެ ކަމަށެވެ.
މަޑިވަރު އެއާޕޯޓް ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ މެންދުރު ފަހު 2:30 ގަ އެވެ. މި ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަޑައިގަންނަވާނެ އެވެ.
އެ އެއާޕޯޓްގެ ޝެޑިއުލް ދަތުރުތައް މި މަހު ފަށަން ނިންމާފައިވީ ނަމަވެސް އަދި ޓިކެޓް ވިއްކާކަށް ނުފަށަ އެވެ.
މަޑިވަރު އެއާޕޯޓުގެ ރަންވޭގައި 1،200 މީޓަރު ހުންނާނެ. މިއެއާޕޯޓަށް 11 މިލިއަން ރުފިޔާ ހޭދަކުރި--
މިދިޔަ މަހު ފަހުކޮޅު ވަނީ މަޑިވަރު އެއާޕޯޓްގެ ގިނަ ވަޒީފާތަކަކަށް މީހުން ނަގައިފަ އެވެ. އޭގެ ތެރޭގައި އެއާޕޯޓް ސާވިސަސް އެގްޒެކެޓިވްް، އެއާޕޯޓް ސާވިސަސް އެގްޒެކެޓިވް ޓްރެއިނީ، ލީޑިން ފަޔާމަން، ޖޫނިއާ އެއާޕޯޓް ފަޔާ ފައިޓާ، ޕަވާ ހައުސް އެންޑް މެއިންޓަނެންސް ސުޕަވައިޒަރު، ޕަވާ ހައުސް އެޖެންޓް ޓްރެއިނީ، މެއިންޓަނެންސް ކޯޑިނޭޓަރު ފަދަ މަގާމުތައް ހިމެނެ އެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ގެ ކުންފުނި ކުރެއްދޫ ހޯލްޑިންގްސް އިން ހެދި މަޑިވަރު އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައި ވަނީ މިދިޔަ މަހު އެވެ. އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގަ އެވެ. ކުރެއްދޫ ހޯލްޑިންގްސް އިން 11 މިލިއަން ޑޮލަރު ހަރަދުކުރި މަޑިވަރު އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރީ ޗައިނާގެ ބީޔޫސީޖީންނެވެ.
މަޑިވަރު އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި އެއާކްރާފްޓްތައް ޕާކް ކުރާނެ ސަރަހައްދަކާއި ފަޔާ ބިލްޑިންގެއް އަދި އެއާޕޯޓް ޓާމިނަލެެއް ވަނީ ހަދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސްރިމް
16 February 2022
ސޭވް މަޑިިވަރު ސޭވް މަޑިވަރު. ލަދުހަޔާތްވެސް ނުހުންނާނެ މި ރީނދޫ ބައިގަނޑު.
އަސަރު69
16 February 2022
އަދިވެސް ހިތަށްއަރަނީ ޗާލު ރީތި ރުއްތަކުން ފުރިފާވާ ތިޔަރަށަށް ހަދާލިގޮތް. ރަށުގާހުރިއްޔާހުރި ރުކަކާ ގަހެއް ނަގާ ބިންސާފުކޮށްލީމާ ރަށްއޮތީ އޮރިޔާންވެފަ. އަހަރެމެންނަކީ ހާދަ އަމިއްލައެދުން ބޮޑުބައެކޭދޯ. ތިލަފަޅުތައް ހިއްކައިގެން ބޮޑެތިބިޔަ އެއާޕޯޓް ހެދެންއޮތް ޒަމާނެއްގާ، ނަލަނަލަކޮށް އޮތް ރަށަށް އެހެންހަދަން ހެޔޮވާނެތަ. ކޮންމެ މީހަކު ކުރިޔަސް ގޯސްކަމެއް ރަނގަޅު ކަމަކަށް ނެހެދޭނެ. ދެންއޮތީ ހައްޖާ ހަމަކުރުން.
އިޙްސާސް
16 February 2022
ތިސޮރުގެ މައްޗަށް އަނެއްކާ ޗެތާ މުވައްޒަފުން އިތުބާރު ނެތްކަމުގެ ވޯޓެއް ނުނަގާނެބާ.
ޓެދުވެރި
15 February 2022
ކާރިމް އަށް ތި ލިބުނު ކާމިޔާބީއަށް މަރުހަބާއެވެ..ފަސްއެނބުރި ބަލާ ނުލާ ހިތްވަރާ ކުރިއަށް ދާށެވެ.ތިޔައީ ކަމަށް އެކަށީގެންވާ ޤާބިލު ބޭފުޅެއްކަނ އަހރުމެނަސް އެނގެއެވެ.
އެެއަރޕޯޓް
15 February 2022
ކާރިމްއަކީ މިގެ ކުރިންވެސް އެއަރޕޯޓް ހިންުމުގެ ވަޒީފާގައި އުޅެ ތަޖުރިބަ ހޯއްދަވަފައިވާ ބޭފުޅެއްކަން ނޭނގުމަކީކުށެއްނޫން.... ޙަސަދަވެރިންނަށް ވ ވެދުުން..
ޙަސަން މުބީން
15 February 2022
އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވައި ނާކާމިޔާބުވި، ކާރިމް އަކީ ސޭވް މަޑިވަރު ޖަހައިގެން އެއަރޕޯޓް ހުއްޓުވަން އުޅުން މީހެކެވެ. އޭނާގެ ވަޒީފާގެ ސަލާމަތައް އައީ މަޑިވަރެވެ.
ތެރަސްމަން
15 February 2022
ޝުކުރިއްޔާ އިބޫ ސޯލިހު
ޒިމްޒިމް
15 February 2022
މިއަދުވެސް ނައިފަރު ރައްޔިތުންނަށް އެންމެ ރަގަޅު ގޮތަކީ މަޑިވަރު އަކީ ނައިފަރުގެ ބައެއްކަމަށް ހަމަޖެއްސުން.. ޗަންޕާއަށް ބަދަލުގައި ދެރަށްދީފަވެސް އެގޮތަށް ހަމަޖައްސާދިނުމަށް ރައީސް ސާލިޙްއަށް ދަންނަވަން..
މާފޮޅޭ އަލީ
15 February 2022
ސޭވް މަޑިވަރު ޖަހޭގެން ކާރިމް އުޅެނިކޮށް މަޑިވަރު ޝޭވް ކުރާން ޖެހެފޭ ޗޮއްތީ. ކެހި ކަނޑުލުގެ ހިތި ފިލުވާން ޖައްސޭފޭ އެތަން ބަލާން އަހަރެމެން ތިބޭނޫ.
މަވެސް ގައުމު
15 February 2022
މހާރުވެސް ހަމަ ކާރިކުދިންކޮޅައްވަޒީފާބަހާލަނީ ކޮބައިންސާފު؟؟މާތްﷲއިރާދަފުޅާމިންވަރުފުޅުންދެން މި ގައުމަކައް އިންސާފުހޯދައިދޭނަމޭކިއާފަ މިގައުމުގެ ހަޒާނާ ހުސްކޮއް ކާރިކުދިންކޮޅައްދީނިންމާފި އިދާފުޅާއެކު ދެހާސްތޭވީސް ހިޔާފުލެޓްއާއެކު ރައީސްޔާމީނުއެއިރުންހިޔާގެ އަޑުއަހާނެ މިނާގާބިލްމީހުންވަރައްސަލާމް؟؟