ޖިއާން: އޭނާ މަރުވި މައްސަލާގައި ދަށު ކޯޓުން ނަގައި ނުދިން 12 މިލިއަން ރުފިޔާގެ މައްސަލަ ހައި ކޯޓުން ބަލަން ސުޕްރީމް ކޯޓުން ވަނީ އަންގާފައި
16 ފެބުރުއަރީ 2022 - 13:47
އިމާރާތް ކުރަމުންދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ އުމުރުން ތިން އަހަރުގެ ރައުޝަން ޖިއާން މަރުވި މައްސަލާގައި ގެއްލުމުގެ ބަދަލަށް ދަށު ކޯޓުން ނަގައިނުދިން 12.9 މިލިއަން ރުފިޔާގެ މައްސަލަ ހައި ކޯޓުން ބަލަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން އިމާރާތް ކުރަމުން ދިޔަ ތަަނަކުން ޑިސެމްބަރު، 2018 ގައި ސިމެންތި ބަސްތާއެއް ވެއްޓި، ޖިއާން މަރުވި މައްސަލާގައި އޭނާގެ މައިންބަފައިން ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ 17.4 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށެވެ. ސިވިލް ކޯޓުން މިދިޔަ އަހަރު ނަގައިދިނީ 4.5 މިލިއަން ރުފިޔާގެ ބަދަލެކެވެ. ބާކީ އޮތް 12.9 މިލިއަން ރުފިޔާ ނަގައިދެވެން ނެތް ކަމަށް ނިންމުމުން އެ މައްސަލަ އިސްތިއުނާފް ކުރިޔަސް، ހައި ކޯޓުން ނިންމާފައި އޮތީ މައްސަލަ ބަލައިނުގަތުމަށެވެ.
ޖިއާންގެ މައިންބަފައިންގެ ފަރާތުން އިސްތިއުނާފްކުރި އެ މައްސަލަ ހައި ކޯޓުން އެ މައްސަލަ ބަލައިނުގަތީ އިސްތިއުނާފް މުއްދަތު ހަމަވެފައި އޮތުމުންނެވެ. ރަޖިސްޓްރާގެ އެ ނިންމުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ތާއީދުކުރި އެވެ.
އެ ނިންމުން މައިންބަފައިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ އާދިއްތަ ދުވަހު އެންގީ 10 ދުވަސް ތެރޭގައި އަލުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި ނަމަ، އެ މައްސަލަަ ބަލައިގަތުމަށެވެ. އެއީ އިސްތިއުނާފް ލަސްވުމުގައި މަގްބޫލު ސަބަބެއް އޮތުމުންނެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައިވަނީ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ވިޔަސް، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ހޯދަން އެ މުއްދަތު ހަމަވުމުގެ ކުރިން އެ މީހުންގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާ ކަމަށެވެ. އަދި ރިޕޯޓް ލިބިފައިވަނީ އެ މުއްދަތު ހަމަވިފަހުން ކަމަށް ވާއިރު، ރިޕޯޓް ނުލިބި އޮތްކަން ހައި ކޯޓަށް ސިޓީއަކުން އަންގާފައިވާތީ އިސްތިއުނާފް ކުރުމުގެ ނިޔަތް އެ މީހުންގެ އޮތްކަން އެނގޭ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.
ޖިއާންގެ މައިންބަފައިންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރިއިރު، ބަދަލަށް 4.5 މިލިއަން ދައްކަން ޑަބްލިއު ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އެންގި ބައި އެ ކުންފުނިން ވެސް ހައި ކޯޓުގައި އޮތީ އިސްތިއުނާފްކޮށްފަ އެވެ.
ޖިއާންގެ މަރާ ގުޅިގެން ޑަބްލިއުގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ޖިނާއީ ދައުވާކޮށް، ކްރިމިނަލް ކޯޓުގައި ކުރިން އޮތީ ކުށް ސާބިތުވެފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ޖަލު ހުކުމްތައް އައިއިރު އަނެއް ބައި މީހުންނަށް އިއްވީ ޖޫރިމަނާގެ ހުކުމްތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
22022
17 February 2022
ބަންގާޅިންނަށް އެއްޗެއް ދިނަސް ސަލާމަތް ނުވާނެ.. ބޮއިހަލަކު.....
ކަލޭ
17 February 2022
ކަލޭތީ ރަހުމެއް އިންސާނިއްޔަތުކަމެއް ނެތް މީޙެއްދޯ
ލޮރީރު
17 February 2022
ބިމުގައިވާ މަޚުލޫޤުންނަށް ރަޙުމުނުކުރާ މީހަކަށް އުޑުގައިވާ ޚާލިޤުގެ ރަޙުމެއް ނެތްކަން ދަންނާތި.
ޙިނި
17 February 2022
ރާއްޖޭޖެ ކޯޓަކުން އިސާފު ލިބޭތަ؟
ކުއްލައިން
17 February 2022
އިންސާނެއްގެ މަރުގެ އަގަކަށް ނުވަތަ ދިޔައަށް 17 މިލިއަންވެސް އަސްލު ކުޑަ އެކަމަކު އެވަރުވެސް ނުދީ ދަށުކޯޓުން އެންމެ 4 މިލިއަން ތިދިނީ ކޮންމެވެސް ނުފޫޒުތަކެއް ފޯރުވައިގެން ކަމަށް ވަރަށް ގަބޫލުކުރެވޭ މިހިރަކަހަލަ ކަންތައް ވާތީ ދިވެހިރާއްޖޭގެ ޖުޑީސަރީއަށް އެއްގޮތަކަށްވެސް އިތުބާރުނުކުރެވެނީ
އެނިމަލްސް
17 February 2022
އެ ވެސް ނުދޭންވެގެން އެމީހުންވެސް އިސްތިއުނާފަށްވެސް ލީ އަދި.
ޙަބިބު.
16 February 2022
ތިވަރު މާބޮޑު ބަންގާޅިޔައް ތިޔަފައިސާ ހިފައިގެން ދިޔުމުން ބިލިޔސނަރުންނައްވާނެ ރިސޯޓުތަ ކުން ބަންގާޅިން ދާއިމީ ނު ކުރެވޭނެ ކަން އަންގަންޖެހޭ އެމީހުންނައް މަހުމުސާރަޔާ އިނާޔަތާއެ ކު 519 ޑޮލަރައްވުރެ ގިނައިން ނުދޭން މެނޭޖުމަންޓު ތަ ކައް އަންގަންޖެހޭ
ތެރޮސްމަން
17 February 2022
އިންސާނެއްގެ އަގަކީ ވަކި ގައުމަކަށްވެގެން ވަކިނަސްލަކަށް ވެގެން ތަފާތުވާ އެއްޗެއްނޫން
ހއހދޖސބަޖއ
17 February 2022
މިކަހަލަ މީހުން ގައުމުގަ އުޅޭތީ ގައުމު ފަހަތަށް ޖެހެނީ.
ހިތަދޫ 2
16 February 2022
މަ މިކިޔަނީ މިހެން މިކަން އޮތް އިރު ކީއްވެހޭ އެންސިސް ފެކްޓަރީގަ ތަކުރާރުކޮށް މަސްތުވާތަކެތި ގެންގުޅެ ވިޔަފާރި ކުރަނިކޮށް ހިފެހެއްޓިމީހުންގެ ޒިންމާ އެތަނުގެ ވެރިން ދައުވާނުކުރެވެންވި؟ އަދި އެވެސް ބޮޑުންނާ ސީދާ އާއިލީ ގުޅުންވެސް އޮންނަ މީހެއް، ދުނިޔޭގަ ލެއްވިހާ މެނޭޖްމެނޓް ސެޓިފިކެޓް އޮވެ ތަކުރާރު ވީމަ ކޯއްޗަކަށް މިވަނީ؟
އަންނާރު ނައީމް
16 February 2022
12 މިލިއަން ނުދެވުނަސް 17 މިލިއަން ދީފަ ބީޗް ފުރަންޓް ބިން ގަނެފި
އެމީލް
16 February 2022
4.5 މިލިއަން ރުފިޔާ ނަގައިދެވޭނެކަމަށް ހުކުމްކޮށްފަ އޮތްއިރު އެވަރު މަދީތަ. ފުރާނައެއްގެ އަގު 17 މިލިއަން ކަމަށް ކަނޑައެޅީ ކިހިނެއްބާ؟
ސަދަން
16 February 2022
އެ މައުސޫމު ކުއްޖާގެ ބަދަލަށް 17 މިލިޔަން ދިނަސް ނުވާނެ! ދަރިން ލިބުނީމަ އެގޭނެ. ލޯބި ލޯބި ތުއްތު ކުއްޖެއް ކުށެއްނެތި ބަޔެއްގެ އިހުމާލުން މި ދުނިޔެއާއި ވަކިވީ
ނައިކީ
16 February 2022
ތިޔަ ހައިކޯޓުގެ ރަޖިސްޓްރާއަކު ފަނޑިޔާރުންނާ ގުޅިގެން މިހާރު ގެންގުޅޭ ޓުރެންޑެއްތީ ޤާނޫނީ ޕޮއިންޓެއް ނުފެނިގެން މައްސަލަ ބަލައިނުގަތުން. މައްސަލަ މަދުކުރާށޭކިޔާފަ އިސްތިޢުނާފުކުރުމުގެ ހައްޤުން ރައްޔިތުން މަހުރޫމެއް ނުކުރެވޭނެ.. ފިޔަވަޅު އަޅުއްވާ ޖޭއެސްއީ ތަންތަން ނިދާފަ..
ސާފުކޮށްލީ
16 February 2022
ބަދަލުގެ ގޮތުގައި ދޭންޖެހެނީ މަރުގެ ދިޔައިގެ މިންވަރުތަ؟ ނޫނީ ހުށަހަޅާ މިންވަރު؟ ލޯޔަރެއް ޖަވާބުދީބަލަ
ކަނބުރޭ
16 February 2022
މީ މޯޑިސް